·އަހަރުން އަހަރަށް ނިންމުންތައްޖުމްލަ 8,097 ނިންމުން · 2006–2026 - ސުޕްރީމް ކޯޓު 533
- ހައިކޯޓު 4,558
- ސިވިލް ކޯޓު 2,945
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 7
- ޓެކްސް އެޕީލް ޓްރައިބިއުނަލް 46
- އެހެނިހެން 8
case types mapމައްސަލައިގެ ބާވަތްތައް - 169އިސްތިއުނާފުގައި ނިމުނު ގޮތް ފާހަގަކުރެވިފައިވާ ނިންމުން47%މަތީ ކޯޓުން ބާޠިލުކޮށްފައި ނުވަތަ ބަޔަކަށް ބަދަލުގެނެސްފައި11 މަސްސުޕްރީމް ކޯޓުގައި މައްސަލައެއް ނިމުމަށް ނަގާ މީޑިއަން މުއްދަތު
އިސްތިއުނާފުގައި ނިމުނު ގޮތް
- ތާއީދުކޮށްފައި
- ބަޔަކަށް ބަދަލުގެނެސްފައި
- ބާޠިލުކޮށްފައި
- ހައިކޯޓު ← ސުޕްރީމް ކޯޓު54%40%143
- ސިވިލް ކޯޓު ← ސުޕްރީމް ކޯޓު63%13%25%8
- ސިވިލް ކޯޓު ← ހައިކޯޓު40%20%40%5
- ވަޒީފާއާބެހޭ ޓްރައިބިއުނަލް ← ސުޕްރީމް ކޯޓު25%25%50%4
- ވަޒީފާއާބެހޭ ޓްރައިބިއުނަލް ← ހައިކޯޓު33%67%3
މައްސަލައިގެ ބާވަތުން
- މަދަނީ62%33%101
- ޖިނާއީ50%11%39%28
- ވަޒީފާއާބެހޭ29%14%57%21
ނިމުނު ގޮތް ނަގާފައިވަނީ ކޮންމެ ނިންމުމެއްގައި ފާހަގަކޮށްފައިވާ ހާލަތުން. އިސްތިއުނާފުކޮށްފައިވާކަން އެނގެން ނެތް ނިންމުމާއި، ހާލަތު ފާހަގަނުކުރެވޭ ނިންމުން ނުހިމެނެއެވެ. އަދަދު = ނިންމުމުގެ އަދަދު.
މައްސަލަ ހުށަހެޅުނު ދުވަހުން ނިންމި ދުވަހަށް
- ސުޕްރީމް ކޯޓު11 މަސް (115)
- ސިވިލް ކޯޓު17 މަސް (9)
ގަދަ ނޫކުލައިގެ ރޮނގު = މީޑިއަން. ބާ = %50 މައްސަލަ ނިމުނު މުއްދަތު. ބްރެކެޓްގައި = ހުށަހެޅި ތާރީޚާއި ޙުކުމް ހިމެނޭ ނިންމުންތަކުގެ ޢަދަދު.
ސުޕްރީމް ކޯޓު: ކޮންމެ އަހަރެއްގެ މީޑިއަން މުއްދަތު (މަސް)
12008620097201012011332020އެންމެ ގިނަ ނިންމުން ނިންމުމުގައި ބައިވެރިވި ފަނޑިޔާރުން
- ޙުސައިން މަޒީދު373
- މުޙައްމަދު ނިޔާޒް372
- ޙަސަން ޝަފީޢު355
- ޙުޒައިފާ މުޙައްމަދު336
- ފާޠިމަތު ފަރްހީޒާ328
- މުޙައްމަދު ފައިޞަލް303
- ޙުސައިން ޝަހީދު301
- ދީބާނާޒް ފަހުމީ248
- މުޙައްމަދު ޝަނީޒް ޢަބްދުﷲ196
- މުޙައްމަދު ސަލީމް194
- ޢަބްދުލްމާނިޢު ޙުސައިން155
- މަޙާޒު ޢަލީ ޒާހިރު119
- ޙުސްނުއްސުޢޫދު116
- ޑރ. އަޒްމިރާލްދާ ޒާހިރު114
- ޢާއިޝާ ޝުޖޫން މުޙައްމަދު111
- ސުޕްރީމް ކޯޓު
- ހައިކޯޓު
- ސިވިލް ކޯޓު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ޓެކްސް އެޕީލް ޓްރައިބިއުނަލް
- އެހެނިހެން
judges list and profiles (own page)އަޙްމަދު ޝަރީފް
2 ނިންމުމުގައި ބައިވެރިވެފައި · 2012–2013
ކޯޓުތައް
އަހަރުން އަހަރަށް
މައްސަލައިގެ ބާވަތް
ގިނައިން އެކުގައި ބައިވެރިވި ފަނޑިޔާރުން
ނިންމުންތައް (2)
[nvx_my_alerts]a member’s saved searches and followed cases (account page)- Case pages:
[nvx_follow_button] - Law pages:
(added to the Constitution page automatically) - [nvx_statistics]
އަހަރުން އަހަރަށް ނިންމުންތައްޖުމްލަ 8,097 ނިންމުން · 2006–2026 - ސުޕްރީމް ކޯޓު 533
- ހައިކޯޓު 4,558
- ސިވިލް ކޯޓު 2,945
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 7
- ޓެކްސް އެޕީލް ޓްރައިބިއުނަލް 46
- އެހެނިހެން 8
title,from
Stacked bar chart of judgments per year, by courtމައްސަލައިގެ ބާވަތްތައް title
Treemap of case typesއަޙްމަދު ޝަރީފް
2 ނިންމުމުގައި ބައިވެރިވެފައި · 2012–2013
ކޯޓުތައް
އަހަރުން އަހަރަށް
މައްސަލައިގެ ބާވަތް
ގިނައިން އެކުގައި ބައިވެރިވި ފަނޑިޔާރުން
ނިންމުންތައް (2)
min(default 3)
Judge list; with?judge=…in the URL it shows that judge’s profile169އިސްތިއުނާފުގައި ނިމުނު ގޮތް ފާހަގަކުރެވިފައިވާ ނިންމުން47%މަތީ ކޯޓުން ބާޠިލުކޮށްފައި ނުވަތަ ބަޔަކަށް ބަދަލުގެނެސްފައި11 މަސްސުޕްރީމް ކޯޓުގައި މައްސަލައެއް ނިމުމަށް ނަގާ މީޑިއަން މުއްދަތުއިސްތިއުނާފުގައި ނިމުނު ގޮތް
- ތާއީދުކޮށްފައި
- ބަޔަކަށް ބަދަލުގެނެސްފައި
- ބާޠިލުކޮށްފައި
- ހައިކޯޓު ← ސުޕްރީމް ކޯޓު54%40%143
- ސިވިލް ކޯޓު ← ސުޕްރީމް ކޯޓު63%13%25%8
- ސިވިލް ކޯޓު ← ހައިކޯޓު40%20%40%5
- ވަޒީފާއާބެހޭ ޓްރައިބިއުނަލް ← ސުޕްރީމް ކޯޓު25%25%50%4
- ވަޒީފާއާބެހޭ ޓްރައިބިއުނަލް ← ހައިކޯޓު33%67%3
މައްސަލައިގެ ބާވަތުން
- މަދަނީ62%33%101
- ޖިނާއީ50%11%39%28
- ވަޒީފާއާބެހޭ29%14%57%21
ނިމުނު ގޮތް ނަގާފައިވަނީ ކޮންމެ ނިންމުމެއްގައި ފާހަގަކޮށްފައިވާ ހާލަތުން. އިސްތިއުނާފުކޮށްފައިވާކަން އެނގެން ނެތް ނިންމުމާއި، ހާލަތު ފާހަގަނުކުރެވޭ ނިންމުން ނުހިމެނެއެވެ. އަދަދު = ނިންމުމުގެ އަދަދު.
މައްސަލަ ހުށަހެޅުނު ދުވަހުން ނިންމި ދުވަހަށް
- ސުޕްރީމް ކޯޓު11 މަސް (115)
- ސިވިލް ކޯޓު17 މަސް (9)
ގަދަ ނޫކުލައިގެ ރޮނގު = މީޑިއަން. ބާ = %50 މައްސަލަ ނިމުނު މުއްދަތު. ބްރެކެޓްގައި = ހުށަހެޅި ތާރީޚާއި ޙުކުމް ހިމެނޭ ނިންމުންތަކުގެ ޢަދަދު.
ސުޕްރީމް ކޯޓު: ކޮންމެ އަހަރެއްގެ މީޑިއަން މުއްދަތު (މަސް)
12008620097201012011332020އެންމެ ގިނަ ނިންމުން ނިންމުމުގައި ބައިވެރިވި ފަނޑިޔާރުން
- ޙުސައިން މަޒީދު373
- މުޙައްމަދު ނިޔާޒް372
- ޙަސަން ޝަފީޢު355
- ޙުޒައިފާ މުޙައްމަދު336
- ފާޠިމަތު ފަރްހީޒާ328
- މުޙައްމަދު ފައިޞަލް303
- ޙުސައިން ޝަހީދު301
- ދީބާނާޒް ފަހުމީ248
- މުޙައްމަދު ޝަނީޒް ޢަބްދުﷲ196
- މުޙައްމަދު ސަލީމް194
- ޢަބްދުލްމާނިޢު ޙުސައިން155
- މަޙާޒު ޢަލީ ޒާހިރު119
- ޙުސްނުއްސުޢޫދު116
- ޑރ. އަޒްމިރާލްދާ ޒާހިރު114
- ޢާއިޝާ ޝުޖޫން މުޙައްމަދު111
- ސުޕްރީމް ކޯޓު
- ހައިކޯޓު
- ސިވިލް ކޯޓު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް
- ޓެކްސް އެޕީލް ޓްރައިބިއުނަލް
- އެހެނިހެން
—
Court statistics: appeal outcomes, time to judgment, judges1,401ޤާނޫނުތަކާއި ގަވާއިދުތަކުގައި މާނަކޮށްދީފައިވާ ލަފުޛުތަކާއި ޢިބާރާތްތައް152ޤާނޫނާއި ގަވާއިދުޤާނޫނުތަކާއި ގަވާއިދުތަކުގެ "މާނަކުރުން" މާއްދާތަކުގައިވާ ކޮންމެ ލަފުޛެއް ނުވަތަ ޢިބާރާތެއްގެ މާނަ، އެ ލަފުޛެއް ނުވަތަ ޢިބާރާތެއް މާނަކޮށްދީފައިވާ ޤާނޫނުތަކުން.
ހ
ހަށިވިއްކުން1 ޤާނޫނު
ފައިސާ ނުވަތަ ފައިސާއިން އަގުކުރެވިދާނެ އެއްޗެއް ނުވަތަ ކަމެއްގެ ބަދަލުގައި ޖިންސީ ޢަމަލެއް ތިމާ ހިންގުމަށް ތިމާ އަމިއްލައަށް ހުށަހެޅުމުގެ ޢަމަލަށެވެ. ނުވަތަ އެފަދަ ކަމެއް ކުރުމުގެ ޢަމަލަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުހަށިގަނޑު1 ޤާނޫނު
މައްޔިތެއްގެ ނުވަތަ މަރުވެފައިވާ އިންސާނެއްގެ މުޅި ހަށިގަނޑު ނުވަތަ އެފަދަ ހަށިގަނޑެއްގެ ބައިތަކަށެވެ.
ހަނިކުރުން1 ޤާނޫނު
އެއްވުމުގެ ޙައްޤުގެ ބޭނުން ހިފުން މުޅިން މަނާވެގެން ނުވަތަ ނަފީވެގެން ނުދާނެ ގޮތުގެމަތިން، އެ ޙައްޤާ ގުޅޭގޮތުން މި ޤާނޫނުގެ ދާއިރާގެ ތެރޭގައި، މި ޤާނޫނުން ބާރު ލިބިގެން، ފުލުހުންގެ އިދާރާއިން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ގެންނަ ހަނިކަމަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުހަނގުރާމަ މަތީ ހަތިޔާރު1 ޤާނޫނު
ބަޑިބޭސް ނުވަތަ އެފަދަ ނުރައްކާތެރި ކެމިކަލެއް ހިމެނޭފަދަ ހަތިޔާރަށާއި، މީހެއްގެ ހަށިގަނޑަށް ނުވަތަ މުދަލަކަށް ބޮޑު ގެއްލުމެއް ދެނިވި ހަތިޔާރަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުހަނގުރާމަވެރި ހަތިޔާރު1 ޤާނޫނު
އޮޓޮމެޓިކް އަދި އެނޫންވެސް ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ ޢާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރާލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރާލުމުގެ ޤާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުހަކަތަ1 ޤާނޫނު
ކަރަންޓާއި، ބިމުގެ އަޑިން ނަގާ ޕެޓްރޯލިއަމްގެ ބާވަތްތަކާއި، ޕެޓްރޯލިއަމްގެ އުފެއްދުންތަކާއި، ގޭހާއި، ބިމުގެ އަޑިން އުފެދޭ ހޫނާއި، ނިއުކްލިއަރ މާއްދާތަކާއި، ދިރޭތަކެތީގެ ބާވަތްތައް ފަނާވުމުން އުފެދޭ ބައިތަކުންނާއި، އިންސާނުންގެ ޒަރީއާއިންނާއި ޤުދުރަތީ ގޮތުން އުފެދޭ ކުދިންނާއި، އިރުގެ އަތްވާއި، ވަޔާއި، ރާޅާއި، އޮއެވަރާއި ދިޔަވަރުގެ ޒަރީއާއިން އުފެދޭ ނުވަތަ އުފައްދާ ހަކަތައަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުހަކަތައިގެ ދާއިރާ1 ޤާނޫނު
ހަކަތަ އުފައްދައި، ފޯރުކޮށްދީ އަދި ބޭނުންކުރުމާ ގުޅުންހުރި އެންމެހައި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުހައިކޯޓު2 ޤާނޫނު
ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުހަދިޔާ1 ޤާނޫނު
ފައިސާއިން ވިޔަސް އެނޫން ގޮތަކަށް ވިޔަސް، މުޤާބިލެއް ނެތި، އެއް ފަރާތުން އަނެއް ފަރާތަށް އަމިއްލަ އިޚްތިޔާރުގައި ދޭ ކޮންމެ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުހަތިޔާރު1 ޤާނޫނު
ފަޔަރއާމްސްއާއި އެކްސްޕްލޯސިވްސްގެ ތެރޭގައި ނުހިމެނޭ، ފަރުދެއް ނުވަތަ ބަޔަކާ ދެކޮޅަށް ބޭނުންކުރެވޭ ނުވަތަ ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި، މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބުމުގެ ފުރުޞަތު ކުޑަވާނެ ގޮތަށް ފަރުމާކުރެވިފައިވާ އަދި އެ މަޤްޞަދުގައި ބޭނުންކުރެވޭ ލެސް ލީތަލް ހަތިޔާރަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުހާބޭރިއަމް ސްޕެސިމަން1 ޤާނޫނު
ލޭބަލްކުރެވިފައިވާ ނުވަތަ ޕްރިސާވްކުރެވިފައިވާ ގަސްގަހާގެހި ނުވަތަ އޭގެ ބަޔަކަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުހާމަކުރުން1 ޤާނޫނު
ނުވަތަ "ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު މި ޤާނޫނުގައި ފޯރުކޮށްދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ގޮތަކަށް، މި ޤާނޫނުގައި ކަނޑައަޅާފައިވާ ފަރާތަކަށް ފޯރުކޮށްދިނުމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުހާޒިރުކުރެވެން ނެތް މީހުން1 ޤާނޫނު
މި ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކުރާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުހާޒިރުވެ ވޯޓުގައި ބައިވެރިވުން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، އެ ވޯޓެއް ނަގާ ވަގުތު، އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން، ވޯޓުނެގި ކަމަކާ އެއްކޮޅަށް ނުވަތަ ދެ ކޮޅަށް ވޯޓު ދިނުމަށެވެ. ހާޒިރުވެ ވޯޓުގައި ބައިވެރިވި މީހުންގެ އަޣުލަބިއްޔަތު ބެލުމުގައި، ވަކި ކޮޅަކަށް ވޯޓު ނުދޭ މެންބަރުންނެއް ނުގުނޭނެއެވެ.
ހިންގާ ކޮމިޓީ2 ޤާނޫނު
ސޮސައިޓީ ހިންގުމަށް އެކުލެވޭ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުޖަމްޢިއްޔާއެއްގެ ހިންގާ ގަވާއިދުގައިވާގޮތުގެމަތިން އެ ޖަމްޢިއްޔާއެއް ހިންގުމަށް ޢައްޔަންކުރާ ނުވަތަ އިންތިޚާބުކުރާ މަގާމުތަކަށް ޖުމްލަކޮށެވެ.
ހިންގާ ގަވާއިދު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްދޭ ސޮސައިޓީއެއްގެ ހިންގާ ގަވާއިދާއި، އެ ގަވާއިދަށް ގެނެވޭ އުނިއިތުރަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުހިލޭ އެހީ1 ޤާނޫނު
ފައިސާގެ ޢަދަދަކުން ނުވަތަ މުދަލަކުން ނުވަތަ ޚިދުމަތެއްގެ ގޮތުގައި، ދައުލަތަށް ލިބޭ އަނބުރާ ދައްކަން ނުޖެހޭ އަދި އެއަށް ބަދަލެއް ދޭން ނުޖެހޭ އެހީއަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ1 ޤާނޫނު
އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ޖަމްޢިއްޔާއަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ޢާންމު އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުހިސާބުކުރާ މުއްދަތު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުހިސާބުތައް1 ޤާނޫނު
ބެލެންސް ޝީޓް، ފައިދާއާއި ގެއްލުމުގެ ހިސާބު، ހިސާބުތަކާ ގުޅިފައިވާ ޖަދުވަލުތަކާއި ނޯޓްތައް، ޑިރެކްޓަރުންގެ ރިޕޯޓް، ހިސާބުތަކާގުޅޭ އޮޑިޓަރުންގެ ރިޕޯޓް އަދި މިނޫނަސް އެ ލިޔުންތަކާ އެކުގައިވާ ނުވަތަ އެ ލިޔުންތަކުގައި ހިމަނާފައިވާ އެންމެހައި ލިޔުންތަކަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުހުޅުހިފާ ދިޔާތަކެތި1 ޤާނޫނު
އެ މާޙައުލެއްގެ ޢާންމު ފިނިހޫނުމިނުގައި އަލިފާން ރޯކުރުމަށް ބޭނުންކުރާ ނުވަތަ ހުޅު ރޯވާ އެއްޗެއް މެދުވެރިކޮށް، ނުވަތަ ވަކި ފިނިހޫނުމިނެއްގައި އޭގެ އަމިއްލަ ޒާތުގައި ފަސޭހައިން ހުޅުހިފާނެ ބާވަތުގެ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުހުއްދަ3 ޤާނޫނު
މިނިސްޓްރީގެ ފަރާތުން، އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތަކާއި، އެ ކެމިކަލް މާއްދާތަކުގެ ބަދަލުގައި ބޭނުންކުރާ ކެމިކަލް މާއްދާތައް އެތެރެކުރާ ފަރާތްތަކުގެ މައްޗަށް ކަނޑައެޅޭ ޝަރުޠުތައް ހިމަނައި، މިތަކެތި އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ ދިންކަން އަންގައިދޭ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނުމި ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަށް ބާވަތުގެ ވީޒާއަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުމި ޤާނޫނުގެ ދަށުން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްކުރާ ނުވަތަ ކަނޑުން އެތެރެކުރާ ދިރޭ އެއްޗެހި، އަދި އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަކަށް ދޫކުރެވޭ ރަސްމީ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުހުއްދަ ދީފައިވާ އޮފިސަރު1 ޤާނޫނު
މި ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ހުއްދަ ދޫކުރެވޭ ފަރާތްތަކަށެވެ. އަދި މި މާނައިގައި ބޯހިމެނުމާއި ސަރވޭ ކުރުމަށް ކަނޑައެޅޭ ސުޕަވައިޒަރުންނާއި، އެނިޔުމަރޭޓަރުންނާއި، ޑޭޓާ އެންޓްރީ މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ މީހުން ހިމެނެއެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުހުއްދަ ދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ1 ޤާނޫނު
ދިވެހިރާއްޖޭގައި ޕެސްޓިސައިޑްގެ ގޮތުގައި އުފެއްދޭނެ، ބޭނުންކުރެވޭނެ، ވިއްކޭނެ އަދި ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭނެ އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭނެކަމަށް މިނިސްޓަރު ހުއްދަ ދޭ ބާވަތްތަކުގެ ޕެސްޓިސައިޑާބެހޭ ރަޖިސްޓްރީއަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުހުއްދައޮތް ބަނދަރު1 ޤާނޫނު
ރާއްޖޭގެ ކަނޑުގެ ބަނދަރުތަކާއި، ވައިގެ ބަނދަރުތަކުގެ ތެރެއިން، ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލެވިފައިވާ އަދި އިމިގްރޭޝަނުގެ ޚިދްމަތްތައް ޤާއިމުކުރެވިފައިވާ ބަނދަރުތަކަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުހެއްކާބެހޭ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) އާއި، އެނޫނަސް ހެއްކާ ގުޅޭގޮތުން ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ޤާނޫނަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން1 ޤާނޫނު
މި ޤާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުހެލްތު އެންޑް ސޭފްޓީ އޮފިސަރ1 ޤާނޫނު
މި ޤާނޫނުގެ 29 މާއްދާގެ ދަށުން ޢައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުހެލްތް އިންފޮމޭޝަން ސިސްޓަމް1 ޤާނޫނު
ޞިއްޙީ ޚިދުމަތްދޭ ތަނެއްގައިދޭ ޚިދުމަތާބެހޭ ނުވަތަ ހިންގުމާބެހޭ ނުވަތަ ތަނާބެހޭ ނުވަތަ ބަލިމީހުންގެ މަޢުލޫމާތު، ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް އެއްކުރެވޭ ނިޒާމަށެވެ. މި ނިޒާމުގައި ޞިއްޙީ ޚިދުމަތްދޭ ތަނަކުން މުޖްތަމަޢުއާއެކުދޭ ކޮމިއުނިޓީ ޚިދުމަތްތަކުގައި ނުވަތަ މޮބައިލް ޚިދުމަތްފަދަ ޚިދުމަތްތަކުގައި ދެވޭ ނުވަތަ އެއްކުރެވޭ ޞިއްޙީ މަޢުލޫމާތުވެސް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުހެލްތް ޕްރޮޓެކްޝަން އެޖެންސީ1 ޤާނޫނު
ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ އެޖެންސީއަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުހޭނުވުން1 ޤާނޫނު
ލިބޭ ގެއްލުން ކުޑަކޮށްގެން ނުވަތަ މަންފާ ލިބެމުންދާ ކަންކަން ބޭނުންކޮށްގެން، މޫސުމަށް ބަދަލުގެނެވޭ ކަންކަމުން ލިބެމުންދާ ނުވަތަ ލިބިދާނެ ނުވަތަ އަސަރުކުރާނެ ކަންކަމުން ޤުދުރަތީ ނުވަތަ އިންސާނީ ނިޒާމަށް އަންނަ ޤުދުރަތީ ބަދަލުތަކަށެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުހޮސްޕިޓަލް1 ޤާނޫނު
ޞިއްޙީ ޚިދުމަތް ދޭ ހޮސްޕިޓަލްތަކާއި، މަރުކަޒުތަކާއި، ޕޯސްޓްތަކާއި، ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުހޮޓް ޕަރސޫޓް1 ޤާނޫނު
ކުށެއްގެ ތުހުމަތުކުރެވޭ ފަރާތެއް ނުވަތަ ފަރާތްތަކެއް ހިފެހެއްޓުމަށްޓަކައި ޤާނޫނު ތަންފީޛުކުރާ ފަރާތަކުން ކުށުގެ ތުހުމަތުކުރެވޭ ފަރާތް ނުވަތަ ފަރާތްތައް ފަހައި ދުއްވުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުހޯލްޑިންގ ކުންފުނި1 ޤާނޫނު
އެހެން ކުންފުންޏެއްގެ (އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއްގެ) ކޮންޓްރޯލިންގ އިންޓްރެސްޓެއް އޮންނަ މިންވަރަށް، އެ ކުންފުންޏެއްގެ އެންމެހައި ނުވަތަ އަޣުލަބިއްޔަތުގެ ހިއްސާ އޮތް ކުންފުންޏަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުހޯޖާކުރުން1 ޤާނޫނު
ޖަނަވާރުގެ އުރަވަޅިން އޮށް ކަނޑައިލައިގެން ނެގުމަށް ނުވަތަ އޮށަށް ލޭ ދައުރުކުރާ ނާރު އެކަމަށް ޚާއްޞަ އާލާތެއް ބޭނުންކޮށްގެން ފިއްތާލުމަށް ނުވަތަ އެ ނާރު ފިއްތާލުމަށް އުރަވަޅީގެ ބުޑުގައި ރަބަރު ޕެކިނެއް އެޅުވުމަށް ނުވަތަ ނާރުގަ ގޮށްޖެހުމަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުނ
ނަން-ކޮމިޝަންޑް އޮފިސަރުން1 ޤާނޫނު
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުނަރުހެއް1 ޤާނޫނު
ނުވަތަ "ނަރުހުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ ނަރުހުންނަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުނަރުދަމާގެ ނިޒާމު1 ޤާނޫނު
ގޭގޭގެ ފާޚާނާތަކުން ބޭރުވާ ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށްޓަކައި ޤާއިމުކުރެވިފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުނަރުދަމާގެ ޚިދުމަތް1 ޤާނޫނު
މީހުން ދިރިއުޅޭ ތަންތަނުންނާއި އެނޫންވެސް ތަންތަނުން އުފެދޭ ނަޖިހާއި، ނަޖިސްފެނާއި، ތަޣައްޔަރުވެފައިވާ ދިޔާ އެއްޗެހި ހޮޅި ލައިންއެއްގެ ޒަރީއާއިން ނުވަތަ އެނޫންވެސް ގޮތަކަށް ޖަމާކޮށް، ޓްރީޓްކޮށް މެނޭޖްކުރުމުގެ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުނަކަލުކުރުމުގެ ވެރިފަރާތް1 ޤާނޫނު
:
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުނަފްސާނީ އަނިޔާ1 ޤާނޫނު
ފެންނަ ފެނުމުގައި ކުއްޖާގެ ސިކުނޑީގެ ނުވަތަ ކުއްޖާ ނަފްސާނީގޮތުން މަސައްކަތްކުރުމުގައި ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ޤަބޫލުކުރެވޭނަމަ އަދި އެ ޙާލަތު މެދުވެރިވެފައިވަނީ ކުއްޖާއަށް މީހެއްގެ ފަރާތުން ދޭ ނަފްސާނީ އަނިޔާއެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ ޙާލަތެއްގައި، ކުއްޖާގެ އުޅުމުގައި ނުވަތަ ކުއްޖާގެ ސިކުނޑީގައިވާ އުނިކަމާއި، އެންޒަޔަޓީއާއި، ޑިޕްރެޝަންއާއި، އެކަނިވެރިވުމާއި، ރުޅިގަދަވުމާއި ހެދިބޮޑުވުމުގައި ލަސްވުން ފަދަ ކަންކަމާއި އެނޫންވެސް ނަފްސާނީ އަނިޔާއެއް ލިބިފައިވާކަން ދަލީލުކޮށްދޭ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުނަޖިހާއި ނަޖިސްފެން1 ޤާނޫނު
ފާޚާނާތަކުންނާއި ބަދިގޭންނާއި އަތްދޮންނަ ތަށްޓާއި ދޮންނަމެޝިންފަދަ ތަކެތިން ބޭރުކުރާ ފެނަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމު1 ޤާނޫނު
ނަރުދަމާގެ ނިޒާމުން ބޭރުވާ ނަޖިހާއި ނަޖިސްފެން އެއްވެސް ތަނަކަށް ބޭރުކުރުމުން އެތަނުގެ ތިމާވެއްޓަށް ނުވަތަ ދިރުމަކަށް ގެއްލުން ނުވާ މިންވަރަކަށް ނަޖިހާއި ނަޖިސްފެން ސާފުކުރާ ނިޒާމަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުނާސިގެ1 ޤާނޫނު
ޢިމާރާތެއް ކަމަށް ވީނަމަވެސް ނުވަތަ އެނޫން ތަނެއް ކަމަށް ވީނަމަވެސް، ހަށިވިއްކުމުގެ ވިޔަފާރިކުރުމަށް ތައްޔާރުކުރާ ނުވަތަ ބޭނުންކުރާ ކޮންމެ ތަނަކަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުނާޖާއިޒު ފައިދާ1 ޤާނޫނު
އެމީހަކު އަދާކުރާ ވަޒީފާއެއްގެ ނުވަތަ ކުރާ މަސައްކަތެއްގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެ މުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތަކުގެ އިތުރުން، އެމީހަކު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނުޙައްޤުން ހޯދާ، ނުވަތަ ހޯދައިދޭ، ނުވަތަ ގަބޫލުކުރާ ރިޝްވަތު ކަމުގައި ނުހިމެނޭ ކޮންމެ މަންފާއަކަށެވެ.
ނިއުޓްރިޝަނިސްޓް1 ޤާނޫނު
ކުދިންގެ ކާނާއާގުޅޭގޮތުން ލަފާދިނުމުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުނިޔާކަނޑައެޅުން1 ޤާނޫނު
ޝަރީޢަތާއި ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ޝަރީޢަތުގެ މަޖިލީހުން ކަނޑައަޅާ ޙުކުމަކަށެވެ.
ނިޝާން1 ޤާނޫނު
މުދަލެއް ނުވަތަ ޚިދުމަތެއް ފާހަގަކުރުމަށް ބޭނުންކުރެވޭ ކޮންމެ ވަސީލަތަކަށެވެ. އޭގެ ތެރޭގައި އަކުރު، ބަސް، ނަން، ސޮއި، ހިސާބު އަކުރު، ސުރުޚީ، ލޭބަލް، ސްލިޕް، މުދަލުގެ ބައްޓަން، ޕެކޭޖިންގ، ކުލަ، ވަސް، އަޑު އަދި އެއިން އެއްޗެހިތަކެއް ނުވަތަ ކަންތައްތަކެއް އެއްކޮށްލައިގެން ފަރުމާކޮށްފައިވާ އެއްޗެހި ހިމެނެއެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުނިޞާބު1 ޤާނޫނު
އިސްލާމީ ޝަރީޢަތުގައި ޒަކާތް ދެއްކުމަށް ކަނޑައަޅާފައިވާ އެކި ބާވަތްތަކުގެ މުދަލުން، ޒަކާތް ދެއްކުމަށް ލާޒިމުވުމަށްޓަކައި އެ މީހަކަށް މިލްކުވާންޖެހޭ މިންވަރަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުނުރައްކާތެރި ހަތިޔާރެއް1 ޤާނޫނު
ގެ މާނައިގެ ތެރޭގައި، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ، ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާ ފަދަ ތަކެއްޗާއި ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެހި ހިމެނެއެވެ. މީގެ ތެރޭގައި، ޓޭޒަރ ގަންއާއި ސްޓަން ގަންއާއި އެނޫނަސް މީހެއްގެ ހަށިގަނޑަށް ޝޮކެއް ފޮނުވައިގެން އޭނާއަށް ނުކުޅެދޭ ޙާލަތެއް ވަގުތީގޮތުން ނަމަވެސް މެދުވެރިކުރުވާ ކޮންމެ އެއްޗަކާއި، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާ ފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ނުރައްކާތެރި އެސިޑްތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިނުރައްކާތެރި ހާދިސާ1 ޤާނޫނު
މަސައްކަތްކުރާ މީހަކަށް ނުވަތަ ޢާންމު މީހަކަށް، ހާނީއްކައެއް ނުވަތަ އަނިޔާއެއް ނުވަތަ ބައްޔެއް ޖެހޭފަދަ ކަމެއްގެ ގޮތުގައި ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ނުވަތަ ފާހަގަކޮށްފައިވާ ކަމަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުނުރައްކާތެރި ބަލި1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ނުރައްކާތެރި ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުނުރައްކާތެރި ކުނި1 ޤާނޫނު
އެއްޗެއްގައި ހުންނަ ކެމިކަލް ސިފަތަކުގެ ސަބަބުން، ނުވަތަ ޢާންމު ޞިއްޙަތަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ނުރައްކަލެއް ކުރިމަތިކުރުވާފަދަ ސިފަތަކެއް ހުރުމުގެ ސަބަބުން، ނުވަތަ ގޮވާ ޒާތުގެ ސިފައެއް ހުރުމުގެ ސަބަބުން، ނުވަތަ ބަލިމަޑުކަން ފަތުރާ ޒާތުގެ ކުންޏަށް ވުމުގެ ސަބަބުން، ނުރައްކާތެރި ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުނުރައްކާތެރި ކުންޏާއި ޚާއްޞަ ކުނި މެނޭޖުކުރާ މަރުކަޒު1 ޤާނޫނު
ނުރައްކާތެރި ކުނި އަދި ޚާއްޞަ ކުނި ކަމަށް ކަނޑައަޅާފައިވާ ކުނީގެ އެއްވެސް ބާވަތެއް މެނޭޖުކުރުމުގެ ޙަރަކާތްތައް ހިންގުމަށް ޚާއްޞަކުރެވޭ މަރުކަޒަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުނުރަސްމީ ތަޢުލީމު1 ޤާނޫނު
ކޮމިއުނިޓީ ތަޢުލީމު ނުވަތަ މުޖުތަމަޢީ ތަޢުލީމާއި، ކޮންޓިނުއިންގ އެޑިޔުކޭޝަންއާއި ލައިފްލޯންގ ލަރނިންގއާއި އެޑަލްޓް އެޑިޔުކޭޝަން އަދި ސެކަންޑް ޗާންސް އެޑިޔުކޭޝަންގެ މަފްހޫމުތައް ހިމެނޭގޮތުން، ރަސްމީ ތަޢުލީމުގެ ފުރުޞަތު ލިބިފައިނުވާ ފަރާތްތައް ނުވަތަ ރަސްމީ ތަޢުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތައް މުޖުތަމަޢުގައި ބޭނުންތެރި ބަޔަކަށް ވުމަށް އެ ބަޔަކު ބޭނުންވާ ހުނަރާއި ޢިލްމާއި ޚިޔާލާތު ނުރަސްމީ ގޮތެއްގައި އުނގެނޭ އުނގެނުމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުނެގެޓިވް ލިސްޓް1 ޤާނޫނު
ޒޯނެއްގައި އުފައްދާ މުދަލުގެ ތެރެއިން، ޑިއުޓީ ދެއްކުމަށްފަހުގައިވެސް، ޑޮމެސްޓިކް މާކެޓަށް ނުވިއްކޭނެ މުދަލަށެވެ. ނުވަތަ ޑޮމެސްޓިކް މާކެޓަށް ނުދެވޭނެ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުނެޓިންގ އެރޭންޖްމަންޓް1 ޤާނޫނު
އެތަކެއް ކްލެއިމްތަކެއް ނުވަތަ އިލްތިޒާމްތަކެއް އެއް ނެޓް ކްލެއިމަކަށް ނުވަތަ އެއް އިލްތިޒާމަކަށް ބަދަލުކުރުމަށްޓަކައި ލިޔުމުން ކުރެވިފައިވާ އެރޭންޖްމަންޓަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުނޭދެވޭ ޢަމަލު1 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގައި ތަފްޞީލުކޮށްފައިވާ ފަދަ ކޮންމެ ޢަމަލެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން1 ޤާނޫނު
ނުވަތަ "ބިއުރޯ" ކަމަށް ބުނެފައި އެވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 13/2006 (7 ފެބުރުވަރީ 2006) ދެންނެވުމުން އުފައްދައި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުނޭޝަނަލް ޕޭ ކޮމިޝަން3 ޤާނޫނު
ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 6/2022 ގެ 4 ވަނަ މާއްދާޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގައި ބަޔާންކުރާ ނޭޝަނަލް ޕޭ ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގައި ބަޔާންކުރާ ނޭޝަނަލް ޕޭ ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުނޮޓޭޝަން1 ޤާނޫނު
އަޑުއަހާ މިޔުޒިކު ލިޔުމުން ހުށަހަޅައިދޭ ނިޒާމަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުނޯޓަރައިޒްކުރުން1 ޤާނޫނު
ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި، ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކުރުމަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުނޯޓަރައިޒްކޮށްފައިވާ ލިޔުމެއް1 ޤާނޫނު
ނޯޓަރައިޒްކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޕަބްލިކް ނޯޓަރީއެއްގެ ސިއްކަ ޖަހައި ސޮއިކޮށްފައިވާ ލިޔުމަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުނޯޓިސް1 ޤާނޫނު
އެއްވުމެއް އިންތިޒާމުކުރާ ފަރާތުން ނުވަތަ ފަރާތްތަކުން، ފުލުހުންގެ އިދާރާއަށް، އެ އެއްވުން ބާއްވާކަން އަންގާ ހުށަހަޅާ ހުށަހެޅުމަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު'ނުރައްކާތެރި ހަތިޔާރު1 ޤާނޫނު
' ކަމަށް ބުނެފައި އެވަނީ، އެ އެއްޗަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފިނަމަ، މީހެއްގެ މުދަލަކަށް ގެއްލުން ލިބިދާނެ ނުވަތަ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ވެދާފަދަ ތަކެއްޗާއި، ގޮވާ އެއްޗެއްސާއި، އަލިފާން ރޯވެދާފަދަ ތަކެއްޗާއި، ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއްސާއި އެނޫންވެސް އެއްޗެހި ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުރ
ރަހުނުކުރުން1 ޤާނޫނު
ނުވަތަ "ރަހުނު ބެހެއްޓުން" ކަމަށް ބުނެފައި އެވަނީ، ދަރަންޏެއް ނަގާއިރު، އެ ދަރަނި އަދާނުކުރެވިއްޖެނަމަ، ދަރަނި ދޭ ފަރާތުގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުމަށެވެ. ރަހުނަކީ މިގޮތުން ބެހެއްޓޭ ކޮންމެ އެއްޗެކެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުރަށު ކައުންސިލް1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 6/2011 ގެ 10 ވަނަ މާއްދާއިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ޤާނޫނުރަށު ކައުންސިލްގެ އިދާރާ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ރަށު އޮފީސްކަމުގައި ބަލަމުން އަންނަ ތަންތަނަށާއި، އިދާރީ ހިންގުން ވަކިން ހުރި ސެކްޝަންތަކަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރަށުގެ ބިމާއި ފަޅާއި ފަރުތައް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަށްރަށާއި، އަތޮޅުތަކާއި، ސިޓީތަކުގެ އިޚްތިޞާޞް ކަމުގައި ކަނޑައަޅާފައިވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރަށުގެ މަގެއް1 ޤާނޫނު
ރަށެއްގައި ރަށު ކައުންސިލްގެ ސަރަޙައްދުގައި ހިމެނޭ އެ ކައުންސިލަކާ ޙަވާލުކުރެވިފައިވާ މަގުތަކަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރަށެއް1 ޤާނޫނު
މި ޤާނޫނު ހިނގާ ފަޅުރަށްތަކަށް ނިސްބަތްކޮށެވެ.
ޤާނޫނު ނަންބަރު 12/2026 ގެ 75 ވަނަ މާއްދާފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނުރަށެއްގެ ރައްޔިތުން1 ޤާނޫނު
ކައުންސިލްގެ ސަރަޙައްދުގައި ރަޖިސްޓަރީވެ އެރަށެއްގެ ނުވަތަ އެ ސަރަޙައްދެއްގެ ރަށްވެއްސަކަށް ވެފައިވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރަށް2 ޤާނޫނު
މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިޢުލާންކޮށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ރަށްރަށާއި ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މީހުން ދިރިއުޅޭ ރަށެއް ކަމުގައި ސަރުކާރުން އިޢުލާނުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ކޮންމެ ރަށަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުރައިޓްސް މެނޭޖްމަންޓް އިންފޮމޭޝަން1 ޤާނޫނު
މި ޤާނޫނު ބުނާ އުފެއްދުމާއި އެ އުފެއްދުންތަކުގެ މުޞައްނިފުންނާއި، ޕަރފޯމަންސްތަކާއި، ޕަރފޯމަންސް ހުށަހަޅައިދޭ ފަންނާނުންނާއި، އަޑުގެ ރިކޯޑިންގތަކާއި، އަޑުގެ ރިކޯޑިންގ އުފެއްދި ޕްރޮޑިއުސަރުންނާއި، ބްރޯޑްކާސްޓް ކުރާ އުފެއްދުންތަކާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކާއި އަދި މި ޤާނޫނުގެ ދަށުން މިލްކުކޮށްދޭނަމަ، މިލްކުކޮށްދޭ ޙައްޤުތަކާއި އެ ޙައްޤުތައް މިލްކުކޮށްދޭ މީހުން ވަކިކުރަން އެނގޭނޭ މަޢުލޫމާތަށެވެ. ނުވަތަ މި ޤާނޫނުގައި ބުނެފައިވާ އުފެއްދުމެއް، ހުށަހެޅުމެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓް ކުރާ އުފެއްދުމެއް ބޭނުންކުރުމުގެ ގަވާއިދުތަކާއި ޝަރުޠުތައް އަންގައިދޭ މަޢުލޫމާތަށެވެ. އަދި މިފަދަ މަޢުލޫމާތުތައް އެކުލަވާލެވިފައިވަނީ ނަންބަރުތަކާއި ކޯޑުތައް ބޭނުންކޮށްގެންކަމަށްވާނަމަ، އެފަދަ މަޢުލޫމާތުވެސް މި ލަފްޒުގެ މާނައިގައި ހިމެނެއެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުރައީސުލްޖުމްހޫރިއްޔާ2 ޤާނޫނު
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ އަދި އެ މަޤާމުގައި ދެމިހުރި މީހާއަށެވެ. "ރައްޔިތެއް" ކަމަށް ބުނެފައި އެވަނީ، އެ މީހެއްގެ ޤައުމީ ނިސްބަތް ދިވެހިރާއްޖެއަށް ނިސްބަތްވާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެފައިވާ މީހާ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މުއްދަތު ހަމަވުމުގެ ސަބަބުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިޢުފާ ދިނުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހަކު، ކުށްވެރިނުވެ ޤާނޫނީ ހަމަތަކުގެ މަތިން އެމަޤާމުން ވަކިވެފައިވާ މީހުންނަށެވެ. އަދި ޤާނޫނުއަސާސީގެ 300 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކުރުމަށްފަހު އެމަޤާމުން ވަކިވެފައިވާ މީހުންވެސް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 9/2009 ގެ 13 ވަނަ މާއްދާރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނުރައީސް1 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ ބޯޑުގެ ރައީސަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުރައްކާތެރިކަން ލިބިގެންވާ ފަރާތް1 ޤާނޫނު
އެމީހެއްގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އެފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ އެހެން ފަރާތެއް މެދުވެރިކޮށްގެން މެނުވީ، މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ނެތް ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުރައްކާތެރިކަމާއެކީ ބެލެހެއްޓުން1 ޤާނޫނު
ގިނަ ދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހައި ކަންތައްތަކާއި، އެ ތަކެތި ހަލާކުނުވާނެ އަދި ވީރާނާނުވާނެ ގޮތުގެމަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 16/2011 ގެ 39 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުރައްކާތެރިކަމާއެކީ ދެމެހެއްޓުން1 ޤާނޫނު
ގިނަދުވަހަށް ދެމެހެއްޓުމަށް ކުރާ އެންމެހާ ކަންތައްތަކާއި، އެތަކެތި ހަލާކު ނުވާނެ އަދި ވީރާނާ ނުވާނެ ގޮތުގެ މަތިން މަރާމާތުކޮށް ބެލެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުރައްކާތެރިކުރުމުގެ އަމުރު1 ޤާނޫނު
މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ނެރޭ ކޯޓު އަމުރަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުރައްކާތެރިވުމަށް ބޭނުންކުރާ ތަކެތި1 ޤާނޫނު
ޕެސްޓިސައިޑް ގެންގުޅުމާއި އޭގެ ބޭނުން ހިފުމުގައި ޕެސްޓިސައިޑްގެ އަސަރުން އެކަށީގެންވާ މިންވަރަކަށް ރައްކާތެރިވުމަށްޓަކައި ބޭނުންވާ ޚާއްޞަ ހެދުމާއި، ތަކެއްޗާއި އާލަތަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުރައްޔިތުންގެ ބައިވެރިވުމާއެކު1 ޤާނޫނު
ނުވަތަ "ރައްޔިތުންގެ މަޝްވަރާއާއެކު" ކަމަށް ބުނެފައި އެވަނީ، ޢާންމުކޮށް ދަޢުވަތު ދިނުމުން އެރަށެއްގެ ރައްޔިތުންގެ ތެރެއިން ހާޒިރުވި ބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރައްޔިތުންގެ މަޖިލީހުގެ ރައީސް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހިމެނިގެންވާގޮތަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީ1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، އިޖްތިމާޢީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މީހެއް1 ޤާނޫނު
މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާ މެންބަރުންގެ ތެރެއިން މަޖިލީހުގެ ޢުމުރުގެ ދައުރެއްގެ، އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށެވެ. އަދި އެފަދަ މީހަކަށް ޙައްޤުވާ މާލީ ޢިނާޔަތާއި އެހެން ޢިނާޔަތްތައް ދިނުމުގައި އެމީހަކު ވަކިވާ ތާރީޚުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ މަޖިލީހުގެ ޢުމުރުގެ ހުރިހާ ދައުރެއް ގުނޭނެއެވެ. މިގޮތުން މަޖިލީހުގެ ދައުރު ގުނުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ދައުރެއްގެ އެންމެ މަދުވެގެން 4 (ހަތަރެއް) އަހަރު މެންބަރުކަން ކުރުމުން، އެއީ ދައުރެއްގެ ގޮތުގައި ގުނޭނެއެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ދައުރެއް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ އެއް އިންތިޚާބުން އަނެއް އިންތިޚާބާ ދެމެދުގައި މެންބަރުކަމުގައި މެދުނުކެނޑި ދެމިހުރުމަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުރައްޔިތުންގެ މާލިއްޔަތު1 ޤާނޫނު
ރަށުގެ ނުވަތަ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ސަރުކާރުންނާއި، އަމިއްލަ ފަރާތްތަކުންނާއި އެކިއެކި ޖަމާޢަތްތަކުން ލިބޭ އެހީއާއި، ލޯނާއި، މި ނޫނަސް އެ ރަށެއްގެ ނުވަތަ އަތޮޅެއްގެ ރައްޔިތުންގެ ނަމުގައި ޖަމާކުރެވޭ ހުރިހާ ފައިސާއަކާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި ބިންބިމާއި ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު1 ޤާނޫނު
މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތްތަކުގައި ނަގާ ވޯޓަށެވެ.
ޤާނޫނު ނަންބަރު 15/2025 ގެ 39 ވަނަ މާއްދާރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުރައްޔިތެއް1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، މި ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތެއް ކަމުގައި ބުނެފައިވާ ކޮންމެ މީހަކަށެވެ.
ރަސްމީ ބަންދު ދުވަސް2 ޤާނޫނު
ހުކުރު ދުވަހާއި، ޤައުމީ ދުވަހާއި، ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަހާއި، ރާއްޖެ އިސްލާމްވި ދުވަހާއި، މިނިވަން ދުވަހާއި، ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި، ފިޠުރު ޢީދު ދުވަހާއި، ނަޞްރުގެދުވަހާއި، ޖުމްހޫރީ ދުވަހާއި، ޙައްޖު ދުވަހާއި، އަޟުޙާ ޢީދު ދުވަހަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުރަސްމީ ބަންދު ދުވަސްތައްކަމަށް، ޤާނޫނުގައިވާ ގޮތުގެމަތިން، ކަނޑައަޅާފައިވާ ދުވަސްތަކަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުރަސްމީ ތަފާސްހިސާބު1 ޤާނޫނު
ޤައުމީ ފެންވަރުގައި އެކި ދާއިރާތަކުން ސިޔާސަތު ކަނޑައެޅުމާއި ސިޔާސަތުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމަށް ބޭނުންވާ އަދި ބައިނަލްއަޤްވާމީ ފަރާތްތަކުން ބޭނުންވާ، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އާބާދީއާބެހޭ ތަފާސްހިސާބެވެ. އަދި މިފަދަ ތަފާސްހިސާބަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤައުމީ ނިޒާމުގައި ހިމެނޭ އިދާރާތަކުން ތަފާސްހިސާބުގެ އަސާސްތަކަށް ބިނާކޮށް ބިއުރޯއިން ވަޒަންކުރެވި ކަނޑައެޅިފައިވާ ފެންވަރަށް ފެތޭ ތަފާސްހިސާބެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުރަސްމީ ތަޢުލީމު1 ޤާނޫނު
ޤައުމީ މަންހަޖަށް ކިޔަވައިދޭ ޕްރީސްކޫލް ތަޢުލީމާއި، ފަށާ ތަޢުލީމާއި ޘާނަވީ ތަޢުލީމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުރަސްމީ ތަޢުލީމުދޭ މަރުކަޒު1 ޤާނޫނު
މަދުރަސީ ތަޢުލީމު ދިނުމަށް، ރަޖިސްޓަރީކޮށްގެން ހިންގާ މަރުކަޒަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުރަޖިސްޓަރީ2 ޤާނޫނު
މި ޤާނޫނުގެ ދަށުން ހުއްދަކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފްތަރަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން އިންސްޓިޓިއުޓްގެ ފަރާތުން ބެލެހެއްޓުން ލާޒިމުކޮށްފައިވާ ރަޖިސްޓަރީއަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުރަޖިސްޓަރީ ކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔާ1 ޤާނޫނު
މި ނިސްޓްރީ އޮފް ހެލްތުގެ ކަމާބެހޭ އިދާރާއަކުން މެޑިކަލް ސެޓިފިކެޓް ދޫކުރުމަށް ހުއްދަދީފައިވާ ފަރާތް ތަކަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުރަޖިސްޓަރީކުރެވިފައިވާ އާބާދީ1 ޤާނޫނު
ކަމަށް ބަޔާންކޮށްފައިއެވަނީ، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 1/2009 ގެ 19 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުރަޖިސްޓަރީކޮށްގެން ހިންގާ އަމިއްލަ ޖަމްޢިއްޔާތައް1 ޤާނޫނު
ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ތެރެއިން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މަޞްލަޙަތު ރައްކާތެރިކުރުމުގެ މަޤްޞަދުގައި ހިލޭސާބަހަށް ހިންގާ އަދި އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިވާ އަމިއްލަ ޖަމްޢިއްޔާތަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުރަޖިސްޓްރާރ4 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ޤާނޫނުގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ބިޒްނަސަސްއަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުމި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީއަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުމި ޤާނޫނުގެ 218 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ރަޖިސްޓްރާރ އޮފް ކޮމްޕެނީޒަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުރަޖިސްޓްރާރ އޮފް ބިޒްނަސަސް1 ޤާނޫނު
ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ1 ޤާނޫނު
ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، ފިކުރީ މުދަލާބެހޭ ޙައްޤުތައް ރަޖިސްޓަރީކޮށްދީ، އެކަމާބެހޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ކަމާބެހޭ ޤާނޫނުގެ ދަށުން ޢައްޔަންކުރާ ރަޖިސްޓްރާރަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުރަޖިސްޓްރާރ އޮފް ޔޫނިއަންސް1 ޤާނޫނު
ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުރިކަރަންޓް ޚަރަދު1 ޤާނޫނު
ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި އަބަދުމެ ގަވާއިދުން ކުރަންޖެހޭ ޚަރަދު ނުވަތަ ދައުލަތުގެ ހަރުމުދަލެއް ނުއުފެދޭ ނުވަތަ އިތުރުނުވާ ޚަރަދުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުރިކޮގްނިޝަން އޮފް ޕްރަޔަރ ލަރނިންގ1 ޤާނޫނު
ރަސްމީ ނިޒާމެއްގެ ތެރެއިން ކަނޑައެޅޭ ވަކި ސަނަދެއް ނެތި މަސައްކަތުގައި ދެމިތިބޭ ފަރާތްތަކަށް، މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމުގެ ތެރެއިން އެފަރާތްތަކުގެ ފެންވަރު ދެނެގަނެ، މަތީ ހަރުފަތަކަށް ވާސިލުވުމަށްޓަކައި މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު ފަހިކޮށްދޭ އުސޫލަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުރިކޯޑު1 ޤާނޫނު
ދައުލަތުގެ ހިންގުމުގައި އުފެދޭ ލިޔެކިޔުން ނުވަތަ ފޮޓޯ، އޯޑިއޯ، ވީޑިއޯ ގެ ޒަރީޢާއިން ރިކޯޑުކޮށްފައިވާ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 16/2011 ގެ 39 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުރިއަލް ޖީ.ޑީ.ޕީ1 ޤާނޫނު
ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އުފައްދާ ތަކެއްޗާއި ޚިދުމަތުގެ ޖުމްލަ އަގު، އިންފްލޭޝަނަށް އެޖަސްޓުކުރުމަށްފަހު މިންކުރުމަށް ގެންގުޅޭ މިންގަނޑަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުރިފަރަލް ލެބޯރަޓަރީ1 ޤާނޫނު
ނޭޝަނަލް ހެލްތް ލެބޯރަޓަރީން ލިބެން ނެތް ޚިދުމަތްތައް ހޯދުމަށް މި ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ދިވެހިރާއްޖެ ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ލެބޯރަޓަރީތަކަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުރިސީވަރު2 ޤާނޫނު
އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ ބޭންކެއްގެ އެސެޓުތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ޤާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ޚަލާޞްކުރުމުގެ މަސައްކަތްކުރުމަށް އެމް.އެމް.އޭ އިން ޢައްޔަންކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ އިންޝުއަރެންސް ކުންފުންޏެއްގެ އެސެޓްތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ޤާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ޚަލާޞްކުރުމުގެ މަސައްކަތްކުރުމަށް އޮތޯރިޓީން ޢައްޔަންކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުރިސްކް އެޖަސްޓެޑް އެސެޓު1 ޤާނޫނު
އެކި ބާވަތުގެ އެސެޓުތަކާ ގުޅިފައިވާ، ނުވަތަ އެ އެސެޓުތަކަށް ކުރިމަތިވެދާނެ ރިސްކްއާގުޅޭ ގޮތަށް އެ އެސެޓުތަކުގެ އަގަށް ބަދަލު ގެނެވިފައިވާ ބޭންކުގެ އެސެޓުތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުރިޓަޔަރމަންޓް ބެނިފިޓް1 ޤާނޫނު
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ ދަށުން ލިބޭ ފައިސާ ފިޔަވައި، ރިޓަޔަރމަންޓް ސްކީމެއްގެ ދަށުން ލިބޭ ކޮންމެ ފައިސާއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުރިޕޯޓުކުރަންޖެހޭ ބަލި1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ރިޕޯޓުކުރަންޖެހޭ ބަލިކަމަށް ކަނޑައަޅާ ބައްޔަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުރިޕޯޓުކުރުން1 ޤާނޫނު
ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފިކަމުގެ ތުހުމަތުކުރެވޭހިނދު، ނުވަތަ އެފަދަ ޢަމަލެއް ހިނގާފާނެކަމަށް ޤަބޫލުކުރެވޭހިނދު، ނުވަތަ އެފަދަ ޢަމަލެއް ނުހިނގާނުދާނެކަމަށް ބެލެވޭހިނދު، އެކަން ފުލުހުންނަށް ނުވަތަ އޮތޯރިޓީއަށް މި ޤާނޫނުގެ ދަށުން އަންގާ އެންގުމަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުރިޝްވަތު1 ޤާނޫނު
ކަމެއްކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުވަތަ ވަކިފަރާތަކަށް ލުޔެއް، ފަސޭހައެއް، ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ އެއްވެސްފަރާތަކަށް ބުރައެއް ޖެއްސުމަށް، އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސްބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިންކަމަކަށް ޝައުގުވެރި ކުރުމަށްޓަކައި، ނުވަތަ މިއިންކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، މީހަކަށް، އެމީހަކު ކުރާމަސައްކަތުގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތައް ފިޔަވައި، ދޭ ނުވަތަ ލިބިގަންނަ ފައިސާއަށާއި، މުދަލަށާއި، ތަކެއްޗަށާއި، ފަސޭހަތަކަށާއި، މިނޫންވެސް މަންފާތަކަށެވެ.
ރީބްރޯޑްކާސްޓްކުރުން1 ޤާނޫނު
ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ހުއްދަ ލިބިގެން ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ މަރުކަޒަކުން، އެހެން ބައެއްގެ ކޮންޓެންޓް އެއްވެސް އުނިއިތުރެއް ނުގެނެސް އަލުން ބްރޯޑްކާސްޓްކުރުމަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުރީކެޕިޓަލައިޒް ކުރުން1 ޤާނޫނު
ބޭންކެއްގެ ރައުސްމާލުގެ ޖުމްލަ އިތުރު ކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުރީކޮންޑިޝަންކޮށްފައިވާ މުދާ1 ޤާނޫނު
ގަނެފައިވާ މުދަލެއް އަނބުރާ ރައްދުކުރާ ޙާލަތްތަކުގައި، އެ މުދަލެއް ސާފުކޮށް، އެކްސްޓެންސިވް ޓެސްޓިންގއަށްފަހު އަލުން ބަންދުކޮށް ވިއްކުމަށް ނެރެފައިވުމަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުރީއިންޝުއަރެންސް1 ޤާނޫނު
އިންޝުއަރެންސް ކުންފުންޏަކުން ވިއްކާފައިވާ އިންޝުއަރެންސް ޕޮލިސީއެއް ނުވަތަ ޕޮލިސީތަކެއްގެ ދަށުން އެ ކުންފުނީގެ މައްޗަށް އޮންނަ ރިސްކު، އިންޝުއަރެންސް ކޮންޓްރެކްޓެއްގެ ދަށުން އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ބަދަލުކުރުމަށެވެ. މީގެ ތެރޭގައި ރީތަކާފުލް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުރީއިންޝުއަރެންސް ޕްރީމިއަމް1 ޤާނޫނު
އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަކާއެކު އިންޝުއަރެންސް ކޮންޓްރެކްޓެއް (އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތަށް، ވަކި ރިސްކަކާ ގުޅިގެން އެ ކޮންޓްރެކްޓުގެ ދަށުން އެއްވެސް ވަރެއްގެ ބަދަލެއް ދެވޭ ކޮންޓްރެކްޓެއް) ހަދާ ފަރާތަކަށް، އެ ކޮންޓްރެކްޓާ ގުޅިގެން ދައްކާ ޕްރީމިއަމަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 55 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުރީއެކްސްޕޯޓް1 ޤާނޫނު
މި ޤާނޫނުގެ ދަށުން އިމްޕޯޓްކޮށްފައިވާ އެއްޗެއް، އޭގެ ޒާތަށް ބަދަލެއް ނުގެނެސް ދިވެހިރާއްޖެއިން ބޭރަށް ގަވާއިދާ އެއްގޮތަށް ގެންދިޔުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުރީފައިނޭންސްކުރުން1 ޤާނޫނު
ކުރިން ނަގާފައިވާ ދަރަނިތައް އަދާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ދަރަނި ނެގުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުރީސައިކަލްކުރުން1 ޤާނޫނު
ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި ބޭނުންކޮށްގެން ތަކެތި ހެދުމަށް ނުވަތަ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުރީސްޓްރަކްޗަރކުރުން1 ޤާނޫނު
ޤާނޫނީ އިޖުރާއަތެއްގެ ދަށުން ނުވަތަ ކްރެޑިޓަރުންނާ މަޝްވަރާކޮށްގެން، ދަރަންޏެއްގެ ޚަރަދުތަކަށް ނުވަތަ އެ ދަރަނި އަނބުރާ ދައްކަންޖެހޭ މުއްދަތަށް ނުވަތަ އެނޫންވެސް އެ ދަރަނީގެ އެހެން މާލީ އިލްތިޒާމުތަކާއި ޝަރުޠުތަކަށް ބަދަލު ގެނައުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުރީ-އެމްޕްލޯއިމަންޓް އުސޫލު1 ޤާނޫނު
ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވެފައިވާ ފަރާތްތަކަށް މި ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން 12 (ބާރަ) މަސްދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ ހަމަޖައްސައިދިނުމުގެ އުސޫލަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުރީ-އެޕްމްލޯއިމަންޓް ޢުމުރު1 ޤާނޫނު
މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢުމުރަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުރުހުން ދިނުން1 ޤާނޫނު
ނުވަތަ "ރުހުން އޮތުން" ކަމަށް ބުނެފައި އެވަނީ، ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރުމަށް އަދި/ނުވަތަ ގުނަވަން ލިބިގަތުމަށް، ކަމާބެހޭ އެންމެހައި މަޢުލޫމާތު އެނގިހުރެ، އެއްވެސް މަޖުބޫރުކަމެއް ނެތި އަދި މާލީ އެއްވެސް މަންފާއެއް ލިބިގަތުމެއް ނުވަތަ ދިނުމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވުމަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުރުޖޫޢީ އިންޞާފު1 ޤާނޫނު
ކުށުގެ ސަބަބުން ސީދާ އަސަރުކުރި ފަރާތްތައް އެކުވެ، އެފަރާތްތަކުގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ، އަދި މީހުންނަށާއި ގުޅުންތަކަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް އެކުލަވާލައި، ކުއްޖާގެ ފަރާތުން މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތް ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުރޫލްސް އޮފް އެންގޭޖްމަންޓް ގަވާއިދު1 ޤާނޫނު
އަސްކަރީ ބާރުތަކުން، ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގާ ބަޔަކާއި ނުވަތަ ދުޝްމަނުންގެ ބާރަކާ ކުރިމަތިލާން ޖެހިއްޖެނަމަ ކުރިމަތި ލުމުގައި ގެންގުޅެންޖެހޭނެ އުޞޫލުތަކާއި، މިންގަނޑުތަކާއި، ބޭނުންކުރެވޭނެ ބާރުގެ މިންވަރާއި، ހަމަލާދެވޭނޭ ގޮތްތަކާއި، އަދި ހަތިޔާރުން ހަމަލާދެވޭނެ ޙާލަތްތައް ފަދަ ކަންކަން ބަޔާންކޮށްދޭ ގަވާއިދަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުރެމިޓެންސް ޚިދުމަތް1 ޤާނޫނު
ކޭޝް ނުވަތަ އެނޫންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އެއް ތަނެއްގައި ބަލައިގަނެ އަދި އެއަށްވާ ޢަދަދު، ކުރެވޭ މުޢާމަލާތަކުން ނުވަތަ މެސެޖަކުން ނުވަތަ ޓްރާންސްފަރއަކުން ނުވަތަ އެ ފަންޑްސް ޓްރާންސްފަރކުރުމުގެ ޚިދުމަތް ނިސްބަތްވާ ކްލިއަރިންގ ނެޓްވާރކެއް މެދުވެރިކޮށް، ކޭޝްއިން ނުވަތަ އެނޫންވެސް އެއްޗަކުން އެހެން ތަނެއްގައި ހުރި ބެނިފިޝަރީއަކަށް ފޯރުކޮށްދިނުމުގެ ޚިދުމަތަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުރެސިޑެންޓުން1 ޤާނޫނު
ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވާ ވަކިވަކި ޢާންމު ފަރުދުންނާއި ޤާނޫނީ ޝަޚުޞުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުރޭންކު1 ޤާނޫނު
ފުލުހުންގެ މަޤާމުތައް މަތިން ތިރިއަށް ތަރުތީބުވެފައިވާގޮތުން ވަކި މީހަކު ހިމެނޭ ގިންތިއަށް، ނުވަތަ ހައިސިއްޔަތަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުރޭޑިއޯ ބީކަން1 ޤާނޫނު
ހިމެނޭގޮތަށް، މަސް ޖަމާކުރުވުމަށް ބޭނުންކުރާ އާލާތް ނުވަތަ އެގްރިގޭޓްކުރުމާގުޅޭ ސާމާނު ބެހެއްޓުން، ހޯދުން ނުވަތަ އަނބުރާ ހޯދުން؛
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުރޭޕްކުރުން1 ޤާނޫނު
މި ޤާނޫނުގެ 20 ވަނަ މާއްދާގައި ހިމެނޭ އިސްތިސްނާ ޙާލަތު ހިމެނުމާއެކު ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެމީހެއްގެ ރުހުމާ ނުލާ، ވެއްދުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 6 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުރޯޔަލްޓީ1 ޤާނޫނު
އަންނަނިވި ކަންކަމުންކުރެ ކަމަކާ ގުޅިގެން ދޭ ކޮންމެ މުޤާބިލަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުބ
ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން އަނިޔާކުރުން1 ޤާނޫނު
ކަނޑައެޅިގެން ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ހުރުމަތް ކަނޑުވާލުމަށް ނުވަތަ އޭނާ ލަދުގެންނެވުމަށް އަމާޒުކޮށްގެން ހިންގޭ ޢަމަލުތަކަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުބަންދުކޮށްގެން ގެންގުޅޭ އެއްޗެހި1 ޤާނޫނު
އެ ތަކެތީގެ ޤުދުރަތީ މާޙައުލުގެ ތެރޭގައި ނުހިމެނޭ އަދި އިންސާނުން އެ މާޙައުލެއް ކޮންޓްރޯލްކޮށްފައިވާ މާޙައުލެއްގައި ގަރުބަގަނެ އުފަންވެ އާލާވެ ބޮޑުވާ ދިރޭ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުބަންޑާރަނައިބު1 ޤާނޫނު
ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ ބަންޑާރަނައިބަށެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުން1 ޤާނޫނު
މި ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޑެޕިއުޓީ އެޓަރނީ ޖެނެރަލާއި، މި ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ސެކްރެޓަރީ ޖެނެރަލާއި، މި ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ލީގަލް ސަރވިސް އަދި ލީގަލް ސަޕޯޓް ސަރވިސްގެ ގިންތީގެ މަޤާމުތަކަށް ޢައްޔަންކުރެވޭ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުބަންޑާރަނައިބުގެ އޮފީސް1 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ އޮފީހަށެވެ. އަދި ބަންޑާރަނައިބުގެ އޮފީހަކީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން "އެޓަރނީ ޖެނެރަލްގެ އޮފީސް" ގެ ނަމުގައި ހިނގަމުން އައި އޮފީހެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުބަނދަރު1 ޤާނޫނު
ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބަނދަރުތަކުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ބަނދަރުތަކަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުބަރޯސާވާ ފަރާތް1 ޤާނޫނު
އިލެކްޓްރޯނިކް މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް އަޅާނެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނަކާ ޚިލާފު ޢަމަލު1 ޤާނޫނު
1949 ގެ ޖެނީވާ ކޮންވެންޝަންތަކާއި، އެ ކޮންވެންޝަންގެ އެޑިޝަނަލް ޕްރޮޓޮކޯލްތަކާއި އަދި ކޮމެންޓަރީ އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނުތަކުގެ ތެރޭގައި ހިމެނޭ އެހެނިހެން ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެފައިވާ މުޢާހަދާއަކާ ޚިލާފު ޢަމަލެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުބައިނަލްއަޤްވާމީ އިމްތިޙާނު1 ޤާނޫނު
ގިނަ ޤައުމުތަކުގައި ހިންގާ އަދި ގިނަ ބަޔަކު ބަލައިގަންނަ މުއައްސަސާއަކުން ނުވަތަ ކުންފުންޏަކުން ހިންގާ ސްކޫލް އިމްތިޙާނުތަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުބައިނަލްއަޤްވާމީ ވިޔަފާރި1 ޤާނޫނު
ކަސްޓަމްސްއިން ކަނޑައަޅާ އުސޫލުތަކެއްގެ މަތިން ކުރެވޭ އިމްޕޯޓް، އެކްސްޕޯޓް، ނުވަތަ ރީއެކްސްޕޯޓް ނުވަތަ ކަނޑުން އެތެރެކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުބައިނަލްއަޤްވާމީ ދަތުރުފަތުރު1 ޤާނޫނު
ހަމައެކަނި ދިވެހިރާއްޖޭގެ އެއް މަންޒިލުން ދިވެހިރާއްޖޭގެ އަނެއް މަންޒިލަށް ކަނޑުބޯޓު ނުވަތަ މަތިންދާ ބޯޓު މެދުވެރިކޮށް ދަތުރުފަތުރުކުރުން ފިޔަވައި، ކަނޑުބޯޓެއް ނުވަތަ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ކުރެވޭ ކޮންމެ ދަތުރުފަތުރަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުބައިނަލްއަޤްވާމީ ގޮތުން ބަލައިގަންނަ ހިސާބުކުރުމުގެ މިންގަނޑުތައް1 ޤާނޫނު
އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް ބޯޑުން ޝާއިޢުކޮށްފައިވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސްއާއި އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް ފޮރ ސްމޯލް އެންޑް މީޑިއަމް ސައިޒްޑް އެންޓިޓީސްއާއި އިންޓަރނޭޝަނަލް އެކައުންޓިންގ ސްޓޭންޑަޑްސް އަދި ކޮމިޝަނަރ ޖެނެރަލް ހުއްދަ ދީފައިވާ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރާ އެނޫންވެސް އެކައުންޓިންގ ސްޓޭންޑަޑަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފު1 ޤާނޫނު
ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގެ ވަޒީފާގައިވާ ފަރާތްތަކާއި އެފަދަ ޖަމްޢިއްޔާއެއްގެ ފަރާތުން މަސައްކަތްކުރުމުގެ ބާރު ލިބިގެންވާ އެންމެހައި ފަރާތްތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2021 ގެ 3 ވަނަ މާއްދާޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުބައިވެރިއެއް1 ޤާނޫނު
ސީދާކޮށް ނުވަތަ ނުސީދާކޮށް ކަމުގައިވީނަމަވެސް، ސިސްޓަމެއް މެދުވެރިކޮށް އެހެން ބައިވެރިންނަށް ޓްރާންސްފަރކުރުމަށް ނުވަތަ ބައިވެރިންގެ މެދުގައި ކްލިއަރކުރުމަށް، ނުވަތަ ސެޓްލްކުރުމަށް، އެ ސިސްޓަމް ރޫލްސްގެ ދަށުން ޝަރުޠު ފުރިހަމަވާކަމަށް ޤަބޫލުކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުބައި-އިލެކްޝަން2 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިޚާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ބާއްވާ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 2/2009 ގެ 24 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުލޯކަލް ކައުންސިލްތަކުގެ ޢުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިޚާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިޚާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށްޓަކައި ބާއްވާ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުބައްޕަ ނެތްނަމަ1 ޤާނޫނު
ނުވަތަ "މަންމަ ނެތްނަމަ" މިހެން ބުނެފައި އެވަނީ، އެކަމެއް ކުރަން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއިން މީހަކު ރަށުގައި ނެތުންފަދަ ކަންތައްވެސް ހިމެނޭގޮތުގެ މަތިންނެވެ.
ޤާނޫނު ނަންބަރު 7/92 ގެ 16 ވަނަ މާއްދާއުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތު ކުރުމާބެހޭ ޤާނޫނުއުވާލާފައިބަދަލު ގެނައުން1 ޤާނޫނު
ޢިމާރާތަކާ ގުޅޭގޮތުން ކަމަށްވާނަމަ، އެ ޢިމާރާތެއް މަރާމާތުކުރުމާއި، ބޮޑުކުރުމާއި، އެ ޢިމާރާތް އަލުން އެޅުމާއި، އަލުން ކޮޅަށްޖެހުމާއި، އެ ޢިމާރާތަށް ބައެއް އިތުރުކުރުމާއި، ޢިމާރާތުން ބައެއް އުނިކުރުން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުބަދަލުހިފުން1 ޤާނޫނު
ވިސްލްބްލޯކުރާ ފަރާތަކާ ދެކޮޅަށް ވަޒީފާގެ މާޙައުލުގައި މި ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުބަލައިގަތުން1 ޤާނޫނު
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކަށް ރުހުމަށް ނުވަތަ ޤަބޫލުކުރުމަށް ނުވަތަ އެއްބަސްވުމަށް ނުވަތަ އެއްބާރުލުމަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުބަލި ފަތުރާ ވަސީލަތް1 ޤާނޫނު
މީހެއްކަމުގައިވީނަމަވެސް، ގަހެއްކަމުގައިވީނަމަވެސް، ޖަނަވާރެއްކަމުގައިވީނަމަވެސް، ސޫތްޕެއްކަމުގައިވީނަމަވެސް، ޖަރާސީމެއްކަމުގައިވީނަމަވެސް، ގައިންގަޔަށްއަރާ ބަލީގެ ފަނި އުފުލައިދޭ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ވަސީލަތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުބަލިޖައްސާ މާއްދާ1 ޤާނޫނު
އެ މާއްދާއެއްގައި އިންސާނުންނަށް ނުވަތަ ދިރުންތަކަށް ބަލިޖައްސާ ބަލީގެ ފަނި އުފުލައިދޭ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ނުވަތަ އެފަދަ ނުރައްކާތެރި އެއްޗެއް އެކުލެވޭ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުބަޓަފްލައި ނައިފް1 ޤާނޫނު
ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިބަޣާވާތްތެރިން1 ޤާނޫނު
ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ދިވެހިންނެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުބާ ކައުންސިލުގެ މެންބަރުން1 ޤާނޫނު
މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނާއި، މި ޤާނޫނުގެ ދަށުން ހުއްދަ ދޫކުރާ ޤާނޫނީ ވަކީލުންނަށެވެ.
ޤާނޫނު ނަންބަރު 5/2019 ގެ 77 ވަނަ މާއްދާދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުބާޒާރަށް ނެރުން1 ޤާނޫނު
އަގު އަދާކުރުން ހިމެނޭގޮތަށް ނުވަތަ އަގު އަދާކުރުމަކާ ނުލައިވިޔަސް ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް، ޑިސްޓްރިބިއުޓްކުރުމަށްޓަކައި ނުވަތަ ގަތުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބާޒާރަށް ނެރުމަށެވެ.]
ޤާނޫނު ނަންބަރު 4/93 ގެ 8 ވަނަ މާއްދާދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުބާޠިލުވުން1 ޤާނޫނު
ޢަމަލުކުރުން ހުއްޓާލުމަށާއި، ކެންސަލްކުރުމަށާއި، އޮތް އެއްޗެއް އެހެންގޮތަކަށް ބަދަލުކުރުމަށާއި، އެކަހެރިކުރުމަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 16/2024 (ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލާ އެންމެހައި ޤާނޫނުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުބިން2 ޤާނޫނު
ޒޯނެއް ތަރައްޤީކުރުމުގެ ހުއްދަ ދޭއިރު އެ ޒޯނެއްގައި ހިމެނޭ ބިމަށާއި، އެ ޒޯނެއް ތަރައްޤީކުރުމުގައި އެ ޒޯނެއްގެ ޑިވެލޮޕަރު އުފައްދާ ބިން ހިމެނޭގޮތުންނެވެ. އަދި، އެއިން ކޮންމެ ބާވަތެއްގެ ބިމަކާ ގުޅިފައިވާ ނުއުފުލޭ މުދަލާއި، ދާއިމަށް އެ ބިމެއްގެ ބައެއްގެ ގޮތުގައި ހިމެނޭގޮތަށް އެ ބިމެއްގައި ހަރުކޮށްފައިވާ އުފުލޭ މުދާ ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުހިކި ދިޔައިގައި ރަށެއްގެ ބިމުން މަތީގައިވާ ސަރަޙައްދާއި ތެޔޮ އަދި އަގުހުރި މައުދަނު ފިޔަވައި ބިމު އަޑީގެ ބައެއްގެ ގޮތުގައި ހިމެނޭ ބިމުގެ އަޑީގައިވާ ހުރިހާ އެއްޗަކާއި، ބިމުގައި ޤުދުރަތީގޮތުން ހެދޭ ތަކެއްޗާއި (އިންސާނުން ހައްދާ ގަސްގަހާއި ތަކެތި ފިޔަވައި)، ބިމުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށް ބިމުގެ މަތީގައިވާ އެކަށީގެންވާ އުސްމިނެއް ހުންނަ ހުސް ސަރަޙައްދާއި އެއަރ ސްޕޭސް ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި:
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުބިން އެކަށައެޅުން1 ޤާނޫނު
ޤާނޫނެއްގެ ދަށުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި، ޢިމާރާތްކުރުމަށް ނުވަތަ އިޤްތިޞާދީ ބޭނުންތަކަށް ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ނުވަތަ ތިމާވެށި ރައްކާތެރިކުރުމަށް ނުވަތަ ދައުލަތުގެ ބޭނުމަށް ވަކި ސަރަޙައްދެއްގައިވާ ބިމެއް ޚާއްޞަކުރުމަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުބިން ތަރައްޤީކުރުން1 ޤާނޫނު
ޢިމާރާތްކުރުން، އިންޖިނިއަރިންގ މަސައްކަތްކުރުން، ބިން ކޮނުން ނުވަތަ ވެލި ނެގުން ނުވަތަ ބިމުގެ އަޑީގައި ނުވަތަ ބިމުން މަތީގައި ކުރެވޭ އެނޫންވެސް ކަންކަމާއި ހިންގޭ އެހެނިހެން ކަންކަމަށް އެ ބިން ނުވަތަ ޢިމާރާތް ބޭނުންކުރެވޭ ގޮތަށް ގެންނަ ބަދަލުތަކާއި ފަޅު ތެރޭގައާއި މޫދުގައި ކުރެވޭ އެކި ބާވަތުގެ މަސައްކަތްތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުބިން ތަރައްޤީކުރުމުގެ ހުއްދަ1 ޤާނޫނު
ޕްލޭނިންގ އިދާރާއިން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ބިން ތަރައްޤީކުރުމަށް ދޫކުރާ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުބިރުދެއްކުން1 ޤާނޫނު
ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އަނގަބަހުން ބިރުދެއްކުމަށް ނުވަތަ އޭނާގެ ހިތުގައި ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް އަނގަބަހުން ބިރުދެއްކުމަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުބިރުދެއްކުން ނުވަތަ އިންޒާރުދިނުން1 ޤާނޫނު
ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ ޢާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ. ނުވަތަ ދައްކާ އިޝާރާތަކުން، ނުވަތަ ކުރާ ހަރަކާތަކުން އަނިޔާއެއް ދޭނެކަން ހާމަކުރުމަށެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިބިއުރޯ1 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުބިމާބެހޭ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 33/2021 ގެ 128 ވަނަ މާއްދާއެއްމެދު ޢިމާރާތުގެ ޤާނޫނުބިދޭސީ ކުންފުނި2 ޤާނޫނު
އެ ކުންފުންޏެއްގެ ހުއްދަކޮށްފައިވާ ހިއްސާގެ ރައުސްމާލުގެ ތެރެއިން، އެހާތަނަށް ދޫކޮށްފައިވާ ހިއްސާ ރައުސްމާލުގެ އަޣްލަބިއްޔަތަށް ނިސްބަތްވާ ހިއްސާގެ މިލްކުވެރިކަން، ބިދޭސީ ރައްޔިތަކަށް ނުވަތަ ބަޔަކަށް ނުވަތަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް މިލްކުވެގެންވާ ކުންފުންޏަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުދިވެހިރާއްޖެއިން ބޭރުގައި ޤާއިމުކުރެވިފައިވާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 11/2024 ގެ 45 ވަނަ މާއްދާފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުބިދޭސީ ފަރާތް1 ޤާނޫނު
ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ ދަށުން ދިވެހިރައްޔިތެއް ކަމުގައި ނުބެލެވޭ މީހުންނަށާއި އަދި ދިވެހިރާއްޖެ ނޫން އެހެން ޤައުމެއްގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި، ޕާޓްނަރޝިޕް، ކުލަބް ޖަމްޢިއްޔާ އަދި ވިޔަފާރި އުސޫލުން ހިންގާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުބިދޭސީން1 ޤާނޫނު
ދިވެހިރައްޔިތުން ނޫން މީހުންނަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުބިލްޑިންގ ކޯޑު1 ޤާނޫނު
ޢިމާރާތްކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް އެކުލެވޭ، މި ޤާނޫނުގެ 95 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހަދާ ގަވާއިދަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުބެނިފިޝަރީންނަށް ލިބޭ އާމްދަނީ1 ޤާނޫނު
ޓްރަސްޓެއްގެ ކޯޕަސް ބަހައިގެން އެ ބެނިފިޝަރީންނަށް ލިބޭ އެއްޗެއް ފިޔަވައި، ޓްރަސްޓަކުން އެ ޓްރަސްޓުގެ ބެނިފިޝަރީންނަށް ދޭ ކޮންމެ ފައިސާއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުބެންގަލޯރ ޕްރިންސިޕަލްސް1 ޤާނޫނު
ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ މިނިވަންކަމާއި، ވަކި ފަރާތަކަށް ނުޖެހުމާއި، ސުލޫކާ ގުޅޭގޮތުން "ބެންގަލޯރ ޕްރިންސިޕަލްސް އޮފް ޖުޑިޝަލް ކޮންޑަކްޓް" ގެ ނަމުގައި، އެކުލަވާލައި ޢަމަލުކުރެވެމުންދާ ބައިނަލްއަޤްވާމީ ހަމަތަކަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުބެލެނިވެރިން1 ޤާނޫނު
މައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 4/2000 (އާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުބެލެނިވެރިޔާ4 ޤާނޫނު
މައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުދަރިއަކު ނުވަތަ މީހަކު ނުވަތަ ކުއްޖަކު ބެލެހެއްޓުމުގެ ޒިންމާ ޝަރުޢީގޮތުން ނުވަތަ ޤާނޫނީގޮތުން ޙަވާލުވެފައިވާ މީހާއަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުމައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުމައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެ ވަގުތަކު ހަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުބެލޭންސް އޮފް ޕޭމެންޓް ކްރައިސިސް1 ޤާނޫނު
ޤައުމުގެ ބެލޭންސް އޮފް ޕޭމަންޓް ދަރަނީގެ މިންވަރު ނުދެމެހެއްޓެނިވި މިންވަރަކަށް ދިޔުމެވެ.
ބޭހާއި ބޭހުގެ ބާވަތްތައް1 ޤާނޫނު
ޑޮކްޓަރީ ނުވަތަ އޯލްޓަނޭޓިވް މެޑިސިން ނުވަތަ ދިވެހިބޭސްވެރިކަމުގައި ބޭނުންކުރާ ބޭހާއި ބޭހުގެ ބާވަތްތަކާއި މެޑިކަލް ގޭހާއި ވެކްސިނާއި އަދި ބަޔޮލޮޖިކަލްސް ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުބޭނުންތެރި މާއްދާތައް އިޢާދަކުރުން1 ޤާނޫނު
ރައްކާތެރިކަމާއެކު ކުނި މެނޭޖުކުރުމުގެ ތެރޭގައި ތަކެތި އުފެއްދުމަށް އެއިން ބޭނުންތެރި ބައިތަކާއި މާއްދާތައް ވަކިކުރުމަށާއި، ކުނިން ހަކަތަ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުބޭންކިންގ ވިޔަފާރި1 ޤާނޫނު
ޢާންމުންގެ ކިބައިން، ޑިޕޮސިޓް ގޮތުގައި އަދި އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާ ބޭނުންކޮށްގެން ދަރަނި ދޫކުރުމަށާއި އިންވެސްޓްކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުބޭންކިންގ ޚިދުމަތްތައް1 ޤާނޫނު
ނުވަތަ "ބޭންކިންގ ޙަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުބޭންކު ބަލަދުވެރި ކުންފުނި1 ޤާނޫނު
އެ ކުންފުންޏެއްގެ މިލްކުގައި ނުވަތަ ކޮންޓްރޯލްގައި ބޭންކެއް ހިމެނޭ ކުންފުންޏަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުބޭންކް2 ޤާނޫނު
ނުވަތަ "އޭ.އައި.އައި.ބީ" ކަމަށް ބުނެފައި އެވަނީ، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކަށެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހުއްދައާއެކު ރާއްޖޭގައި ހިންގާ ބޭންކަކަށެވެ. ނުވަތަ މާލީ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުބޭރު ދައުލަތެއްގެ މުވައްޒަފު1 ޤާނޫނު
އިންތިޚާބުކުރެވޭ މަޤާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ބޭރު ޤައުމެއްގެ ދައުލަތް ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މަޤާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، އެނޫންވެސް ބޭރު ޤައުމެއްގެ ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ މީހަކު ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2021 ގެ 3 ވަނަ މާއްދާޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުބޭރު ޤައުމެއް1 ޤާނޫނު
ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ޤައުމަކަށެވެ. މި މާނަކުރުމުގެ ތެރޭގައި އެ ޤައުމެއްގެ އެންމެހައި ސަރަޙައްދުތަކާއި، އެ ޤައުމެއްގެ ސިޔާސީ ބާރުގެ ދަށުގައިވާ އެންމެހައި ރަށްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުބޭރު ޤައުމެއްގެ ކަމާބެހޭ ފަރާތް2 ޤާނޫނު
ބޭރު ޤައުމެއްގައިވާ ކުށްވެރިން އެހެން ޤައުމަކަށް ގެންދިޔުމާގުޅޭ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އެ ޤައުމުގައި ޙަވާލުވެފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން ބޭރު ޤައުމަކުން ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުން އެދި ހުށަހެޅުމަށް، ނުވަތަ އެފަދަ އެހީއަށް ދިވެހިރާއްޖެއިން އެދި ހުށަހަޅާ ހުށަހެޅުންތައް ޤަބޫލުކުރުމަށް އެ ޤައުމެއްގެ ޤާނޫނުން ބާރުދީފައިވާ ނުވަތަ ހުއްދަކޮށްފައިވާ ފަރާތެއްކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ޤަބޫލުކުރެވޭ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުބޭރު ޤައުމެއްގެ ޤާނޫނު1 ޤާނޫނު
ދިވެހިރާއްޖެ ނޫން އެހެން ޤައުމެއްގައި ޢަމަލުކުރެވޭ، އެ ޤައުމެއްގެ އެންމެހައި ޤާނޫނަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުބޭރުގެ އުޅަނދު1 ޤާނޫނު
:
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުބޭރުގެ މަސްވެރި އުޅަނދު1 ޤާނޫނު
ބޭރު ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިކަންކުރާ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މަސް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުބޭބީ ނާސަރީއާއި ނާސަރީ1 ޤާނޫނު
ޕްރީސްކޫލް (LKG, UKG) ގެ ކުރިން ފުރިހަމަ ކުރާ ތަޢުލީމީ މަރުޙަލާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުބޭސް2 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުޑޮކްޓަރީ ބޭހާއި އޯލްޓަނޭޓިވް ބޭހެވެ. ޑޮކްޓަރީ ބޭސް ކަމުގައި ބުނެފައި އެވަނީ ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ޑޮކްޓަރީ އުސޫލުން ބޭނުންކުރެވޭ ކޮންމެ ބޭހަކާއި އޭގެ ބަލްކް ކެމިކަލްއެވެ. އޯލްޓަނޭޓިވް ބޭސް ކަމުގައި ބުނެފައި އެވަނީ އެ ޑިސިޕްލިނެއްގެ އުސޫލުތަކާ އެއްގޮތަށް ބައްޔަކަށް ފަރުވާއެއްގެ ގޮތުގައި ދެވޭ ކޮންމެ ބޭހެކެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުބޯހިމެނުން1 ޤާނޫނު
ދިވެހިރާއްޖޭގެ މުޅި އާބާދީ ނުވަތަ ކަނޑައެޅޭ ވަކި ދާއިރާއެއްގެ ހުރިހާ އެއްޗެއް ހިމެނޭ ގޮތުން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުބޯފެން1 ޤާނޫނު
އިންސާނުން ބުއިމަށް އެކަށީގެންވާ ފެނުގައި ހުންނަންޖެހޭ މިންގަނޑުތައް ކަމަށް އޮތޯރިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ ފެނަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުބޯޑިންގ ހައުސް1 ޤާނޫނު
ކަނޑައެޅިފައިވާ ވަކި އަގަކަށް، ކަނޑައެޅިފައިވާ މުއްދަތަކަށް، ގޭގެ ޢާންމު ތަންތަން ބޭނުންކުރެވޭގޮތަށް، ހުރުމާއި، ކެއިންބުއިމާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތް ފޯރުކޮށްދޭ ގެއަކަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުބޯޑު9 ޤާނޫނު
މި ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އުފައްދާ ކްލެމެންސީ ބޯޑަށެވެ.
ޤާނޫނު ނަންބަރު 2/2010 ގެ 32 ވަނަ މާއްދާމަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުކަމުގައި ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން ޤާއިމުކުރާ "އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމް" ގެ ކަންތައްތައް ބެލެހެއްޓުމަށް މި ޤާނޫނުގެ ދަށުން ޤާއިމުކުރާ ބޯޑަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުމި ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުއޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުމި ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ބޯޑް އޮފް އިންވެސްޓްމަންޓްސް އަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުމި ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުއޮތޯރިޓީގެ ބޯޑަށެވެ.
ބްރާންޗް1 ޤާނޫނު
ޤާނޫނީ ގޮތުން ބޭންކެއްގެ ޒިންމާގެ ދަށުން ބޭންކިންގ ޚިދުމަތްތައް ހިންގާ އެ ބޭންކުގެ ގޮފިތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުބްރިޖް ބޭންކު1 ޤާނޫނު
މި ޤާނޫނުގެ 15 ވަނަ ބާބުގައިވާ ގޮތަށް އުފައްދާފައިވާ ބޭންކަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުބްރޯޑްކާސްޓް ކުރުން1 ޤާނޫނު
އުފެއްދުމެއް، ޕަރފޯމަންސެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް ވަޔަރލެސް ޓްރާންސްމިޝަން މެދުވެރިކޮށް ޢާންމުންނަށް ދުރަށް ފޮނުވުމަށެވެ. މީގެތެރޭގައި ސެޓެލައިޓް މެދުވެރިކޮށް ދުރަށް ފޮނުވާ ފޮނުވުންވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުބްލެކްމެއިލް ކުރުން1 ޤާނޫނު
ވަކި ކަމެއް، މީހެއްގެ ނުރުހުމުގައި ކުރުމަށް އޭނާއަށް އަންގައި، އެކަން އޭނާ ނުކޮށްފިނަމަ، އޭނާއަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ލިބޭނެ ޒާތުގެ ޢަމަލެއް ހިންގާނެކަމުގެ ބިރު ދެއްކުމަށެވެ. ނުވަތަ މީހަކު ކުރި ކުށެއް އަންގަންވާ ފަރާތަށް ނާންގައި، އެކަމުގެ މަޢުލޫމާތު ބޭނުންކޮށްގެން އޭނާގެ ކިބައިން އޭނާގެ ނުރުހުމުގައި މަންފާކުރުމަށް ނުވަތަ މަންފާ ހޯދަމުން ދިއުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޅ
ޅެން1 ޤާނޫނު
ހިތުގައި އުފެދޭ ޝުޢޫރެއް ނުވަތަ ހިތަށް ވައްދާ ޝުޢޫރެއް، މާނައެއް ދޭހަވާގޮތަށް ވަޒަނަކަށް ފެތޭނެހެން ބައިތުތަކެއްގެ މައްޗަށް އެކުލަވާލައިގެން ފާޅުކުރާ ބަސްތަކަށާއި، ބަންޖާއި، ކާއާއި، އަންބާއާއި، ފަރިހި އަދި ރައިވަރުފަދަ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުކ
ކަންޓްރީ އޮފް އޮރިޖިން1 ޤާނޫނު
ކަނޑައަޅާފައިވާ ދިރޭ އެއްޗެއް، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް ނިސްބަތްވާ ޤައުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުކަނޑު ދަތުރުފަތުރުކުރާ އުޅަނދު2 ޤާނޫނު
ކަނޑުގައި ނުވަތަ ފެނުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ. އަދި މި މާނައިގައި ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު، ހައިޑްރޯފޮއިލް، ފުލައިޓް ޝިޕް، ހޯވަރކްރާފްޓް އޯފްޝޯރ ޕްލެޓްފޯމް އިންޖީނު ނާޅާ އުޅަނދުފަހަރު އަދި އަޑިންދާ ބޯޓު (ސަބްމެރީން) ވެސް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 69/78 ގެ 7 ވަނަ މާއްދާކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުކަނޑުގައި ނުވަތަ ފެނުގައި މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަށްޓަކައި ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ. އަދި މި މާނައިގައި ބަނޑު، ކޮޅުވެއްޓި، ޓަގް ބޯޓު ، ހައިޑްރޯފޮއިލް، ފުލައިޓް ޝިޕް، ހޯވަރކްރާފްޓް އޯފްޝޯރ ޕްލެޓްފޯމް އިންޖީނު ނާޅާ އުޅަނދުފަހަރު އަދި އަޑިންދާ ބޯޓު (ސަބްމެރީން) ވެސް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 35/2015 ގެ 5 ވަނަ މާއްދާޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުކަނޑުން އެތެރެކުރުން1 ޤާނޫނު
އެއްވެސް ޤައުމެއްގެ ޤާނޫނީ އިމުގެ ތެރޭގައި ނުހިމެނޭ ކަނޑުގެ ސަރަޙައްދަކުން ދިވެހިރާއްޖެއަށް އެތެރެކުރެވޭ، މުޢާހަދާގެ އެޕެންޑިކްސްއެއްގައި ހިމެނޭ ކަނޑުގެ ދިރުމެއް، ނުވަތަ ދިރުމެއްގެ ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުކަނޑުތަކާބެހޭ ބައިނަލްއަޤްވާމީ ޤާނޫނު1 ޤާނޫނު
ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އަށެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުކަނޑުގެ އުޅަނދެއް1 ޤާނޫނު
އިންޖީނެއްގެ ބާރުން ނުވަތަ އެހެން ބާރަކުންވިޔަސް ދުއްވޭ، ކަނޑުދަތުރުކުރުމަށް އެކަށީގެންވާ، ފެނުގައި ދަތުރުކުރާ ކޮންމެ އުޅަނދެއް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 53 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކަރަންޓީނުކުރުން2 ޤާނޫނު
ގައިންގަޔަށް އެރުމުގެ ބައްޔެއް ޖެހިފައިވާ މީހާ، ނުވަތަ އޭނާއާ މުޢާމަލާތްކުރެވިފައިވާ މީހާ، ނުވަތަ އޭނާގެ ގައިން އެ ބަލި އަރާފާނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި ހުރި މީހާގެ ކިބައިން އެހެން މީހެއްގެ ގަޔަށް އެ ބަލި ވާސިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެކަމަށް ޞިއްޙީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާސިލުވާނެކަމަށް ޞިއްޙީގޮތުން ބެލެވޭ މުއްދަތަށް އޭނާގެ ޙަރަކާތްތައް ވަކިގޮތަކަށް ހިފެހެއްޓުމަށާއި، ވަކި އުސޫލުތަކެއްގެމަތިން އޭނާ މުޖުތަމަޢުގެ އެހެން މީހުންނާއި ތަންތަނާ އެކަހެރި ކުރުމަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގައިންގަޔަށް އަރާފަދަ ބައްޔެއް ޖެހިފައިވާ ޖަނަވާރުގެ ކިބައިން ނުވަތަ އެ ޖަނަވާރާ އެކުގައި އުޅޭ ޖަނަވާރުގެ ކިބައިން ނުވަތަ އެ ޖަނަވާރުގެ ކިބައިން އެ ބަލި އަރާފާނެކަމަށް ޤަބޫލުކުރެވޭ ޙާލަތުގައި ހުރި ޖަނަވާރުގެ ކިބައިން އެހެން ޖަނަވާރެއްގެ ގަޔަށް އެ ބަލި ވާޞިލުވުމުގެ މަގު ބަންދުކުރުމަށްޓަކައި، އެ ބަލި ފެތުރޭނެ ކަމަށް ޞިއްޙީގޮތުން ބެލެވޭ ނުވަތަ އެ ބަލީގެ ފަނި، އެއް ޖަނަވާރުގެ ގައިން އަނެއް ޖަނަވާރުގެ ގަޔަށް ވާޞިލުވާނެކަމަށް ޞިއްޙީގޮތުން ބެލެވޭ މުއްދަތަށް އެ ޖަނަވާރުގެ ޙަރަކާތްތައް ވަކި ގޮތަކަށް ހިފެހެއްޓުމަށާއި، ވަކި އުސޫލުތަކެއްގެ މަތިން އެ ޖަނަވާރު މުޖުތަމަޢުގައި އުޅޭ އެހެން ޖަނަވާރާއި ތަންތަނާ އެކަހެރިކުރުމަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުކަރަންޓީން މަރުކަޒު1 ޤާނޫނު
މީހުން ކަރަންޓީނު ކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުކަރަންޓުލުމުގެ މަސައްކަތް1 ޤާނޫނު
ވައިރުކުރުން، ޕެނަލް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޑިސްޓްރިބިއުޝަން ނެޓްވޯކް ޑިޒައިންކުރުމާއި އިންސްޓޯލްކުރުން، ޖެނެރޭޓަރު އިންސްޓޯލްކުރުންފަދަ ކަންކަން ހިމެނޭގޮތުންކުރާ ކަރަންޓުގެ މަސައްކަތްތަކަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުކައުންސިލަރުން1 ޤާނޫނު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލަރުންނާއި، ރަށު ކައުންސިލަރުންނާއި، ސިޓީ ކައުންސިލަރުންނަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ކައުންސިލުގެ އިޚްތިޞާޞް1 ޤާނޫނު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން އެ ރަށެއްގެ އިޚްތިޞާޞް ކަމުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުކައުންސިލުގެ މެންބަރު1 ޤާނޫނު
ކައުންސިލުގެ ރައީސާއި ނައިބު ރައީސް ހިމެނޭގޮތަށް ކައުންސިލުގެ މެންބަރުންނަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުކައުންސިލުގެ ދަރަނި1 ޤާނޫނު
މި ޤާނޫނުގެ 1-5 ގެ ދަށުން ކައުންސިލުން އަމިއްލައަށް ޒިންމާވާގޮތަށް ކައުންސިލުގެ މެންބަރުން ފާސްކޮށްގެން ނަގާ ދަރަންޏަށެވެ.
ޤާނޫނު ނަންބަރު 27/2021 ގެ 14 ވަނަ މާއްދާޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުކައުންސިލް6 ޤާނޫނު
ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލަށް ނިސްބަތްކޮށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން އުފެއްދޭ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން އުފައްދާ "ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލް" އަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުއިންސްޓިޓިއުޓްގެ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ޤާއިމުކުރާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ އަތޮޅު ނުވަތަ ސިޓީ ނުވަތަ ރަށު ކައުންސިލަކަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކައުންސިލްގެ އާމްދަނީ1 ޤާނޫނު
ކައުންސިލްގެ އޮޑިޓްކޮށް ސަރޓިފައިކޮށްފައިވާ އަހަރީ އާމްދަނީއަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކައުންސެލަރު1 ޤާނޫނު
ކުދިންނަށް ދިމާވާ ކަންކަމުގައި ނަފްސާނީގޮތުން އެހީތެރިވެދިނުމުގެ ޢިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުކައުންސެލިންގ1 ޤާނޫނު
ވަކި ޙާލަތަކާގުޅޭ ޚާއްޞަ މަޢުލޫމާތު ދިނުމަށާއި، އެ ޙާލަތު ބަދަލުކުރުމަށް ނުވަތަ ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމުގެ އިރުޝާދުދިނުމަށާއި، އެ ޙާލަތު ބަދަލުކުރުމުގައި ނުވަތަ ރަނގަޅުކުރުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީ، މަޢުލޫމާތު ދެވޭ ފަރާތް ތައްޔާރުކޮށްދިނުމުގެގޮތުން ދެވޭ ލަފާއާއި ކުރެވޭ ކަންކަން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުކައުންޓަރފީޓް މާރކް1 ޤާނޫނު
މި ޤާނޫނުގެ 47 ވަނަ މާއްދާގައި އެ ޢިބާރާތަށް ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުކައުންޓަރފީޓް މުދާ1 ޤާނޫނު
މި ޤާނޫނުގެ 46 ވަނަ މާއްދާގައި އެ ޢިބާރާތަށް ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުކަމާބެހޭ ކައުންސިލު1 ޤާނޫނު
ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގައި ބަޔާންކުރާ މެޑިކަލް އެންޑް ޑެންޓަލް ކައުންސިލާއި، ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި، އެލައިޑް ހެލްތު ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 20/2020 ގެ 13 ވަނަ މާއްދާޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ކަމާބެހޭ މިނިސްޓްރީ1 ޤާނޫނު
އަދި "މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން" ކަމަށް ބުނެފައިއެވަނީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގާ އިދާރާގެ ބެލެނިވެރިކަން އެވަގުތަކު ހަވާލުކުރެވިފައިވާ މިނިސްޓްރީއަކަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުކަމުގެ މަޞްލަޙަތު އޮތް ފަރާތް1 ޤާނޫނު
ކޯޓަކުން ނިމިފައިވާ ޤަޟިއްޔާއެއް ނުވަތަ އެ ކޯޓުން ނެރެފައިވާ ނުވަތަ އެ ކޯޓުން ނިންމާފައިވާ ނިންމުމެއްގެ ސަބަބުން، އެ ނިންމުމުގެ ސީދާ އަސަރު ފޯރާ ކޮންމެ ފަރާތަކަށާއި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައިވާ ގޮތުގެމަތިން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު ލިބިފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 22/2010 ގެ 12 ވަނަ މާއްދާދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުކަލެކްޓިވް ބަރގެއިނިންގ1 ޤާނޫނު
ރަޖިސްޓަރީކޮށްގެން ހިންގާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތައް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ މެދުގައި ވަޒީފާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ވަކި ކަމެއް ޙާޞިލުކުރުމަށް ކުރާ ބަރގެއިނިންގ ނުވަތަ މުޢާމަލާތްތަކާއި މަޝްވަރާތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުކަލެކްޓިވް އުފެއްދުމެއް1 ޤާނޫނު
ވަކި މީހެއްގެ ނުވަތަ ޤާނޫނީ ވަކި ޝަޚްޞެއް އިސްނަގައިގެން ނުވަތަ އިރުޝާދު ދީގެން އެމީހެއްގެ ނުވަތަ އެ ޝަޚްޞެއްގެ އުފެއްދުމެއްގެ ގޮތުގައި ނެރުމަށާއި އޭގައި ހިއްސާވާ އެހެން މީހުން ނުވަތަ ފަރާތްތައް ހާމަނުކުރުމަށް އެއްބަސްވެގެން ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން އުފައްދާ އުފެއްދުންތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުކަލެކްޓިވް އެގްރީމަންޓް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާޞިލުވާ އެއްބަސްވުންތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުކަލެކްޓިވް މާރކް1 ޤާނޫނު
މި ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ މާރކަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުކަސްޓަމަރު1 ޤާނޫނު
މުދާ ގަންނަ ފަރާތަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކަސްޓަމްސްގެ ޚިދުމަތް1 ޤާނޫނު
ނުވަތަ "ކަސްޓަމްސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގައި ބަޔާންކުރާ "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" އަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުކާނާ ވިހަވުން1 ޤާނޫނު
ބެކްޓީރިއާއެއް ނުވަތަ ވައިރަހެއް ނުވަތަ ޕެރަސައިޓެއް ނުވަތަ ވިހައެއް ނުވަތަ އެނޫންވެސް ކެމިކަލެއްގެ އަސަރުކޮށްފައިވާ ކާބޯތަކެތި ކައިބޮއި ހެދުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް މެދުވެރިވާ ޙާލަތަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކާނާ ވިއްކާ ތަންތަން1 ޤާނޫނު
ބަންދުކޮށްފައި ހުރި ޢިމާރާތެއްގެ ތެރޭގައި ކަމަށްވީނަމަވެސް، ވަގުތީ ޢިމާރާތެއްގައި ކަމަށްވީނަމަވެސް، ދާއިމީ ޢިމާރާތެއްގައި ކަމަށްވީނަމަވެސް، ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލޭގޮތަށް ހުރި އެއްޗެއްގައި ކަމަށްވީނަމަވެސް، ނުވަތަ ވަށައިގެން ބަންދުކޮށްފައި ނެތް އެއްޗެއް ނުވަތަ ތަނެއްގައިވީނަމަވެސް، އެތަނެއްގައި ކާނާ ތައްޔާރުކޮށް، އޭގައި ލޭބަލް ޖަހައި، އެ ވިއްކާގޮތަށާއި ގަނެވޭގޮތަށް ހުންނަ، ނުވަތަ ޢާންމުކޮށް ބަހާގޮތަށް ހުންނަ، ނުވަތަ ވިއްކުމަށްޓަކައި ބޭރަށް ނެރެ ބަހައްޓާފައި ހުންނަ، މީހުން ދިރިއުޅޭ ތަނެއް ނޫން ހަމަކޮންމެ ތަނަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުކާރިސާ1 ޤާނޫނު
މުޖުތަމަޢެއްގެ ނުވަތަ ޖަމާޢަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަޙައްމަލް ނުކުރުވޭގޮތަށް، އެބައެއްގެ އިންސާނީ، މާއްދީ އަދި އިޤްތިޞާދީ ވަސީލަތްތަކަށާއި އަދި ތިމާވެއްޓަށް ގެއްލުންވެ، ޢާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސާއާބެހޭ ކަންކަން ބެލެހެއްޓުން1 ޤާނޫނު
އިދާރީ ނިންމުންތަކާއި އޯގަނައިޒޭޝަން އަދި އޮޕަރޭޝަނަލް ހުނަރުވެރިކަމާއި، ޤާބިލުކަން ބޭނުންކޮށްގެން ޤުދުރަތީ އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ކާރިސާތަކުންކުރާ އަސަރު ކުޑަކުރުމަށްޓަކައި ސިޔާސަތުތަކާއި އިސްތިރާޖީތައް ތަންފީޛުކޮށް، މުޖުތަމަޢުގެ ޤާބިލުކަން އިތުރުކުރުމަށެވެ. މީގެ ތެރޭގައި ނުރައްކާތެރިކަމުގެ ނުރަނގަޅު އަސަރުތައް މަދުކުރުމަށާއި އެއަށް ތައްޔާރުވުމާއި އެފަދަ އަސަރުތައް ކުރިއަނުދިނުމަށް އަޅާ ބިނާއީ އަދި ލާބިނާއީ ފިޔަވަޅުތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުން1 ޤާނޫނު
ކާރިސާތަކުން ގެއްލުން ލިބުމުގެ ފުރުޞަތު ކުޑަކުރުމަށްޓަކައި އެކަންތައްތައް ކުރިމަތިވުމަށް ދިމާވާ ސަބަބުތައް ދިރާސާކޮށް ވަކި އުސޫލެއްގެ މަތިން މަސައްކަތްކުރުމެވެ. މިގޮތުން އިންސާނުންގެ މުދަލާއި ފުރާނަ ނުރައްކަލަށް ހާމަވެފައިވާ މިންވަރާއި ނާޒުކުކަން ކުޑަކުރުމާއި، އެކަށީގެންވާ ރަނގަޅު ގޮތެއްގައި ވެއްޓާއި ބިން ބޭނުންކުރުމާއި، ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ހިމެނެއެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސާތަކަށް އިޖާބަދިނުން1 ޤާނޫނު
ކާރިސާއެއް ކުރިމަތިވާ ހިނދު މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ޞިއްޙީ ޙާލަތު ދެނެގަތުމަށާއި، ޢާންމުންގެ ރައްކާތެރިކަން ޔަޤީންކުރުމަށާއި، ކާރިސާގައި ގެއްލުން ލިބިފައިވާ މީހުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކުއްލި ޙާލަތުގައި ފޯރުކޮށްދެވޭ ޚިދުމަތްތަކަށާއި އެހީތެރިކަމަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސާތަކަށް ތައްޔާރުވުން1 ޤާނޫނު
ކުރިމަތި ވެދާނެކަމަށް ލަފާކުރެވޭ ނުވަތަ ކުރިމަތިވަމުންދާ ކާރިސާއަކަށް ނުވަތަ އެނޫންވެސް ގެއްލުންދެނިވި ހާދިސާތަކަށް އެންމެ އެދެވޭގޮތުގައި ތައްޔާރުވެ އޭގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި ކުރިއާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޢިލްމާއި ހުނަރާއި ފަންނުވެރިކަމުގެގޮތުން ސަރުކާރަށާއި ކަމާގުޅޭ ޖަމާޢަތްތަކަށް އަދި މުޖުތަމަޢާއި ޢާންމު ފަރުދުންނަށް ލިބިގެންވާ ކެރިފޯރުންތެރިކަމާއި ޤާބިލުކަމަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސާތަކުން އިޔާދަވުން1 ޤާނޫނު
ކާރިސާތަކުން އަސަރުކޮށްފައިވާ މުޖުތަމަޢުތަކުގެ ތެރޭގައި ހުރި ވަސީލަތްތަކާއި، އާމްދަނީ ހޯދަން ކުރާ މަސައްކަތްތަކާއި ދިރިއުޅުމުގެ ޙާލަތު ކުރިން ހުރި ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް އިޔާދަކުރުމަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާރިސީހިރާސް1 ޤާނޫނު
ވަކި މުއްދަތެއްގެ ތެރޭގައި ވަކި މުޖުތަމަޢަކަށް ކުރިމަތިވެދާނެ ކާރިސާއަކުން އިންސާނުންގެ ފުރާނައާއި އިޤްދިޞާދީ ޙަރަކާތްތަކާއި، ޞިއްޙީ ކަންކަމާއި މުދަލާއި ޚިދުމަތްތަކަށް ގެއްލުން ލިބުމަށް އޮތް ފުރުޞަތަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކާބަން ނިއުޓްރަލް1 ޤާނޫނު
ކަނޑައެޅޭ ވަކި މުއްދަތެއްގައި ޖައްވަށް ބޭރުކުރާ ކާބަންއާއި ހަމަ އެ މުއްދަތުގެ ތެރޭގައި ޖައްވުން މަދުކުރެވޭ ކާބަން އެއް މިންވަރަކަށްވުމެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުކާބަން ބަޖެޓް1 ޤާނޫނު
ދިވެހިރާއްޖެއިން އަހަރެއްގެ ތެރޭގައި ބޭރުކުރާނެކަމަށް ކަނޑައަޅާ ކާބަންގެ މިންވަރެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުކާބޯތަކެތި ތަޙްލީލުކުރާ ލެބޯރަޓަރީ1 ޤާނޫނު
ކާބޯތަކެތީގެ ޞިއްޙީ ރައްކާތެރިކަން ބެލުމަށްޓަކައި ނުވަތަ ކާބޯތަކެތީގެ އެނޫންވެސް ތަޙްލީލުތައް ކުރުމަށްޓަކައި، މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ލެބޯރަޓަރީތަކަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކިތާބީ ހެކި1 ޤާނޫނު
ޚުޞޫމާތެއް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތަށް ހުށަހެޅޭ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުކީ ޕަރފޯމަންސް އިންޑިކޭޓަރތައް1 ޤާނޫނު
ދައުލަތުގެ އޮފީސްތަކުން މަސްއޫލުވެ، ޒިންމާވާ މަސައްކަތްތަކުން ޙާޞިލުކުރާ ނަތީޖާތައް މިންކޮށް، ހިސާބުކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުކުށުގެ ވެށި1 ޤާނޫނު
ޝައްކުރުކުރެވޭ މަރާއި، ގޮތްނޭނގޭ މަރުކަމަށް ތުހުމަތުކުރެވޭ ހަށިގަނޑު ފެންނަ ތަނަށެވެ.
ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު ޢުމުރު1 ޤާނޫނު
ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު ޢުމުރެވެ. އަދި ކުށުގެ ޖިނާއީ ޒިންމާ އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނަކީ އެކުދިން ކުރާ ކުށުގެ ޤާނޫނީ ޒިންމާ އުފުލަން ނުޖެހޭ ޢުމުރު ފުރައިގެ ކުދިންނެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކުށް1 ޤާނޫނު
މި ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ، އިދާރީ ކުށްތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުކުށް މަޢާފުކޮށްދިނުން1 ޤާނޫނު
ނުވަތަ "މަޢާފުދިނުން" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން ހުށަހަޅާ އިލްތިމާސަކާ ގުޅޭގޮތުން، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން ގިންތިއަކަށް ފެތޭގޮތަށް، ޙުކުމް ތަންފީޒުވަމުންދާ މީހެއްގެ އަދަބު ނުވަތަ އަދަބުން ބައެއް މަޢާފުކޮށްދިނުމުގެ ގޮތުން ނުވަތަ ލުއިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ކަނޑައެޅުމަށެވެ.
ޤާނޫނު ނަންބަރު 2/2010 ގެ 32 ވަނަ މާއްދާމަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުކުށްވެރިޔާ1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ނުވަތަ ބޭރު ޤައުމެއްގެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ބެލެވޭ ކުށެއް ކުރިކަމުގެ ދަޢުވާ އުފުލި، ޝަރީޢަތް ހިންގުމަށްޓަކައި ބަންދުކޮށްފައިވާ ނުވަތަ ޙުކުމްކުރުމުގެ ކުރިން ބަންދުކޮށްފައިވާ ނުވަތަ ޙުކުމްކުރުމަށްފަހު ބަންދުކޮށްފައިވާ ކުށްވެރިޔަކަށެވެ. މި މާނަކުރުމުގައި، ބަންދުގައި ވަނިކޮށް ފިލާފައިވާ މީހުންނެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުކުނި1 ޤާނޫނު
އެއްޗެއްގެ ބޭނުން ކެނޑިގެން އުކާލާ ނުވަތަ އުކާލަން ވަކި ފަރާތަކާ ޙަވާލުކުރެވޭ ކޮންމެ އެއްޗަކަށެވެ. އޭގެ ތެރޭގައި، ހަރު ތަކެއްޗާއި ދިޔާ ތަކެއްޗާއި ގޭސްވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި ނައްތާލުން1 ޤާނޫނު
ކުނި މެނޭޖުކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށްފަހު ބާކީވާ އެއްޗެއް ރައްކާތެރިގޮތުގައި އުކާލުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި ބައިބަޔަށް ވަކިކުރުން1 ޤާނޫނު
ކުނި މެނޭޖުކުރުމާއި ކަމާބެހޭ އިދާރާއަކުން އަންގާ ގޮތުގެމަތިން ކުނީގައި ހިމެނޭ އެކިބައިތައް ވަކިކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި އުފެއްދުން1 ޤާނޫނު
އެއްޗެއް ކުންޏަށް ބަދަލުކުރުމުގެ ޢަމަލަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި އެޅުން1 ޤާނޫނު
ކުނި އެޅުމަށް ހުއްދަ ދީފައިވާ ތަނަކަށް ނުވަތަ އެއްޗަކަށް ފިޔަވައި އެހެން ތަނަކަށް ނުވަތަ އެއްޗަކަށް ކުނީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއް އެޅުން، އުކުން، ބޭއްވުން، އޮއްސުން، ލީކުވުން، ފޭދުން ނުވަތަ ވައްޓާލުންފަދަ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި މަދުކުރުން1 ޤާނޫނު
ކުނި އުފެއްދުން ހުއްޓުމަށާއި، ކުނި ނުއުފައްދާ ނުވާ ޙާލަތެއްގައި، އެ އުފައްދާ މިންވަރާއި އޭގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ކުޑަކުރުމާއެކު އުކާލާ މިންވަރު މަދުކުރުމަށް ފިޔަވަޅު އެޅުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނި މެނޭޖުކުރުން1 ޤާނޫނު
ކުނި އެއްތަންކުރުމާއި، ޓްރީޓްކުރުމާއި، ބޭނުންތެރި މާއްދާތައް އިޢާދަކުރުމާއި، ރީސައިކަލްކުރުމާއި، ކުނީގެ ޚިދުމަތަށާއި ކުނި ނައްތާލުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުނީގެ އޮޑިޓް1 ޤާނޫނު
ވަކި ޙަރަކާތަކާ ގުޅިގެން އުފެދޭ ކުނީގެ ބާވަތްތަކާއި، މިންވަރާއި، ކުނީގައި އެކުލެވޭ ސިފަތަކާއި، ބައިތައް ވަޒަންކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކުންފުނި4 ޤާނޫނު
ޖޮއިންޓް ސްޓޮކް ކުންފުންޏަކަށް ނުވަތަ ކޯޕަރޭޝަނަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ޤާނޫނީ ޝަޚްޞަކަށެވެ. އަދި މީގެ ތެރޭގައި ކޯޕަރޭޓިވް ސޮސައިޓީވެސް ހިމެނެއެވެ. ނަމަވެސް މި މާނައިގެ ތެރޭގައި ލިމިޓެޑް ލަޔަބިލިޓީ ޕާރޓްނަރޝިޕެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުކުންފުނިތަކުގެ ދަފްތަރު1 ޤާނޫނު
ނުވަތަ "ރަޖިސްޓްރާރގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 231 ވަނަ މާއްދާގައި ބަޔާންކުރާ ދަފްތަރަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުކުންފުނިތަކުގެ ގްރޫޕް2 ޤާނޫނު
އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ މާލީ ކަންތައްތައް ދައްކުވައިދޭ ކޮންސޮލިޑޭޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓްތައް މީރާއަށް ހުށަހަޅަންޖެހޭނެ ކަމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބުނެފައިވާ ޙާލަތެއްގައި، އެ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުކުރު މުއްދަތުގެ ދަރަނި1 ޤާނޫނު
ދަރަނި ނަގާތާ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ޚަލާޞްކުރަންޖެހޭ ދަރަންޏަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުކުރެހުމާއި ލިޔުންތައް1 ޤާނޫނު
ޢިމާރާތެއް ކުރުމުގައި ނުވަތަ ޢިމާރާތަކަށް ބަދަލެއް ގެނައުމުގައި ވަކި ސްޕެސިފިކޭޝަންތަކަކާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޑިޒައިންތަކާއި ކުރެހުންތަކާއި ލިޔުންތަކަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުކުޅިވަރު ފެންގަނޑު1 ޤާނޫނު
ފަތާ ފެންގަނޑުތަކާއި، ފެތުމަށް ބޭނުންކުރާ މޫދާއި، ސްވިމިންގ ޕޫލާއި، ފެނުގެ ކުޅިވަރުތައް ކުޅުމަށް ތައްޔާރުކޮށްފައިވާ ފެންގަނޑުތަކަށާއި މޫދަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުކުއްލި ނުރައްކަލުގެ ޙާލަތު1 ޤާނޫނު
މަސައްކަތުގެ މާޙައުލުގައި ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވިފައިވުން1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެވިފައިވާ ވުމަށެވެ.
ޤާނޫނު ނަންބަރު 4/69ޖ ގެ 9 ވަނަ މާއްދާދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުކުއްލި ޙާލަތު1 ޤާނޫނު
މީހެއްގެ ފުރާނައަށް ނުރައްކާތެރި ޙާލަތެއް ދިމާވެގެން، ތިމާ އަމިއްލައަށް ނުވަތަ އެހެން ގޮތަކުން ސަލާމަތްވެވޭނެ ގޮތެއް ނެތުމަށެވެ.
ޤާނޫނު ނަންބަރު 2/2014 ގެ 16 ވަނަ މާއްދާއިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުކުއްލި ޙާލަތުގައި މަސައްކަތްކުރަންޖެހޭ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން1 ޤާނޫނު
ކޮވިޑް-19 އާ ގުޅިގެން އިމަރޖެންސީ ރެސްޕޮންސްގައި މަސައްކަތްކުރާ މެޑިކަލް ޕްރެކްޓިޝަނަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށެވެ.
ޤާނޫނު ނަންބަރު 20/2020 ގެ 13 ވަނަ މާއްދާޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ކުއްޔަށް ހިފާފައިވާ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ނުވަތަ ފަޅެއް ކަމާބެހޭ މިނިސްޓްރީއަކުން ކުއްޔަށްދީފައިވާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 12/2026 ގެ 75 ވަނަ މާއްދާފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނުކުއްޔަށްހިފާ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުކުއްޔަށްދިނުން1 ޤާނޫނު
ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވެވޭ އަގަކަށް އެއްބަސްވެވޭ މުއްދަތަކަށް ކުއްޔަށްދޭ ތަން ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަޤުލުވުމެއްނެތި ބޭނުންކުރުމުގެ ޙައްޤު ލިބިދިނުމަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުކުއްޔަށްދޭ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުކުއްޔަށްދޭ ތަން1 ޤާނޫނު
ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށްޓަކައި ލިބިދެވޭ ތަނަކަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުކުއްޖާގެ ބައްޕަ1 ޤާނޫނު
ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން ޞައްޙަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިޢާންކޮށްފައިނުވާ ފިރިހެނާއަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުކުއްޖާގެ މަންމަ1 ޤާނޫނު
އެކުއްޖާ ބަނޑުއަޅާ ވިހެއި މައިމީހާއަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުކުލީގެ އެއްބަސްވުން1 ޤާނޫނު
ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތާ މެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށްދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ނުވަތަ އުނި އިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުކުޑަކުއްޖެއް3 ޤާނޫނު
ނުވަތަ "ކުއްޖާ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކުއްޖަކަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން ޢުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެނޫން ޙާލަތުގައި އެއީ މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުކުޑަކުދިން1 ޤާނޫނު
ނުވަތަ "ކުދިން" ކަމަށް ބުނެފައިއެވަނީ، ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ ދަށުން ކުޑަކުދިންކަމަށް ބުނެފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުކުޑަކުދިންގެ މަރުކަޒު1 ޤާނޫނު
މި ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ2 ޤާނޫނު
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުއ.ދ ގެ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކުޑަކުދިންގެ ޢަދުލުގެ ނިޒާމު1 ޤާނޫނު
ބޮޑެތިމީހުންގެ މައްޗަށް ހިންގާ ޖިނާއީ ޢަދުލުގެ ނިޒާމާ މުޅިން ވަކިވެފައިވާ، ކުށުގެ ޖިނާއީ ޒިންމާއުފުލަންޖެހޭ ޢުމުރުފުރައިގެ ކުދިންނަށް އަމާޒުވާ، ޚާއްޞަ ޤާނޫނާއި، ސިޔާސަތުތަކަކާއި، އުސޫލުތަކާއި އިޖުރާއަތްތަކާއި އަސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ، ކުޑަކުދިންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ލިއްބައިދޭ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަށް އިސްކަން ދޭ ނިޒާމެކެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކެއަރ އެންޑް ވެލްފެއަރ އޯޑަރ1 ޤާނޫނު
ޢާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި ޢާއިލާއަށް ޚާއްޞަކޮށް ޕްރޮގްރާމްތައް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކެމްޕަސް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ޚިދުމަތްތަކެއް ދިނުމަށް ޤާއިމުކުރެވޭ ގޮތްޕަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުކެޕިޓަލް ބޭސް1 ޤާނޫނު
އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދުތަކުގައި ބުނާ ކެޕިޓަލް ބޭސް އަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުކެޕިޓަލް އިންވެސްޓްމަންޓް1 ޤާނޫނު
ވިޔަފާރި ކުންފުންޏެއްގެ ވިޔަފާރި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ނުވަތަ ވިޔަފާރީގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ކުންފުންޏަކަށް ހޯދައި ނުވަތަ ބިނާކުރާ ކުންފުނީގެ ހަރު މުދަލަށެވެ. ނުވަތަ ކެޕިޓަލް އެސެޓް ހޯދުމަށް ކުރާ ޚަރަދަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުކެޕިޓަލް އެލަވަންސް1 ޤާނޫނު
މުދަލަކަށް ކުރާ ކެޕިޓަލް ޚަރަދު ވަކި މުއްދަތަކަށް ބަހާލުމުން ކޮންމެ މުއްދަތަކަށް ޖެހޭ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ1 ޤާނޫނު
ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ1 ޤާނޫނު
ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުކެޕިޓަލް ގުޑްސް1 ޤާނޫނު
އިންވެސްޓްމަންޓަކުން އުފައްދަން ބޭނުންވާ މުދާ ނުވަތަ ޚިދުމަތް އުފެއްދުމުގެ ނިޔަތުގައި ހޯދައި ލިބިގަންނަ މާއްދީ މުދަލަށާއި ތަކެއްޗަށާއި އެއްޗެއްސަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުކެޕިޓަލް ޚަރަދު1 ޤާނޫނު
ދައުލަތުގެ ބޭނުންތަކަށް ޓަކައި އޭގެ ޒާތުގައި ކެޕިޓަލް ޚަރަދުތައް ހިމެނޭ މަސައްކަތްތަކަށާއި، މަޝްރޫޢުތަކަށެވެ. އެ މަސައްކަތުގައި މާއްދީގޮތުން މުދަލެއް ހިމެނިގެންވުން ލާޒިމެއް ނޫނެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުކޭސް ކޮންފަރެންސިންގ2 ޤާނޫނު
ކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކޭޓަރިންގގެ ޚިދުމަތް1 ޤާނޫނު
ކާބޯތަކެތި އެ ތަނެއްގައި ތައްޔާރުކުރުމަށްފަހު އެ ތަކެތި ކައިބޮއި ހެދުމަށްޓަކައި އެހެން ތަނަކަށް ގެންގޮސްދީގެން ޚިދުމަތް ދިނުމަށް ޚާއްޞަކުރެވޭ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކޭޝް ފްލޯ ޕްލޭން1 ޤާނޫނު
ނަގުދު ފައިސާ ހޯދައި ބަލައިގަނެ، އެ ޚަރަދުކުރާނެ ގޮތުގެ އަންދާޒާއަށެވެ.
ކޮންސަލްޓަންޓް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހިންގާ ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމާގުޅިގެން ކުރަންޖެހޭ ވަކި ޚާއްޞަ މަސައްކަތެއް ކުރުމަށްޓަކައި ބޯޑުގެ ފަރާތުން ޢައްޔަންކުރާ ކޮންސަލްޓަންޓަކަށެވެ. އަދި އޭގެތެރޭގައި، ބޭންކުތަކާއި، އެކައުންޓަންޓުންނާއި، ޤާނޫނީ ވަކީލުންނާއި ވިޔަފާރި އަގުކުރާ ވެލިއުއަރޒް ހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުކޮންސިއުމަރ ޕްރައިސް އިންޑެކްސް1 ޤާނޫނު
ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށްޓަކައި މުހިންމު ކާނާގެ ބާވަތްތަކާއި ޚިދުމަތުގެ ބާވަތްތަކުގެ އަގަށެވެ. އަދި އެ ބާވަތްތަކުގެ އަގަށް އަންނަ ބަދަލު ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުކޮންސިއުލާ ޕޯސްޓު1 ޤާނޫނު
މި ޤާނޫނާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮންސިއުލާ މަސައްކަތްތައް ކުރުމަށްޓަކައި ދިވެހިރާއްޖޭން ބޭރުގައި ޤާއިމުކުރާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްތަކަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުކޮންސެޝަން1 ޤާނޫނު
އިންވެސްޓްމަންޓް އެގްރިމަންޓްގެ ދަށުން ނަމަވެސް ނުވަތަ ވަކި ކޮންސެޝަން އެގްރިމަންޓެއްގެ ދަށުން ނަމަވެސް، ޒޯނެއްގައި ވަކި އިޤްތިޞާދީ މަސައްކަތެއް ކުރުމަށް ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި ޑިވެލޮޕަރަކަށް، ވަކި ޝަރުޠުތަކެއްގެ މަތިން ވަކި ލުއިތަކެއްދީ، ދިވެހި ސަރުކާރުން ދޭ ޙައްޤަށް ނުވަތަ އިމްތިޔާޒަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުކޮންސޯޝިއަމް1 ޤާނޫނު
ކަނޑައެޅި ބަޔާންވެގެންވާ ވަކި އިޤްތިޞާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކޮށް، އޭގެން ނަފާ ހޯދުމުގެ ބޭނުމުގައި، ދެ ޤާނޫނީ ޝަޚްޞަށްވުރެ ގިނަ ޤާނޫނީ ޝަޚްޞު ގުޅިގެން އުފައްދައި ހިންގާ ޖަމާޢަތްތަކަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުކޮންސްޓްރަކްޝަން ކުނި1 ޤާނޫނު
ޢިމާރާތްކުރުމުގެ މަރުޙަލާތަކުގެ ތެރެއިން އުފެދޭ ނުވަތަ އުކާލެވޭ ފުނޑުގަލާއި ކޮންކްރީޓް ފަދަ ކުންޏަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކޮންޒަވޭޓަރު1 ޤާނޫނު
އެ ބޭންކެއްގެ ބޭންކިންގ ޙަރަކާތްތައް ހިންގުމުގައި މައްސަލަތަކެއް ކުރިމަތިވެފައިވާ ބޭންކެއްގެ ކަންތައްތައް ޙައްލަކަށް ގެނެވެންދެން ނުވަތަ ބޭންކު ބަންދުކުރަންދެން، ނުވަތަ އެމް.އެމް.އޭ އިން އެ ބޭންކުގެ މައްސަލަތައް ޙައްލުކުރެވެންދެން އެ ބޭންކުގެ އެސެޓުތައް ޙިމާޔަތްކޮށް ހިންގުމުގެ ވަގުތީ ޒިންމާ އުފުލުމަށް އެމް.އެމް.އޭ އިން ޢައްޔަންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުކޮންޓިނުއިންގ އެޑިޔުކޭޝަން1 ޤާނޫނު
ރަސްމީ ތަޢުލީމުގެ ނިޒާމު ފުރިހަމަކުރުމަށްފަހު ވަކި ދާއިރާއަކުން މީހަކު ތަޢުލީމު އުނގެނޭ އުނގެނުމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުކޮންޓިނުއިންގ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (CPD)1 ޤާނޫނު
ޗާޓަރޑް އެކައުންޓެންޓުންނާއި، އެކައުންޓަންސީ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން މީހުން، އެމީހުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް، ތާޒާކުރުމަށް ކުރިއަށްގެންދާ އުނގެނުމުގެ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުކޮންޓިންޖެންޓް ލަޔަބިލިޓީ3 ޤާނޫނު
ޔަޤީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަޤުބަލުގައި ހިނގައިފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަންޖެހިދާނެ މާލީ ޒިންމާތަކަށެވެ. އޭގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ފުރިހަމަ ކޮންޓްރޯލް އެކަމެއްގައި ނެތްނަމަވެސް، މުސްތަޤުބަލުގައި ހިނގާފާނެ ހާދިސާއެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހިދާނެ މާލީ ޒިންމާތަކަށެވެ. މި މާނައިގެ ތެރޭގައި ދައުލަތުން ގެރެންޓީކޮށްދޭ ދަރަނި ހިމެނެއެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުކޮންޓެންޓް1 ޤާނޫނު
މި ޤާނޫނުގެ 5 ވަނަ މާއްދާގައިވާ ފަންނީ އުފެއްދުމެއްގައި ހުންނަ މަންޒަރު، ނުވަތަ އަޑު، ނުވަތަ މަންޒަރާއި އަޑު، ނުވަތަ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުކޮންޓެމިނަންޓް1 ޤާނޫނު
ކާބޯތަކެތީގައި ހިމެނިގެން ނުވާ މާއްދާއެއް ކާބޯތަކެތި އުފައްދާ އުފެއްދުމެއްގެ ތެރޭގައި ނުވަތަ ޕްރޮސެސްކުރުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ތައްޔާރުކުރުމުގެ ތެރޭގައި ނުވަތަ ބަންދުކުރުމުގެ ތެރޭގައި ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގެ ތެރޭގައި ނުވަތަ ކާބޯތަކެތި ގެންގުޅޭ މާޙައުލެއްގައި ހުރި ނުސާފު ކަމެއްގެ ސަބަބުން ޤަޞްދަކާ ނުލައި ކާބޯތަކެތީގެ ތެރެއަށް ވާޞިލުވެފައިވުމަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކޮންޓޭނަރ1 ޤާނޫނު
ކާބޯތަކެތި ބަންދުކުރުމަށާއި ކާބޯތަކެތި ނުވަތަ އޭގެ ބައެއް، އެއް އައިޓަމެއްގެ ގޮތުގައި ރައްދުކުރުމަށް ބަންދުކުރުމަށާއި ބޭނުންކުރާ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން1 ޤާނޫނު
ކަމަށް ބުނެފައ އެވަނީ، މިޤާނޫނުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކުރަން ކަނޑައަޅާފައިވާ ކަންތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުކޮންޓްރޯލް3 ޤާނޫނު
މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަ ނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު:
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު:
ޤާނޫނު ނަންބަރު 7/2023 ގެ 176 ވަނަ މާއްދާކުންފުނީގެ ޤާނޫނުކޮންޓްރޯލްކުރުން1 ޤާނޫނު
މީހެއްގެ މިނިވަންކަމަށް ވަކި އިންތަކަކާއި މިންތަކެއް ކަނޑައަޅައި، އެ އިންތަކާއި މިންތަކުގެ ތެރޭގައި އެމީހެއްގެ މިނިވަންކަން ހިފެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުކޮރަޕްޝަން1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި، ވަކިން ޚާއްޞަކޮށް، "ޔޫއެން ކޮންވެންޝަން އަގެއިންސްޓް ކޮރަޕްޝަން" ގައި ކޮރަޕްޝަންގެ ޢަމަލެއްގެ ގޮތުގައި ހިމަނާފައިވާ ކަންކަމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުކޮރޯސިވްސް1 ޤާނޫނު
ހަށިގަނޑުގެ ތަނެއްގައި ޖެހުމުން، ނުވަތަ އެއްވެސް އެއްޗެއްގައި ޖެހުމުން، އުފެދޭ ކެމިކަލް ރިއެކްޝަނެއްގެ ސަބަބުން ހަށިގަނޑުގައި އެ ޖެހުނު ތަނަކަށް ނުވަތަ އެ ޖެހުނު އެއްޗަކަށް ބޮޑު ގެއްލުމެއްދޭ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުކޮވިޑް-193 ޤާނޫނު
ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (SARS-CoV-2) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (COVID-19) އަށެވެ.
ޤާނޫނު ނަންބަރު 3/2020 ގެ 10 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ސިވިއަރ އެކިއުޓް ރެސްޕިރޭޓަރ ސިންޑްރޯމް ކޮރޯނާ ވައިރަސް 2 (SARS CoV-2) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާ ވައިރަސް ޑިޒީޒް (COVID-19) އަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (SARS-CoV-2) އިން ޖެހޭ ބަލި ކަމުގައިވާ ކޮރޯނާވައިރަސް ޑިޒީޒް (COVID-19) އަށެވެ.
ޤާނޫނު ނަންބަރު 20/2020 ގެ 48 ވަނަ މާއްދާޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު1 ޤާނޫނު
ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން 12 މާރިޗު 2020 ގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތަށެވެ.
ޤާނޫނު ނަންބަރު 20/2020 ގެ 48 ވަނަ މާއްދާޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ކޮމާންޑަރު1 ޤާނޫނު
ސިފައިންގެ އަސްކަރީ ބާރުތަކާ ހަވާލުވެ ހުންނަ ސިފައިންގެ އޮފިސަރުންގެ ތެރެއިން އެންމެ އިސް މީހަކަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުކޮމާސް އިންޑަސްޓްރީ1 ޤާނޫނު
ވިޔަފާރީގެ ސިނާއަތަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުކޮމިއުނިޓީ ކޮންފަރެންސިންގ1 ޤާނޫނު
ހާދިސާއެއް ހިނގުމުން އެ މައްސަލައިގައި ސީދާ އަސަރުކޮށްފައިވާ ފަރާތްތަކާއެކު މުއައްސަސާތަކާއި މުޖުތަމަޢުން އެހީތެރިއެއް ހިމެނޭ ގޮތަށް ލިބުނު ގެއްލުން ފޫބައްދަން މަސައްކަތްކުރުމަށް ބޭއްވޭ ބައްދަލުވުންތަކަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުކޮމިއުނިޓީ ސްކޫލްތައް1 ޤާނޫނު
ދައުލަތާއި މުޖުތަމަޢާ ގުޅިގެން ހިންގާ ސްކޫލްތަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުކޮމިއުނިޓީ ޕޮލިސިންގ1 ޤާނޫނު
ފުލުހުން ޚިދުމަތްދޭ ސަރަޙައްދެއްގައި ހިމެނޭ ޢާންމު ރައްޔިތުންނާއި، ކައުންސިލްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، އިދާރާތަކާ ގުޅިގެން ފުލުހުންގެ ޚިދުމަތްދޭން ބައްޓަންކުރާ ފުލުހުންގެ ފަލްސަފާއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުކޮމިޓީ3 ޤާނޫނު
މުޅި މަޖިލީހުގެ ކޮމިޓީއަކަށް، ނުވަތަ މަޖިލީހުގެ ދައުރަކަށް އުފެއްދޭ ކޮމިޓީއަކަށް، ނުވަތަ ވަކި ކަމަކަށް އުފެއްދޭ ވަގުތީ ކޮމިޓީއަކަށް، ނުވަތަ ދާއިމީ ކޮމިޓީއަކަށް، ނުވަތަ އެނޫންވެސް ގޮތެއްގައި މަޖިލީހުން އެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާ ކޮންމެ ކޮމިޓީއަކަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުނުވަތަ "ޝަކުވާ ކޮމިޓީ" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ވަޒީފާ އަދާކުރާ ތަންތަނުގައި އަދި މަރުކަޒުތަކުގައި ޤާއިމުކުރާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން އުފައްދާ ޑިޒާސްޓަރ މެނޭޖްމަންޓް ކޮމިޓީތަކަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުކޮމިޝަނަރ1 ޤާނޫނު
ކޮމިޝަނަރ އޮފް ޕޮލިސްއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުކޮމިޝަނަރ އޮފް ސްޕޯޓްސް1 ޤާނޫނު
މި ޤާނޫނުގެ ދެވަނަ ބާބުގެ ދަށުން ޢައްޔަންކުރެވޭ ކޮމިޝަނަރ އޮފް ސްޕޯޓްސްއަށެވެ.
ޤާނޫނު ނަންބަރު 30/2015 ގެ 54 ވަނަ މާއްދާދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުކޮމިޝަނަރ އޮފް ޕޮލިސް1 ޤާނޫނު
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުކޮމިޝަނަރ އޮފް ޕްރިޒަންސް1 ޤާނޫނު
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ބަޔާންކުރާ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށެވެ.
ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުކޮމިޝަނަރ ޖެނެރަލް3 ޤާނޫނު
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން ޢައްޔަންކޮށްފައިވާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަށެވެ.
ޤާނޫނު ނަންބަރު 29/2016 ގެ 16 ވަނަ މާއްދާދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުކޮމިޝަން7 ޤާނޫނު
ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނުހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 8/2008 ގެ 33 ވަނަ މާއްދާއިލެކްޝަންސް ކޮމިޝަންގެ ޤާނޫނުއެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 13/2008 ގެ 17-2 ވަނަ މާއްދާއެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުމި ޤާނޫނުގެ 5 ވަނަ މާއްދާއިން އުފައްދާފައިވާ ނޭޝަނަލް ޕޭ ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުކަމަށް ބަޔާންކޮށްފައި އެވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނަށެވެ.
ކޮމިޝަންޑް އޮފިސަރުން1 ޤާނޫނު
އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުކޮމްޕިއުޓަރ2 ޤާނޫނު
މަޢުލޫމާތު ޕްރޮސެސްކުރުމުގެ ޤާބިލުކަން ލިބިފައިވާ އިލެކްޓްރޯނިކްގެ ވަސީލަތުން ނުވަތަ މިފަދަ އެހެން ގޮތަކުން ހަދާފައިހުންނަ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުމަޢުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުންހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެން ކުރާ ކަންކަމަށާއި، މަޢުލޫމާތު ރައްކާކުރުމަށާއި އަދި މުޢާމަލާތް ފަހިކޮށްދޭ ގުޅުންހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާ ގުޅައިގެން މިފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ. ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުކޮމްޕިއުޓަރ ޕްރޮގްރާމް1 ޤާނޫނު
ކޮމްޕިއުޓަރަށް އެނގޭ ބަހަކުން، ކޯޑަކުން، ސްކީމަކުން، ނުވަތަ އެހެންވެސް ގޮތަކުން، ކޮމްޕިއުޓަރުން ވަކި މަސައްކަތެއްކުރުމަށް ނުވަތަ ވަކި ނަތީޖާއެއް ނެރުމަށްޓަކައި އެކުލަވާލާފައިވާ އެންގުންތަކަށް ނުވަތަ އިރުޝާދުތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުކޮމްޕިޓެންސީ ސްޓޭންޑަރޑް1 ޤާނޫނު
ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާއަށް މީހުން ބިނާކުރުމަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރުތަކުގެ މިންގަނޑުތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުކޮލިފައިންގ ހޯލްޑިންގ1 ޤާނޫނު
ސީދާކޮށް ނުވަތަ ނުސީދާކޮށް، ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް، އެއްވެސް ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ) އޮތުމަށް، ނުވަތަ އެމް.އެމް.އޭ އަށް ޤަބޫލުކުރެވޭ ގޮތުގައި ކުންފުންޏެއްގެ ނުވަތަ ވިޔަފާރިއެއްގެ ހިންގުމުގެ މައްޗަށް އެކަށޭނަ ބާރު އޮތުމަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުކޮލެޓަރަލް1 ޤާނޫނު
އެ ކްރެޑިޓް ސެކިޔުއަރކުރުމަށްޓަކައި ދީފައިވާ، އެ ކޮލެޓަރަލްއެއް ބަލައިގަންނަ ފަރާތަށް ޤަބޫލުކުރެވޭ، އެސެޓަކަށް ނުވަތަ ތިންވަނަ ފަރާތަކުންދޭ ޔަޤީންކަމަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުކޮލެޖް1 ޤާނޫނު
މިނިސްޓްރީގައި ކޮލެޖެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ މަތީ ތަޢުލީމާއި ތަމްރީނުދޭ ހުރިހާ ކޮލެޖްތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުކޯޓު12 ޤާނޫނު
ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓަށާއި މި ޤާނޫނުގެ މައުޟޫޢާ ގުޅޭ އިޚްތިޞާޞް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ. އެނޫން މަރުޙަލާތަކުގައި ހައިކޯޓަށާއި ސުޕްރީމްކޯޓަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުމި ޤާނޫނުގައި ބަޔާންކުރާ ކަމެއް ކަނޑައެޅުމުގެ އިޚްތިޞާޞް ލިބިގެންވާ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުސިވިލް ކޯޓަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުފެމިލީ ކޯޓަށެވެ. ނުވަތަ މި ޤާނޫނުގައި ބަޔާންކުރާ ކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޝަރުޢީ ކޯޓަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުމި ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖިނާއީ ކުށްތައް ބެލުމަށް ކަނޑައެޅިފައިވާ ކްރިމިނަލް ކޯޓަށާއި އެނޫން ހުރިހާ ޙާލަތްތަކުގައި ފެމިލީ ކޯޓަށެވެ. ނުވަތަ އެ ކޯޓުތަކަށް ލިބިފައިވާ އިޚްތިޞާޞް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުދިވެހިރާއްޖޭގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި އެ ލަފްޒަށް ދީފައިވާ މާނައިގައެވެ. ބޭރު ޤައުމެއްގެ ކޯޓަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ޤައުމެއްގެ ޝަރުޢީ ކޯޓަކަށެވެ.
ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުމާލޭގައި ނަމަ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނަމަ، އެ ކޯޓަކަށް ލިބިފައިވާ އިޚްތިޞާޞްއާ އެއްގޮތަށް، އެ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުމާލޭގައި ނަމަ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި ނަމަ، އެ ކޯޓަކަށް ލިބިފައިވާ އިޚްތިޞާޞްއާ އެއްގޮތަށް، އެ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުމާލޭގައިނަމަ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ސިވިލް ކޯޓަށެވެ. ނުވަތަ ދިވެހިރާއްޖޭގެ އެހެން ރަށެއްގައިނަމަ، އެ ކޯޓަކަށް ލިބިފައިވާ އިޚްތިޞާޞްއާ އެއްގޮތަށް، އެ ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބުނެފައިވާ މެޖިސްޓްރޭޓް ކޯޓުތަކަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުމަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދިވެހިރާއްޖޭގެ ކޮންމެ ކޯޓަކަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
ކޯޓު އަމުރު1 ޤާނޫނު
ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުކޯޕަރަޓައިޒްކުރުން1 ޤާނޫނު
ސަރުކާރުގެ ވަކި އޮފީހެއް ނުވަތަ ވަކި މުއައްސަސާއެއް ނުވަތަ އިދާރާއެއް ކުންފުންޏަކަށް ބަދަލުކޮށް، އެ މުއައްސަސާއެއްގެ މިލްކުގައިވާ މުދާ ވިޔަފާރި އުސޫލުން ހިންގޭނެގޮތަށް އަލުން ތަރުތީބުކޮށް، ސަރުކާރުގެ އޮފީހެއްގެ ގޮތުގައި ހިނގަމުންއައި ތަނެއް ވިޔަފާރީގެ އުސޫލުން ހިންގުމަށްޓަކައި ގެނެވޭ ބަދަލަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުކޯޕަރޭޓިވް1 ޤާނޫނު
މި ޤާނޫނުގެ 120 ވަނަ މާއްދާގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުކޯޕަރޭޓިވް ސޮސައިޓީ3 ޤާނޫނު
ޤާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުކޮންމެ ތަނެއްގައި އިންކޯޕަރޭޓްކޮށްފައިވީ ނަމަވެސް ނުވަތަ ކޮންމެ ތަނެއްގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، ކޮންމެ ކޯޕަރޭޓިވް ސޮސައިޓީއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުކްރިއޭޝަން ޑޭޓާ1 ޤާނޫނު
އިލެކްޓްރޯނިކް ސޮޔެއް އުފެއްދުމަށް ބޭނުންކުރާ ޑޭޓާއަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުކްރިމިނަލް ރެކޯޑު1 ޤާނޫނު
މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުކްރެޑިޓް އެކްސްޕޯޝަރ1 ޤާނޫނު
:
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުކްލެސިފިކޭޝަން1 ޤާނޫނު
ނުވަތަ "ކޯޑިންގ ސިސްޓަމް" ކަމަށް ބުނެފައި އެވަނީ، ހޯދޭ މަޢުލޫމާތު ތަފާސްހިސާބަށް ބަދަލުކުރުމަށް ބޭނުންކުރެވޭ ހިސާބުކުރުމުގެ ނިޒާމުތަކަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު'ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރާ ފަރާތް1 ޤާނޫނު
' ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށާއި އެކުދިންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ގާޑިއަން އެޑް-ލިޓެމް އާއި އަމިކަސް-ކިއުރިޔައި ގެ ދައުރު އަދާކުރުމަށް ކޯޓުން ހުއްދަދޭ ފަރާތްތަކާއި، ޤާނޫނީ ވަކީލުންނާއި އަދި ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރެވިދާނެކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭ އެހެނިހެން ފަރާތްތަކެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުއ
އަނިޔާ1 ޤާނޫނު
ޖިސްމާނީގޮތުން ނުވަތަ މާއްދީގޮތުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ހާނިއްކައެއް ދިނުމަށެވެ. ނުވަތަ ނަފްސާނީ ދުޅަހެޔޮކަމަށް އުނިކަމެއް ދިނުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުއަންހެނަކަށް1 ޤާނޫނު
އިޝާރާތްކުރުމުގައި ފިރިހެނަކަށްވެސް އިޝާރާތްކުރެވިގެންވެއެވެ. ފިރިހެނަކަށް އިޝާރާތްކުރުމުގައި އަންހެނަކަށްވެސް އިޝާރާތްކުރެވިގެންވެއެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުއަންހެނުން1 ޤާނޫނު
އެމީހެއްގެ ޢުމުރަށް ނުބަލައި، އަންހެނުންނާއި އަންހެން ކުދިންނަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 20201 ޤާނޫނު
4 އޭޕްރިލް 2020 ގައި ބޭއްވުމަށް، 4 ފެބްރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށް، 12 މާރިޗު 2020 ގައި 18 އޭޕްރިލް 2020 އަށް ފަސްކުރުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެ ތާރީޚުގައި އެ އިންތިޚާބު ބޭއްވެން ނެތްކަމަށް 13 އޭޕްރިލް 2020 ގައި އެ ކޮމިޝަނުން ކަނޑައަޅާފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 3/2020 ގެ 10 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަންއެންޕްލޯއިމެންޓް ރޭޓް1 ޤާނޫނު
މަސައްކަތް ކުރާ އުމުރުފުރާގެ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބި ތިބި މީހުންގެ، ވަކިމުއްދަތެއްގެ މިންގަނޑަށެވެ.
އަންޑަރޓޭކިންގ1 ޤާނޫނު
އެއްފަރާތަކުން އަނެއްފަރާތަކަށް ފައިސާގެ ޒިންމާ ނަގާނެކަމަށް ބުނެ އެއްބަސްވާ އެއްބަސްވުމަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުއަނބުރާ ނުލިބޭނެ ދަރަނި1 ޤާނޫނު
ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަޤްވާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުލިބޭނެ ދަރަނި ކަމަށް ބަލައި ހިސާބުތަކުން އުނިކުރެވޭ "ބޭޑް ޑެޓްސް" ނުވަތަ ދަރަންޏަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުއަރައްކާ1 ޤާނޫނު
ފުރާނަ ގެއްލުމާއި، އަނިޔާވުމާއި، އެހެނިހެން ޞިއްޙީ ގެއްލުންތަކާއި، މުދަލަށް ގެއްލުން ލިބުމާއި، ދިރިއުޅުމަށް ކުރާ މަސައްކަތް ނުވަތަ މުހިއްމު ޚިދުމަތްތަކަށް ގެއްލުންވުމާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙަރަކާތްތައް މެދުކެނޑުމާއި، ތިމާވެށީގެ ގެއްލުން މެދުވެރިކުރުވާފަދަ ހާދިސާއެއް، މާއްދާއެއް، އިންސާނުންގެ ޙަރަކާތަކުން ނުވަތަ ޙާލަތަކުން މެދުވެރިވުމެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުއަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން1 ޤާނޫނު
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ ދަށުން އަރބަން ސަރަޙައްދުތަކަށް އެކުލަވާލައި ފާސްކުރާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުއަރބަން ސަރަޙައްދު2 ޤާނޫނު
މި ޤާނޫނުގައިވާ ގޮތުގެމަތިން އަރބަން ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކޮންމެ ސަރަޙައްދަކަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުކަމާބެހޭ ޤާނޫނުގެ ދަށުން އަރބަން ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުއަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ1 ޤާނޫނު
ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، އަރބަން ސަރަޙައްދުތަކުގެ ޕްލޭންތައް އެކުލަވާލައި، އެ ސަރަޙައްދުތައް ތަރައްޤީކުރުމުގެ ކަންކަން ވިލަރެސްކުރުމަށްޓަކައި މި ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އުފައްދާ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުއައިސްޕްލާންޓް1 ޤާނޫނު
މަސް ރައްކާތެރިކޮށް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންވާ އައިސް ތައްޔާރުކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ކަނޑައަޅާ ޝަރުޠު ފުރިހަމަވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއައުޓްރީޗް ސެންޓަރ1 ޤާނޫނު
މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ އިންސްޓިޓިއުޓްގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ޚިދުމަތްތަކެއް ދިނުމަށް ޤާއިމުކުރެވޭ ގޮތްޕަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުއަމިއްލަ ނުވަތަ ގޭބިސީގައި ބޭނުންކުރާ އެއްޗެހި1 ޤާނޫނު
އަމިއްލަ ފަރުދެއްގެ މިލްކިއްޔާތުގައިވާ، ޢާންމު ދިރިއުޅުމުގައި ބޭނުންކުރާ ދިރޭ އެއްޗެހި ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުއަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން1 ޤާނޫނު
ބާނާ ނުވަތަ ހިފާ މަހަކީ މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ ޢާއިލާއިން ސީދާ ކެއުމަށް މަސް ބޭނުންކުރާ، އަދި އަމިއްލަ ގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކާ ނުލާ މަސްވެރިކަމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއަމިއްލަ ވިޔަފާރި2 ޤާނޫނު
އަމިއްލަ ފަރުދުންގެ ވިޔަފާރިއާގުޅޭ ކަމާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުމި ޤާނޫނުގައިވާ ގޮތުގެމަތިން، އަމިއްލަ ފަރުދަކު، ވަކި ނަމެއްގައި ރަޖިސްޓަރީކޮށް، ހިންގާ ވިޔަފާރިއަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުއަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ1 ޤާނޫނު
ނުވަތަ "ވިޔަފާރީގެ މަސްއޫލުވެރިޔާ" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން އެ މީހެއްގެ ނަންމަތީގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ މީހާއަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުއަމިއްލަ މަސައްކަތްކުރާ ފަރާތް1 ޤާނޫނު
އެ ފަރާތެއްގެ ވަޒީފާގައި މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ޙާޞިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުއަމިއްލަ މަޢުލޫމާތު1 ޤާނޫނު
ފާހަގަކުރެވޭ ވަކިފަރުދެއްގެ އަމިއްލަ ދިރިއުޅުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ މަޢުލޫމާތަށާއި، އެ މަޢުލޫމާތެއް ހާމަކުރުމަކީ، އޭނާގެ އަމިއްލަ ފަރުދީ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބުންކަމުގައި ބެލެވިދާނެ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުއަމިއްލަ ފަރާތްތައް1 ޤާނޫނު
މި ޤާނޫނުގައި ދައުލަތުގެ ފަރާތްތަކުގެ ގޮތުގައި ބަޔާންކޮށްފައިނުވާ ޤާނޫނީ ޝަޚްޞެއްގެ ހައިސިއްޔަތު ލިބިފައިވާ ކޮންމެ ފަރާތެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުއަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް1 ޤާނޫނު
އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ކުރުން ކަމަށް ނުވާގޮތުން، ތިމާ ދިރިއުޅުމަށްޓަކައި ފުރިހަމަވާންޖެހޭ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ޚަރަދަށްވާ ފައިސާ ހޯދުމުގެގޮތުން ޤާއިމުކުރާ އާމްދަނީ ލިބޭ ވަސީލަތަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުއަމިއްލަ ތަންތަން3 ޤާނޫނު
އެކަމަށް އެދޭބަޔަކަށް ޢާންމުކުރެވިގެންވާ އުސޫލެއްގެ މަތިން ބޭނުންކުރެވޭގޮތަށް ދޫކުރެވޭ ދައުލަތުގެ ޢިމާރާތްތަކާއި، ސްޓޭޑިއަމްތަކާއި، އޮޑިޓޯރިއަމް ތަކާއި ހޯލްތަކާއި އަމިއްލަ ފަރާތްތަކުން ހިންގާ އެފަދަ ތަންތަން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުމީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، ޢިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި، ގޭބިސީއަށާއި، އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، ޢިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުއަދަބީ އުފެއްދުން1 ޤާނޫނު
ފޮތާއި، މަޒުމޫނާއި، ވާހަކައާއި، ޅެމާއި، ވަޒަން ބަހުރުވަ (ބަންޖާއި، ފަރިއްސާއި، ރައިވަރާއި، ކާއާއި، އަންބާ ހިމެނޭގޮތުން) އާއި ލަވަފަދަ، ބަސް ބޭނުންކޮށްގެން މާނައެއް ދޭހަވާފަދަ ގޮތަކަށް އުފައްދާފައި ހުންނަ ކޮންމެ ފަންނީ އުފެއްދުމަކަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުއަދަބު ލުއިކުރުން1 ޤާނޫނު
މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެ އަދަބަށްވުރެ ލުއި އަދަބަކަށް ޝަރުތަކާއެކު ނުވަތަ ޝަރުތަކާނުލައި ނަމަވެސް ބަދަލުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ތަންފީޒުކުރުން ފަސްކޮށްދިނުން ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 2/2010 ގެ 32 ވަނަ މާއްދާމަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުއަތޮޅު ކައުންސިލް1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 6/2011 ގެ 10 ވަނަ މާއްދާއިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ޤާނޫނުއަތޮޅު ކައުންސިލްގެ އިދާރާ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، 7 އޮގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުނުއިރު، އަތޮޅު އޮފީސްތައް ކަމުގައި ބަލަމުންއައި ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުއަތްތެރި މަސައްކަތުގެ އުފެއްދުންތައް1 ޤާނޫނު
ލަކުޑީގެ އުފެއްދުމާއި، ކުރެހުމާއި، ވިޔެފައިވާ ތަކެއްޗާއި، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުއަލަށް ފެންނަ ތަންތަން1 ޤާނޫނު
ދިވެހިރާއްޖޭގެ ސަރަޙައްދުގައި ކުރިން ހުރިކަން ނުވަތަ އޮތްކަން އެނގިފައި ނުވާ ތަރިކައިގެ ގޮތުގައި ބެލެވޭ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުއަލަށް ފެންނަ ތަކެތި1 ޤާނޫނު
މީގެކުރިން ދިވެހިރާއްޖޭގެ ސަރަޙައްދަކުން ފެނިފައި ނުވާ ދިވެހިރާއްޖޭގެ ތަރިކަކަމުގައި ބެލެވޭ ކޮންމެ އެއްޗެކެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުއަލުން ބަންދުކުރުން1 ޤާނޫނު
އަލުން ވިއްކުމަށްޓަކައި، ޕެސްޓިސައިޑް ގަތްއިރު ބަންދުކޮށްފައިވާ އެއްޗަކުން އެހެން ކޮންޓޭނަރަކަށް، (ޢާންމުކޮށް އެއަށްވުރެ ކުޑަ ކޮންޓޭނަރަކަށް) ހުއްދަ ދެވިފައިވާ ގޮތުގެމަތިން ބަދަލުކުރުމަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއަލުން ބޭނުންކުރުން1 ޤާނޫނު
ކުނީގެ ތެރޭގައި ހިމެނޭ ތަކެތީގެ މާއްދީ ސިފަތަކަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި، އެ ތަކެތި ކުރިން ބޭނުންކުރި ކަމަކަށް ނުވަތަ އެހެން ކަމަކަށް ބޭނުންކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއަލުން އުފެއްދުން1 ޤާނޫނު
އުފައްދާފައިވާ އުފެއްދުމަކުން ނުވަތަ އަޑުގެ ރިކޯޑިންގއަކުން، ދާއިމީކޮށް ނުވަތަ ވަގުތީގޮތުން އިލެކްޓްރޯނިކްގެ ވަސީލަތުން ރައްކާކުރެވޭގޮތަށް ނުވަތަ އެހެން ކޮންމެގޮތަކަށް ވިޔަސް، ބެހެއްޓޭގޮތަށް އެއް ކޮޕީ ނުވަތަ އެއަށްވުރެ ގިނަ ކޮޕީ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަގު1 ޤާނޫނު
މުދަލެއްގެ ނުވަތަ ޚިދުމަތެއްގެ މުޤާބިލުގައި ދޭ ކޮންމެ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުއަސާސީ ޚިދުމަތްތައް2 ޤާނޫނު
ޢިމާރާތެއްގައި ދިރިއުޅޭ ފަރާތްތަކަށް އެ ޢިމާރާތުގައި ދިރިއުޅުމަށްޓަކައި ދުވަހުން ދުވަހަށް ބޭނުންކުރަންޖެހޭ ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 33/2021 ގެ 128 ވަނަ މާއްދާއެއްމެދު ޢިމާރާތުގެ ޤާނޫނުދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުއަސާސީ ޞިއްޙީ ޚިދުމަތް1 ޤާނޫނު
މީހުން ދިރިއުޅޭ ރަށްރަށުގައި ނުވަތަ ފަތުރުވެރިކަމުގެ ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި އެންމެ ކުޑަމިނުން ހުންނަންވާނެ ކަމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުއަސްކަރީ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫނަސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭގޮތުން ހަދާ އެންމެހައި ޤާނޫނުތަކާއި ގަވާއިދުތަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުއަސްލީ1 ޤާނޫނު
އުފެއްދުމެއް ނުވަތަ މަސައްކަތެއްކަމަށް ބުނެފައި އެވަނީ، އެ އުފެއްދުމެއް ނުވަތަ އެ މަސައްކަތެއް އުފެދުމުގެ މައިގަނޑު އަސާސްގެ މައްޗަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަޑުގެ ރިކޯޑިންގ1 ޤާނޫނު
ކޮންމެ ގޮތަކަށް ފިކްސޭޝަނަކަށް ހެދުނުކަމުގައި ވިޔަސް އަދި ކޮންމެ މީޑިއަމްއެއްގައި އަޑުތައް އެކުލެވިގެން ކަމުގައިވިޔަސް، ޕަރފޯމަންސެއްގެ އަޑުތަކުގެ ނުވަތަ އެނޫންވެސް އެހެނިހެން އަޑުތަކުގެ ފިކްސޭޝަނަކަށެވެ. އޯޑިއޯ ވިޝުއަލް މަސައްކަތެއްގެ ސައުންޑްޓްރެކްފަދަ އަޑާއި މަންޒަރު އެކުއެކީގައި ހިމެނިގެންވާ ފިކްސޭޝަންތައް މި މާނައިގެ ތެރޭގައި ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއަޚްލާޤީ ޙައްޤުތައް1 ޤާނޫނު
މި ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ޙައްޤުތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއާންމުކޮށް ޢިއްލާންކުރުން1 ޤާނޫނު
މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ރާއްޖޭގައި ޢާންމުކޮށް ނުކުންނަ ދުވަހު ނޫހެއްގައި ޝާއިޢުކޮށް، ރޭޑިއޯއާއި ޓެލެވިޜަނުން ފޮނުވުމަށެވެ.
އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން1 ޤާނޫނު
ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ތަންތަނާއި ހުރިހާ ފަރުދުން ހިމެނޭގޮތަށް، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުއާބިޓްރޭޓަރ1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއަކާއި އެހެން ފަރާތަކާ ދެމެދު ހިނގާ ދެބަސްވުމެއް ޙައްލުކޮށްދިނުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުއާބިޓްރޭޝަނުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) އަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުއާބިޓްރޭޝަން ސެންޓަރު1 ޤާނޫނު
މި ޤާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުއާމްދަނީ2 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން (މަހުން މަހަށް) ލިބޭ ފައިސާއާއި ޢިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ ޢިނާޔަތަށެވެ.
ޤާނޫނު ނަންބަރު 2/2014 ގެ 16 ވަނަ މާއްދާއިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުޤާނޫނަކުން ބާރުލިބިގެން، ޓެކުހުގެ ގޮތުގައި ނެގޭ ފައިސާއާއި، ދައުލަތުން ކުރާ ވިޔަފާރީގެ ފައިދާއާއި، ދެވޭ ޚިދުމަތެއްގެ އަގަށް ލިބޭ ފައިސާއާއި، އެކި ކަންކަމުން ދައުލަތަށް ނަގާ ފީތަކާއި، ދައުލަތުގެ މިލްކުގައިވާ ޢިމާރާތްތައް ނުވަތަ ބިންތައް ނުވަތަ ތަކެތީގެ ކުލީގެ ގޮތުގައި ލިބޭ ފައިސާއާއި، ދައުލަތުގެ ބިންތައް ނުވަތަ ތަކެތި ވިއްކައިގެން ލިބޭ ފައިސާއާއި، ޖޫރިމަނާ އަދި ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބޭ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 25/2019 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުއާމްސް ލެންތުގެ އުސޫލު1 ޤާނޫނު
ގުޅުންހުރި ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ ފަރާތްތަކަކުން، މުސްތަޤިއްލުކަމާއެކު އަދި އަޅައިކިއޭ ޙާލަތްތަކެއްގައި އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރިނަމަ ކުރާނެ ނުވަތަ ކުރިމަތިކުރުވާނެ ޝަރުޠުތަކާ އެއްގޮތަށް އެ އިންތިޒާމެއް ނުވަތަ މުޢާމަލާތެއް ކުރާނެ އުސޫލަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއާލާތްތައް1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ފުރޮޅުލީގޮނޑި، އަތްގަނޑު، ވޯރކިންގ ފްރޭމް، ސްޕެޝަލް ސީޓް، އައިނު، ބޮޑުވާ ބިއްލޫރި، ލޯންގް ކޭންސް، ހިޔަރިން އެއިޑް، ޕްރޮސްތެސިސް، އޯރތޯސިސް، ބްރެއިލް، އަދި މީގެއިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުން މިނިވަންކަމާއެކު ދިރިއުޅުމަށް އެހީތެރިވެދޭން ބޭނުންކުރާ މިފަދަ ވަސީލަތްތަކާއި އާލާތްތަކަށެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުއާސާރީ ސަރަޙައްދު1 ޤާނޫނު
ޤާނޫނު ނަންބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) ގެ ދަށުން އާސާރީ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުއާޓިފިޝަލްކޮށް ހައްދާފައިވާ ގަސްގަހާގެހި1 ޤާނޫނު
ކޮންޓްރޯލްކޮށްފައިވާ މާޙައުލެއްގައި ހައްދާފައިވާ ގަސްގަހާގެއްސާއި، އޭގެ ބައިތަކަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުއިހުމާލުވުން1 ޤާނޫނު
ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އެކުއްޖާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ކުރުމަތިކުރުވާފަދަ އެންމެހައި ޢަމަލުތައް ނުވަތަ އެފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެފަދަ ޢަމަލުތަކަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުއިނީޝިއަލް ޕާރމިޓް1 ޤާނޫނު
ޒޯނެއް ގާއިމުކުރުމަށް ޑިވެލޮޕަރަކު ހުށަހަޅާ ހުށަހެޅުން އުސޫލެއްގެގޮތުން ބޯޑަށް ޤަބޫލުކުރެވޭކަމަށްވާނަމަ، ކަމާގުޅޭ ތަފްޞީލު ލިޔެކިޔުންތައް ހުށަހެޅުމަށް ފުރުޞަތު ދިނުމުގެގޮތުން ބޯޑުން އެ ޑިވެލޮޕަރަށް ދޭ ވަގުތީ ހުއްދައަކަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުއިންކުއަރާރ1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއްގެ މުޢާމަލާތުތަކާއި ހިންގުމާބެހޭ ގޮތުން މަޢްލޫމާތު ހޯދުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުއިންވެސްޓަރު1 ޤާނޫނު
ނުވަތަ "ފޮރިން އިންވެސްޓަރު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ޤާއިމުކުރުމުގެ ލައިސަންސް ދެވޭ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 11/2024 ގެ 45 ވަނަ މާއްދާފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުއިންވެސްޓްމަންޓް1 ޤާނޫނު
ކޮންމެ ޤައުމެއްގެ ރައްޔިތަކަށް ވީނަމަވެސް، އަދި ކޮންމެ ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވީނަމަވެސް، މި ޤާނޫނުގެ ދަށުން ހުއްދަ ލިބިގެން، ޒޯނެއް ތަރައްޤީކުރާ ޑިވެލޮޕަރު ނުވަތަ އެ ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރު، އުފައްދާ ނުވަތަ ކޮންޓްރޯލްކުރާ ނުވަތަ ހިންގާ އިޤްތިޞާދީ މަސައްކަތަށް ނުވަތަ އެކަމަށް ކުރާ ޚަރަދަށެވެ. އަދި، ޒޯނެއްގެ ޢުމްރާނީ ނުވަތަ މާއްދީ ވަސީލަތްތަކާއި ޚިދުމަތްތަކާއި ފަސޭހަތައް ގާއިމުކުރުމަށް ޒޯނުގެ ޑިވެލޮޕަރު ކުރާ ޚަރަދާއި އޭނާ ބިނާކުރާ ވަސީލަތްތަކާއި ޚިދުމަތްތަކާއި ފަސޭހަތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުއިންވެސްޓްމަންޓް ކުންފުނި1 ޤާނޫނު
ބޭންކް ތަކަށައި، އިންޝުއަރެންސް ކުންފުނިތަކަށާއި، އެފަދަ މާލީ އެހެން ކުންފުނިތަކަށާއި، އެކިފަރާތްފަރާތުގެ ފައިސާ ބަލަހައްޓައި އިންވެސްޓް ކޮށްދިނުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއިންވެސްޓްމަންޓް އެގްރިމަންޓް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހިންގުމަށް ހުއްދަކުރާ ޒޯނެއްގެ ތަފްޞީލުތަކާއި، އެ ޒޯނުގައި ހިންގަން ހުއްދަކުރާ އިޤްތިޞާދީ މަސައްކަތްތަކާއި އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތަކާއި، އެ ޒޯން ތަރައްޤީކުރުމަށް ކުރާނެ ހޭދައިގެ މިންވަރުތަކާއި، އެ ޒޯނުގައި ކުރާ އިންވެސްޓްމަންޓާގުޅޭ ޝަރުޠުތަކާއި، އެ ކަންކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދިނުމަށް ކަނޑައަޅާ ޢިނާޔަތްތަކާއި، އެ ޒޯނުގައި ކުރާ އިންވެސްޓްމަންޓާ ގުޅޭގޮތުން ސަރުކާރުން ކަށަވަރުކޮށްދޭ ކަންކަން ހިމެނޭގޮތުން، އެ ޒޯނުގެ ޑިވެލޮޕަރާއި ބޯޑާ ދެމެދު ސޮއިކުރާ އެއްބަސްވުމަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުއިންފޮމޭޝަން ކޮމިޝަނަރު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ޢައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުއިންފޮމޭޝަން އޮފިސަރު1 ޤާނޫނު
ދައުލަތުގެ އެކި އިދާރާތަކުގައި ވަޒީފާ އަދާކުރާ ވެރިން ފެންވަރުގެ މަޤާމުތައް ނޫން މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް ދައުލަތުގެ އެ އިދާރާގެ ފެންވަރުގައި އަދާކުރުމަށް ދައުލަތުގެ އެ އިދާރާއެއްގެ އިސްވެރިޔާ ޙަވާލުކުރާ މުވައްޒަފަށެވެ. ނުވަތަ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުއިންފޮމޭޝަން ސިސްޓަމް1 ޤާނޫނު
ޑޭޓާ މެސެޖު ޖެނެރޭޓްކުރުމަށް، ނުވަތަ ފޮނުވުމަށް، ނުވަތަ ލިބުމަށް، ނުވަތަ ރައްކާކުރުމަށް، ނުވަތަ ޕްރޮސެސްކުރުމަށް ބޭނުންކުރާ ސިސްޓަމަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއިންފޯކޮމިއުނިކޭޝަން1 ޤާނޫނު
އިންފޮމޭޝަން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭޝަންގެ ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް ފޯރުވައިދެވޭ ތަފާތު ޓެކްނޮލޮޖީތަކަށާއި ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުއިންފްލޭޝަން1 ޤާނޫނު
ދިވެހި އިޤްތިޞާދުގައި ތަކެތީގެ އަގަށާއި ޚިދުމަތުގެ އަގަށް އަހަރުން އަހަރަށް އަންނަ މަތިވުމަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުއިންފްލޭޝަން ރޭޓް1 ޤާނޫނު
ވަކިމުއްދަތެއްގެ ތެރޭގައި މުދަލާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލުގެ މިންގަނޑަށެވެ.
އިންތިޒާމުކުރާ ފަރާތް1 ޤާނޫނު
ވަކި އެއްވުމެއް ވަކި ތަނެއްގައި ބޭއްވުމަށް ކުރަންޖެހޭ ކަންކަންކޮށް، އެ އެއްވުން އިންތިޒާމުކުރުމުގެ ކަންކަން އިސްވެކޮށް، އެކަންކަމާ ހަވާލުވެހުރި ޠަބީޢީ ޝަޚްޞަކަށެވެ. ނުވަތަ އެކަންކަމާ ހަވާލުވެތިބި ޠަބިޢީ ޝަޚްޞުންނަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުއިންތިޒާމެއް1 ޤާނޫނު
އެގްރީމެންޓަކަށް ނުވަތަ ކޮންޓްރެކްޓަކަށް ނުވަތަ ޕްލޭނަކަށް ނުވަތަ ކަމަކާގުޅޭ ގޮތުން އާދެވޭ އެއްބަސްވުމަކަށް އަދި އެ ކަންކަމަށް ޢަމަލުކުރުމުގައި ހިނގާ އެންމެހައި މަރުޙަލާތަކަކާއި މުޢާމަލާތްތަކަށެވެ. އެއީ އެ ކަމުގައި ހިމެނޭ ފަރާތްތައް ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ ކަންތައްތަކަށްވީ ނަމަވެސް ނުވަތަ ނުވި ނަމަވެސް މެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއިންތިޚާބީ ދާއިރާ2 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ވަކިވަކި އިންތިޚާބީ ދާއިރާގެ ގޮތުގައި ޤާނޫނު ނަންބަރު 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 2/2009 ގެ 24 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށްޓަކައި ކޮންމެ އިދާރީ ދާއިރާއެއްގައި ވަކިވަކި އިންތިޚާބީ ދާއިރާގެ ގޮތުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 1/2009 ގެ 19 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުއިންތިޚާބު2 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަޢާރަފުކުރަންޖެހޭ ޤާނޫނުގެ ދަށުން ބާއްވާ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 6/2011 ގެ 10 ވަނަ މާއްދާއިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ޤާނޫނުގެ ދަށުން ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިޚާބުތަކަށެވެ. އިންތިޚާބުގެ މާނައިގައި މިއިން މަޤާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންތައް ވެސް ހިމެނެއެވެ.
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 15/2025 ގެ 39 ވަނަ މާއްދާރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުއިންސާނީ އެހީތެރިކަން1 ޤާނޫނު
ކާރިސާއެއްގައި އިޖާބަދިނުމަށާއި ރިލީފް އެހީ ފޯރުކޮށްދިނުމުގެ ގޮތުން، ފޯރުކޮށްދެވޭ މާލީ، މާއްދީ އަދި އިންސާނީ އެހީތެރިކަމަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުއިންސާނީ ޙައްޤަކާ ޚިލާފު ޢަމަލު1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި އިންސާނީ ޙައްޤަކާ ޚިލާފު ޢަމަލެއް ކަމަށް ބަޔާންކޮށްފައިވާ ކޮންމެ ކަމެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުއިންސާނީ ޙައްޤު1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކަށާއި، ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކުގައި ކަ ނޑައަޅާފައިވާ ޙައްޤުތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤު ތަކަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކަށާއި އަސާސީ މިނިވަންކަމަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުއިންސްޓިޓިއުޓް2 ޤާނޫނު
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި މި ޤާނޫނުގެ ދަށުން މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށް އުފައްދާ އިންސްޓިޓިއުޓަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުމަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަނަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުއިންސްޓިޓިއުޝަނަލް އޮޑިޓް1 ޤާނޫނު
މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަންކުރުމަށް ބޭނުންކުރާ މިންގަނޑަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުއިންސްޕެކްޓަރު1 ޤާނޫނު
ޕެސްޓިސައިޑް އިމްޕޯޓުކުރާ ގޮތާއި، އެކްސްޕޯޓުކުރާ ގޮތާއި، އުފައްދާ ގޮތާއި، ބަންދުކުރާ ގޮތާއި، އަލުން ބަންދުކުރާ ގޮތާއި، ލޭބަލްކުރާ ގޮތާއި، ރައްކާކުރާ ގޮތާއި، ވިއްކާ ގޮތާއި، ބޭނުންކުރާ ގޮތާއި، ނައްތާލާ ގޮތާއި، އެ މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ޢައްޔަންކުރެވޭ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއިންޑަސްޓްރިއަލް ކުނި1 ޤާނޫނު
އިންޑަސްޓްރިއަލް މަސައްކަތެއްގެ ތެރެއިން އުފައްދާ ނުވަތަ އުފެދޭ ކުންޏަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއިންޑެކްސްކުރުން1 ޤާނޫނު
ތަކެތީގެ އަގާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލު މުސާރައަށްވެސް ގެންނަމުންދިއުމަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުއިންޑެމްނިޓީ1 ޤާނޫނު
ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެ ފަރާތެއްގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއްފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަޤީންކަމަކަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުއިންޓަރިމް ޕްލޭނިންގ ގްރޫޕް1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ދިވެހި ރެޑް ކްރެސެންޓްގެ ނަމުގައި ދިވެހިރާއްޖޭގައި އިންސާނިއްޔަތާބެހޭ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ އަދި އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތެއް އުފެއްދުމަށާއި އެމަސައްކަތް ވިލަރެސްކުރުމުގެ މަޤްޞަދުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ޢާންމު ރައްޔިތުންގެ ފަރާތުންނާއި، އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ މަންދޫބުން ހިމެނޭ ގޮތުގެމަތިން ”އިންޓަރިމް ޕްލޭނިންގ ގްރޫޕް“ ގެ ނަމުގައި 2006 ވަނަ އަހަރު އެކުލަވާލެވުނު މަސައްކަތުގްރޫޕަށެވެ.
ޤާނޫނު ނަންބަރު 7/2009 ގެ 13 ވަނަ މާއްދާދިވެހި ރެޑް ކްރެސެންޓްގެ ޤާނޫނުއިންޓަރނޭޝަނަލް ރިޕޯޓިންގ މިންގަނޑު1 ޤާނޫނު
އިންޓަރނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) އަށެވެ.
އިންޓަރނޭޝަނަލް ވެޓެރިނަރީ ސެޓްފިކެޓް1 ޤާނޫނު
ޖަނަވާރުގެ ޞިއްޙަތު ނުވަތަ ޢާންމު ޞިއްޙަތުގެ މިންގަނޑުތައް ފުރިހަމަވެފައިވާކަން ބަޔާންކޮށް، ވަރލްޑް އޯގަނައިޒޭޝަން ފޯރ އެނިމަލް ހެލްތްގެ ކަމާގުޅޭ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ޤާނޫނުގެ ދަށުން މިނިސްޓްރީން ދޫކުރާ ސެޓްފިކެޓަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުއިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް1 ޤާނޫނު
ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްސީލުކުރާ މައި އިދާރާއަށެވެ. އަދި މި އިދާރާއަކީ، ދުނިޔޭގެ ކަންކޮޅުތަކުގައިވާ ގިނަ ޕްރޮފެޝަނަލް އެކައުންޓަންސީ އޯގަނައިޒޭޝަންތައް އެ އިދާރާގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ އިދާރާއެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުއިންޓަރނޭޝަނަލް ޓެލެކޮމިއުނިކޭޝަންސް ޔޫނިއަން1 ޤާނޫނު
އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ އ.ދ. ގެ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުއިންޓަރޖެނެރޭޝަނަލް އިކުއިޓީ1 ޤާނޫނު
ޖީލުތަކުގެ ގިންތީގެ ހަމަހަމަކަމަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުއިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް1 ޤާނޫނު
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ހިންގުމަށް ކަނޑައަޅާފައިވާ ވަކި ރަށެއް ނުވަތަ ރަށެއްގެ ވަކި ސަރަޙައްދެއް ނުވަތަ ވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ސަރަޙައްދެއް، އެ ރަށެއް ނުވަތަ ސަރަޙައްދެއް ތަރައްޤީކުރަން ޙަވާލުކުރެވޭ ފަރާތަކުން، ވަކިވަކި ޓޫރިސްޓް ރިޒޯޓު، ޓޫރިސްޓް ހޮޓާ، އަދި/ނުވަތަ ޓޫރިސްޓް ގެސްޓްހައުސް އަދި/ނުވަތަ ޔޮޓް މެރީނާ އަދި/ނުވަތަ އެނޫންވެސް ފަތުރުވެރިކަމުގެ ވިޔަފާރީގެ އެއް ބާވަތަށްވުރެ ގިނަ ބާވަތް ހިމެނޭގޮތުން ތަރައްޤީކުރާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 16-1 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއިންޓަގްރޭޓަޑް ޕެސްޓް މެނޭޖްމަންޓް1 ޤާނޫނު
ޕެސްޓް ކޮންޓްރޯލްކުރުމަށް ބޭނުންކުރެވިދާނެ އެންމެހައި ގޮތްތައް ފަރުވާތެރިކަމާއެކު ބަލައި އެއަށް ރިޢާޔަތްކުރުމަށްފަހު، ޕެސްޓްގެ އާބާދީ އިތުރުވުމަށް ހުރަސްއެޅުމާއި، އިޤްތިޞާދީގޮތުން ބަލައިގަނެވޭފަދަ މިންވަރެއްގައި ޕެސްޓްގެ އާބާދީއާއި ޕެސްޓިސައިޑާއި އެފަދަ އެހެނިހެން ތަކެތި ދެމެހެއްޓުމާއި، އިންސާނުންނާއި ޖަނަވާރުންގެ ޞިއްޙަތާއި ތިމާވެއްޓަށް ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށްޓަކައި އެކަށީގެންވާ މިންގަނޑުތަކުގެ ބޭނުންހިފުމަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއިންޓްރެސްޓް1 ޤާނޫނު
ޑިސްކައުންޓެއް ނުވަތަ ޕްރިމިއަމެއްވެސް ހިމެނޭ ގޮތުން، ޑެޓް ސެކިއުރިޓީއެއް ނުވަތަ ލޯނެއް ނުވަތަ ސްވޮޕެއް ނުވަތަ ޑެރިވެޓިވް އިންތިޒާމެއް ނުވަތަ އިންޓްރެސްޓާ އެއްފަދަ ފައިސާއެއް ދައްކަންޖެހޭ އެނޫންވެސް މުޢާމަލާތެއްގެ ދަށުން ދައްކާފައިވާ ނުވަތަ ދައްކަންޖެހޭ ފައިސާއަކަށް (ޕްރިންސިޕަލް ފިޔަވައި)، ނުވަތަ ލޯނަކާ ގުޅިގެން ނުވަތަ ސްވޮޕަކާ ގުޅިގެން ނުވަތަ ޑެރިވެޓިވް އިންތިޒާމަކާ ގުޅިގެން ދައްކާފައިވާ ކޮމިޓްމަންޓެއް ނުވަތަ ގެރެންޓީއެއް ނުވަތަ ޚިދުމަތެއްގެ ފީއަކަށެވެ. މީގެ ތެރޭގައި ޕެސިވް އިންޓްރެސްޓްއާއި އިސްލާމިކް ފައިނޭންޝަލް އިންސްޓްރޫމަންޓަކާ ގުޅިގެން ލިބޭ ފައިދާވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއިންޓްރެސްޓް ކެޕޭސިޓީ1 ޤާނޫނު
އެ ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްސް-އެބިޓްޑާ ގެ %30 (ތިރީސް އިންސައްތަ) އަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 71 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއިންޕުޓް އެރަރ1 ޤާނޫނު
ކަމަށް ކަމަށް ބުނެފައި އެވަނީ، އިންފޮމޭޝަން ސިސްޓަމެއް ނުވަތަ އޮޓަމޭޓަޑް ޑޭޓާ މެސެޖު ސިސްޓަމަކަށް ޑޭޓާ އެންޓަރކުރާ މަރުޙަލާގައި، އެ ޑޭޓާ އެންޓަރކުރާ ފަރާތަށް ޑޭޓާ އެންޓަރކުރުމުގައި ހެދޭ އެއްވެސް ކަހަލަ ގޯހެއް ނުވަތަ ކުށަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއިންޝުއަރެންސް ބްރޯކަރ1 ޤާނޫނު
ޕޮލިސީހޯލްޑަރ ނުވަތަ އިންޝުއަރެންސް ޕޮލިސީ ނެގުމަށް އެދޭ ފަރާތުގެ ފަރާތުން، އިންޝުއަރެންސް ޕޮލިސީ ނެގުމާއި އިންޝުއަރެންސް ޕޮލިސީއާ ގުޅިގެން ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމުގެ ވިޔަފާރި ހިންގާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިންޝުއަރެންސް ކުންފުނި1 ޤާނޫނު
މި ޤާނޫނުގެ ދަށުން އިންޝުއަރެންސް ވިޔަފާރިކުރުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިންޝުއަރެންސް އިންޓަރމީޑިއަރީ1 ޤާނޫނު
އިންޝުއަރެންސް އޭޖެންޓުންނާއި އިންޝުއަރެންސް ބްރޯކަރުންނަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިންޝުއަރެންސް އޭޖެންޓު1 ޤާނޫނު
އިންޝުއަރެންސް ކުންފުންޏެއްގެ ފަރާތުން، އިންޝުއަރެންސް ޕޮލިސީ ވިއްކުމާއި އިންޝުއަރެންސް ކޮންޓްރެކްޓްތައް ހެދުމާއި އެ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމާއި އެ ކޮންޓްރެކްޓް އުވާލުމާއި އިންޝުއަރެންސް މުޢާމަލާތްތައް ހިންގުމުގެ ވިޔަފާރިކުރާ ނުވަތަ ސޮލިސިޓްކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިންޝުއަރެންސް ވިޔަފާރި1 ޤާނޫނު
ދެފަރާތުން އެއްބަސްވެފައިވާ އިންޝުއަރެންސް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވާ ވަކި ކަމެއް ހިނގައިފިނަމަ އެކަމެއްގެ ސަބަބުން ގެއްލުމެއް ލިބުމުން، އެ ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުން ހިމެނޭގޮތުން، ގެއްލުމަށް ބަދަލުދިނުމަށް އެއްބަސްވެފައިވާ އިންޝުއަރެންސް ކޮންޓްރެކްޓްގެ ދަށުން، ގެއްލުމުގެ ބަދަލުދިނުމުގެ ޒިންމާ އުފުލުމުގެ ވިޔަފާރިއަށެވެ. މި މާނައިގައި ރީއިންޝުއަރެންސް ވިޔަފާރިއާއި ތަކާފުލް ވިޔަފާރިއާއި ރީތަކާފުލް ވިޔަފާރި ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިންޝުއަރެންސް ޕޮލިސީ1 ޤާނޫނު
އިންޝުއަރެންސް ކޮންޓްރެކްޓަށެވެ. މީގެ ތެރޭގައި ތަކާފުލް ސެޓްފިކެޓް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއިބްތިދާއީ އަޑުއެހުން1 ޤާނޫނު
މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާގައިނަމަ، އެ މައްސަލަ ކުރިއަށްގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލައިގެ ޚަޞްމުންނާއި މައްސަލަ ބަލާ ފަނޑިޔާރާ އެކުގައި ބާއްވާ ބައްދަލުވުމަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުއިކޯސިސްޓަމް އެޕްރޯޗް1 ޤާނޫނު
ގުޅިލާމެހިފައިވާ ރާވައި، ހިންގައި އަދި ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިން އައްސޭރިފަށާއި ކަނޑުގެ ސަރަޙައްދުގައިވާ ޤުދުރަތީ ވަސީލަތްތައް އަދި މާޙައުލީ ނިޒާމު ރައްކާތެރިކޮށް އެ ވަސީލަތްތަކުގެ ދެމެހެއްޓެނި ބޭނުން ހިފުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއިކޯސިސްޓަމްގެ ޖެނެޓިކް ޑައިވަރސިޓީ1 ޤާނޫނު
މާޙައުލީ ނިޒާމުގައިވާ ދިރުންތަކުގައި ޖެނެޓިކް ނުވަތަ ޖީންތަކުގެ ސިންދަފާތުކަމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއިކޯޓޮކްސިކް މާއްދާ1 ޤާނޫނު
އެ މާއްދާއެއް މާޙައުލަށް ދޫކުރުމުގެ ސަބަބުން އެ ތަނުގައި އުޅޭ ދިރުންތަކުގެ ހަށިގަނޑުގައި އެ މާއްދާ އަށަގަނެ ޖަމާވުމުގެ ސަބަބުން އެ ދިރުންތަކަށް ކުރު މުއްދަތެއްގައި ނުވަތަ ދިގު މުއްދަތެއްގައި ގެއްލުންދޭ މާއްދާ ނުވަތަ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއިމިގްރޭޝަން އޮފިސަރުން1 ޤާނޫނު
މި ޤާނޫނުގައި ބަޔާންވެގެންވާ ކަންކަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އިދާރާގައި، ނުވަތަ އެހެންވެސް ސަރުކާރުގެ އިދާރާއެއްގައި، މި ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން ކުރުމަށް ޚާއްޞަކުރެވޭ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއިމިގްރޭޝަންގެ އޮފީސްތައް1 ޤާނޫނު
ކަނޑުގެ ބަނދަރެއްގައި ނުވަތަ ވައިގެ ބަނދަރެއްގައި، އިމިގްރޭޝަން އޮފިސަރުން މި ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަންކަން އެމީހުންނަށް ކުރެވޭނެގޮތަށް ޤާއިމުކުރެވޭ ވަސީލަތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއިމްޕޯޓް1 ޤާނޫނު
ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްޗެއް އެތެރެކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުއިމްޕޯޓް ކުރުން2 ޤާނޫނު
މުދަލާއި ޚިދުމަތް، ޒޯނެއް މެދުވެރިކޮށް، ރާއްޖޭން ބޭރުން ރާއްޖެއަށް، ކަނޑުމަގުން، ވައިގެމަގުން، ނުވަތަ އެއްގަމުމަގުން ގެނައުމަށް؛ ނުވަތަ އެއް ޒޯނެއްގެ ތެރޭގައި ހިމެނޭ ދެ އިންވެސްޓަރެއްގެ ދެމެދުގައި އެކެއްގެ ކިބައިން އަނެކަކު މުދަލެއް ނުވަތަ ޚިދުމަތެއް ލިބިގަތުމަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގައި އެ ލަފްޒު ބޭނުންކޮށްފައިވާ މާނަ ދޭހަވާ ގޮތަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއިފްލާސްކުރުމުގެ މަރުޙަލާ1 ޤާނޫނު
މީހަކު ނުވަތަ ޤާނޫނީ ޝަޚްޞަކު އިފްލާސްކުރުމަށް ނުވަތަ ޤާނޫނީ ޝަޚްޞެއް ރީއޯގަނައިޒްކުރުމަށް، ދިވެހިރާއްޖޭގެ ނުވަތަ އެހެން ޤައުމެއްގެ ޤާނޫނުތަކުގައި ބަޔާންކުރާ ފިޔަވަޅުތަކަށެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ޓްރާންސްފަރކުރުން ނުވަތަ ޕޭމަންޓް މުޢާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވުން ނުވަތަ ހަނިކުރުމުގެ ގޮތުން ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިފްލާސްކުރުމުގެ މަރުޙަލާގެ ތެރޭގައި ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބޭންކުތައް އިފްލާސްކުރުމުގެ ގޮތުން ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުއިދާރީ ދާއިރާ5 ޤާނޫނު
ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ގޮތުގައި ބަލާ ވިހި އަތޮޅާއި މާލެއާއެކު ޖުމްލަ އެކާވީސް ދާއިރާއަށެވެ. އިދާރީ ދާއިރާތަކުގެ ތަފްޞީލު ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި އެވަނީއެވެ.
ޤާނޫނު ނަންބަރު 2/2009 ގެ 24 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުކަމަށް ބަޔާންކޮށްފައިއެވަނީ، މި ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައި ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 1/2009 ގެ 19 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޖަދުވަލު 2 ގައި ބަޔާންވެގެންވާ އިދާރީ ދާއިރާތަކުގެ ތެރެއިން މާލެ ފިޔަވައި، އެހެން އިދާރީ ދާއިރާތަކަށެވެ.
ޤާނޫނު ނަންބަރު 6/2011 ގެ 10 ވަނަ މާއްދާއިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ޤާނޫނުއިދާރީ ތަފާސްހިސާބު1 ޤާނޫނު
ޢަމަލުކުރެވޭ ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން އެއްކުރެވޭ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުއިތުރު ބޭނުމަކާއެކު އުފައްދާފައި ހުންނަ ފަންނާނީ މަސައްކަތް1 ޤާނޫނު
އިތުރު ބޭނުމެއް ހިފޭގޮތަށް އަތުން ނުވަތަ ޞިނާޢީ ގޮތުން އުފައްދާފައި ހުންނަ ފަންނާނީ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިޝިންގ1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަޤްވާމީ ފިޔަވަޅުތަކާ ޚިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއިލެކްޓްރޯނިކް ހެކި1 ޤާނޫނު
ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތުގައި ޚުޞޫމާތް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކުރުމަށް ނުވަތަ ނަފީކުރުމަށް ބޭނުންކުރެވިދާނެ، ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެފަދަ އެހެން ޑިވައިސްއެއްގައި ނުވަތަ އެފަދަ ސިސްޓަމެއް ނުވަތަ ޑިވައިސްއެއް މެދުވެރިކޮށް އެއްވެސް ވަސީލަތެއްގައި، ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ، އަދި މީހަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެފަދަ އެހެން ޑިވައިސްއަކަށް ދެނެގަނެވޭނެ، ނުވަތަ ދޭހަކުރެވޭނެ ގޮތަށް ހުންނަ ޑޭޓާ އަށެވެ. އޭގެ ތެރޭގައި، ޑިސްޕްލޭކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ޖެނެރޭޓްކޮށްފައިވާ ނުވަތަ އެނޫން ގޮތަކަށް އެ ސިސްޓަމަކުން ނުވަތަ ޑިވައިސްއަކުން ބޭރުކޮށްފައިވާ ޑޭޓާ ހިމެނެއެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 64 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުއިލެކްޓްރޯނިކް ވަސީލަތް1 ޤާނޫނު
އެ އެއްޗެއްގައި ނުވަތަ އެ އެއްޗެއް މެދުވެރިކޮށް ޑޭޓާ ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ އެފަދަ އެހެން ޑިވައިސްއާއި، އިލެކްޓްރޯނިކް ހެއްކެއް ރެކޯޑުކުރުމާއި ރައްކާތެރިކުރުމާ ގުޅޭގޮތުން ޢަމަލުކުރެވޭ އިޖުރާއަތުތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 64 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުއިލެކްޓްރޯނިކް މުއާޞަލާތު1 ޤާނޫނު
އެއްވެސް ފަރާތަކުން ޑޭޓާ މެސެޖު މެދުވެރިކޮށް ކުރާ ކޮންމެ މުއާޞަލާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ1 ޤާނޫނު
އެއްވެސް ފަރާތަކުން ޕޭމަންޓް ޚިދުމަތްދޭ ފަރާތަކަށް ކުރާ އަމުރެއް ނުވަތަ ދޭ ހުއްދައަކާ ގުޅިގެން، ޚިދުމަތް ލިބިގަންނަ ފަރާތުގެ އެކައުންޓެއް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކްރެޑިޓް ނުވަތަ ޑެބިޓް ކުރުމަށެވެ. މީގެ ތެރޭގައި، ހަމައެކަނި މި ވަސީލަތްތަކަށް ޙުދޫދުނުވާ ގޮތުގެމަތިން، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް)، އޮޓޮމޭޓަޑް ޓެލަރ މެޝިން (އޭޓީއެމް)، މޯބައިލް ފޯނު، އިންޓަރނެޓް އަދި ކާޑު މެދުވެރިކޮށް ހަދާ ކްރެޑިޓް ނުވަތަ ޑެބިޓް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުއިލެކްޓްރޯނިކް ސޮއި1 ޤާނޫނު
ޑޭޓާ މެސެޖުގައި ސޮއިކުރި ފަރާތް ދެނެގަތުމުގެގޮތުން އަދި ޑޭޓާ މެސެޖުގައިވާ މަޢުލޫމާތާ ގުޅިގެން ސޮއިކުރި ފަރާތުގެ ނިޔަތް ހާމަކުރުމުގެގޮތުން، ޑޭޓާ މެސެޖާއެކު ހިމަނާފައިވާ ނުވަތަ ޢާންމު ހަމަތަކުން ބަލާއިރުވެސް އެ ޑޭޓާ މެސެޖަކާ ގުޅިފައިވާ، އިލެކްޓްރޯނިކް ޑޭޓާއަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއިލެކްޓްރޯނިކް ޒަރީއާއިން ކުރެވޭ ވިޔަފާރި ނުވަތަ ދެވޭ ޚިދުމަތް1 ޤާނޫނު
އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް މިފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތެއް ހިމެނޭގޮތުން ހިންގޭ ވިޔަފާރި ނުވަތަ ދެވޭ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުއިލެކްޓްރޯނިކް ޒަރީޢާ1 ޤާނޫނު
އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުންކޮށްގެން ކުރެވޭ މުޢާމަލާތްތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 20/2019 ގެ 11 ވަނަ މާއްދާޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއިލެކްޓްރޯނިކް ޗެކް1 ޤާނޫނު
ޗެކުގެ މުހިންމު ސިފަތައް ހިމެނޭ މަޢުލޫމާތު، ޗެކް އިމޭޖް ނުވަތަ މި ދެ ބާވަތުގެ މަޢުލޫމާތު ހިމެނޭ ޗެކަކަށެވެ. މި ޗެކް ޖެނެރޭޓްކުރެވޭނީ، ޗެކުގައި ލިޔެވޭނީ، އަދި ސޮއިކުރެވޭނީ ރައްކާތެރި ސިސްޓަމެއްގައި، އަދި އެފަދަ ޗެކުގައި މަދުވެގެން ހުންނަންޖެހޭނެ ކަމަށް އޮތޯރިޓީން ކަނޑައަޅާ ސަލާމަތީ ސިފަތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުއިލެކްޝަންސް ކޮމިޝަން7 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ. "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު" ކަމަށް ބަޔާންކޮށްފައިއެވަނީ، މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 2/2009 ގެ 24 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުކަމުގައި ބުނެފައިއެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޢައްޔަންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 1/2009 ގެ 19 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނުޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގައި ބަޔާންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 3/2020 ގެ 10 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 8/2008) ގައި ބަޔާންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 6/2011 ގެ 10 ވަނަ މާއްދާއިދާރީ ދާއިރާތަކުގެ ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގައި ބަޔާންކުރާ އިލެކްޝަންސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 15/2025 ގެ 39 ވަނަ މާއްދާރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުއިލްތިމާސް1 ޤާނޫނު
މަޢާފުކޮށްދިނުން ނުވަތަ އަދަބު ލުއިކޮށްދިނުން އެދި މި ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ ހުށަހެޅުމަށެވެ.
ޤާނޫނު ނަންބަރު 2/2010 ގެ 32 ވަނަ މާއްދާމަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުއިސް އޮފިޝަލް2 ޤާނޫނު
ކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަދި މި ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މިނިސްޓަރަކު މި ޤާނޫނުގެ 13 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާ، އެ އިދާރާތަކުގެ އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީ ފެންވަރުގެ މުވައްޒަފުންނަށެވެ.]
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުކޮމިށަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަދި މި ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)، (ށ)، (ނ)، އަދި (ރ) ގައި ބަޔާންކޮށްފައިވާ މިނިސްޓަރަކު މި ޤާނޫނުގެ 13 ވަނަ މާއްދާ ނުވަތަ 14 ވަނަ މާއްދާގެ ބޭނުމަށް ކަނޑައަޅާ، އެ އިދާރާތަކުގެ އެސިސްޓަންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީ ފެންވަރުގެ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 17/2021 ގެ 19 ވަނަ މާއްދާޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއިސްކަންދޭ ދާއިރާ1 ޤާނޫނު
ޤައުމީ ތަރައްޤީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެމަތިން، ޚާއްޞަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާއާއި، ވިޔަފާރިކުރާ ފަރާތްތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުއިސްތިޢުފާ ދިނުން1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވުމުގެ ސަބަބުން މެންބަރުކަމުން އިސްތިޢުފާ ދިންކަން ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން އެކަން ހުށަހެޅުމަށެވެ.
ޤާނޫނު ނަންބަރު 5/2024 ގެ 8 ވަނަ މާއްދާއެންޓި-ޑިފެކްޝަން ޤާނޫނުއިސްލާމިކް ބޭންކު1 ޤާނޫނު
އިސްލާމްދީނުގެ އުޞޫލުތަކާއި ހަމަތަކުގެ މަތިން އަދި އެމް.އެމް.އޭ އިން ކަނޑައަޅާ ހަމަތަކާއި އެއްގޮތަށް ބޭންކިންގ ޚިދުމަތްތައް ހިންގާ، އަދި މި ޤާނޫނުގެ ދަށުން ބޭންކިންގ ވިޔަފާރި ކުރުމަށް ލައިސަންސް ދޫކޮށްފައިވާ ޤާނޫނީ ޝަޚްޞަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް1 ޤާނޫނު
ޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުއިސްލާމީ ޝަރީޢަތް1 ޤާނޫނު
ކީރިތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ.
އިސްލާމްދީނުގެ އަޞްލު1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ކީރިތި ޤުރްއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މި ދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ.
އިޚްތިޞާޞް3 ޤާނޫނު
މި ޤާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 22/2010 ގެ 12 ވަނަ މާއްދާދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުވަކި މައްސަލައެއް ނުވަތަ ކަމެއް ބަލައި، ގޮތެއް ކަނޑައެޅުމުގެ ބާރާއި ހައިސިއްޔަތު ލިބިގެންވުމަށެވެ. ނުވަތަ އެގޮތުން ލިބިގެންވާ ބާރަށް ނުވަތަ ހައިސިއްޔަތަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ ބާރުހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އިޚްތިޞާޞްގެ ދާއިރާ1 ޤާނޫނު
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއިޝްތިހާރު1 ޤާނޫނު
ސީދާގޮތުންނާއި، ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހޭ މަޢުލޫމާތު ވިޔަފާރީގެ އުޞޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް ޢާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި، ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކޭ ޢަދަދު އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮމޯޝަން ޙަރަކާތްތަކަށެވެ. ދުންފަތުގެ އިޝްތިހާރުކަމަށް ބެލެވޭނީ ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް އިޝާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، ޢިބާރާތްތަކާއި، ޝިޢާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އަދި އެހެނިހެން އެފަދަ ބާވަތްތަކުގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިޔުޒިކެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުއިޝްތިހާރުކުރުން1 ޤާނޫނު
ލިޔުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ނަންބޯޑާއި، ފެންނަގޮތަށް ބަހައްޓާ ތަކެއްޗާއި، ހަދިޔާއާއި، ދައްކާލާ ދައްކާލުމާއި، އެކަކު އަނެކަކު ގާތު ބުނާ ބުނުން މެދުވެރިކޮށް ޕެސްޓިސައިޑް ވިއްކުމާއި ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ހިންގާ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއިޤްތިޞާދީ މަސައްކަތް1 ޤާނޫނު
ޒޯނެއްގައި ހިންގާ އިޤްތިޞާދީ ނުވަތަ މާލީ ޙަރަކާތްތަކާއި މަޝްރޫޢުތަކާއި ވިޔަފާރިތަކާއި ނަފާ ހޯދުމަށް ހިންގާ އެހެން މަސައްކަތްތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުއިޤްތިޞާދީ މަސައްކަތްތައް1 ޤާނޫނު
ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އެނޫންވެސް އިޤްތިޞާދީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއިޤްތިޞާދީ ޙައްޤުތައް1 ޤާނޫނު
މި ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ޙައްޤުތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއުނިނުކޮށް ދޫކޮށްލަންޖެހޭ އިންޓްރެސްޓް1 ޤާނޫނު
މި މާއްދާގެ (ށ) ގެ ދަށުން، އެ ފަރާތުގެ އިންޓްރެސްޓް ކެޕޭސިޓީއަށްވުރެ އިތުރުވުމުގެ ސަބަބުން އުނިނުކުރެވޭނެ ކަމަށް އެ އަކުރުގައި ބަޔާންކޮށްފައިވާ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 71 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއުޅަނދު2 ޤާނޫނު
އެއްގަމު އުޅަނދުފަހަރާއި، ކަނޑުގެ އުޅަނދުފަހަރާއި، ވައިގެ އުޅަނދުފަހަރު ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުކަނޑުދަތުރު ފަތުރުގެ އުޅަނދާއި، ވައިގެ ދަތުރު ފަތުރުގެ އުޅަނދު ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއުޅަނދުބުރު1 ޤާނޫނު
އެއްގަމުގައިނަމަ، ދަތުރުކުރާ އުޅަނދުފަހަރު ބޭނުންކޮށްގެން ބާއްވާ ހިނގާލުމާއި، ބައިސްކަލު ބުރުތަކާއި، ސައިކަލް ބުރުތަކާއި، ކާރު ބުރުތަކާއި ލޮރީ ބުރުތަކަށެވެ. އަދި، ކަނޑުގައިނަމަ، ދޯނި ބުރުތަކާއި ލޯންޗު ބުރުތަކާއި ބޯޓު ބުރުތަކަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުއުއްތަމަ ފަނޑިޔާރު1 ޤާނޫނު
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުފައްދާ ފަރާތް1 ޤާނޫނު
ކާބޯއެއްޗެއްގެ ބާވަތެއް ތައްޔާރުކޮށްފައިވާ ނުވަތަ ހަދާފައިވާ ފަރާތަށެވެ. އަދި ކާބޯއެއްޗެއް ތައްޔާރުކުރުމަކާ ނުލައި އެ އެއްޗެއް އުފެއްދި ފަރާތުގެ ގޮތުގައި އެ އެއްޗެއްގައި އެއްވެސް ފާހަގައެއް ޖަހައި ލޭބަލެއް ކޮށްފި މީހަކު ބެލެވޭނީ މި މާނައިގެ ދަށުން އުފައްދާ ފަރާތެއް ކަމުގައެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުއުފެއްދުން2 ޤާނޫނު
ސިންގަލް-ޔޫސް ޕްލާސްޓިކްގެ އެހެން އެނޫންވެސް ނުވަތަ ނެރުމަށްޓަކައި ބާޒާރަށް ބާވަތެއް ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 4/93 ގެ 8 ވަނަ މާއްދާދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުކާބޯތަކެތީގައި ހިމެނޭ ތަކެތިން ކާބޯއެއްޗެއް ހެދުމަށްޓަކައި ޕްރޮސެސްކުރުމަށް ނުވަތަ ޓްރީޓްމަންޓް ދިނުމަށެވެ. ކާބޯތަކެތި އުފެއްދުމަށްފަހު ސަބް ޕްރޮސެސްއެއް ކުރާނަމަ އެކަންވެސް މި މާނައިގައި ހިމެނެއެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުއުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާ1 ޤާނޫނު
ނުވަތަ "އެކްސްޓެންޑެޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ" ކަމަށް ބުނެފައި އެވަނީ، އެއްޗެއް އުފައްދާ ނުވަތަ އެތެރެކުރާ ފަރާތަކުން، އެ އެއްޗެއްގެ ބޭނުންތެރިކަން ނެތި ކުންޏަށް ބަދަލުވުމުން އެ މެނޭޖުކުރުމުގައި ޢަމަލީ ގޮތުންނާއި މާލީގޮތުން އުފުލަންޖެހޭ ޒިންމާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއުފެއްދުމެއް1 ޤާނޫނު
އަދި "މަސައްކަތެއް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި 4 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އަދަބީ އަދި ފަންނާނީ އަސްލީ އަދި ނަޤްލީ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއުފެދިފައިވާ ބިން2 ޤާނޫނު
ޕްރޮޖެކްޓަށް ހިއްކާފައިވާ ބިން ނުހިމެނޭ ގޮތުން، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ބިމުގެ ތެރެއިން، މެދުދިޔައިގައި ކަނޑުގެ ސަޠަޙުން މައްޗަށް ހިކިފައި އޮންނަ ބިމުގެ ޖުމްލަ ސަރަޙައްދަށެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިއުޖޫރަ2 ޤާނޫނު
މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން، ނުވަތަ އަގުހުރި އެހެންވެސް އެއްޗަކުން، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް ދޭ އެހެނިހެން މާލީ ފައިދާތަކަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުމުވައްޒަފަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ފޯރުކޮށްދޭ ޚިދުމަތުގެ މުޤާބިލުގައި، އޭނާއަށް ލިބޭ ކޮންމެ އިނާޔަތަކަށް ނުވަތަ މަންފާއަކަށެވެ. މީގެ ތެރޭގައި، ވަޒީފާ ގެއްލުމުގެ ސަބަބުން ނުވަތަ ޚިދުމަތް ހުއްޓާލަންޖެހުމުގެ ސަބަބުން ލިބޭ ބަދަލާއި، ވަކި ކަންތައްތަކަކަށް ޝަރުޠުކޮށް ދޭ ފައިސާއާއި ވަޒީފާއަށް ވަނުމަށް ނުވަތަ ވަޒީފާއިން ވަކިވުމަށް ބާރުއަޅާ އިނާޔަތްތައްވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއެހީދޭ އިދާރާ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ނުވަތަ ސަރުކާރުން އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީ ދިނުމަށް ކަނޑައަޅާފައިވާ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 2/2014 ގެ 16 ވަނަ މާއްދާއިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުއެހީތެރިކަން ފޯރުކޮށްދިނުން1 ޤާނޫނު
އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ޖިސްމާނީ، އިޖްތިމާޢީ، އިޤްތިޞާދީ، ޞިއްޙީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފުރުޞަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުއެހީތެރިއަކު1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ގޭންގަކަށް ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރަކަށް އެނގިހުރެ އެހީތެރިވެ ނުވަތަ ގޭންގެއްގެ ނުވަތަ ގޭންގެއްގެ އެއްވެސް މެންބަރެއްގެ ޣައިރު ޤާނޫނީ ޙަރަކާތުން މަންފާއެއް ލިބިގަންނަ ކޮންމެ ތަބީޢީ ނުވަތަ ޤާނޫނީ ޝަޚްޞަކަށެވެ.
އެހެނިހެން ބޯހިމެނުން1 ޤާނޫނު
އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން ފިޔަވައި، އެހެނިހެން ބާވަތުގެ މުޅި އާބާދީ (މަސައްކަތްހިންގާ ތަންތަން، ގަސްގަހާގެހި ފަދަ) ނުވަތަ ކަނޑައެޅޭ ވަކި އެއްޗެއް ހިމެނޭ ގޮތުން، ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ނެގޭ މަޢުލޫމާތަށެވެ. އެހެނިހެން ބޯހިމެނުމަށް ނިސްބަތްކުރާއިރު ބޯހިމެނުން ނިސްބަތްވާ އެއްޗެއްގެ ނަން ބޯހިމެނުމުގެ ކުރިއަށް (އިކޮނޮމިކް ސެންސްސް، އެގްރިކަލްޗަރ ސެންސަސް މިފަދައިން) ގެންނަންވާނެއެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުއެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް1 ޤާނޫނު
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުއެންފޯސްމަންޓް އޮތޯރިޓީގެ އޮފިސަރ1 ޤާނޫނު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކަމާބެހޭ ކަސްޓަމްސް އޮފިސަރުންނަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުއެކަހެރިކުރުން1 ޤާނޫނު
ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކުނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކުނަމަ، އޭނާގެ ބަލި ނުވަތަ އޭނާގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެހެން މީހުން ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެމީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެކަހެރިކުރުމުގެ މަރުކަޒު1 ޤާނޫނު
އެކަހެރިކުރުމުގެ ޚާއްޞަ މަޤްޞަދުގައި ބިނާކުރާ ހޮސްޕިޓަލާއި މަރުކަޒުތަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް1 ޤާނޫނު
ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މަޢުލޫމާތަށެވެ. އެފަދަ މަޢުލޫމާތެއް ލިބެންނެތްހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ޙާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާންހުރި ޞިއްޙަތުގެ ޢިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލާ ރައްކާތެރިވުމަށް ނިންމުމަށް ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިޢާޔަތްކުރާ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެކަށީގެންވާ މާޙައުލެއް1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިދިނުމަށާއި އެކަންކަމުގެ ފުރިހަމަ ބޭނުންހިފުމަށް، އެފަދަ މީހުންނަށް އެކަށީގެންނުވާ ނުވަތަ އާދަޔާޚިލާފު ބުރަތައް ނުޖެއްސުމަށް، ކޮންމެހެން ބޭނުންވާ ދަނޑިވަޅުތަކުގައި، ކަންކަމަށާއި، ތަންތަނަށާއި، މާޙައުލަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތަކާއި އިޞްލާޙުތަކަށެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުއެކަށޭނަ އަގު1 ޤާނޫނު
ޚިދުމަތް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ މާލީ ތަނަވަސްކަން ހުރި މިންވަރާއި ކަރަންޓުގެ ޚިދުމަތުގެ އަގު ކަނޑައެޅުމުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތަށް ކަނޑައެޅޭ އަގަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުއެކަށޭނަ ފެންވަރު1 ޤާނޫނު
އޮތޯރިޓީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުއެކައުންޓެންޓްސް އިން ބިޒްނަސް1 ޤާނޫނު
ދިވެހިރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ވިޔަފާރިތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރު ކުރުމާއި، މިނޫންވެސް މާލީ މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުއެކައުންޓްސް ޕޭޔަބަލްއާއި ރިސީވަބަލް1 ޤާނޫނު
ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ދައުލަތަށް ނުވަތަ ދައުލަތުން ދައްކަންޖެހޭ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުއެކުއަކަލްޗަރކުރާ ސަރަޙައްދު1 ޤާނޫނު
އެއްގަމާއި ކަނޑު ހިމެނޭ ގޮތުން، އެ ސަރަޙައްދުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި އެކުއަކަލްޗަރކުރުންކަމަށް ކަނޑައަޅާފައިވާ، އަދި އެ ސަރަޙައްދުގައި އެކުއަކަލްޗަރކުރުން ތަރައްޤީކުރުމަށް ބާރުއެޅުމަށް ވަކި ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާ، ދިވެހިރާއްޖޭގެ ކޮންމެ ސަރަޙައްދަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއެކުއަކަލްޗަރކުރުން2 ޤާނޫނު
ދިވެހިރާއްޖޭގެ ސަރަޙައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުދިވެހިރާއްޖޭގެ ސަރަޙައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއެކުއަކަލްޗަރގެ އުފެއްދުން1 ޤާނޫނު
ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހުރި އެކުއަކަލްޗަރކުރާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އާލާކުރަމުންގެންދާ، ނުވަތަ އާލާކޮށްފައިވާ ދިރޭ ނުވަތަ މަރުވެފައިވާ މަސް، ނުވަތަ މަހާ ގުޅިފައިވާ ބާވަތްތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއެކުއިޒިޝަން ފީ1 ޤާނޫނު
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރެވޭ ރަށް ނުވަތަ ބިން ނުވަތަ ފަޅުގައި ހިންގުމަށް ހުށަހަޅާ މަޝްރޫޢަށް ބިނާކޮށް، އެއިރެއްގެ މާކެޓް އަގަށް ބަލައި، ރަށް ނުވަތަ ބިން ނުވަތަ ފަޅާ ގުޅޭ ލީސްހޯލްޑް ޙައްޤުތައް ލިބިގަތުމަށްޓަކައި ދައުލަތަށް ދެއްކުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޝްވަރާއާއެކު ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ ފީ އަށެވެ.]
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރު1 ޤާނޫނު
އެކުއޭރިއަމްގައި ނުވަތަ މީރު ފެނުގައި ދިރިއުޅޭ މަސްމަހާމެއްސާއި މޮލަސްކް އަދި ކްރަސްޓޭޝިއަން ޢާއިލާއަށް ނިސްބަތްވާ ސޫފާސޫތްޕަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުއެކުގައި ދިރިއުޅޭ ގެ1 ޤާނޫނު
ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާ ގެވެށި ގުޅުމަކުން ގުޅިފައިވީހިނދު ދިރިއުޅެމުން އަންނަ ނުވަތަ އެއް އިރެއްގައިވެސް ދިރިއުޅުނު ގެއަށެވެ. މީގެ ތެރޭގައި އެ ދެމީހުންގެ މިލްކުވެރިކަން ހިމެނޭ ގެތަކާއި، އެކުގައި ނުވަތަ ދެމީހުންކުރެ މީހެއް ވަކިން ކުއްޔަށް ހިފައިގެންއުޅޭ ގެއާއި، އެ ދެމީހުންގެ މިލްކުވެރިކަން ނުހިމެނޭ ނަމަވެސް ގެވެށި އަނިޔާ ހިންގި މީހާގެ ޢާއިލާއަށް ނިސްބަތްވާ ގެވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުއެކެޑަމީ1 ޤާނޫނު
ކަމަށް ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ ދަށުން އުފެދޭ "ދިވެހިބަހުގެ އެކެޑަމީ" އަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުއެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން1 ޤާނޫނު
އެއްވުން ރިޕޯޓްކުރުމަށްޓަކައި ޙަރަކާތްތެރިވާ ނޫސްވެރިންކަން ފާހަގަކުރުމުގެގޮތުން، ރަޖިސްޓްރީކުރެވިގެންވާ މީޑިއާގެ ވަސީލަތްތަކަށް، އެކްރެޑިޓްކުރުމުގެ ގަވާއިދުގެ ދަށުން ދޫކޮށްފައިވާ އެކްރެޑިޓޭޝަން ޕާސް ގެންގުޅޭ ނޫސްވެރިންނަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުއެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ ދަށުން މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ ޓްރެއިނިންގ ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އެކްރެޑިޓްކޮށްފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުއެކްސިޑެންޓް1 ޤާނޫނު
މަސައްކަތުގެ މާޙައުލުގައި ނުވަތަ މަސައްކަތުގައި ދިމާވާ ހާދިސާއެއްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވާ ފުރާނައަށް ނުރައްކާވާފަދަ އަނިޔާކުރިމަތިވާ ނުވަތަ އެނޫންވެސް ނުރައްކާތެރި އަނިޔާ ލިބޭފަދަ ހާދިސާތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުއެކްސެސިބިލިޓީ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ނުހުންނަ މީހުންނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، އިމާރާތްކުރެވިފައިވާ މާޙައުލަށާއި ތަންތަނަށާއި، ދަތުރުފަތުރުގެ ވަސީލަތްތަކަށާއި، މަޢުލޫމާތަށާއި، ކުރެވޭ މުޢާމަލާތުތަކަށާއި، މިނޫންވެސް ޢާންމުންނަށް ހުޅުވާލެވިފައިވާ ނުވަތަ ޢާންމު ވަސީލަތްތަކާއި ޚިދުމަތްތައް އެހެން މީހުންނެކޭވެސް އެއްފަދައިން، ހޯދައި ބޭނުންކުރެވޭފަދަ ގޮތަކަށް އެކަންކަން ރޭވި ފަރުމާކުރެވިފައިވުމަށެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުއެކްސެސިވް ކޮމްޕެންސޭޝަން1 ޤާނޫނު
އަންނަނިވި ޙާލަތްތަކުގައި، މުޢާމަލާތެއްގެ މުޤާބިލުގެ ތެރެއިން އެ މުޢާމަލާތުގެ އަގަށްވުރެ އިތުރު ކަމަށް ކޮމިޝަނަރ ޖެނެރަލް ކަނޑައަޅާ ޢަދަދަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއެކްސްޕޯޓް1 ޤާނޫނު
ދިވެހިރާއްޖޭގެ ސަރަޙައްދުން އެއްޗެއް ބޭރަށް ގެންދިޔުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުއެކްސްޕޯޓް ކުރުން2 ޤާނޫނު
މުދަލާއި ޚިދުމަތް، ޒޯނެއް މެދުވެރިކޮށް، ރާއްޖޭން ބޭރަށް، ކަނޑުމަގުން، ވައިގެމަގުން، ނުވަތަ އެއްގަމުމަގުން ގެންދިއުމަށް؛ ނުވަތަ ކަސްޓަމްސް ސަރަޙައްދަކުން ޒޯނެއްގެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށް؛ ނުވަތަ އެއް ޒޯނެއްގެ ތެރޭގައި ހިމެނޭ ދެ އިންވެސްޓަރެއްގެ ދެމެދުގައި އެކަކު އަނެކަކަށް މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއެކްސްޕްރެޝަން އޮފް ފޯކްލޯރ1 ޤާނޫނު
މުޖުތަމަޢެއްގެ އާދަކާދައިގެ މައްޗަށް ވަކި ބަޔަކަށް ނިސްބަތްވާގޮތަށް އެ މުޖްތަމަޢެއްގެ އިޖްތިމާޢީ ޝަޚްޞާއި އެބައެއްގެ ޘަޤާފަތް އަދި އަގުކުރާ ސިފަތަކާއި ކަންތައްތައް ވަޒަންކުރާ ހަމަތައް ދޭހަވާގޮތަށް އަމިއްލަ ފަރުދަކު ނުވަތަ ބަޔަކު މީހުން އަނގަބަހުން، ނުވަތަ ޙަރަކާތަކުން ނުވަތަ އެހެންވެސް ގޮތަކުން އުފައްދާ އުފެއްދުމަށެވެ. މީގެތެރޭގައި ތިރީގައިމިވާ ތަކެތި ހިމެނެއެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއެކްސްޕްލޮރޭޓަރީ މަސްވެރިކަން1 ޤާނޫނު
ދިވެހިރާއްޖޭގައި ވަކި މަސްވެރިކަމެއް ތަޢާރުފުކުރުމުގެ ކުރިން، އެ ބާވަތުގެ މަސްވެރިކަމަކީ އިޤްތިޞާދީގޮތުން ފީސިބަލް މަސްވެރިކަމެއްތޯ ޓެސްޓުކުރުމަށް ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ކުރާ މަސްވެރިކަމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއެކްސްޕްލޮއިޓޭޝަން1 ޤާނޫނު
އެއްވެސް ބާވަތެއްގެ މަންފާއެއް ޙާޞިލުކުރުމަށްޓަކައި ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވާފަދަ ގޮތަކަށް ހިންގާ ލާއިންސާނީ އެންމެހައި ޢަމަލުތަކަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުއެކްޓިވް ޑިޔުޓީ1 ޤާނޫނު
މިޤާނޫނުގައިވާ ގޮތުގެމަތިން ސިފައިންގެ އެންމެހާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި ހަމައެކަނި ސިފައިންގެ ވަޒީފާ އަދާކުރުމަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުއެއަރޮޑްރޯމް1 ޤާނޫނު
ވައިގެ އުޅަނދު ޖައްސައި ނެގުމަށް ކަނޑައަޅައި، ތައްޔާރުކޮށް، އެކަމުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ.
ޤާނޫނު ނަންބަރު 2/2001 ގެ 28 ވަނަ މާއްދާދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނުއެއަރޕޯޓް ހިންގާ ފަރާތް1 ޤާނޫނު
ޤާނޫނު ނަންބަރު 2/2001 (ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނު) ގެ ދަށުން ބައިނަލްއަޤްވާމީ އެއަރޮޑްރޯމްއެއް ހިންގުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 29/2016 ގެ 16 ވަނަ މާއްދާދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުއެއްވުމެއްގެ ބައިވެރިން1 ޤާނޫނު
އެއްވުމެއްގައި އަމިއްލަ އިޚްތިޔާރުގައި އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކަށެވެ. އެ އެއްވުމުގެ ޚަބަރުތައް ގެނެސްދިނުމަށްޓަކައި، ރަސްމީ ހައިސިއްޔަތުން އެ އެއްވުން އޮތް ތަނަކަށް ހާޒިރުވެތިބޭ އެކްރެޑިޓް ކުރެވިގެންވާ ނޫސްވެރިން އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ އެއްވުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެގޮތުން، ވަކި ބަޔަކާ އެ މަސައްކަތް އެ އެއްވުން އިންތިޒާމުކުރާ ފަރާތުން ޙަވާލުކޮށްފައިވާނަމަ، އެގޮތުން، އެ ވާޖިބު އަދާކުރުމަށްޓަކައި އެ އެއްވުމުގައި ތިބޭ މީހުންނަކީވެސް އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ. އަދި އެ އެއްވުމާގުޅޭ މަޢުލޫމާތު ހޯދުމަށް އެތަނަށް ޙާޒިރުވެތިބޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އަމިއްލަ ޖަމްޢިއްޔާތަކުގެ މަންދޫބުން އެއީ އެ އެއްވުމުގެ ބައިވެރިންކަމުގައެއް ނުބެލެވޭނެއެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުއެއްވެސްމީހަކު1 ޤާނޫނު
ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުންނެވެ. "އެމްބާކޭޝަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖޭން ފުރާ ބިދޭސީން ފުރިހަމަކޮށް، މި ޤާނޫނުގެ ދަށުން އިމިގްރޭޝަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މަޢްލޫމާތު ފޯމަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއެއްތަންކުރުން1 ޤާނޫނު
އެކި ތަންތަނުގައި ހުރި ކުނި އެއްތަނަކަށް ޖަމާކުރުމަށް ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަޤްޞަދުގައި ވަކި ތަނަކަށް އެއްކުރާ އެއްކުރުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއެއްގަމު އުޅަނދެއް1 ޤާނޫނު
އިންޖީނެއްގެ ބާރުގައި ނުވަތަ އެނޫންވެސް ގޮތަކުން، އެއްގަމު ދަތުރުފަތުރަށް ބޭނުންކުރާ ނުވަތަ ބޭނުންކުރެވިދާނެ ކޮންމެ އުޅަނދަކަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 53 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުއެއްގަމު ދަތުރުފަތުރުގެ ނިޒާމު1 ޤާނޫނު
އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި، ފާލަންތަކާއި، އަމިއްލަ ބިންބިމާއި ބަންޑާރަ ބިމުން ހިނގާބިނގާވެއުޅުމަށާއި ދުއްވުމަށް ކަނޑައެޅިފައިވާ މަގުތަކާއި ގޯޅިތަކާއި އަމިއްލަ ބޭނުމަށް ނުވަތަ ޞިނާޢީ ބޭނުންތަކަށް ނުވަތަ އެނޫންވެސް ބޭނުމަކަށް ދޫކުރެވިފައިވާ ބިމުގައި ޢާންމުކޮށް ދުއްވުމާއި ހިނގާބިނގާވެއުޅުމަށް ހަދާފައިވާ މަގުތަކާއި ގޯޅިތަކާއި ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުއެއްޗެއް1 ޤާނޫނު
އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ރެކޯޑުކުރެވިފައިވާ ފޮތެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް މުދަލެއް ނުވަތަ އެއްޗެއް، ނުވަތަ އެފަދަ އެއްޗެއް ރައްކާކުރެވިފައިވާ ވަސީލަތަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުއެމްޕްލޯޔަރ ބޭސްޑް ޓްރެއިނިންގ1 ޤާނޫނު
ވަޒީފާދޭ ފަރާތްތައް މެދުވެރިކޮށް ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުއެމް.އެމް.އޭ1 ޤާނޫނު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއެމް.އޯ.ޔޫ1 ޤާނޫނު
އޭޝިޔާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމުގެ މުހިންމުކަން ދެކި 24 އޮކްޓޫބަރު 2014 ގައި އެކުލަވާލެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ އެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުއެފިލިއޭޓުން1 ޤާނޫނު
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އެކައުންޓަންސީ އޯގަނައިޒޭޝަނެއްގެ ޕްރޮފެޝަނަލް އެކައުންޓަންސީ ކޮލިފިކޭޝަންގެ އިމްތިޙާންތަކުން ފާސްވެފައިވާ ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހިންގުމަށް ހުއްދަކޮށްފައިވާ ޕްރޮފެޝަނަލް ކޯހެއްގެ އިމްތިޙާންތަކުން ފާސްވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ އޯގަނައިޒޭޝަނެއްގެ މެންބަރުކަން ހޯދާފައިނުވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުއެފިލިއޭޓް1 ޤާނޫނު
ބޭންކެއް ކޮންޓްރޯލްކުރާ ކުންފުންޏަކަށް ނުވަތަ ބޭންކެއް ކޮންޓްރޯލްކުރާ ކުންފުނިން ކޮންޓްރޯލްކުރާ އެހެން ކުންފުންޏަކަށް ނުވަތަ އެމް.އެމް.އޭ އިން ކަނޑައަޅާ ގަވާއިދެއްގެ ދަށުން ބުނާ ކުންފުންޏަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއެފިޑެވިޓް1 ޤާނޫނު
ހެކިބަސްދޭ މީހާ ހުވައި މަތީގައިހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުއެތެރެހަށީގެ ފޮޓޯ1 ޤާނޫނު
އެކްސް-ރޭ، ސްކޭން ނުވަތަ އެތެރެހަށި ދައްކުވައިދޭ އެނޫންވެސް ފޮޓޯއަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުއެތެރެހަށީގެ ސާމްޕަލް1 ޤާނޫނު
ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުއެތެރެވުން1 ޤާނޫނު
ރާއްޖެއަންނަ އުޅަނދަކުން އަންނަމީހަކު، އެމީހަކު އަންނަ އުޅަނދެއް ބަނދަރުކުރާ، ނުވަތަ ޖައްސާ ބަނދަރެއްގައިވާ އިމިގްރޭޝަންގެ އޮފީހަކުން ކުރަންޖެހޭ ކަންކަން ކޮށްނިމިގެން، އެއޮފީހެއް ފަހަނައަޅައި، ރާއްޖެއަށް އެތެރެވުމަށެވެ. މި މާނަކުރުމުގައި، ރާއްޖެ އެތެރެވުމަކީ، ރާއްޖެ އައުން ކަމުގައެއް ނުބެލެވޭނެއެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއެގްރީމަންޓް1 ޤާނޫނު
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް ހިންގުމަށްޓަކައި ހަދައި، ފާސްކޮށްފައިވާ އާޓިކަލްސް އޮފް އެގްރީމަންޓަށެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުއެގްޒެކެޓިވް އޮފިސަރ1 ޤާނޫނު
ރާއްޖޭގައި ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކިންގ ޙަރަކާތްތައް ހިންގުމުގެ ހުއްދަދީފައިވާ ބޭންކެއްގެ މުވައްޒަފުންގެ ތެރެއިން ބޭންކުގެ ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، ބޭންކުގެ ޙަރަކާތްތަކުގެ ތެރެއިން ބޮޑުބައެއް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ މުވައްޒަފުންނާއި، ބޭންކުގެ ފައިސާއިން ލޯނު ދޫކުރުމާއި އިންވެސްޓް ކުރުމަށް ހުއްދަދީފައިވާ މުވައްޒަފުންނަށެވެ. މިފަދަ މުވައްޒަފަކީ ކޮންމެ މަޤާމެއްގައި ހުރި މުވައްޒަފެއްނަމަވެސް، މި ޤާނޫނުގައިވާ ގޮތުން "އެގްޒެކެޓިވް އޮފިސަރ" އެއްކަމުގައި ބެލެވޭނެއެވެ. މިގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން، ބޭންކުގެ ރައީސް، މެނޭޖިންގ ޑިރެކްޓަރ، ރައީސްގެ ނައިބު، ލޯނުދޫކުރުމުގެ އެންމެ އިސް މުވައްޒަފު، ޗީފް ފައިނޭންޝަލް އޮފިސަރު، ޗީފް އެގްޒެކެޓިވް އޮފިސަރ، ޖެނެރަލް މެނޭޖަރު، އަދި ޚަޒާންދާރު ހިމެނޭނީ "އެގްޒެކެޓިވް އޮފިސަރު" ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއެގްޒެކެޓިވް އޮފިސަރުން1 ޤާނޫނު
އެ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިން ސިޔާސަތު ކަނޑައެޅުމުގައި ބައިވެރިވާ މުވައްޒަފުންނާއި، އެ ކުންފުނީގެ ޙަރަކާތްތަކުގެ ތެރެއިން މައިގަނޑު ޙަރަކާތްތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކަށެވެ. އަދި އެފަދަ މަސްއޫލިއްޔަތު އުފުލާ ކޮންމެ މުވައްޒަފަކީ އެ ކުންފުނީގެ ކޮންމެ މަޤާމެއްގައި ހުރި މީހެއް ކަމުގައިވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި އެގްޒެކެޓިވް އޮފިސަރެއް ކަމުގައި ބެލެވޭނެއެވެ. އެގްޒެކެޓިވް އޮފިސަރުންގެ ތެރޭގައި، އެ ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރާއި، ޗީފް ފައިނޭންޝަލް އޮފިސަރާއި، ޗީފް އެގްޒެކެޓިވް އޮފިސަރާއި، ޖެނެރަލް މެނޭޖަރު ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުއެގްޒެމިންކުރުން1 ޤާނޫނު
މީހަކަށް ކުރިން ޖެހިފައިވާ ބަލިތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމަށާއި، އޭނާގައި ހުރިނަމަ ހުރި ބައްޔަކީ ނުވަތަ ޞިއްޙީ ނުކުޅެދުންތެރިކަމަކީ ކޮބައިތޯ ބެލުމަށްޓަކައި، އޭނާގެ ގައިގައި އަތްލައިގެން ނުވަތަ ލޮލުން ބަލައިގެން އޭނާގެ ބަލިމަޑުކަމެއް ހުރިތޯ ބެލުމަށާއި، ކަށިގަނޑު ޖައްސައިގެން ބެލުމަށާއި، އަޑުއެހުމަށާއި، ވިންދު ބެލުމަށާއި، ލެބޯޓަރީ ޓެސްޓްތައް ހެދުމަށާއި އެކްސް-ރޭ އިންވެސްޓިގޭޓް ކުރުމަށާއި އެހެނިހެން ޓެސްޓްތަކާއި ތަޙްލީލުތައް ކުރުމަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެސެޓްސް1 ޤާނޫނު
ދަރަނި އަދާ ކުރުމަށްޓަކައި ބޭނުންކުރެވިދާނެ، އަދި މާލީގޮތުން އައު ކުރެވޭ ގޮތަށް ފަރާތެއްގެ މިލްކުގައިވާ އެއްޗެއްސަށާއި، ވިޔަފާރިއަށާއި، މުދަލަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުއެސޯސިއޭޓް މެންބަރު1 ޤާނޫނު
އެސޯސިއޭޓް މެންބަރުންގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުއެޑަލްޓްރަންޓް1 ޤާނޫނު
ކާބޯތަކެތި ގަޑުބަޑުކުރާ ނުވަތަ ގަޑުބަޑުކުރުމަށް ބޭނުންކުރެވިދާނެ ކޮންމެ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުއެޑްރެސް1 ޤާނޫނު
ދިވެހިރާއްޖޭގެ އެޑްރެހަކަށް އިލެކްޓްރޯނިކް އެޑްރެހަކަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުއެޑްވާންސް ރިލީޒް ކަލަންޑަރ1 ޤާނޫނު
ރަސްމީ ތަފާސްހިސާބު ޢާންމުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުތަކާއި ވަގުތު ކަނޑައެޅި ދުރާލާ ޢާންމުންނަށް އެނގޭގޮތަށް ޢާންމުކުރެވޭ ކަލަންޑަރަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުއެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާ1 ޤާނޫނު
ކުރިއަށް ދޫކުރެވޭ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުއެޑްމިނިސްޓްރޭޓަރު1 ޤާނޫނު
ބޭންކެއްގެ ޑިރެކްޓަރެއް، އެގްޒެކެޓިވް އޮފިސަރެއް، ބޭންކުގެ އޮޑިޓް ކޮމިޓީގެ މެންބަރެއް، ނުވަތަ ބިދޭސީ ބޭންކެއްނަމަ، ޢައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުއެޓަރނީ ޖެނެރަލް1 ޤާނޫނު

ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުއެޓެސްޓްކުރުން1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ލިޔުމެއްގައި އަސްލާ އެއްގޮތް ތައްގަނޑު ޖެހުމަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުއެޓެސްޓްކޮށްފައިވާ ކޮޕީއެއް1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ލިޔުމަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުއެޕްރެންޓިޝިޕް1 ޤާނޫނު
ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ދަށުން ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ވަޒީފާދޭ ފަރާތްތަކާ ގުޅިގެން ފޯރުކޮށްދޭ ފަންނީ ހުނަރުވެރި މަސައްކަތްތެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުއެޕްލިކޭޝަން1 ޤާނޫނު
ސްކޫލަށް ވަނުމަށް އެދި ހުށަހަޅާ ފޯމަށް ނުވަތަ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުއެޖެންސީ2 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމު ހިންގުމަށްޓަކައި، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަމުގައި މި ޤާނޫނުގެ ދަށުން ޤާއިމުކުރާ އޮފީހަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުހެލްތް ޕްރޮޓެކްޝަން އެޖެންސީއަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެޖެންސީގެ ސީ.އީ.އޯ1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން ޤާއިމުކުރާ "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ޗީފް އެގްޒެކެޓިވް އޮފިސަރަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުއެޝޫރެންސް ޚިދުމަތް1 ޤާނޫނު
މާލީ ކަންކަން ނިންމަން ތިބޭ ފަރާތްތަކަށް މާލީ ހިސާބުތަކާއި މާލީ ބަޔާންތަކާއި މާލީ މުޢާމަލާތްތަކުގެ ޞައްޙަކަމާމެދު މުސްތަޤިއްލު ރައުޔު ދިނުމުގެ ގޮތުން މާލީ ހިސާބުތަކާއި މާލީ ބަޔާންތަކާއި މާލީ މުޢާމަލާތްތައް މުރާޖަޢާކުރުމާއި، މާލީ ހިސާބުތައް އެކުލަވާލާ ތައްޔާރުކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުއޮރިޖިނޭޓަރު1 ޤާނޫނު
އިލެކްޓްރޯނިކް މުއާޞަލާތެއްގެ އެއްވެސް މިންވަރެއް ރައްކާކޮށްފައިވާނަމަ، އެ އިލެކްޓްރޯނިކް މުއާޞަލާތު ކުރިން، އެ އިލެކްޓްރޯނިކް މުއާޞަލާތެއް ފޮނުވި ނުވަތަ ޖެނެރޭޓްކުރި ފަރާތް ނުވަތަ އެފަދަ ފަރާތެއް ތަމްސީލުކުރި ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި އިލެކްޓްރޯނިކް މުއާޞަލާތަކާ ގުޅިގެން މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވާ ފަރާތެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއޮޅުކޮށްގެން ޖަނަވާރު ގެންގުޅުން1 ޤާނޫނު
އިންސާނުންނާއެކު އެމީހުން ދިރިއުޅޭ ތަނުގައި، އެއަށް އަޅައިލުމާއި، ލޯބިދީގެން، ވިޔަފާރިނޫން ބޭނުމަށް، އޮޅު ޖަނަވާރު ގެންގުޅުމަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުއޮމްބަޑްސްޕަރސަން1 ޤާނޫނު
މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ޢައްޔަންކުރާ އޮމްބަޑްސްޕަރސަނުންނަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުއޮމްބަޑްސްޕަރސަންގެ އޮފީސް1 ޤާނޫނު
މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ ''އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް'' އަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުއޮފިސަރުން1 ޤާނޫނު
މި ޤާނޫނުގެ ދަށުން ކޮމިޝަނަށް ނަގާ ފަންނީ މުވައްޒަފުންނާއި ކޮންސަލްޓަންޓުން ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 27/2015 ގެ 67 ވަނަ މާއްދާނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުއޮފީސް1 ޤާނޫނު
ނުވަތަ "އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީސް" އަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުއޮފްޝޯރ ޕްލެޓްފޯމް1 ޤާނޫނު
މަސްވެރިންގެ އަތުން މަސް ގަތުމަށް، ނުވަތަ މަސް ޕްރޮސެސްކުރުމަށް ނުވަތަ މަސްވެރިކަންކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެންވެސް ޚިދުމަތެއް ދިނުމަށްޓަކައި އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަޙައްދުގައި ޤާއިމުކުރާ ވަސީލަތަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުއޮތޯރިޓީ12 ޤާނޫނު
މި ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވޭ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުމި ޤާނޫނުން އުފައްދާ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުމި ޤާނޫނުގެ 2 ވަނަ މާއްދާގެ ދަށުން އުފައްދާ "ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް" އަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުމި ޤާނޫނުގެ ދަށުން އުފައްދާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން ތަންފީޛުކުރުމަށް ޤާނޫނެއްގެ ދަށުން އުފައްދާ ''ޔުޓިލިޓީޒް ރެގިއުލޭޓަރީ އޮތޯރިޓީ'' އަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުމި ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުމި ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުމި ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ" އަށެވެ.
އޮޑިޓަރ ޖެނެރަލް4 ޤާނޫނު
ޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
ޤާނޫނު ނަންބަރު 9/2008 ގެ 24 ވަނަ މާއްދާޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
ޤާނޫނު ނަންބަރު 8/2008 ގެ 33 ވަނަ މާއްދާއިލެކްޝަންސް ކޮމިޝަންގެ ޤާނޫނުޤާނޫނު ނަންބަރު 4/2007 (އޮޑިޓް ޤާނޫނު) ގެ ދަށުން އިސްކޮށްފައިވާ އޮޑިޓަރ ޖެނެރަލަށެވެ.
ޤާނޫނު ނަންބަރު 27/2015 ގެ 67 ވަނަ މާއްދާނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުއޮޑިޓަރ ޖެނެރަލް ޢައްޔަންކުރާ މީހެއް1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް އޭނާ ލިޔުމުން ހުއްދަދޭ މީހަކަށެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުއޮޑިޓް އޮފިސަރ1 ޤާނޫނު
ސޮސައިޓީގެ މާލީ ހިސާބުތައް އޮޑިޓް ކުރުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުއޮޑިޓް ފީ1 ޤާނޫނު
އޮޑިޓްކުރުމަށްޓަކައި އޮޑިޓްކުރާ ފަރާތަށް ދެވޭ އުޖޫރަ އަށެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުއޮޓަމެޓިކުން އޮޕަރޭޓްކުރަން ޕްރޮގްރާމްކޮށްފައިވާ އިންފޮމޭޝަން ސިސްޓަމް1 ޤާނޫނު
ކޮމްޕިއުޓަރ ޕްރޮގްރާމަކުން، އިލެކްޓްރޯނިކް ވަސީލަތަކުން ނުވަތަ ޠަބީޢީ ޝަޚްޞިއްގެ އެއްވެސް އެހީއަކާ ނުލައި، މުޢާމަލާތުކުރެވޭނެ ގޮތަކަށް، އަދި އެ ގޮތްތަކަކީ އެއްވެސް ކަމެއް ފަށާއިރު ނުވަތަ ޖަވާބުދޭ ކޮންމެ ފަހަރަކު، ޠަބީޢީ އެއްވެސް އެހީތެރިކަމެއް ނުވަތަ ބެލުމެއްނެތި، އިންފޮމޭޝަން ސިސްޓަމަކަށް، އެއްކޮށް ނުވަތަ އޭގެ ބަޔަކަށް، ޢަމަލުކުރެވޭނެ ނުވަތަ ޖަވާބުދެވޭނެ ގޮތަކަށް ހިނގާ އިންފޮމޭޝަން ސިސްޓަމަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުއޮޓޮޕްސީ2 ޤާނޫނު
މައްޔިތެއްގެ ހަށިގަނޑު ޞިއްޙީގޮތުން އެގްޒެމިންކޮށް ނުވަތަ ޓެސްޓުކޮށް އެމީހަކު މަރުވިކަމަށް ލަފާކުރެވޭ ވަގުތާއި، އެމީހާ މަރުވުމަށް ދިމާވި ސަބަބާއި، މަރުވި ފަރާތުގެ ހަށިގަނޑުގެ ބޭރާއި އެތެރޭގެ ގުނަވަންތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުންތައް ލިބިދާނެކަމަށް ޞިއްޙީގޮތުން ޤަބޫލުކުރެވޭ ސަބަބުތައް ބަޔާންކުރާ، ޤާނޫނީގޮތުން ހުއްދަލިބިގެންވާ ފަންނީ ތަޖުރިބާކާރެއް މައްޔިތެއްގެ ހަށިގަނޑު ފަޅައިގެން ނުވަތަ ފެޅުމަކާނުލައި ހަދާ އެގްޒެމިނޭޝަނަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމަރުވެފައިވާ މީހަކު ނުވަތަ އެއްޗެއް މަރުވި ސަބަބާއި، ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކާއި، ހަށިގަނޑަށް ޖެހިފައިވާ ބައްޔެއް ނުވަތަ އެނޫންވެސް އައިބެއް ދެނެގަތުމަށްޓަކައި އެ ހަށިގަނޑު ބަލައި، އެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ތަޙްލީލުތައް ކުރުމަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުއޮޕަރޭޓަރު2 ޤާނޫނު
ވެރިފަރާތް، ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިޤްތިޞާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭގޮތުން، އެ އުޅަނދާ ޙަވާލުވެހުރި، އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުޝާދުތައް ދޭ ނުވަތަ ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުސިސްޓަމެއް ހިންގުމަށް އޮތޯރިޓީން ލައިސަންސް ދޫކޮށްފައިވާ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުއޮޕަރޭޝަނަލް އަމާޒުތައް2 ޤާނޫނު
ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާޞިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ވާޞިލުވުމަށް، ފިސްކަލް ސްޓްރެޓަޖީގެ ބަޔާނުގައި މެދުރާސްތާއަށް ކަނޑައަޅާ އަމާޒުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުއޯވަރޯލް ފިސްކަލް ބެލެންސް1 ޤާނޫނު
ދައުލަތުގެ ޖުމްލަ ޚަރަދުން ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ކަނޑާލުމުން ބާކީވާ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުއޯގަނިކް ޕެރޮކްސައިޑްސް1 ޤާނޫނު
އޭގެ ކެމިކަލް ސްޓްރަކްޗަރގައި ބައިވެލެންޓް އޮކްސިޖަން (-0-0-) އެކުލެވޭ، އޭގެ އަމިއްލަ ޒާތުގައި ހުޅުހިފާ ދިޔާ ނުވަތަ ހަރު ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުއޯގަން ޓްރާންސްޕްލާންޓް ކައުންސިލް1 ޤާނޫނު
މި ޤާނޫނުގެ 17 ވަނަ މާއްދާގައި ބަޔާންކުރާ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއޯގަން ޓްރާންސްޕްލާންޓް ކޯޑިނޭޓަރ1 ޤާނޫނު
ނުވަތަ "ޓްރާންސްޕްލާންޓް ކޯޑިނޭޓަރު" ނުވަތަ "ކޯޑިނޭޓަރ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއޯގަން ޓްރާންސްޕްލާންޓް ކްލިނިކަލް ކޮމިޓީ1 ޤާނޫނު
ނުވަތަ "ކްލިނިކަލް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ހޮސްޕިޓަލުގައި ޤާއިމުކުރާ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއޯގަން ޓްރާންސްޕްލާންޓް އެތިކްސް ކޮމިޓީ1 ޤާނޫނު
ނުވަތަ "އެތިކްސް ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހޮސްޕިޓަލުގައި ޤާއިމުކުރާ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއޯގަން ޓްރާންސްޕްލާންޓް އޮތޮރައިޒޭޝަން ކޮމިޓީ1 ޤާނޫނު
ނުވަތަ "އޮތޮރައިޒޭޝަން ކޮމިޓީ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކުރާ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއޯޑިއޯ ވިޝުއަލް1 ޤާނޫނު
އުފެއްދުމެއް ނުވަތަ މަސައްކަތެއް ކަމަށް ބުނެފައި އެވަނީ، އަޑު އެކުލެވޭ އަދި އަޑު އެކުލެވިފައިނުވާ ނަމަވެސް، ޙަރަކާތެއް ނުވަތަ ޙަރަކާތްތަކެއް ދައްކުވައިދޭ ގުޅިފައިވާ މަންޒަރުތަކެއްގެ ސިލްސިލާއެއްހެން ފެންނާނެގޮތަށް އުފައްދާފައިވާ އުފެއްދުންތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުއޯޒޯން ފަށަލަ1 ޤާނޫނު
ބިމުން ފެށިގެން މައްޗަށް 10 (ދިހައެއް) ކިލޯމީޓަރާއި 50 (ފަންސާސް) ކިލޯމީޓަރުގެ ދެމެދުގައިވާ ފަށަލައަކަށް ކިޔާ ނަމަށެވެ. މި ފަށަލައިގައި މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ، އޮކްސިޖަންގެ ތިން އެޓޮމް އެކުލެވިގެން ހެދޭ މާއްދާއެކެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނުއޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް1 ޤާނޫނު
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއަކަށެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނުއޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް1 ޤާނޫނު
އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމުގައި ބައިނަލްއަޤްވާމީ މުޢާހަދާއަކުން ކަނޑައަޅާފައިވާ މާއްދާއެއް ބޭނުންކުރާ ތަކެތި ނުވަތަ އާލާތްތަކަށެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނު'އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ1 ޤާނޫނު
ތިމާވެށި ޙިމާޔަތްކުރުމާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުން ހިނގަމުންދާ "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނު'އޮރިޔާންކާޑު1 ޤާނޫނު
' ކަމަށް ބުނެފައި އެވަނީ، ޖިންސީ ގުނަވަން ނުވަތަ ގުނަވަންތަކުގެ މަންޒަރު ދައްކައިދޭ ފޮޓޯއާއި ފިލްމާއި، ޖިންސީ ގުޅުން ސިފަކޮށްދޭ އަޑާއި، ވާހަކައާއި، ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފިލްމާއި، ފޮޓޯއާއި މިފަދަ މަންޒަރާއި، އަޑާއި، ވާހަކަ ރެކޯޑުކޮށްފައި ހުންނަ ސީޑީއާއި ޑިސްކެޓް، ޓޭޕް ފަދަ ތަކެއްޗާއި، ޖިންސީ ގުޅުން ހިންގުމަށްޓަކައި ޖިންސީ ގުނަވަން ސިފަކޮށްދޭ ގޮތަށް ހަދާފައިވާ ތަކެތި ހިމެނޭ ގޮތުންނެވެ. ޤާނޫނާއި ގަވާއިދު ހުއްދަކުރާ ޢިލްމީ ފޮތްތަކާއި ކިޔަވައިދިނުމަށް ހުއްދަކުރާ ފޮތްތަކާއި މެޓީރިއަލްތައް މީގެ މާނައިގެ ތެރޭގައި ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުވ
ވަރުވާއަށް ލިޔެދީފައިވާ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 12/2026 ގެ 75 ވަނަ މާއްދާފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނުވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލް1 ޤާނޫނު
ނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުވަރލްޑް އޯގަނައިޒޭޝަން ފޯރ އެނިމަލް ހެލްތް1 ޤާނޫނު
ބައިނަލްއަޤްވާމީ ފެންވަރުގައި ޖަނަވާރުގެ ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރުމަށްޓަކައި 25 ޖަނަވަރީ 1924 ގައި "އޯ.އައި.އީ" ގެ ނަމުގައި އުފައްދައި، މޭ 2003 އިން ފެށިގެން ވަރލްޑް އޯގަނައިޒޭޝަން ފޯރ އެނިމަލް ހެލްތްގެ ނަމަށް ބަދަލުވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުވައިގެ އުޅަނދު1 ޤާނޫނު
ވައިގެ ތެރެއިން ދުއްވުމަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗެކަށެވެ.
ޤާނޫނު ނަންބަރު 2/2001 ގެ 28 ވަނަ މާއްދާދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނުވައިގެ އުޅަނދެއް1 ޤާނޫނު
ހުރިހާ ވައްތަރެއްގެ މަތިން ދުއްވާ އުޅަނދުތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 53 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުވައިސް ޗެއަރމަން1 ޤާނޫނު
މި ޤާނޫނުގެ 78 ވަނަ މާއްދާގެ ދަށުން، އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ ވައިސް ޗެއަރމަނަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުވަގުތީ މުއްދަތު1 ޤާނޫނު
3 ޖޫން 2020 އިން ފެށިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 3/2020) އިން ފަސްކޮށްފައިވާ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ މަޤާމާ ޙަވާލުވަންދެން ހިނގާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ވަގުތީ މުވައްޒަފު1 ޤާނޫނު
ދާއިމީ ގޮތެއްގައި މަސައްކަތުގައި ދެމިހުންނާނެކަމުގެ އުންމީދެއް ނެތްގޮތުން، ދުވަހު މަސައްކަތްކުރާ އުސޫލުން، މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުވަގުތީ ޢިމާރާތް1 ޤާނޫނު
ފެންވަރު ދަށް ނުވަތަ ޢުމުރު ކުރު ތަކެތި ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ހަދާ ވަގުތީ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުވަގުތީގޮތުން ބޭނުންކުރުމުގެ ހުއްދަ1 ޤާނޫނު
ޢިމާރާތެއް ބޭނުންކުރުމަށްޓަކައި ދޫކުރެވޭ ވަގުތީ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުވަސީލަތް1 ޤާނޫނު
އިންސާނީ ވަސީލަތާއި، ގުދަން، އާލާތްތައް، އުޅަނދުތައް އަދި ފެސިލިޓީތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 53 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުވަޒީރުން1 ޤާނޫނު
ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގައި ނުހިމެނޭ ވަޒީރުންނަށެވެ.
ޤާނޫނު ނަންބަރު 2/2005 ގެ 21 ވަނަ މާއްދާވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުވަޒީފާއާބެހޭ ޓްރައިބިއުނަލް1 ޤާނޫނު
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ވަޒީފާއާގުޅޭ މައްސަލަތައް ބެލުމަށްޓަކައި، އެކުލަވާލާފައިވާ ޓްރައިބިއުނަލަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުވަޒީފާއާބެހޭ ޤާނޫނު2 ޤާނޫނު
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވިފައިވާ އެންމެހައި އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)، އަދި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުވަޒީފާދޭ ފަރާތް4 ޤާނޫނު
ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާޢަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ޚިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޤާނޫނީ ގޮތުން ނަޤުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުވަޒީފާދޭ ފަރާތާއި، ވަޒީފާ އަދާކުރާ ތަނުގެ އެހެން ވެރިން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި، މަސައްކަތެއް ކުރުމަށް ނުވަތަ ޚިދުމަތެއް ދިނުމަށް ވަޒީފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކު، ނުވަތަ ކުންފުންޏެއް، ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކަށެވެ. އަދި އެ މާނަކުރުމުގައި، މިނިވަން ނޫން ކޮންޓްރެކްޓަރުންގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިޘުންނާއި، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ޤާނޫނީގޮތުން ނަޤުލުވާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުވަޒީފާގެ އެއްބަސްވުން1 ޤާނޫނު
ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި ވެވޭ ވަޒީފާގެ އެއްބަސްވުމަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުވަޒީފާގެ ޢިނާޔަތް1 ޤާނޫނު
ފުލުހުންގެ ޚިދުމަތުން އަމިއްލައަށް އެދިގެން ވަކިވާއިރު އޭނާއަށް ލިބިދޭ ފައިސާގެ ޢިނާޔަތަށާއި، އޭނާއަށް ބައިވެރިވުމުގެ ހުއްދަ އޮތް އިންޝުއަރަންސް ނިޒާމަކަށާއި، އޭނާއަށް ދޭ ދަތުރުފަތުރުކުރުމުގެ އުޅަނދަށާއި، ދައުލަތުގެ އެހެން ވަޒީފާއަކަށް އެނބުރި ދިޔުމަށް ލިބިދޭ ޙައްޤަށާއި، ދައުލަތުގެ ފަރާތުން ދައުލަތުގެ ޚަރަދުގައި ޒާތީ މަންފާއެއްކަމުގައި ބެލެވޭ މަންފާއެއް ފުލުހަކަށް އޭނާވީތީ ދިނުމުގެގޮތުން ދެވޭ ކޮންމެ ޢިނާޔަތަކަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުވަޒީދޭ ފަރާތްތަކުގެ ޔޫނިއަން1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ޙައްޤުތަކާއި މަޞްލަޙަތުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި އުފައްދާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުވާދަވެރި އުސޫލުން1 ޤާނޫނު
އަމިއްލަ ފަރާތްތަކުން އަމިއްލަ ނުވަތަ އިޖްތިމާޢީ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމަށް ރާވައި ހިންގާ އުސޫލުން އެއްކިބާވެ، ވިޔަފާރީގެ މަންފާ ނުވަތަ ފައިދާ ލިބޭނެ ގޮތަށް ނުވަތަ ޤައުމީ އަދި އިޖްތިމާޢީ ފެންވަރުގައި ބަލައިގަނެ ޢާންމުކޮށް ހުޅުވާލައިގެން ރާވައި ހިންގޭ އުސޫލަށެވެ.
ޤާނޫނު ނަންބަރު 30/2015 ގެ 54 ވަނަ މާއްދާދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުވިހަ މާއްދާ1 ޤާނޫނު
އިންސާނާގެ ހަށިގަނޑުގެ ތެރެއަށް އެ މާއްދާއެއް ވާޞިލުވުމުގެ ސަބަބުން ނުވަތަ ހަންގަނޑުގައި ޖެހުމުގެ ސަބަބުން، ފުރާނައަށް ގެއްލުން ލިބިދާނެ ނުވަތަ ވަގުތީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ގެއްލުމެއް އިންސާނުންނަށް ނުވަތަ ދިރުންތަކަށް ކުރިމަތިކުރުވާ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުވިކްޓިމް ސެންޓަރޑް ނަޒަރިއްޔާ2 ޤާނޫނު
ހުރިހާ ޙާލަތެއްގައިވެސް ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ނިޒާމީ ގޮތެއްގައި ޚާއްޞަ ސަމާލުކަމެއްދީ، އޯގާތެރިކަމާއެކު އިތުރަށް އަނިޔާ ނުވާނޭ އަދި އިތުރަށް ވިކްޓިމައިޒްނުވާނޭ ގޮތުގެމަތިން ކުށުގެ ޝިކާރައަކަށްވާ ފަރާތަށް ބޭނުންވާ ފަރުވާއާއި ޚިދުމަތް ދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުހުރިހާ ޙާލަތެއްގައިވެސް ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ނިޒާމީ ގޮތެއްގައި ޚާއްޞަ ސަމާލުކަމެއްދީ، އޯގާތެރިކަމާއެކު އިތުރަށް އަނިޔާ ނުވާނޭ އަދި އިތުރަށް ވިކްޓިމައިޒްނުވާނޭ ގޮތުގެމަތިން ކުށުގެ ޝިކާރައަކަށްވާ ފަރާތަށް ބޭނުންވާ ފަރުވާއާއި ޚިދުމަތް ދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.
ޤާނޫނު ނަންބަރު 25/2021 ގެ 14 ވަނަ މާއްދާޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 19611 ޤާނޫނު
14 އޭޕްރިލް 1961 ގައި ޢަމަލުކުރަން ފަށާފައިވާ 2 އޮކްޓޯބަރު 2007 ގައި ދިވެހިރާއްޖޭގެ ފަރާތުން އެސީޑްކޮށްފައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުވިއްކުން2 ޤާނޫނު
އަގެއް ލިބޭގޮތަށް ނުވަތަ އަގެއް ކަނޑައަޅައިގެން މީހަކަށް ނުވަތަ ބަޔަކަށް އެއްޗެއް ހުށަހެޅުން ނުވަތަ ދިނުމަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުނަގުދު ފައިސާއަށް ނުވަތަ ކްރެޑިޓަށް ނުވަތަ އަގެއްހުރި އެކަތި އަނެކައްޗަކާ ބަދަލުކުރުމަށެވެ. އަދި ވިއްކުމަށް އެއްބަސްވުމާއި، ވިއްކުމަށް ހުށަހެޅުމާއި، ވިއްކުމަށް ނެރުމާއި، ވިއްކުމަށް ބެހެއްޓުމާއި، ވިއްކުމަށް މަސައްކަތްކުރުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތައް1 ޤާނޫނު
ޖަނަވާރުގެ ބިހާއި މަނިފަންޏާއި ދަރިބިހާއި އެމްބްރިއޯއާއި ޓިޝޫއާއި ވިއްސައި އާލާކުރުމަށް ބޭނުންކުރާ އެނޫންވެސް ޖަނަވާރުގެ ބައިތަކަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުވިތުހޯލްޑިންގ ޓެކްސް1 ޤާނޫނު
އެއްވެސް ފަރާތަކަށް ލިބޭ އާމްދަނީއަކުން، އެ ފައިސާ ދައްކާ ފަރާތުން މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުނިކުރަންޖެހޭ ޓެކުހަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުވިސްލްބްލޯކުރުން1 ޤާނޫނު
ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ހާމަކުރުމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުވިޔަފާރި7 ޤާނޫނު
އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތާއި، ވިޔަފާރި އުޞޫލުން ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް ނުވަތަ ފަންނީ ޚިދުމަތެއް ދިނުމުގެ މަސައްކަތް ނުވަތަ ޚިދުމަތެއް ދިނުމުގެ ގޮތުން ހިންގާ އެހެން މަސައްކަތް ނުވަތަ ބުނެވިދިޔަ ޒާތުގެ އެނޫންވެސް މަސައްކަތް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުތިރީގައިވާ ކަންކަމުގެ ތެރެއިން ކަމަކާގުޅޭ ވިޔަފާރިއެއް، ނުވަތަ ވިޔަފާރީގެ ދާއިރާއެއް، ނުވަތަ ފަންނެއް، ނުވަތަ ވަޒީފާއެއް، އަދި އެނޫނަސް ނަފާއެއްގެ ބޭނުމުގައި ހިންގޭ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ކަމާބެހޭ ޤާނޫނުގައި ވިޔަފާރީގެ މާނައިގެ ގޮތުގައި ބޭނުންކޮށްފައިވާ މާނައެވެ. މި ޤާނޫނުގައި ބައެއް ޙާލަތުތަކުގައި މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ "އަމިއްލަ ވިޔަފާރި" އަށް އިޝާރާތްކުރުމުގައި "ވިޔަފާރި" މި ލަފްޒުވެސް ބޭނުންކޮށްފައިވާނެއެވެ. އެ ޙާލަތުގައި އެ އިޝާރާތްކުރަނީ އަމިއްލަ ވިޔަފާރިއަށެވެ. އެނޫން ޙާލަތެއްގައިނަމަ، އެ އިޝާރާތްކުރަނީ، މި ޤާނޫނު އެމައްޗަށް ހިނގާ ވިޔަފާރިއަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުބިމާއި، ބިމާ ގުޅިފައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދަލާއި، ޤާނޫނުން އުފައްދާ ޙައްޤާއި ވާޖިބާއި، ޤާނޫނުން ލިބިދޭ ޢިނާޔަތްތަކާއި އިމްތިޔާޒުތަކާއި، މުދާ ގަނެވިއްކުމުގެ ގޮތުންނާއި އާމްދަނީ ހޯދުމުގެގޮތުން ކުރާ މަސައްކަތަށާއި، ވިޔަފާރި އުސޫލުން ދޭ ޚިދުމަތަށާއި ކުރާ ނުވަތަ ހިންގާ މަސައްކަތް ހިމެނޭ ގޮތުންނެވެ. އަދި އެ މަސައްކަތްކުރުމަށްޓަކައި ހޯދާފައިވާ މުދާ ހިމެނޭ ގޮތުންނެވެ. އަދި އެ ވިޔަފާރިއަކާގުޅޭ ޙައްޤުތަކާއި ޒިންމާތައްވެސް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުވަޒީފާ އަދާކުރުން ފިޔަވައި، މާލީ ފައިދާއެއް ނުވަތަ އިތުރުކުރުމެއް ހޯދުމުގެ ނިޔަތުގައި ކުރާ ކޮންމެ ކަމަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަންވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުއެއް ކަމަށް ބުނެފައި އެވަނީ، މުދަލަކާ ގުޅިގެން ނުވަތަ ޚިދުމަތަކާ ގުޅިގެން ވިޔަފާރީގެ އެއްވެސް ޙަރަކާތެއް ނުވަތަ ޙަރަކާތްތަކެއް ހިންގާ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުމާލީފައިދާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ ކޮންމެ މަސައްކަތަކަށް ނުވަތަ ކަމަކަށެވެ. މީގެތެރޭގައި، މީހެއްގެ އަމިއްލަ މުދަލަކުން، ވިޔަފާރި ހިންގުންކަމަށް ނުވާގޮތަށް މުޢާމަލާތު ކުރުމެއް ނުހިމެނެއެވެ.
ވިޔަފާރި ހިންގާ ފަރާތް1 ޤާނޫނު
ނުވަތަ "ވިޔަފާރި ތަން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ހިންގާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނު) ގެ ދަށުން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށާއި، ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ ދަށުން ހިންގާ ޕާޓްނަރޝިޕްތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ހިންގާ އަމިއްލަ ވިޔަފާރިތަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުވިޔަފާރި ނަން1 ޤާނޫނު
މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރީގައި ބޭނުންކުރުމަށް މި ޤާނޫނުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ނަމަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު)، އަދި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުވިޔަފާރި އާމްދަނީ1 ޤާނޫނު
މި މާއްދާގެ (ހހ) ގައި "ވިޔަފާރި" ކަމަށް ބަޔާންކޮށްފައިވާ ކަމަކުން ލިބޭ އާމްދަނީއަށެވެ. އޭގެ ތެރޭގައި އެ ވިޔަފާރީގެ މުހިންމު މުވައްޒަފަކަށް ނަގާފައިވާ "ކީ ޕަރސަން އިންޝުއަރެންސް" ޕޮލިސީއެއްގެ ދަށުން ބަދަލުގެ ގޮތުގައި ލިބޭ ފައިސާވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުވިޔަފާރި ތަން1 ޤާނޫނު
މި ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކުންފުނި ނުވަތަ ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ވިޔަފާރިއަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުވިޔަފާރި ތަރައްޤީކުރުމުގެ ޚިދުމަތް1 ޤާނޫނު
ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނުދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރުކުރުމާއި، މާލީ ކަންކަމާއި، މާކެޓްކުރުމާ ގުޅޭ ޚިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްޤީކުރުމާ ގުޅުންހުރި ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުވިޔަފާރި ޙަރަކާތް3 ޤާނޫނު
މި ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޙަރަކާތްތައް ނުހިމެނޭ ގޮތުން، މި ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ޙަރަކާތަކަށެވެ.]
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުމި ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކުރާ ޙަރަކާތްތައް ނުހިމެނޭ ގޮތުން، މި ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ ކަންކަން ހިމެނޭގޮތުން ހިންގާ ކޮންމެ ޙަރަކާތަކަށެވެ.
ޤާނޫނު ނަންބަރު 20/2019 ގެ 11 ވަނަ މާއްދާޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުފުލޭ މުދާ ވިއްކުމުގައި މަސްއޫލުވާ އެންމެހައި ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުވިޔަފާރީގައި ބޭނުންކުރާ ނަން1 ޤާނޫނު
ޓްރޭޑްމާކް ހިމެނޭގޮތުން، ޕެސްޓިސައިޑްގެ ވިޔަފާރިކުރުމަށް ބޭނުންކުރާ ނަމަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުވިޔަފާރީގެ ބޭނުން1 ޤާނޫނު
ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ހިންގާ ވިޔަފާރީގެ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 33/2021 ގެ 128 ވަނަ މާއްދާއެއްމެދު ޢިމާރާތުގެ ޤާނޫނުވިޔަފާރީގެ އުޞޫލުން1 ޤާނޫނު
ވިޔަފާރި ކުރިއެރުވުމުގެ ނުވަތަ ވިޔަފާރީގެ މަޤްޞަދު ޙާޞިލްކުރުމުގެ ގޮތުން ކަމެއްކުރުމަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުވިޔަފާރީގެ މައްސަލަތައް1 ޤާނޫނު
ދެފަރާތެއްގެ ދެމެދުގައި ހިންގޭ ވިޔަފާރިއަކާ ގުޅިގެން ނުވަތަ އޭގެ ސަބަބުން ނުވަތަ އޭގެ ނަތީޖާއެއްގެ ގޮތުން އުފެދޭ މައްސަލަތަކަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުވިޔަފާރީގެ ގުޅުން1 ޤާނޫނު
ދެފަރާތެއްގެ ދެމެދުގައި އުފެދޭ ގުޅުންތަކުގެ ތެރެއިން އެއްބަސްވުމެއް ލިޔެވިފައި އޮތްކަމުގައި ވީނަމަވެސް ނުވަތަ އެއްބަސްވުމެއް ލިޔެވިފައި ނެތް ކަމުގައިވީ ނަމަވެސް އުފެދޭ ވިޔަފާރީގެ ގުޅުންތަކަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުވިޔަފާރީގެ ޢަމަލުތައް1 ޤާނޫނު
ވިޔަފާރީގެ އެކި އެރޭންޖްމަންޓުތަކަށާއި ޕްރެކްޓިސްތަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުވީޑިއޯ ނުވަތަ އިންޓަރނެޓް ލިންކެއް1 ޤާނޫނު
އެއް ތަނެއްގައި އެއްވެތިބި ބަޔަކަށް، އެހެން ތަނެއްގައި ތިބި ބަޔަކު ފެނި، އަޑުއަހައި، އެމީހުންނާ ވާހަކަ ދެއްކުމަށްޓަކައި ޤާއިމުކޮށްފައިވާ އިލެކްޓްރޯނިކް ނިޒާމަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުވީޑިއޯ ރެކޯޑިންގ1 ޤާނޫނު
އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ، ޙަރަކާތްކުރާ ނުވަތަ ޙަރަކާތްނުކުރާ މަންޒަރު ހިމެނޭ ހުރިހާ ބާވަތެއްގެ އުފެއްދުންތަކަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުވީޑިއޯ ގޭމް ނުވަތަ އިލެކްޓްރޯނިކް ގޭމް1 ޤާނޫނު
ކޮމްޕިއުޓަރ ގޭމްތަކާއި، ސީޑީތައް ނުވަތަ އެހެންވެސް އިލެކްޓްރޯނިކް ވަސީލަތެއް ބޭނުންކޮށްގެން ކުޅޭ ތަފާތު ގޭމްތަކަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުވީޒާ1 ޤާނޫނު
މި ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ. "ޑިސްއެމްބާކޭޝަން ފޯމު" ކަމަށް ބުނެފައި އެވަނީ، ރާއްޖެ އަންނަ ބިދޭސީން ފުރިހަމަކޮށް، މި ޤާނޫނުގެ ދަށުން އިމިގްރޭޝަން އޮފިސަރުންނަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ މަޢްލޫމާތު ފޯމަށެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުވުޒާރާ2 ޤާނޫނު
ސަގާފީ ތަރިކައިގެ ކަންކަމަށް ޒިންމާވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުއަންހެނުންގެ ދައުރާއި ޢާއިލާގެ ގުޅުންތައް ޤައުމީ ފެންވަރުގައި އިޞްލާޙުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުވެގެންވާ ވަޒީރު އެންމެ އިސްވެރިޔަކަށް ހުންނަ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުވެރިފަރާތް5 ޤާނޫނު
ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ޙައްޤު ލިބިގެންވާކަމަށް ބުނާ، ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައިވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ޤަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ޤާނޫނީ ޝަޚްޞެއްގެ މެނޭޖަރ، ޑިރެކްޓަރ ނުވަތަ ސެކްރެޓަރީއަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު:
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުދިރިއުޅޭ ތަނެއްކަމުގައި ބެލެވޭ ތަނެއް، އެމީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެތަނެއްގައި ދިރިއުޅޭ މީހާއާއި، އެތަނަކަށް ޒިންމާ އުފުލަންޖެހޭ މީހާއާއި، އެތަނެއް ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެތަނެއްގައި ހިނގާ ޙަރަކާތްތަކާއި އެތަނެއްގެ ޙާލަތު ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެތަނަށް ވަދެ އެތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއުޅަނދުގެ މިލްކުވެރިކަން ލިބިގެންވާ ފަރާތާއި، އުޅަނދެއް ޗާޓަރުކޮށްފައިވާ ފަރާތާއި، އުޅަނދުގެ އޭޖެންޓުކަން ކުރާ ފަރާތާއި، އުޅަނދުގެ މާސްޓަރު ނުވަތަ ކެޕްޓަން ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުއަމިއްލަ ތަނަކާ ގުޅޭގޮތުންނަމަ، އެތަނެއްގެ ވެރިފަރާތަށެވެ. ކުއްޔަށްދީފައިވާ ތަނަކާ ގުޅޭގޮތުންނަމަ، އެތަން ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އެއްމެދު ޢިމާރާތެއްގެ ވަކި ޔުނިޓެއް ނުވަތަ ބައެއްނަމަ، އެ ޔުނިޓެއް ނުވަތަ ބައެއްގެ ވެރިފަރާތަށެވެ. އަދި އެއިން އެއްވެސް ފަރާތެއް އެއިން ތަނެއްގައި ނެތް ޙާލަތެއްގައިނަމަ ނުވަތަ އެނޫން ޙާލަތެއްގައިނަމަ، އެތަނެއްގައި ދިރިއުޅޭ ނުވަތަ އެތަނަކާ އެ ވަގުތަކު ޙަވާލުވެހުރި ފަރާތްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުވެކްސިން1 ޤާނޫނު
ވަކި ބައްޔަކުން ނުވަތަ ބަލިތަކަކުން ޖަނަވާރު ރައްކާތެރިކުރުމުގެ މަޤްޞަދުގައި އެ ބަލިޖައްސާ އަސްލާ ދެކޮޅަށް ހަށިގަނޑުގެ ދިފާޢީ ނިޒާމު އިޖާބަދޭ ގޮތަށް ހެދުމަށްޓަކައި، ޖަނަވާރުގެ ހަށިގަނޑުގެ ތެރެއަށް ފޮނުވައިލުމަށް އެ ބަލިޖައްސާ އަސްލު ހިމަނައިގެން ތައްޔާރުކޮށްފައިވާ ބޭހަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުވޮރަންޓީ1 ޤާނޫނު
ކާބޯތަކެތި ތައްޔާރުކޮށްފައިވަނީ ވަކި ފެންވަރެއްގައިކަމަށް ބުނެ އެ އެއްޗެއް އުފެއްދި ފަރާތުން ދޭ ޔަޤީންކަމަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުމ
މަހާއި މަހުގެ އުފެއްދުންތައް1 ޤާނޫނު
ފިނިކޮށްފައިވާ، ފިނިކޮށް ގަނޑުކޮށްފައިވާ، ދަޅުގައި ބަންދުކޮށްފައިވާ، ހިއްކާފައިވާ، ލޮނު އަޅާފައިވާ، ފިނިކޮށްފައިވާ، ނުވަތަ އެނޫންވެސް ގޮތަކަށް އުފައްދާފައިވާ މަހުގެ ނުވަތަ އެކުއަކަލްޗަރގެ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަނީ ބްރޯކަރިންގ1 ޤާނޫނު
އެފަރާތަށް ފައިދާއެއް ނުވަތަ ކޮމިޝަނެއް ލިބޭގޮތަށް، ތަފާތު ބާވަތުގެ މާލީ އިދާރާތަކަށް އެހެން ފަރާތްތަކުން ކުރުމުއްދަތުގެ ލޯނު ހަމަޖައްސައިދިނުމަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުމަންހަޖު1 ޤާނޫނު
ވަކި މާއްދާއަކުން އިމްތިޙާނަކަށް ތައްޔާރުވުމަށްޓަކައި އުނގަންނައިދިނުމަށް ކަނޑައަޅާފައިވާ މަޢުލޫމާތާއި ހުނަރަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމަންފާ1 ޤާނޫނު
ކޮރަޕްޝަންގެ ޢަމަލަކާ ގުޅޭގޮތުން ނުވަތަ ކޮރަޕްޝަންގެ ކުށަކާ ގުޅޭގޮތުން، ހޯދައިގަނެވޭ، ނުވަތަ ބަލައިގަނެވޭ، ނުވަތަ ދިނުމަށް ހުށަހަޅާ ނުވަތަ ދޭ ނުވަތަ ދިނުމަށް ބުނާ ނުވަތަ އަމުރުކުރާ، ނުވަތަ ބަލައިގަންނަ ނުވަތަ ބަލައިގަތުމަށް އެދޭ ނުވަތަ ބަލައިގަތުމަށް ހުށަހަޅާ ނުވަތަ ބަލައިގަތުމަށް އެއްބަސްވާ، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް، ނުވަތަ އެއްޗެހީގެ ތެރެއިން އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 4/2021 ގެ 3 ވަނަ މާއްދާޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުމަރާމާތުކުރުން1 ޤާނޫނު
ކުނީގެ ގޮތުގައި އުކާލެވޭ ތަކެތި އަލުން ބޭނުންކުރުމުގެ ބޭނުމަށްޓަކައި އެ ތަކެތީގެ މާއްދީ ސިފަތަކަށް ބަދަލެއް ގެނައުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުމަރުކަޒަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތައް1 ޤާނޫނު
ތަޢުލީމީ މަރުކަޒަކަށް ނިސްބަތްކޮށް ކަމުގައިވާނަމަ، އެ ތަނެއްގައި ތަޢުލީމު ޙާޞިލުކުރުމަށް އަންނަ ދަރިވަރުންނަށެވެ. އެނޫން ބާވަތެއްގެ މަރުކަޒެއްނަމަ، އެ މަރުކަޒަކުން ފޯރުކޮށްދޭ ޚިދުމަތެއް ލިބިގަތުމަށް އެ މަރުކަޒަށް އަންނަ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުމަރުކަޒީ ބޭންކް1 ޤާނޫނު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމަރުކަޒު3 ޤާނޫނު
މި ޤާނޫނުގެ ދަށުން އުފައްދާ "ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު" އަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުތަޢުލީމީ މަރުކަޒުތަކާއި، ޖަލުތަކާއި، ކުޑަކުދިން ބަލަހައްޓާ ތަންތަނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ ތަންތަނާއި، މަސްތުވާތަކެތީގެ ފަރުވާދޭ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ކުޅިވަރާބެހޭ މަރުކަޒުތަކާއި އިޖްތިމާޢީ މަރުކަޒުތަކާއި އެނޫންވެސް ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދޭ އެންމެހައި ތަންތަނަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށް، ނުވަތަ ގެތަކަށް، ނުވަތަ ހޮސްޕިޓަލްތަކަށް، ނުވަތަ އިޞްލާޙީ މަރުކަޒުތަކަށް، ނުވަތަ ޒުވާންކުދިން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މީހުން ވަގުތީގޮތުން ބަންދުގައި ބޭތިއްބުމުގެ މަރުކަޒުތަކަށް، ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މަރުކަޒެއްކަމަށް ކަނޑައަޅާ އެހެން ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުމަރުކަޒުގެ ވެރިން1 ޤާނޫނު
މަރުކަޒެއްގެ ހިންގުމުގެ އެންމެ އިސް ފަރާތާއި، އެ ތަނުގެ އިސް ވެރިންނަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުމައިންބަފައިން1 ޤާނޫނު
ކުއްޖާގެ މަންމަ އަދި ބައްޕައަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުމައްސަލަ1 ޤާނޫނު
މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ދަށުން ކޯޓުގެ ނިޔާއަކަށް އެދި ކޯޓަށް ހުށަހަޅާ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 22/2010 ގެ 12 ވަނަ މާއްދާދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުމަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ވަކި ޚާއްޞަ ކަމަކާގުޅޭ މަދަނީ އިޖުރާއަތު ކަނޑައެޅުމުގެ ޤާނޫނަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުމަދަރުސާ1 ޤާނޫނު
ދިވެހިރާއްޖޭގެ ނިޒާމީ ޢާންމު ތަޢުލީމުދޭ ސްކޫލްތަކާއި، މަދަރުސާތަކާއި، މަރުކަޒުތަކަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުމަދުރަސީ ތަޢުލީމު1 ޤާނޫނު
ޕްރީސްކޫލް، ޕްރައިމަރީ، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމަތީ ތަޢުލީމާއި ތަމްރީނު1 ޤާނޫނު
މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއްގައި ދެވޭ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލްއަކަށް ފެތޭ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތަކަށާއި، ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަރޑްގައި ބަޔާންކުރާ، އަދި އެ ސްޓޭންޑަރޑަށް ތައްޔާރުކޮށް ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުމަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒު1 ޤާނޫނު
މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް މިނިސްޓްރީގައި ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުމަތީ ތަޢުލީމު2 ޤާނޫނު
އަންޑަގްރެޖުއެޓް ތަޢުލީމާއި އެއަށްވުރެ މަތީ ތަޢުލީމަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުއަންޑަގްރެޖުއެޓް ތަޢުލީމާއި އެއަށްވުރެ މަތީ ތަޢުލީމަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުމަތީ ތަޢުލީމު ޙާޞިލުކޮށްފައިވުން1 ޤާނޫނު
ކަމަށް ބަޔާންކޮށްފައި އެވަނީ، ދިވެހި ދައުލަތުގެ ކަމާބެހޭ މުއައްސަސާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ނުވަތަ ކޮލެޖަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ނުވަތަ އެ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުމަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުމަތީ ޘާނަވީ ތަޢުލީމު1 ޤާނޫނު
ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 11 (އެގާރަ) އިން ފެށިގެން ގްރޭޑް 12 (ބާރަ) ގެ ނިޔަލަށް ފުރިހަމަކުރާ ތަޢުލީމުގެ މަރުޙަލާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމަސައްކަތާ ގުޅުންހުރި ބަލި1 ޤާނޫނު
މަސައްކަތުގެ ތެރޭގައި ހުށަހެޅުނު ނުރައްކަލެއްގެ ސަބަބުން ޖެހުނު ނުވަތަ ފެތުރުނު ބައްޔަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތުގައި1 ޤާނޫނު
ކަމަށް ބުނެފައި އެވަނި:
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތް1 ޤާނޫނު
އެ މަސައްކަތްކުރުމަށް ލިބިދޭ ބާރާއި، އެ މަސައްކަތާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި،އެ މަސައްކަތްކުރުމަށް ލިބިދޭ ހައިސިއްޔަތާއި، އެ މަސައްކަތްކުރުމަށް ލިބިދޭ ދާއިރާއާއި އިޚްތިޞާޞް ހިމެނޭގޮތުންނެވެ. "މުފްރަދު" މާނަދޭހަވާގޮތަށް ބޭނުންކުރެވިފައިވާ މާނައިގައި ޖަމްޢުކޮށް ބޭނުންކުރާ މާނަވެސް ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުމަސައްކަތްކުރާ މީހާ1 ޤާނޫނު
މުވައްޒަފެއް ނުވަތަ ވަޒީފާއެއް ހޯދުމަށް މަސައްކަތްކުރާ މީހަކަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުމަސައްކަތްކުރާ ފަރާތް1 ޤާނޫނު
އެއްވެސް ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާއެއްގައި ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތްކުރާ ތަން3 ޤާނޫނު
ފުރާޅަކުން ނުވަތަ މިނޫންވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެންވިއަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭސާބަހަށް ޚިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނަކަށެވެ. މިގޮތުން، މަސައްކަތް ޢާންމުކޮށްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައިހުންނަ، އަދި މަސައްކަތްކުރާ މީހުން މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާޚާނާއާއި، ލައުންޖާއި، ކެފެޓީރިއާއި، ކެންޓީނާއި، ސައިކޮޓަރިފަދަ ތަންތަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ ޢާންމު ޚިދުމަތެއް ދިނުމުގައި ބޭނުންނުކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުވަރކްޕްލޭސް ބަރގެއިނިންގގައި ބައިވެރިވާ ނުވަތަ ތަމްސީލުކުރާ ނުވަތަ އެނޫންވެސް މަސައްކަތްތެރިން ޢާންމުކޮށް ވަޒީފާ އަދާކުރާ ތަނަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުފެކްޓަރީވެސް ހިމެނޭގޮތުން، އެ ވަގުތަކަށް ނުވަތަ ޢާންމު ގޮތެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކުރަންޖެހޭ ތަނަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތްކުރާ ތަން ހިންގާ ފަރާތް1 ޤާނޫނު
އެ މީހަކީ އެ ތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތްކަމުގައި ނުވިޔަސް، އޭނާގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހަކު އެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވުމުގެ ސަބަބުން، ތަނެއްގެ ހިންގުން ނުވަތަ ކޮންޓްރޯލް ޙަވާލުކުރެވިފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތްތެރިން2 ޤާނޫނު
ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްތެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކުނެތި އަމިއްލައަށް މަސައްކަތްކުރާ ނުވަތަ ވަޒީފާއަދާކުރާ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ޚިދުމަތްދޭ މީހާއަށެވެ. އަދި އޭގެ ތެރޭގައި މިނިވަންނޫން ކޮންޓްރެކްޓަރާއި ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަން1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ޙައްޤުތަކާއި މަޞްލަޙަތުތައް ކުރިއަރުވައި ޙިމާޔަތްކުރުމުގެ މަޤްޞަދުގައި އުފައްދާ މަސައްކަތްތެރިންގެ ޔޫނިއަންތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުމަސް2 ޤާނޫނު
ނުވަތަ "މަސްވެރިކަމުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ޝެލްފިޝް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުބަންދުނުކޮށް ހުންނަ:-
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުމަސް ޕްރޮސެސްކުރާ ތަންތަން1 ޤާނޫނު
ބިންބިމާއި، ޢިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި:
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސް ޕްރޮސެސްކުރުން1 ޤާނޫނު
ގިނަ ދުވަހަށް ބެހެއްޓުމަކަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަން ރާވައި ހިންގުން1 ޤާނޫނު
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި އުޅޭ ފެނުގެ ނުވަތަ ލޮނުގެ ނުވަތަ ކަނޑުގެ ދިރުންހުރި ވަސީލަތްތައް ބެލެހެއްޓުމާއި، ޙިމާޔަތްކުރުމާއި، ބޭނުންކުރުމާއި އަދި ތަރައްޤީކުރުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަޤްވާމީ ފިޔަވަޅުތައް1 ޤާނޫނު
ދިވެހިރާއްޖޭން ބައިވެރިވެފައިވާ ނުވަތަ މެންބަރެއްކަމުގައި ނުވިޔަސް ދިވެހިރާއްޖޭން އެއްބާރުލުން ދޭ، ބައިނަލްއަޤްވާމީ ނުވަތަ ސަރަޙައްދީ ޖަމްޢިއްޔާ ނުވަތަ އިންތިޒާމެއް ނުވަތަ އެރޭންޖްމަންޓަކުން، މަސްމަހާމެހި ޙިމާޔަތްކުރުމާ ގުޅޭގޮތުން ނުވަތަ ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އެކަށައަޅާފައިވާ ނުވަތަ ޢަމަލުކުރާ ފިޔަވަޅުތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަޙައްދީ ޖަމްޢިއްޔާ1 ޤާނޫނު
ދުރު ހިސާބުތަކަށް ހިޖުރަކުރާ މަހުގެ ސްޓޮކްތަކާއި، ޤައުމީގޮތުން މަސްވެރިކަން ބެލެހެއްޓޭ ސަރަޙައްދުގެ ތެރޭގައި އަދި މާކަނޑުގައިވެސް އުޅޭ މަހުގެ ސްޓޮކާއި، އަދި މާކަނޑުގައި އުޅޭ އެނޫން ބާވަތްތައް ޙިމާޔަތްކުރުމާއި، ބެލެހެއްޓުމާގުޅޭ ފިޔަވަޅުތައް އެކަށައެޅުމާއި، އަދި ބެލެހެއްޓުން ވިލަރެސްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ތިނެއް ނުވަތަ އެއަށްވުރެ ގިނަ ޤައުމުތައް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަންކުރާ އުޅަނދު1 ޤާނޫނު
މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ ޢާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ޙަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަންކުރުން1 ޤާނޫނު
:
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަމާ ގުޅުންހުރި ޙަރަކާތްތައް1 ޤާނޫނު
:
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން1 ޤާނޫނު
މި ޤާނޫނުގެ ތިން ވަނަ ބާބާ ގުޅިގެން މަސްވެރިކަން ރާވައި، ހިންގައި ބަލަހައްޓައި އަދި ތަރައްޤީކުރުމާގުޅޭ ޕްލޭނަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމަސްތުވާތަކެއްޗާބެހޭ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުމަޖިލިސް4 ޤާނޫނު
ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިޤްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށެވެ.]
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުރައްޔިތުންގެ މަޖިލީހަށެވެ. "ޢަމަލު" ކަމަށް ބުނެފައި އެވަނީ ކުށަކާގުޅޭގޮތުން، ވަކި ޢަމަލެއް ނުވަތަ ވަކި ޢަމަލުތަކެއް މެދުވެރިކޮށް ކުށް ކުރުމަށާއި، އަދި ބައެއް ޙާލަތުގައި ޢަމަލެއް ނުކޮށް ނުވަތަ ޢަމަލުތަކެއް ނުކޮށް ކުށެއްކުރުމަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި، ކޮމިޓީތަކާއި، މަޖިލީހުގެ ގެއާއި، އެ ގޭގެ ގޯތިތެރެއާއި މަޖިލީހުގެ ގޭގެ ސަރަޙައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަޙައްދު ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުރައްޔިތުންގެ މަޖިލީހަށެވެ.
ޤާނޫނު ނަންބަރު 2/2005 ގެ 21 ވަނަ މާއްދާވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުމަޖިލީހުގެ ރައީސް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ ރައީސަށެވެ.
ޤާނޫނު ނަންބަރު 2/2005 ގެ 21 ވަނަ މާއްދާވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުމަޖިލީހުގެ މުވައްޒަފެއް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުމަޖިލީހުގެ ގެ1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ ގެކަމަށް ބެލެވޭ ޢިމާރާތާއި، އެ ޢިމާރާތުގެ ގޯތިތެރެއާއި، ސަރަޙައްދުކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅާ ސަރަޙައްދު ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުމަޖުބޫރު ތަޢުލީމު1 ޤާނޫނު
މަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުގެ ކުދިންނަށް މި ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ދިނުމަށް ލާޒިމުކުރާ ތަޢުލީމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމަޖުބޫރު ތަޢުލީމު ލާޒިމުވާ ޢުމުރުގެ ކުދިން1 ޤާނޫނު
މި ޤާނޫނުގެ 14 ވަނަ މާއްދާގައި ބަޔާންކުރާ ޢުމުރުފުރާގެ ކުދިންނަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމަޝްހޫރު މާރކެއް1 ޤާނޫނު
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައި ނުވިނަމަވެސް، އެ މާރކަކީ ދިވެހިރާއްޖޭގައި މަޝްހޫރު މާރކަކަށްވެފައި، އެ މާރކްގެ ވެރިފަރާތަކީ ޕެރިސް ކޮންވެންޝަންގެ ނުވަތަ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ މެންބަރު ޤައުމެއްގެ ރައްޔިތެއް ނުވަތަ އެފަދަ ޤައުމެއްގައި ޢާންމުކޮށް ވަޒަންވެރިވެ ދިރިއުޅޭ، ނުވަތަ އެފަދަ ޤައުމެއްގައި އެ ފަރާތުގެ ވިޔަފާރި ޤާއިމުކޮށް ހިންގާ ފަރާތެއް ކަމުގައިވުމަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުމަޞްލަޙަތު ޙިމާޔަތްކޮށްދޭ ފަރާތް1 ޤާނޫނު
ޖިނާއީ ކުށަކާ ގުޅޭގޮތުން ސުވާލުކުރެވެމުންދާ މީހާ ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ކަމަށް އޭނާ ކަނޑައަޅާ، ޢުމުރުން 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުމަޢުލޫމާތު2 ޤާނޫނު
ކޮންމެ ބާވަތެއްގެ މަޢުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ތާރީޚެއްގައި އުފައްދާފައިވާ މަޢުލޫމާތެއް ކަމުގައިވީނަމަވެސް ނުވަތަ ކޮންމެ ފަރާތަކުން އުފައްދާފައިވާ މަޢުލޫމާތެއް ކަމުގައިވީނަމަވެސް، ކޮންމެ ވަސީލަތެއްގައި ރައްކާތެރި ކުރެވިފައިވާ މަޢުލޫމާތެއް ކަމުގައިވީނަމަވެސް ދައުލަތުގެ އިދާރާއަކުން ގެންގުޅޭ ނުވަތަ ބަލަހައްޓާ މަޢުލޫމާތުގެ ތެރެއިން ތިންވަނަ ފަރާތެއްގެ މިލްކަކަށްނުވާ ހަމަކޮންމެ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުއެއްވެސް ލިޔުމަކަށް، ވީޑިއޯއަކަށް، ފޮޓޯއަކަށް، ކުރެހުމަކަށް، ނުވަތަ އޯޑިއޯއަކަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުމަޢުލޫމާތު ބަލައިގަންނަ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ވިސްލްބްލޯކުރުމުގެ މަޢުލޫމާތު ބަލައިގަންނަ ފަރާތެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ފަރާތެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުމަޢުލޫމާތު ކަރުދާސް1 ޤާނޫނު
ޕެސްޓިސައިޑްގެ ލޭބަލްގައި ހިމެނޭ މަޢުލޫމާތުގެ ތަފްޞީލު ހިމެނޭ ކަރުދާހަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުމަޤާމަށް އެކަށޭނަ1 ޤާނޫނު
މަޤާމަކަށް ޢައްޔަންކުރުމާއި، ޢައްޔަންކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ހުށަހެޅޭ މަޤާމުގެ ބޭނުންވާ ޢިލްމީ ޤާބިލުކަމާއި، ތަޢުލީމީ ފާސް އޮތުމަށާއި، އެ މަޤާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ހުނަރާއި ޤާބިލުކަން ހުރުމަށާއި، މީހާގެ އަބުރުވެރިކަމަށާއި، މަސައްކަތުގެ އަޚްލާޤަށާއި، ސުލޫކަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމަޤާމު1 ޤާނޫނު
ފުލުހުންގެ ޚިދުމަތުގައި އެމީހަކު އަދާކުރާ ވަޒީފާއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމާރކްގެ ވެރިފަރާތް1 ޤާނޫނު
ނުވަތަ "ޓްރޭޑްމާރކްގެ ވެރިފަރާތް" ނުވަތަ "ޓްރޭޑްމާރކާގުޅޭ ޙައްޤުގެ ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޓްރޭޑްމާރކެއްގެ ވެރިފަރާތް ކަމުގައިވާ މީހާ ނުވަތަ ޤާނޫނީ ޝަޚްޞަކަށެވެ. ނުވަތަ އެ ޓްރޭޑްމާރކްގެ ހުއްދަ ނުވަތަ ލައިސަންސް އޮތް ފަރާތް ކަމުގައި ރަޖިސްޓަރީގައި ހިމަނާފައިވާ ފަރާތަށް، ނުވަތަ ލައިސަންސް ދޫކުރާ ފަރާތުން ޓްރޭޑްމާރކްގެ ޙައްޤު އޮތް ފަރާތަށް ވަކި ފަރުވާއެއް ހޯދުމުގެގޮތުން ކޯޓަށް ދިޔުމަށް އަންގައި ވަކި މުއްދަތެއް ދީފައިވަނިކޮށް، އެ މުއްދަތުގެ ތެރޭގައި މައްސަލަ ހުށަނާޅައިފިނަމަ، ލައިސަންސް ދޫކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުމާކެޓު1 ޤާނޫނު
ދިވެހިރާއްޖޭގައި މުދަލަކަށް އޮންނަ ބާޒާރަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުމާކެޓު ވެލިއު1 ޤާނޫނު
ދައުލަތުގެ ވިޔަފާރި ތަނެއް ވިއްކާލުމަށް އެއްބަސްވެވޭ ވަގުތު، އެތަނެއް ވިއްކާލެވިދާނެކަމަށް މާކެޓުގައި ބެލެވޭ އަގަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމާކެޓް ނުވަތަ ކަސްޓަމަރުން އެލޮކޭޓްކުރުން1 ޤާނޫނު
2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި މާކެޓް ނުވަތަ ކަސްޓަމަރުން ބައިކޮށް، ކޮންމެ ފަރާތަކަށްވެސް ޚިދުމަތްދެވޭނެ ވަކި ބައެއް ކަނޑައެޅުމަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުމާލިއްޔަތާބެހޭ ވުޒާރާ1 ޤާނޫނު
ދައުލަތުގެ މާލިއްޔަތާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމާލިއްޔަތާބެހޭ މިނިސްޓްރީ1 ޤާނޫނު
މާލީ ކަންކަމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 12/2026 ގެ 75 ވަނަ މާއްދާފަޅުރަށާއި ފަޅު ކުއްޔަށްދިނުމާބެހޭ ޤާނޫނުމާލީ ރަށްވެހި ބާޒާރު1 ޤާނޫނު
ދިވެހިރާއްޖޭގެ އެތެރޭގެ ބާޒާރު ނުވަތަ ޑޮމެސްޓިކް މާކެޓްގައި ފައިނޭންޝަލް އިންސްޓްރުމަންޓްތައް ގަނެވިއްކުމުގައި އުފެދޭ ބާޒާރަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމާލީ ކަންކަމަށް ޒިންމާވާ ވަޒީރު1 ޤާނޫނު
ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމާލީ އަހަރު7 ޤާނޫނު
1 ޖަނަވަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުކޮންމެ ސޮސައިޓީއެއްގެ ހިންގާ ގަވާއިދުގައި އެ ސޮސައިޓީއެއްގެ މާލީ އަހަރުކަމަށް ކަނޑައަޅާފައިވާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ 1 އިން ފެށިގެން ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭދުވަސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުމި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ އަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް ފުރަތަމަ އެކައުންޓިންގ މުއްދަތަށް، އަދި އޭގެ ފަހުން އަންނަ ކޮންމެ އަހަރެއްގެ 31 ޑިސެމްބަރުގެ ނިޔަލަށް އަންނަ 12 (ބާރަ) މަސް ދުވަހުގެ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނު1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނު1 ޖަނަވަރީން ފެށިގެން 31 ޑިސެންބަރުގެ ނިޔަލަށް ހިނގާ މުއްދަތަށެވެ. މި މުއްދަތު ގުނުމުގައި، އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުކޮންމެ މީލާދީ އަހަރެއްގެ 1 ޖެނުއަރީން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. މި މުއްދަތު ގުނުމުގައި އެ މުއްދަތުގެ ފެށޭ ދުވަހާއި ނިމޭ ދުވަސް ހިމެނެއެވެ.
މާލީ އަހަރުގެ އާމްދަނީ1 ޤާނޫނު
ކޮންމެ މާލީ އަހަރެއްގެ ތެރޭގައި ދައުލަތަށް ލިބޭ ޖުމްލަ އާމްދަނީގެ ތެރެއިން، ބޭރުގެ ފަރާތްތަކުން ދޭ އެހީއާއި ހަމައެކަނި އެއް ފަހަރު ލިބޭ އާމްދަނީ ނުހިމެނޭ ގޮތުން ދައުލަތަށް ލިބޭ އާމްދަނީއަށެވެ.
މާލީ އިދާރާ1 ޤާނޫނު
މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނުގެ ދަށުން ލައިސަންސްދޭ އިންސްޓިޓިއުޝަންތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގައި މާލީ އިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމާލީ އެއްވެސް މަޞްލަޙަތެއް ބޭއްވުން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، އެކަމަކުން އެމީހެއްގެ މުދާވެރިކަމަށް ނުވަތަ ފައިސާވެރިކަމަށް އިތުރު ތަނަވަސްކަމެއް ހޯދިދާނެ، ނުވަތަ އެ މީހެއްގެ މުދާވެރިކަން ނުވަތަ ފައިސާވެރިކަން ގެއްލުމަކުން ރައްކާތެރިވެވިދާނެ ކަމެއް ކުރުމަށެވެ.
މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުން1 ޤާނޫނު
އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުމާސްޓަރު1 ޤާނޫނު
މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ޙަވާލުވެފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމިނިވަން ކޮންޓްރެކްޓަރު1 ޤާނޫނު
މަސައްކަތް ޙަވާލުކުރާ ފަރާތެއްގެ މުވައްޒަފެއްކަމުގައި ނުވާ، ހަމައެކަނި ވަކި މަސައްކަތެއް ކުރުމަށް އެއްބަސްވުމެއްގެ ދަށުން މަސައްކަތުގެ ދާއިރާއާއި ތަފްޞީލުތަކާއި އުޖޫރަ ކަނޑައެޅިގެން މަސައްކަތް ޙަވާލުކުރާ ފަރާތަށް ސީދާ ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ޚިދުމަތެއް ނުވަތަ މަސައްކަތެއް ކޮށްދޭ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުމިނިވަން މުއައްސަސާތައް1 ޤާނޫނު
އޮޑިޓަރ ޖެނެރަލާއި، ޕްރޮސިކިއުޓަރ ޖެނެރަލާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ސިވިލް ސަރވިސް ކޮމިޝަނާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށެވެ. އަދި، އޭގެ އިތުރުންވެސް، މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި ޤާނޫނަކުން އުފައްދާ އެހެން ކޮންމެ މުއައްސަސާއެއް ނުވަތަ އިދާރާއެއް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުމިނިސްޓްރީ54 ޤާނޫނު
ކަނޑު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 69/78 ގެ 7 ވަނަ މާއްދާކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުއިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާއަށެވެ.]
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުއިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދައުލަތުގެ މާލިއްޔަތާބެހޭ ކަންތައްތައް ބެލެހެއްޓުމަށް އެއިރަކު ޙަވާލުކޮށްފައި ހުންނަ ވުޒާރާއަކަށެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުއެއިރަކަށް ޤައުމީ ކުތުބުޚާނާގެ ކަންތައްތައް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސާ މިނިސްޓްރީއަކަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމަށްޓަކައި ސަރުކާރުން ޙަވާލުކުރާ ވުޒާރާއަކަށެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުއެކުއަކަލްޗަރކުރުމުގެ ކަންކަން ހިމެނޭގޮތުން މަސްވެރިކަމުގެ އެންމެހައި ކަންކަމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރަކު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުޢިމާރާތްކުރުމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ މިނިސްޓްރީއަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ ޒިންމާ އެއިރަކު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނުނުވަތަ "ކުޅިވަރާބެހޭ ވުޒާރާ" ނުވަތަ "މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 30/2015 ގެ 54 ވަނަ މާއްދާދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނުޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ ޒިންމާ އުފުލާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުމީޑިއާގެ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުޞިއްޙަތާބެހޭ ކަންތައް ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުކޮންމެ ނަމަކުން މުޚާޠަބުކުރެވުނު ކަމުގައިވީނަމަވެސް، ސްޕެޝަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވަޒީރު ނިސްބަތްވާ ވުޒާރާއަށެވެ. އެފަދަ ވުޒާރާއެއް ނެތް ޙާލަތުގައި، ސްޕެޝަލް އިކޮނޮމިކް ޒޯނާގުޅޭ ދައުލަތުގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިގެންވާ ދައުލަތުގެ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުދާޚިލީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުމުއާޞަލާތީ ޚިދުމަތްތަކާބެހޭ ސިޔާސަތުތައް އެކަށައަޅައި، މުއާޞަލާތީ ޚިދުމަތްތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުދިވެހިރާއްޖޭގައި ދަނޑުވެރިކަމާބެހޭ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުޞިއްޙީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުމިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި އެ މިނިސްޓްރީގެ މަދަނީ ވައިގެ ދަތުރުފަތުރާބެހޭ ބަޔަކަށެވެ.
ޤާނޫނު ނަންބަރު 2/2001 ގެ 28 ވަނަ މާއްދާދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނުފެނާއި ނަރުދަމާގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުކަނޑު ދަތުރުފަތުރާބެހޭ އެންމެހައި ކަންކަން ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 35/2015 ގެ 5 ވަނަ މާއްދާޤާނޫނު ނަންބަރު 69/78 (ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުތަޢުލީމާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުދައުލަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުމޫސުމާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުރާއްޖޭގެ ތަފާސްހިސާބުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 17/2021 ގެ 19 ވަނަ މާއްދާޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުހަކަތައިގެ ދާއިރާގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގޯތި ގެދޮރާއި، ޢިމާރާތްތަކާއި، ބޯހިޔާވަހިކަމާގުޅޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުއެއްމެދު ޢިމާރާތާ ގުޅުންހުރި ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 33/2021 ގެ 128 ވަނަ މާއްދާއެއްމެދު ޢިމާރާތުގެ ޤާނޫނުމަޢުލޫމާތާއި މުއާޞަލާތުގެ ޓެކްނޮލޮޖީއާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުފަންނުވެރިކަން ޙިމާޔަތްކޮށް ދެމެހެއްޓުމާގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުސަރުކާރުގެ ޞިއްޙީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުޖަނަވާރުގެ ޞިއްޙަތާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުވަޒީފާ އަދާކުރުމާގުޅޭ ކަންކަން ތަންޒީމުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުޒަކާތާބެހޭ ކަންކަން ހިމެނޭގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުދައުލަތުގެ މާލީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުބިނާވެށި ޕްލޭންކުރުމާއި ހިންގުމާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުފޮރިން އިންވެސްޓްމަންޓާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 11/2024 ގެ 45 ވަނަ މާއްދާފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުމަސައްކަތްތެރިންނާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުވަޒީފާއާބެހޭ ކަންތައްތައް ރެގިއުލޭޓްކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުއިޤްތިޞާދީ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުތިމާވެއްޓާބެހޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުނުވަތަ "ކަމާބެހޭ ވުޒާރާ" ކަމަށް ބުނެފައި އެވަނީ، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ސިޔާސަތުތައް އެކަށައަޅައި، އެއްގަމާއި ކަނޑު ދަތުރުފަތުރާގުޅޭ ކަންކަން ބެލެހެއްޓުމަށް އެއިރެއްގައި ޙަވާލުކުރެވިފައިވާ ވުޒާރާއަށެވެ.
މިނިސްޓްރީ އޮފް ފިނޭންސް1 ޤާނޫނު
މާލީ ސިޔާސަތުތައް ތަންފީޛުކުރުމަށް އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުމިއުޗުއަލް ފަންޑު1 ޤާނޫނު
އިންވެސްޓްކުރާ ގިނަ ފަރާތްތަކެއް ގުޅިގެން އެހެން ކުންފުންޏެއްގެ ނުވަތަ ކުންފުނިތަކެއްގެ ހިއްސާ، ބޮންޑް، ނުވަތަ އެފަދަ އެހެންވެސް އެސެޓްތަކުގައި އިންވެސްޓްކުރުމަށްޓަކައި އުފައްދާފައިވާ ފަންޑަކަށް ނުވަތަ އިންވެސްޓްމަންޓް ކުންފުންޏަކަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމިޝަން1 ޤާނޫނު
މި ޤާނޫނާއި، "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" އާ އެއްގޮތްވާ ގޮތުގެމަތިން ޤާއިމުކުރާ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުމީހަކު5 ޤާނޫނު
ޠަބީޢީ ޝަޚްޞުތަކާއި ޤާނޫނީ ޝަޚްޞުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުއެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، މި ޤާނޫނުގެ ބޭނުމަށްޓަކައި، ޢުމުރުން 16 (ސޯޅަ) އަހަރާއި 18 (އަށާރަ) އަހަރާ ދެމެދުގެ ފިރިހެންކުދިންނާއި އަންހެންކުދިން ހިމެނޭ ގޮތުންނެވެ. އަދި ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ، އަދި 18 (އަށާރަ) އަހަރުން މަތީގެ ކޮންމެ ފިރިހެނަކާއި އަންހެނެއްވެސް ހިމެނޭގޮތުންނެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައިވާ ބިދޭސީން ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުތަބީޢީ ޝަޚްޞާއި ޤާނޫނީ ޝަޚްޞު ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުޤާނޫނީ ޝަޚްޞު ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. މީގެތެރޭގައި ވަކިފަރުދުންނާއި ކުންފުނިތަކާއި އަދި އެހެން ޤާނޫނެއްގައި ޝަޚްޞެއްކަމަށް ބަޔާންކުރެވިފައިވާ ތަންތަން ހިމެނެއެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދިވެއްސެއް ނުވަތަ ބިދޭސީއެއްކަމަށް ވީނަމަވެސް ޠަބީޢީ ޝަޚްޞާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ދިވެހިރާއްޖޭން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނަމަވެސް ޤާނޫނީ ޝަޚްޞު ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުމީހަކު ނުވަތަ ފަރާތެއް1 ޤާނޫނު
މަޖިލީހާއި މަޖިލީހުގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުމީހާ1 ޤާނޫނު
ނުވަތަ "މީހުން" ކަމަށް ބުނެފައިވަނީ، ޤާނޫނީ ޝަޚްޞުތައްވެސް ހިމެނޭގޮތަށެވެ.
މީހުން2 ޤާނޫނު
ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ބާރު ހިނގާ ސަރަޙައްދުގައިވާ ބިދޭސީން ހިމެނޭ ގޮތަށެވެ. އަދި ފަރުދުންނާއި ޤާނޫނީ ޝަޚްޞްތަކާއި، ޖަމްޢިއްޔާތަކާއި ކޮމިޓީތަކާއި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ޠަބީޢީ ނުވަތަ ޤާނޫނީ ޝަޚްޞަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ޙަވާލާދެވޭއިރު ޠަބީޢީ ޝަޚްޞާއި ޤާނޫނީ ޝަޚްޞު ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމީހުން ދިރިއުޅޭ ރަށް2 ޤާނޫނު
މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން އިޢުލާންކޮށް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ނުވަތަ އޭގެފަހުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގެ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ރަށްރަށާއި އިދާރީ ގޮތުން ހިންގުން ވަކިކުރެވިފައިވާ އަވަށްތަކަށާއި ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުމީހުން ރަށްވެހިވެ، ނުވަތަ ވަޒަންވެރިވެ، ރަޖިސްޓަރީވެގެން މީހުން ދިރިއުޅޭ ރަށްރަށަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުމީހެއް4 ޤާނޫނު
ނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ފަރުދުންނާއި، ކުންފުންޏާއި، ޕާޓްނަރޝިޕާއި، ކޯޕަރޭޓިވް ސޮސައިޓީއާއި އަމިއްލަ ވިޔަފާރި ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުނުވަތަ "ފަރުދެއް" ނުވަތަ "ފަރާތެއް" ކަމަށް ބުނެފައިއެވަނީ، ޠަބީޢީ ފަރުދަކަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުނުވަތަ "ފަރާތް" ކަމަށް ބުނެފައިއެވަނީ، ޠަބީޢީ ޝަޚްޞުތަކަށާއި ޤާނޫނީ ޝަޚްޞުތަކަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުނުވަތަ "ފަރާތް" ކަމުގައި ބުނެފައި އެވަނީ، ޠަބީޢީ ޝަޚްޞުތަކާއި ޤާނޫނީ ޝަޚްޞުތަކަށެވެ.
މީރާ4 ޤާނޫނު
ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ.
ޤާނޫނު ނަންބަރު 29/2016 ގެ 16 ވަނަ މާއްދާދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުމީރު ފެންފަށަލަ1 ޤާނޫނު
ޤުދުރަތީ ގޮތުން ރަށުގެ ބިމުގެ އަޑީގައި އުފެދިފައިވާ ފެނަށެވެ؛ ބިމުގެ ފެންފަށަލައިގެ ސަރަޙައްދުގެ ގޮތުގައި ބަލާނީ ބިމުގެ އަޑިން ފެން ހިލޭ ހިސާބުން ފެށިގެން، މޫދު ލޮނުގައި ލޮނުގެ މިންވަރު ނުވަތަ އިލެކްޓްރިކަލް ކޮންޑަކްޓިވިޓީ ހުންނަ މިންވަރަށް ވާސިލުވާ ހިސާބަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުމީރުފެން އުފައްދާ ޕްލާންޓް1 ޤާނޫނު
ލޮނުފެން ނުވަތަ ފެނުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމަށެވެ. މީރުފެން އުފައްދާ ނިޒާމުކަމަށް ބަލާނީ އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުމީޑިއާ2 ޤާނޫނު
ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މި ނޫންވެސް މި ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ އަގަކާ ނުލައި ލިބޭ ގޮތަށް ޗާޕްކޮށްގެންނާއި، އިންޓަރނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުމީޑީއާގައި ޝާއިޢުކުރުން1 ޤާނޫނު
ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަރެކްޓިވް ސީޑީ ނުވަތަ ވެބްސައިޓު ނުވަތަ ނޫސް ނުވަތަ މަޖައްލާއެއްގައި ކުރެހުމަށާއި، މަންޒަރު ދެއްކުމަށާއި، އަޑު ފޮނުވުމަށާއި، ލިޔުމަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުމުނިފޫހި ފިލުވައިދޭ މީހުން1 ޤާނޫނު
ސްޓޭޖް، ރޭޑިއޯ ނުވަތަ ޓެލެވިޜަން ނުވަތަ އިންޓަރނެޓްގެ ޒަރިއްޔާއިން ޙަރަކާތްތެރިވާ މީހުންނާއި، މިއުޒިކު ކުޅޭ މީހުންނާއި، ކުޅިވަރު ކުޅުންތެރިންނާއި، އެ ފަދަ ފަންނެއް ނުވަތަ މަސައްކަތެއްގައި ޙަރަކާތްތެރިވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 55 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުމުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން1 ޤާނޫނު
އަމިއްލަ ބޭނުމަށާއި އިޤްތިޞާދީ ގޮތުން މަންފާ ހޯދުމަށްޓަކައި ވިއްކުން، އެކްސްޕޯރޓުކުރުންފަދަ ބޭނުމެއް ނުހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ގޮތުންނާއި ކުޅިވަރެއްގެ ގޮތުން ކުރާ މަސްވެރިކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން، ސީދާ މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރަށް އަމާޒުކޮށްގެން އެއްވެސް ޙަރަކާތެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުމުރާޖަޢާ ކޮމިޓީ1 ޤާނޫނު
އިންފޮމޭޝަން އޮފިސަރު ނިންމާ ނިންމުން މުރާޖަޢާކޮށްދިނުންއެދި ހުށަހެޅުމުން އެކަން ބެލުމަށް ދައުލަތުގެ އިދާރާތަކުގައި ވެރިންގެ ފެންވަރުގައި ތިބި މީހުންގެ މަދުވެގެން 3 މީހުންގެ މައްޗަށް މި ޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެކުލަވާލެވޭ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުމުއައްސަސާ1 ޤާނޫނު
މި ޤާނޫނުގެ 24 ވަނަ މާއްދާގައި ބުނެފައިވާ އެންމެހާ މުއައްސަސާތަކާއި، އެ މުއައްސަސާއަކަށް އިންތިޚާބުވެފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ އެންމެހާ ފަރުދުންވެސް ހިމެނޭ ގޮތުގެމަތިންނެވެ.
ޤާނޫނު ނަންބަރު 13/2008 ގެ 17-2 ވަނަ މާއްދާއެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުމުއާޞަލާތު1 ޤާނޫނު
ހުށަހެޅުމެއް ހުށަހެޅުމާއި، އެ ހުށަހެޅުން ޤަބޫލުކުރުން ހިމެނޭގޮތުން، ދެފަރާތުން އެ ގޮތް އިޚްތިޔާރުކުރުމުގެ ސަބަބުން ނުވަތަ އެ ގޮތް އިޚްތިޔާރުކުރުމަށް ލާޒިމުވެގެން ދޭ ބަޔާނެއް ނުވަތަ ޑިކްލަރޭޝަނެއް ނުވަތަ ޑިމާންޑެއް ނުވަތަ ނޯޓިހެއް ނުވަތަ ރިކުއެސްޓަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުމުވައްޒަފު5 ޤާނޫނު
މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާ ވަގުތީ އަދި ދާއިމީ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުކުރިއަށް އޮތް ތަނުގައި އެ ވިޔަފާރިއެއްގައި މަސައްކަތްކުރުމަށް މަދުވެގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުމެއް ހަދާފައިވާ މުވައްޒަފުން ހިމެނޭ ގޮތަށް، އަދި ހަމައެކަނި ކަނޑައެޅޭ ވަކި ދުވަސްވަރެއްގައި ވަޒީފާއަދާކުރާ މުވައްޒަފުން ނުހިމެނޭ ގޮތަށް، ފުލްޓައިމްކޮށް ވަޒީފާއަދާކުރާ ދާއިމީ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އެހެން ފަރާތަކަށް ޚިދުމަތްކޮށްދޭ މީހުންނަށާއި، ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި، ޕާޓްނަރޝިޕްތަކުގެ ޕާޓްނަރުންނަށާއި، އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ޢައްޔަންކޮށްފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ދާއިމީ މަޤާމެއްގައި ހުރި ނަމަވެސް، ވަގުތީ މަޤާމެއްގައި ހުރި ނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަޤާމެއްގައި ހުރި ނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ޙަވާލުވެގެން ހުރި އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގެ މުޤާބިލެއް ދައުލަތުން ލިބޭ ކޮންމެ މީހަކަށެވެ. ޚިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން މުސްތަޤިއްލުކޮށް މަސައްކަތްކުރާ ކޮންޓްރެކްޓަރުންނެއް މި މާނައިގެ ތެރޭގައެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ވަޒީފާ އަދާކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުވަޒީފާއާބެހޭ ޤާނޫނުގައި އެ ލަފުޒު މާނަކޮށްފައިވާ ގޮތަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުމުދައްރިސް1 ޤާނޫނު
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތަޢުލީމާއި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމަށް ކިޔަވާ ކުދިންނަށް އުނގަންނައިދިނުމަށްޓަކައި ވަޒީފާދީފައިވާ މީހަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުމުދަލަށް ގެއްލުންދިނުން1 ޤާނޫނު
ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މުދަލަކަށް ނުވަތަ އެމީހާގެ މަޞްލަޙަތެއްއޮތް މުދަލަކަށް ގަސްދުގައި ގެއްލުމެއްދިނުމަށް ނުވަތަ ނައްތާލުމަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުމުދަލު ޒަކާތް1 ޤާނޫނު
މި ޤާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ޝަރުޠުތައް އެ މުދަލެއްގައި ފުރިހަމަވެއްޖެ ކޮންމެ މުދަލަކުން، މި ޤާނޫނުގައިވާ ގޮތުގެމަތިން ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމުދަލުން މުޢާމަލާތުކުރުން1 ޤާނޫނު
އަންނަނިވި ކަންކަން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުމުދާ5 ޤާނޫނު
އުފުލޭ މުދަލާއި، ނުއުފުލޭ މުދަލާއި، މުދަލަކާގުޅޭ ގޮތުން ލިބިދޭ ޙައްޤުތަކާއި، ވާޖިބުތަކާއި، އެ މުދަލެއް ބޭނުންކުރުމަށް ލިބިދޭ އިޚްތިޔާރާއި އިމްތިޔާޒު ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުއުފުލޭ މުދާ އަދި ނުއުފުލޭ މުދާ ހިމެނޭގޮތުންނެވެ. އަދި މުދަލުގެ މާނައިގައި، މުދަލަކުން މީހަކަށް ލިބިދޭ ޙައްޤުތަކާއި މުދަލަކުން މީހަކަށް ލިބިދޭ މަޞްލަޙަތުތަކާއި ފައިސާއާއި އެ މުދަލަށް މީހުން ކުރާ އިތުބާރު އަގުކުރެވޭ މިންވަރު ހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމާއްދީ މުދަލަށާއި، ފިކުރީ މުދާ ހިމެނޭގޮތުން ޣައިރު މާއްދީ މުދަލަށާއި، އުފުލޭ މުދަލަށާއި ނުއުފުލޭ މުދަލަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުހިފާ ގެންގުޅެވޭގޮތަށް ނުވަތަ އެނޫންވެސް ގޮތަކަށް، އަމިއްލަ ބޭނުންތަކަށް ވިއްކާ ތަކެއްޗަށެވެ. މީގެ ތެރޭގައި ޑިޖިޓަލް ފޯމްއެއްގައި ތައްޔާރުކުރެވިފައި ހުންނަ ސޮފްޓްވެއަރފަދަ ތަކެތި ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުމުދަލާއި، ފައިސާއާއި އެނޫންވެސް މަންފާ ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމުސާރަ2 ޤާނޫނު
މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފަނޑިޔާރުންގެ މުސާރައަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުޢިނާޔަތް ނުހިމެނޭގޮތުން، ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުމުސްކުޅިކުރުން1 ޤާނޫނު
ޢުމުރުން 70 އަހަރުވުމުން ކަނޑައަޅާ ޢިނާޔަތަކާ އެކު ވަޒީފާއިން ވަކިކުރާ ވަކިކުރުމަށާއި، އަމިއްލައަށް އެދިގެން ކަނޑައަޅާ ޢިނާޔަތަކާއެކު ވަޒީފާއިން ވަކިވާ ވަކިވުމަށާއި، ޞިއްޙީ ސަބަބަކަށްޓަކައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތިގެން ކަނޑައަޅާ ޢިނާޔަތަކާއެކު، ވަޒީފާއިން ވަކިކުރާ ވަކިކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުމުޖުތަމަޢުގެ މަޞްލަޙަތު އޮތުން1 ޤާނޫނު
މުޖުތަމަޢުގެ ބަޔަކަށް އެމަޢުލޫމާތަކުން ޙައްޤުނޫން ގެއްލުމެއް ނުވަތަ އުނިކަމެއް ލިބިދާނެ މަޢުލޫމާތާއި، މުޖުތަމަޢުގެބަޔަކު އެނގެން ބޭނުންވެދާނެ މަޢުލޫމާތާއި، ކަންބޮޑުވާ މަޢުލޫމާތާއި، މުޖުތަމަޢުގެ ބަޔެއްގެ ތެރޭގައި އެކަން ހިނގަމުންދާގޮތާބެހޭ މަޢުލޫމާތު އެނގިފައި އޮތުމަކީ، މުހިންމު ކަމެއްކަމަށް ބެލޭނެ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 15/2008 ގެ 36 ވަނަ މާއްދާމޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުމުޞައްނިފު1 ޤާނޫނު
އުފެއްދުމެއް އުފައްދާފައިވާ މީހާއަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުމުޢާހަދާ1 ޤާނޫނު
16 ސެޕްޓެންބަރު 1987 ގައި ކެނެޑާގެ މޮންޓްރިއަލްގައި ތަޞްދީޤުކުރެވުނު "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް އޯޒޯން ލެޔަރ" އަށެވެ.
ޤާނޫނު ނަންބަރު 41/2015 ގެ 15 ވަނަ މާއްދާއޯޒޯން ފަށަލަ ޙިމާޔަތްކުރުމަށް ފިޔަވަޅު އެޅުމާބެހޭ ޤާނޫނުމުޢާހަދާގެ ސެކްރެޓޭރިއަޓް1 ޤާނޫނު
މުޢާހަދާގެ 12 ވަނަ ބައިގައި ބަޔާންކުރާ މުޢާހަދާގެ ކަންކަން ކުރުމަށް ޙަވާލުކުރެވިފައިވާ ސެކްރެޓޭރިއަޓްއަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުމުޢާމަލާތުގެ ބައިވެރިން ޤާއިމުވެހުރި ތަން1 ޤާނޫނު
މުދަލެއް ނުވަތަ ޚިދުމަތެއް ވަގުތީގޮތުން ވަކި ސަރަޙައްދަކުން ފޯރުކޮށްދިނުން ނުހިމެނޭގޮތަށް، އިޤްތިޞާދީ ހިންގުމަށްޓަކައި، ޢާންމުގޮތެއްގައި ޤާއިމުވެ ހުންނަ ތަނަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުމޫސުމަށް އަންނަ ބަދަލު1 ޤާނޫނު
އިންސާނުންގެ ފުށުން، ސީދާގޮތުންނާއި ނުސީދާގޮތުން، ޖައްވަށް ބޭރުކުރެވޭ ވިހަގޭހުގެ މާއްދާތަކުގެ ސަބަބުން، ވަކި މުއްދަތެއްގައި، ދުނިޔޭގެ ޖައްވުގައި އެކުލެވޭ މާއްދާތަކަށް އަންނަމުންދާ ބަދަލުތަކަށާއި، އޭގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކާއި، އަދި ޤުދުރަތީގޮތުން އަންނަ މޫސުމީ ބަދަލުތަކަށެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުމެހެމާނުން1 ޤާނޫނު
މަޖިލީހުގެ މެންބަރުންނާއި، މަޖިލީހުގެ މުވައްޒަފުން ފިޔަވައި އެހެން ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުމެނިފެސްޓޯ1 ޤާނޫނު
ޕާޓީގެ އުސޫލުތަކާއި، ސިޔާސަތުތަކާއި، ޕާޓީގެ ފަރާތުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކާއި ކުރުމަށް ޤަޞްދުކުރާ ކަންތައްތަކަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނުމެނޭޖިންގ ޑިރެކްޓަރ1 ޤާނޫނު
ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޛުކުރުމާއި ދުވަހުން ދުވަހަށް ބޭންކު ހިންގުމުގެ މަސްއޫލިއްޔަތާ ޙަވާލުވެ ހުންނަ ފަރާތަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުމެންބަރ އިން ގުޑް ސްޓޭންޑިންގ1 ޤާނޫނު
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އެކައުންޓަންސީ އޯގަނައިޒޭޝަނަކުން އެ މެންބަރަކީ އެ އޯގަނައިޒޭޝަންގެ ސްޓޭންޑަޑްތަކާއި ސުލޫކީ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރަމުންދާކަން ކަށަވަރުކޮށްދީފައިވާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުމެންބަރު3 ޤާނޫނު
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރުންނަށެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް، ނުވަތަ އެ މަޖިލީހުގެ މެންބަރުންނަށެވެ. އަދި މި މާނަކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްވެސް ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުމި ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޢައްޔަނުކުރެވޭ މެންބަރަކަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުމެންބަރުން2 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށެވެ.
ޤާނޫނު ނަންބަރު 2/2005 ގެ 21 ވަނަ މާއްދާވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުއޮތޯރިޓީގެ ބޯޑު މެންބަރުންނަށެވެ.
މެކްރޯއިކޮނޮމިކް އަދި ފިސްކަލް އޮނިގަނޑު2 ޤާނޫނު
މެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، އެ ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމެކްރޯއިކޮނޮމިކް އަދި ފިސްކަލް އަންދާޒާތައް ބޭނުންކޮށްގެން، މި ދެބައިގެ އަންދާޒާތައް ބަޖެޓާއި އާމްދަނީއާ ގުޅުވައި، މެދުރާސްތާގެ ދައުލަތުގެ އަހަރީ ބަޖެޓު އެކުލަވާލުމުގައި ބޭނުންކުރާ މޮޑެލްއަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުމެކްރޯއިކޮނޮމިކް ޑޭޓާ1 ޤާނޫނު
އިޤްތިޞާދުގެ ޞިއްޙަތު ދެނެގަތުމަށް ޢާންމުކޮށް ބޭނުންކުރާ މިންގަނޑުތަކާ ގުޅޭ ހިސާބުގެ ޢަދަދުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުމެކްރޯއިކޮނޮމިކްސް1 ޤާނޫނު
އިޤްތިޞާދުގެ ޞިއްޙަތު ދެނެގަތުމަށް ޢާންމުކޮށް ބޭނުންކުރާ މިންގަނޑުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުމެކްސިމަމް ރެސިޑިއު ލެވެލް1 ޤާނޫނު
ދަނޑުވެރިކަމުން އުފައްދާ ތަކެތީގައި ޕެސްޓިސައިޑްގެ އަސަރު ހުންނަންޖެހޭ އެންމެ މަތީ މިންވަރަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުމެދުރާސްތާ3 ޤާނޫނު
މުސްތަޤުބަލުގައި މެދުނުކެނޑި އަންނަން އޮތް ތިން މާލީ އަހަރުގެ މުއްދަތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމުސްތަޤުބަލުގައި މެދުނުކެނޑި އަންނަން އޮތް ތިން މާލީ އަހަރުގެ މުއްދަތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
މެދުވެރިއެއް1 ޤާނޫނު
ވަކި ޑޭޓާ މެސެޖަކާ ގުޅޭގޮތުން، އެއްވެސް ފަރާތަކުން އެހެން ފަރާތެއްގެ ބަދަލުގައި، ޑޭޓާ މެސެޖު ފޮނުވައި، ލިބިގަނެ، ނުވަތަ ރައްކާކޮށް ނުވަތަ އެ ޑޭޓާ މެސެޖާގުޅޭ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުމެސެޖު އެޑްރެސްކޮށްފައިވާ ފަރާތް1 ޤާނޫނު
އޮރިޖިނޭޓަރު ފޮނުވި އިލެކްޓްރޯނިކް މުއާޞަލާތް ރައްދުކުރުމަށް އޮރިޖިނޭޓަރު ޤަޞްދުކުރާ ފަރާތަކަށެވެ. ނަމަވެސް، އެ މާނައިގެ ތެރޭގައި، އެ އިލެކްޓްރޯނިކް މުއާޞަލާތާ ގުޅިގެން މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުމެޑިކަލް ރެކޯޑު1 ޤާނޫނު
ޞިއްޙީ ޚިދުމަތް ލިބިގަންނަ މީހުންގެ ޒާތީ މަޢުލޫމާތާއި ކުރެވޭ ތަޙްލީލުތަކުގެ ނަތީޖާތަކާއި ހޯދުންތަކާއި ދެވޭ ފަރުވާ ހިމެނޭ ގޮތުން ޚިދުމަތް ދިނުމުގެ ތެރޭގައި ބަލިމީހާއާ ބެހޭގޮތުން ކަރުދާހުގައި ނުވަތަ އިލެކްޓްރޯނިކްކޮށް ރެކޯޑުކުރެވޭ އެންމެހައި މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުމޭޖަރ ޙިއްޞާދާރެއް3 ޤާނޫނު
ޤާނޫނީގޮތުން ވަކި ޝަޚްޞެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އެމް.އެމް.އޭ އަށް ޤަބޫލުކުރެވޭގޮތުގައި އެ ޝަޚްޞެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުޤާނޫނީ ޝަޚްޞެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ޙައްޤުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާ ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ޤަބޫލުކުރެވޭ ގޮތުގައި އެ ޝަޚްޞެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޤާނޫނީގޮތުން ވަކި ޝަޚްޞެއްގެ ރައުސްމާލުގެ ނުވަތަ ވޯޓުދިނުމުގެ ބާރުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ޤަބޫލުކުރެވޭ ގޮތުގައި އެ ޝަޚްޞެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުމޮނިކޮން1 ޤާނޫނު
މޮނިޓަރ ކުރުމާއި ކޮންޓްރޯލްކުރުމަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުމޮނިޓަރ1 ޤާނޫނު
މީހަކު އުޅޭނޫޅޭގޮތް ބަލަމުން ގެންދިއުމަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުމޮޑިފައިޑް އޮޑިޓް އޮޕީނިއަން1 ޤާނޫނު
އިންޓަރނޭޝަނަލް އޮޑިޓް ސްޓޭންޑަރޑް ތަކުގައި މޮޑިފައިޑް އޮޕީނިއަންގެ ގޮތުގައި ބަޔާންކޮށްފައިވާ "ޑިސްކްލޭމަރ އޮފް އޮޕީނިއަން" ނުވަތަ "ކޮލިފައިޑް އޮޕީނިއަން" ނުވަތަ "އެޑްވާންސް އޮޕީނިއަން" އަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމޯލްޑިވްސް ކަސްޓަމްސް ސަރވިސް1 ޤާނޫނު
ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުމޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ1 ޤާނޫނު

ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމޯލްޑިވްސް މަނިޓަރީ އޮތޯރިޓީ2 ޤާނޫނު
ޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޤާނޫނު ނަންބަރު 6/81 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު 1981) ގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ1 ޤާނޫނު
ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ޤާއިމުކޮށްފައިވާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުމޯލްޑިވްސް ޒަކާތު ހައުސް1 ޤާނޫނު
ނުވަތަ "ޒަކާތު ހައުސް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން އުފައްދާ މޯލްޑިވްސް ޒަކާތު ހައުސްއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުމޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް1 ޤާނޫނު
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގައި ބަޔާންކުރާ އޮފީހަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުފ
ފަހަތުން ހިނގުން1 ޤާނޫނު
ތަކުރާރުކޮށް ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ފަހަތުން ތަކުރާރުކޮށް ހިނގުމާއި އޭނާ ދާތަނަކަށް ދިޔުމާއި އޭނާއާ ކުރިމަތިލުމާއި ގޯނާކުރުން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުފަހުން ބޭނުންކުރުމަށް ވާސިލުވެވޭ ގޮތަށް ހުރުން1 ޤާނޫނު
މަޢުލޫމާތެއް ރައްކާކުރެވިފައިވާ ވަސީލަތަކުން އެ މަޢުލޫމާތެއް ހޯދައި، ނަގައި، ބެލޭނެ، އަދި ފަހުން އޭގެ ކޮޕީއެއް ހައްދައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އެ މަޢުލޫމާތު ރިކޯޑުކުރެވޭނެ ނުވަތަ ނަކަލުކުރެވޭނެ ގޮތަކަށް އެ ވަސީލަތެއްގައި އެ މަޢުލޫމާތު ހުރުމަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުފަށާ ތަޢުލީމު1 ޤާނޫނު
ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 1 (އެކެއް) އިން ފެށިގެން ގްރޭޑް 6 (ހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތަޢުލީމުގެ މަރުޙަލާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުފަނާކުރަނިވި މާއްދާ1 ޤާނޫނު
ގޮވާތަކެއްޗަށާއި، އަލިފާންރޯވެދާފަދަ ތަކެއްޗަށެވެ. އޭގެ ތެރޭގައި ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި ، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުފަންނާނުން1 ޤާނޫނު
ލަވަ ކިޔާމީހުންނާއި މިޔުޒިކް ކުޅޭމީހުންނާއި އަދި މިނޫނަސް ތަމްސީލުގެ ޙަރަކާތްތައް ދައްކައި ހުށަހަޅާ ހަދާ މީހުންނާއި މީގެ އިތުރުންވެސް އެހެނިހެން އަދަބީ އަދި ޘަޤާފީ ޙަރަކާތްތައް ދައްކައިދޭ މީހުންނަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުފަންނީ އުފެއްދުން1 ޤާނޫނު
މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަޑު ހިމަނައިގެން ނުވަތަ އަޑު ނުހިމަނާ އުފައްދާ ހުރިހާ ބާވަތެއްގެ ޙަރަކާތްކުރާ ނުވަތަ ޙަރަކާތްނުކުރާ ފޮޓޯ، ނުވަތަ ކުރެހުން ހުންނަ އުފެއްދުންތަކަށާއި، ފޮތަށާއި، ޅެމަށާއި، ލަވައަށާއި، ޑްރާމާއަށާއި ތަމްސީލަށާއި، ނެށުމަށާއި، ސްޓޭޖްޝޯވފަދަ އުފެއްދުންތަކުގެ ތެރެއިން، ބްރޯޑްކާސްޓިންގ ނުވަތަ ވެބް ސްޓްރީމިންގ ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް، ނުވަތަ އެނޫންވެސް ގޮތަކަށް ޢާންމުކުރާ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުފަންކްޝަނަލް އިކުއިވެލަން1 ޤާނޫނު
ކަރުދާހުން ކުރެވޭ މުޢާމަލާތްތަކާ އެއްހަމައަކުން އަދި އެއްގޮ ތަކަށް އިލެކްޓްރޯނިކް މުޢާމަލާތްތަކާ މެދުގައިވެސް ޢަމަލުކުރުމުގެ އުޞޫލަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުފަނޑިޔާރު4 ޤާނޫނު
ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ބަލައި ޙުކުމް ކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުމަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައި ފަނޑިޔާރުން ކަމަށް މާނަކޮށްފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުފަނޑިޔާރުން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ސުޕްރީމްކޯޓާއި، ހައިކޯޓާއި، ދަށުކޯޓުތަކުގައި ޝަރީޢަތްކުރުމަށްޓަކައި މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތީން ޢައްޔަންކުރާ މީހުންނަށެވެ.
ފަރާތެއް1 ޤާނޫނު
މީހުންނާއި ޤާނޫނީ ޝަޚްޞު ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުފަރާތް5 ޤާނޫނު
މީހަކު ނުވަތަ ކުންފުންޏެއް، ނުވަތަ ޤާނޫނީގޮތުން، ނުވަތަ އެނޫން ގޮތަކުންވެސް އުފައްދާފައިވާ ޖަމާޢަތެއް، ނުވަތަ ޖަމްޢިއްޔާއެއް ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުވަކި ފަރުދެއް، ކުންފުންޏެއް، ޕާޓްނަރޝިޕެއް، ޓްރަސްޓެއް އަދި ޖަމާޢަތެއްވެސް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނީ ގޮތުން ވަކި ނަމެއްގައި މީހަކު ނުވަތަ ބަޔަކު ސަރުކާރުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުންފުނި ޖަމްޢިއްޔާ ޖަމާޢަތްފަދަ ހުރިހާ ތަންތަނާއި ވަކިވަކި ފަރުދުން ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުވަކިވަކި ފަރުދުންނާއި ޤާނޫނީ ޝަޚްޞުތައްވެސް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުފަރުދުންނާއި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކާއި ޓްރަސްޓުތަކާއި ޖަމްޢިއްޔާތައްވެސް ހިމެނޭ ގޮތުންނެވެ. އެހެން ނަމަވެސް، މި ޤާނޫނުގެ 54 ވަނަ މާއްދާ ފިޔަވައި ދެން ހުރި މާއްދާތަކުގެ ބޭނުމަށް، މި މާނައިގެ ތެރޭގައި ދިވެހިސަރުކާރުގެ އެއްވެސް އިދާރާއެއް ނުވަތަ ދައުލަތުގެ އެއްވެސް އޮފީހެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުފަރުދެއް1 ޤާނޫނު
ޠަބީޢީ ފަރުދަކަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުފަރމް2 ޤާނޫނު
އެކައުންޓަންސީ، އޮޑިޓް އަދި އެ ދާއިރާއާ ގުޅޭ އެހެނިހެން ޙިދުމަތްދޭ ވިޔަފާރިތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުޤާނޫނު ނަންބަރު 13/2020 (ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ޒ) ގައި ބަޔާންކުރާ އެކައުންޓެންސީ ފަރމެއް ނުވަތަ އޮޑިޓް ފަރމެއް ނުވަތަ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ ލޯ ފަރމަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުފައިނޭންސް ލީސް1 ޤާނޫނު
މުދަލެއްގެ މިލްކުވެރިކަމާ ގުޅިފައިވާ ރިސްކާއި ރިވޯޑު އެއްކޮށްހެން ކުއްޔަށް ހިފާ ފަރާތަށް ބަދަލުވާ ކޮންމެ ލީސްއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުފައިނޭންޝަލް ނުވަތަ ސިސްޓަމިކް ބޭންކިންގ ކްރައިސިސް1 ޤާނޫނު
ކަމަށް ބުނުފައިއެވަނީ ދައުލަތުން އެކަމަށް ފިޔަވަޅެއް އަޅަން ޖެހޭ ފަދަ ގޮތަކަށް ގިނަ ބޭންކް ނުވަތަ މާލީ އިދާރާތަކުގެ ރައުސުލްމާލަށް އާދަޔާ ޚިލާފު ހީނަރުކަމެއް މެދުވެރިވެދާނެ ޙާލަތެއް މެދުވެރިވުމަށެވެ.
ފައިނޭންޝަލް ކޮންޓްރޯލަރ1 ޤާނޫނު
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން ޢައްޔަންކުރެވޭ މީހަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުފައިނޭންޝަލް އިންސްޓްރުމަންޓްތައް1 ޤާނޫނު
ދޭސީ އަދި ބިދޭސީ ކުންފުނިތަކުގެ ޙިއްޞާ، ކުންފުނިތަކުގައިވާ ޙިއްޞާތަކާ އެއްފަދަ އެހެން ސެކިއުރިޓީޒްއާއި ބޮންޑް، ކެޕިޓަލް މާރކެޓްގައި އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ އެހެނިހެން ޑެޓް އިންސްޓްރުމަންޓް، އަދި ސަބްސްކްރައިބްކޮށްގެން ނުވަތަ ގަނެގެން ނުވަތަ ބަދަލުކޮށްގެން އެފަދަ ޙިއްޞާ ނުވަތަ ބޮންޑް ނުވަތަ ސެކިއުރިޓީޒް ލިބިގަތުމުގެ ޙައްޤު ލިއްބައިދޭ، ނުވަތަ ފައިސާ ލިބިގަތުމުގެ ޙައްޤު ލިއްބައިދޭ، ޢާންމު ގޮތެއްގައި ޑީލްކުރާ އެހެނިހެން ސެކިއުރިޓީޒްތަކަށެވެ. މީގެ ތެރޭގައި ޕޭމަންޓް އިންސްޓްރުމަންޓްތަކެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް ކަލެކްޓިވް އިންވެސްޓްމަންޓް އަންޑަޓޭކިންގއާއި މަނީ މާކެޓް އިންސްޓްރުމަންޓްތަކާއި އަދި އިސްވެ ބުނެވިދިޔަ ބާވަތަކާ ގުޅޭގޮތުން އުފުލޭ ޙައްޤުތައް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުފައިސާ1 ޤާނޫނު
ދިވެހިރާއްޖޭގެ ފައިސާގެ ގޮތުގައި ބޭނުންކުރާ (އޭގެ ތެރޭގައި ނޫޓާއި ފައިސާ ފޮތި ހިމެނޭ) ފައިސާ އަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުފައިސާގެ ބަދަލު1 ޤާނޫނު
ގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހާ، އޭނާ ހިންގި ގެވެށި އަނިޔާގެ ޢަމަލުގެ ސަބަބުން އެ އަނިޔާ ލިބުނު މީހާއަށް ލިބުނު ޖިސްމާނީ ގެއްލުމަށާއި ނަފްސާނީ ގެއްލުމަށް ފައިސާގެ ބަދަލު ނަގައިދިނުމަށް މި ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ގެވެށި އަނިޔާގެ ޢަމަލު ހިންގި މީހާގެ މައްޗަށް އަމުރުކޮށް ނެރޭ ކޯޓު އަމުރު މެދުވެރިކޮށް، ނަގައިދޭ ބަދަލަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތް1 ޤާނޫނު
އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއްގައި، އެ ރިޒޯޓުގެ ޑިވެލޮޕަރާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ފަތުރުވެރިކަމުގެ ވަކި ވިޔަފާރިއެއް ޤާއިމުކޮށް ހިންގާ ވަކި އިންވެސްޓަރަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 16-1 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުފަތުވާ1 ޤާނޫނު
ޝަރުޢީ ޙުކުމަކާ ގުޅޭގޮތުން، އެއަށް ދެވޭ ދީނީ ލަފައަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުފަސޭހައިން އަމިއްލަ ޒާތުގައި ހުޅުހިފާ ތަކެތި1 ޤާނޫނު
އެ ތަކެތި އުފުލުމުގެ ތެރޭގައި ޢާންމު ފިނިހޫނުމިނުގައި ނުވަތަ ޕްރެޝަރުގައި އަމިއްލަ ޒާތުގައި ހޫނުމިން މަތިވުމުން ނުވަތަ ވައިގެ ތެރޭގައި ހޫނުމިން މަތިވުމުން ފަސޭހައިން އަލިފާންހިފާ ޒާތުގެ ތަކެތި ނުވަތަ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު ތަކެތި1 ޤާނޫނު
ގޮވާތަކެތީގެ ތެރޭގައި ނުހިމެނޭ، އެއާ އެއްވެސް ކެމިކަލެއް ނުވަތަ މަޢުދަނެއް އެކުވުމަކާ ނުލައި، ނުވަތަ ވަށައިގެންވާ މާޙައުލުން އެ އެއްޗެއްގެ ބަރުދަނަށް ނުވަތަ ބޯމިނަށް ނުވަތަ ޕްރެޝަރަށް ބަދަލެއް ގެނައުމަކާ ނުލައި، އަލިފާން ރޯކުރުމަށް ބޭނުންކުރާ ނުވަތަ ހުޅު ރޯވާ އެއްޗެއް މެދުވެރިކޮށް ފަސޭހައިން އަލިފާންހިފާ ޒާތުގެ ހަރު މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުފާސްކުރާ ބަޖެޓު1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 78 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މާލީ އަހަރަކަށް ކަނޑައެޅިފައިވާ ބަޖެޓާއި ހިނގަމުންދާ ބަޖެޓަކަށް އިތުރުކުރުމަށް ކަނޑައެޅޭ ފައިސާ އަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުފާޚާނާ1 ޤާނޫނު
މީހުން ފާޚާނާކުރުމަށްޓަކައި، އެއް ކޮޓަރި ނުވަތަ އެއަށްވުރެ ގިނަ ކޮޓަރި ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ، ޢާންމުކޮށް ވަދެވޭގޮތަށް ހުޅުވާލާފައިވާ ތަންތަނަށާއި މޫނު ދޮވުމާއި ފާޚާނާކުރުމުގެ ޚިދުމަތް ދޭ އެފަދަ ކޮޓަރިތަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުފިރިހެނުން1 ޤާނޫނު
އެމީހެއްގެ ޢުމުރަށް ނުބަލައި، ފިރިހެނުންނާއި ފިރިހެން ކުދިންނަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުފިކުރީ މުދަލާގުޅޭ ކަމާބެހޭ ޤާނޫނު1 ޤާނޫނު
އެކި ބާވަތްތަކުގެ ފިކުރީ މުދަލާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޚާއްޞަ ޤާނޫނުތަކުގެ ތެރެއިން ކަމާބެހޭ ޤާނޫނަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުފިކްސޭޝަން1 ޤާނޫނު
އޭގެ އަސަރު އިހުސާސްކުރެވޭނެ ނުވަތަ އަލުން އުފެއްދިދާނެ ނުވަތަ ކޮންމެވެސް ވަސީލަތަކުން ޓްރާންސްމިޓް ކުރެވިދާނެގޮތަށް އެއްކޮށްލެވިފައިވާ އަޑުތަކެއް ނުވަތަ އެއަޑު ތަމްސީލުކުރާނެ އުފެއްދުމަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުފިތުނަފަސާދަ1 ޤާނޫނު
ސިފައިންގެ މީހުންގެ މެދުގައި ދައްކާ ވާހަކައަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ ޢަމަލަކުން ނުވަތަ އިޝާރާތަކުން ވިއަސް ފިތުނަފަސާދަ ނުވަތަ ހަމަނުޖެހުން އުފެއްދުން ނުވަތަ އުފައްދަން ކުރާ މަސައްކަތަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުފިލްމު1 ޤާނޫނު
ފިލްމެއް ނުވަތަ ވީޑިއޯ ރެކޯޑިންގއެއް ނުވަތަ ފަހުން ދެއްކުމަށްޓަކައި ރެކޯޑުކުރެވިފައިވާ ވިޝުއަލް މޫވިންގ އިމޭޖްތަކެއްގެ މައްޗަށް އެކުލެވޭ އެނޫންވެސް ރެކޯޑިންގއަށެވެ. އޭގެ ތެރޭގައި، ފިލްމެއްގެ ބައެއް ނުވަތަ ފިލްމެއްގެ ކޮޕީއެއް ނުވަތަ ފިލްމެއްގެ ބައެއްގެ ކޮޕީވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުފިސްކަލް ނިޒާމު1 ޤާނޫނު
ދައުލަތުގެ އާމްދަނީއާއި ޚަރަދާއި ދަރަންޏާ ގުޅުންހުރި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް ކަންކަން1 ޤާނޫނު
ދައުލަތުގެ ބަޖެޓުގެ ސިޔާސަތާގުޅޭ ކަންކަމަށެވެ.
ފިސްކަލް އަންދާޒާތައް1 ޤާނޫނު
ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޚަރަދާއި ޚަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކަށް، މެދުރާސްތާއަށް ކޮށްފައިވާ އަންދާޒާތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް އަމާޒުތައް1 ޤާނޫނު
އިޤްތިޞާދީ ވިލުންވެރިކަން އިތުރުކުރުމާއި، މާލީ ހަމަޖެހުން ގެނައުމާއެކު، ދެމެހެއްޓެނިވި ގޮތަކަށް ދައުލަތުގެ މާލިއްޔަތު ކުރިއެރުވުމަށް ފިސްކަލް ޒިންމާގެ ޗާޓަރުގައި 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަކަށް ކަނޑައަޅާ އަމާޒުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް އިމްޕެކްޓް އެނެލިސިސް1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކަށް ޢަމަލުކުރަން ފެށުމުގެ ސަބަބުން ނުވަތަ އެ މަޖިލީހުން ނިންމާ ނިންމުމެއް ތަންފީޛުކުރުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާނެ ގޮތުން، މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކުރާ ފިސްކަލް ޕޮލިސީގެ ހަމަތަކަށާއި، ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އެ އަމާޒުތައް އެގޮތުގައި ދެމެހެއްޓޭނެ ގޮތްތައް އަންގައިދިނުމުގެ ގޮތުން މި ޤާނޫނުގެ 36 ވަނަ މައްދާގެ ދަށުން ތައްޔާރުކުރާ ރިޕޯޓަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް ސްޓްރެޓަޖީ1 ޤާނޫނު
ފިސްކަލް ޒިންމާގެ ޗާޓަރުގައި ކަނޑައަޅާފައިވާ ފިސްކަލް އަމާޒުތައް މެދުރާސްތާގައި ޙާޞިލުކުރުމަށް ސަރުކާރުން ރާވާފައިވާ ގޮތުގެ ތަފްޞީލާއި، ފިސްކަލް ޕޮލިސީ ތަންފީޛުކުރުމަށް ރާވާފައިވާ ގޮތަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް ޑޭޓާ1 ޤާނޫނު
ހިނގަމުންދާ އަދި ފާއިތުވި އަހަރުތަކުގެ ދައުލަތުގެ އާމްދަނީއާއި އާމްދަނީ ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޚަރަދާއި ޚަރަދު ބެހިގެންވާ ބައިތަކާއި، ދައުލަތުގެ ޖުމްލަ ދަރަންޏާއި ދަރަނި ބެހިގެންވާ ބައިތަކުގެ ހިސާބު ޢަދަދުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިސްކަލް ޕޮލިސީ1 ޤާނޫނު
މެދުރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓަޖީގައި ބަޔާންކުރާ ދައުލަތުގެ އާމްދަނީއާއި، ޚަރަދާއި، ދަރަނީގެ ސިޔާސަތުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން1 ޤާނޫނު
މި ޤާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ޕްލޭނިންގ އިދާރާތަކުން އެކުލަވާލާ ޕްލޭނަށް ނުވަތަ ޕްލޭންތަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުފިޔަވަޅު1 ޤާނޫނު
ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކުރެވިފައިވާ ޝަކުވާއެއް، ނުވަތަ އެއިން ފަރާތެއްގެ ޢަމަލުތަކާމެދު ބަލައި ބެލުމަކުން ނިންމޭ ނިންމުމަކަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުފިޔަވަޅު އެޅުން1 ޤާނޫނު
މި ޤާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، މި ޤާނޫނުގައިވާ ގޮތުގެމަތިން، ބަދަލު ނަގައިދިނުމުގެ ގޮތުން ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުފިޠުރު ޒަކާތް1 ޤާނޫނު
މި ޤާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ޝަރުޠުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ޤާނޫނުގައިވާ ގޮތުގެމަތިން ފިޠުރު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ގޮވާމުގެ ބާވަތްތައް ނުވަތަ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުފީނުމުގެ ޚިދުމަތްދޭ ތަންތަން1 ޤާނޫނު
ޑައިވިންގ ސްކޫލާއި، ޑައިވިންގ ބޭހާއި، ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށްޓަކައި ދިވެހިރާއްޖޭގައި ފީނުމުގެ ޚިދުމަތްދޭ މިނޫންވެސް ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުފުލުހުން2 ޤާނޫނު
ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) ގެ ދަށުން ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުގެ މާނައަކީ ފުލުހުންގެ ހުވާ ކޮށްފައިތިބި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނެވެ.
ފުލުހުންގެ އިދާރާ1 ޤާނޫނު
މާލޭގައިނަމަ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށެވެ. ރާއްޖޭގެ ރަށެއްގައިނަމަ، އެ ރަށެއްގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ. ރާއްޖޭގެ ރަށެއްގައި ފުލުހުންގެ މަރުކަޒެއް ނެތްނަމަ، އެ ރަށަކާ އެންމެކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުފުލުހުންގެ މަރުކަޒު1 ޤާނޫނު
ފުލުހުންގެ ޚިދުމަތް ދިނުމަށް އުފައްދައި ހިންގާ ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުފުޑް އެޑިޓިވް1 ޤާނޫނު
އެ އެއްޗެއްގެ ޒާތުގައި އެ އެއްޗަކީ ޢާންމުކޮށް ކައިބޮއި ހެދުމަށް ބޭނުންކުރާ އެއްޗަކަށް ނުވެފައި، އަދި ކާބޯތަކެތި ތައްޔާރުކުރުމުގައި ޢާންމު ގޮތެއްގައި ބޭނުންނުކުރާ ބާވަތެއް ކާބޯތަކެތި އުފެއްދުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ތައްޔާރުކުރުމުގެ ނުވަތަ ބަންދުކޮށް އުފުލައި ހެދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުމަށް ކާބޯތަކެއްޗަށް އެއްކުރާ އެއްޗަކަށެވެ. އަދި މިގޮތަށް ކާބޯތަކެއްޗަށް އެއްކުރާ ފުޑް އެޑިޓިވްއެއްގައި ޞިއްޙީ މަންފާއެއް ހުރުން ލާޒިމުނުވި ނަމަވެސް، ފުޑް އެޑިޓިވް ނުވަތަ އޭގެ ބައިޕްރޮޑަކްޓްތައް ކާނާގެ ބަޔަކަށް ނުވަތަ އެހެންވެސް ގޮތަކުން ކާނާގެ އަސްލަށް ބަދަލުގެނެސްދޭ ނުވަތަ ބަދަލެއް ގެނައުމަށް އެކަށީގެންވާ ކޮންމެ އެއްޗެކެވެ. ކާބޯތަކެތީގައި ހިމެނޭ ޞިއްޙީ މަންފާ އިތުރުކުރުމަށް އެއްކުރާ ތަކެއްޗާއި ކޮންޓެމިނަންޓްތައް މީގެ ތެރެއަކު ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުފޫޅުމައިން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ސިއްހީ އެހީތެރިންނާއި، މިނޫންވެސް މީހުން ވިއްސުމުގެ ހުއްދަ މިނިސްޓްރީ އޮފް ހެލްތުން ދެއްވާފައިވާ އެންމެން ހިމެނޭ ގޮތުގެ މަތިންނެވެ.
ޤާނޫނު ނަންބަރު 7/92 ގެ 16 ވަނަ މާއްދާއުފަންވުން ރަޖިސްޓަރީ ކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މަރުވާ މީހުންގެ މަރު ސާބިތު ކުރުމާބެހޭ ޤާނޫނުއުވާލާފައިފެނާ އެކުވުމުން ހުޅުހިފާ، ނުވަތަ ހުޅުހިފާ ޒާތުގެ ގޭހެއް އުފައްދާ ތަކެތި1 ޤާނޫނު
އެ ތަކެތި ނުވަތަ މާއްދާ ފެނުގައި ޖެހުމުން އޭގެ އަމިއްލަ ޒާތުގައި ހުޅު ރޯވާ، ނުވަތަ ހުޅު ރޯވާފަދަ ގޭހެއް އުފައްދާ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުފެނުގެ ވަސީލަތްތައް1 ޤާނޫނު
ޤުދުރަތީ ގޮތުން ދިވެހިރާއްޖޭގައި ހުރި ފެނުގެ ބާވަތްތަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުފެނުގެ ޚިދުމަތް1 ޤާނޫނު
ޢާންމު ބޭނުންތަކަށާއި، ވިޔަފާރިތަކުގެ ބޭނުމަށާއި، އަދި ޞިނާޢީ ބޭނުންތަކަށް ފެން އުފައްދާ ފޯރުކޮށްދޭ ފެނުގެ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުފެން އުފެއްދުން1 ޤާނޫނު
ލޮނުފެން، ވާރޭފެން ނުވަތަ ބިމުގެ އަޑިން ފެން ނަގައިގެން ޓެކްނޮލޮޖީގެ އެހީގައި، ބުއިމަށާއި، ޢާންމު ބޭނުންތަކަށް ފެން އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުފެކްޓަރީ1 ޤާނޫނު
އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ1 ޤާނޫނު
ޢާއިލާގެ ގުޅުންތައް ޤައުމީ ފެންވަރުގައި އިޞްލާޙުކޮށް ރައްކާތެރިކޮށްދީ ތަންފީޒުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިނގާ ޤައުމީ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުފެލޯ1 ޤާނޫނު
ފެލޯ މެންބަރެއްގެ ގޮތުގައި އިންސްޓިޓިއުޓްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު2 ޤާނޫނު
ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އާއި، ބިދޭސީން ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ގުޅިގެން ހުއްދަ ދޫކުރުމަށް ކަނޑައެޅޭ އެނޫންވެސް ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އާއި، ބިދޭސީން ދިވެހިރާއްޖޭގައި ކުރާ ފޮރިން އިންވެސްޓްމަންޓާ ގުޅިގެން ހުއްދަ ދޫކުރުމަށް ކަނޑައެޅޭ އެނޫންވެސް ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 20/2019 ގެ 11 ވަނަ މާއްދާޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުފޮރިން އިންވެސްޓްމަންޓް2 ޤާނޫނު
ކަނޑައެޅިފައިވާ ވަކި މަޝްރޫޢެއް ހިންގުމަށް ނުވަތަ ކަނޑައެޅިފައިވާ ވަކި މަސައްކަތެއް ކުރުމަށް ނުވާގޮތަށް، ދެމިގެންދާނޭ ގޮތެއްގެމަތިން، މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ލައިސަންސްއާ އެއްގޮތްވާ ގޮތުގެމަތިން ބޭރުގެ އިންވެސްޓަރަކު ދިވެހިރާއްޖެއަށް ކެޕިޓަލް ނުވަތަ މުވައްޒަފުން ނުވަތަ ޓެކްނޯލޮޖީ ގެނައުމަށެވެ.
ޤާނޫނު ނަންބަރު 11/2024 ގެ 45 ވަނަ މާއްދާފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުއޭ ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 4/79 ގެ ދަށުން "ދިވެހިރާއްޖޭގައި ބިދޭސީން ކުރާވިޔަފާރި" ފިޔަވައި، މިޤާނޫނުގެ 1 ވަނަ މާއްދާ އާއި 4 ވަނަ މާއްދާ ގައި ކަނޑައަޅާފައިވާ ގޮތަށް ބޭރު ޤައުމުތަކުގެ ސަރުކާރުތަކާއި، ޖަމާޢަތްތަކާއި، ކުންފުނިތަކާއި، ބިދޭސީން ރާއްޖޭގައި އިޤްތިޞާދީ މަސައްކަތެއް ހިންގުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ ތަކެއްޗާއި ފައިސާއާއި ޚިދްމަތަށެވެ.
ޤާނޫނު ނަންބަރު 25/79 ގެ 17 ވަނަ މާއްދާދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުއުވާލާފައިފޮރިން ލޯ އިމިއުނިޓީ ސެޓްފިކެޓް1 ޤާނޫނު
ބޭރު ޤައުމެއްގެ ޤާނޫނުގެ ދަށުން ވަކި ބަޔަކީ ނުވަތަ ޢާންމުކޮށް އެންމެންނަކީ، ޢާންމުކޮށް ބާއްވާ ޝަރީޢަތްތަކުގައި ނުވަތަ ވަކި ބާވަތެއްގެ ޝަރީޢަތްތަކުގައި ޢާންމުކޮށް ނުވަތަ ވަކި ޙާލަތްތަކެއްގައި، ވަކި ބާވަތެއްގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭ ނުވަތަ ޖަވާބުދޭންނުޖެހޭ، ނުވަތަ ވަކި ލިޔުމެއް ހުށަހަޅަންޖެހޭ ނުވަތަ ހުށަހަޅަން ނުޖެހޭ ބައެއް ކަމުގައި ބަޔާންކޮށް، ބޭރު ޤައުމަކުން ދޭ ބަޔާނެއް ނުވަތަ ސެޓްފިކެޓެކެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުފޮރިން ސަރވިސްއިން ބޭރު މުވައްޒަފުން1 ޤާނޫނު
މި ޤާނޫނުގެ 57 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ވަޒީފާދޭ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުފޮރިން ސަރވިސްގެ މުވައްޒަފުން1 ޤާނޫނު
މި ޤާނޫނުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފޮރިން ސަރވިސްގެ އެގްޒެކެޓިވް ސަރވިސް ސްޓާފުންނާއި ޖެނެރަލް ސަރވިސް ސްޓާފުންނަށެވެ.
ޤާނޫނު ނަންބަރު 6/2022 ގެ 4 ވަނަ މާއްދާޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުފޮރެންސިކް ހެކި1 ޤާނޫނު
ފޮރެންސިކް ޕްރޮސީޖަރެއް މެދުވެރިކޮށް ހޯދޭ ހެއްކަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުފޮތު އަގު1 ޤާނޫނު
ބުކް ވެލިއު އަށެވެ. "ތަމްސީލުކުރާ އޮފީސް" ނުވަތަ
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުފޮޓޯ ލައިންއަޕް1 ޤާނޫނު
ޕޮލިސް ލައިންއަޕެއް ހެދުމުގެ ބަދަލުގައި، ކުށުގެ ތުހުމަތުކުރެވޭ ފަރާތްކަމަށް ހެކިބަސްދޭ މީހާ ބަޔާންކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބައެއްގެ ފޮޓޯ ވަކި ތަރުތީބަކުން އަތުރައި، އެ ފޮޓޯތަކުގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުފޮޓޯގެ މަސައްކަތް1 ޤާނޫނު
ކެމިކަލް ނުވަތަ އިލެކްޓްރޯނިކް ނުވަތަ އެހެން ޓެކްނިކެއް ވިޔަސް ބޭނުންކޮށްގެން އަލި ނުވަތަ އެހެން ރޭޑިއޭޝަނެއް ތަސްވީރެއްގެ ގޮތުގައި ނުވަތަ އެއިން ތަސްވީރު އުފެއްދޭ އުފެއްދުމެއްގެގޮތަށް ރިކޯޑް ކުރުމަށެވެ. އޯޑިއޯ ވިޝުއަލް އުފެއްދުމަކުން ނަގާފައިވާ ހިމޭން މަންޒަރެއް ފޮޓޯގްރަފިކް އުފެއްދުމަކަށް ނުބެލެވޭނެއެވެ. އެ މަންޒަރެއް ނުވަތަ އެބައެއް ބެލެވޭނީ އޯޑިއޯ ވިޝުއަލް އުފެއްދުމުގެ ބައެއްގެ ގޮތުގައެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުފޯރުކޮށްދިނުން2 ޤާނޫނު
ވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް މާކެޓަށް މުދަލެއް ނުވަތަ ޚިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް ބާޒާރަށް މުދަލެއް ނުވަތަ ޚިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުފޯމިއުލޭޝަން1 ޤާނޫނު
ޕެސްޓިސައިޑުން ފުދޭނެކަމަށް ބުނާ ބޭނުން ފުދޭގޮތަށް ޕެސްޓިސައިޑް ތައްޔާރުކުރުމަށްޓަކައި އެކި މާއްދާތައް އެއްކޮށްގެން ތައްޔާރުކުރެވިފައިވާ، އެ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ގޮތަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުފްލިކް ނައިފް1 ޤާނޫނު
ވަޅީގެ ތިލަ ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައި ލައްޕާލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ކައްސާލެވޭ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތާލުމުން ނުވަތަ ދަމާލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނިކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅި އަކަށެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިފްލެގް ސްޓޭޓް1 ޤާނޫނު
އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުދ
ދަށު ކޯޓު1 ޤާނޫނު
ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކި ނަންނަމުގައި، އެކި އިޚްތިޞާޞް ލިބިގެންވާގޮތުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އުފައްދާ ކޯޓުތަކަށެވެ.¨C248C
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުދަނޑުވެރިކަން2 ޤާނޫނު
ކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއްޞަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަޝްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދާ ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑު ކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު އިތުރުކުރުމުގެ ގޮތުން ޕްރޮސެސްކޮށް ޕެކޭޖްކުރުމާއި، އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ވިއްކުމާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ބޭނުންވާނެ ގަސްކާނާއާއި ގަހަށްޖަހާ ބޭހާއި އާލަތްތައް ގަނެ ވިއްކުމާއި، ޖަނަވާރާއި ގަސްގަހާގެހީގެ ޞިއްޙަތައް ދިމާވާ ބަޔޮލޮޖިކަލް ނުރައްކާތައް ކޮންޓްރޯލްކުރުމާއި، ލައިވް ސްޓޮކް ސެނިޓަރީއާއި ފައިޓޯސެނިޓަރީ މިންގަނޑު ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުކެއުމަށްޓަކައި ބޭނުންކުރާ ގޮވާމާއި ތަރުކާރީއާއި މޭވާއާއި ގަސްގަހުން ލިބޭ އެހެނިހެން ތަކެތި ހެއްދުމާއި، ދަނޑުބިންތަކާއި، މީހުން ދިރިއުޅޭ ގޯތިތަކާއި، ދަނޑުވެރިކަމުގެ މަސައްކަތަށް ޚާއްޞަކޮށްގެން ހަދާފައިވާ ހިޔާވަހިތަކުގައި ގޮވާމާއި، މޭވާއާއި، ތަރުކާރީއާއި، ފަތްޕިލާވެއްޔާއި، މަޝްރޫމް އަދި ގަސްފަދަ ބާވަތްތައް އިންދައި ހެއްދުމާއި، މަހާއި ބިހުގެ ބޭނުމަށް ޖަނަވާރު ގެންގުޅެ ބޮޑުކުރުމާއި، އެކުއަކަލްޗަރކުރުން ފަދަ ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކުރުން ހިމެނޭގޮތުންނެވެ. މި މާނައިގައި ދަނޑުވެރިކަމުގެ ބޭނުންތަކަށާއި އެކަމާ ގުޅުންހުރި ކަންކަމަށް ހެދިފައިވާ ޢިމާރާތްތައްވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުދަނޑުވެރިކަމުގެ އުފެއްދުން1 ޤާނޫނު
ދަނޑުވެރިކަން ކޮށްގެން އުފައްދާ ތަކެއްޗާއި، އެކުއަކަލްޗަރކުރާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އާލާކުރަމުންގެންދާ ނުވަތަ އާލާކޮށްފައިވާ ދިރޭ ނުވަތަ މަރުވެފައިވާ މަސް ނުވަތަ މަހާއި ގުޅިފައިވާ ބަޔަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުދަރަނި2 ޤާނޫނު
ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވޭ އިންޓްރެސްޓް، ކޫޕަން، ޑިސްކައުންޓް ނުވަތަ އެހެންވެސް ފައިނޭންސް ޗާޖެއް ހިމެނޭ ކޮންމެ ލޯނަކަށް، ފައިނޭންޝަލް އިންސްޓްރޫމަންޓަކަށް، ފައިނޭންސް ލީސްއަކަށް، ފައިނޭންޝަލް ޑެރިވެޓިވްއަކަށް ނުވަތަ އިންތިޒާމަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 71 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދައުލަތުން މުސްތަޤުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދި/ނުވަތަ އިންޓްރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ދަރަނީގެ އިންސްޓްރުމަންޓްތަކަށެވެ. ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރޭގައި މަނިޓަރީ ގޯލްޑާއި ސްޕެޝަލް ޑްރޯވިންގ ރައިޓްސްއާއި، ކަރަންސީއާއި ޑިޕޮސިޓާއި، ޑެޓް ސެކިއުރިޓީއާއި، ލޯނާއި، އިންޝުއަރަންސާއި ޕެންޝަނާއި ސްޓޭންޑަޑައިޒްޑް ގެރެންޓީ ސްކީމާއި، އެކައުންޓްސް ޕޭޔަބަލްސްއާއި ރިސީވަބަލްސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދަރަނި ނެގުން1 ޤާނޫނު
ދައުލަތުން ދަރަނީގެ އިންސްޓްރުމަންޓްތަކުގެ ތެރެއިން ފައިސާ ހޯދުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދަރަނި ދެއްކުން1 ޤާނޫނު
ނުވަތަ "ޑެޓް ސަރވިސް" ކަމަށް ބުނެފައި އެވަނީ، ދަރަނިން އުފެދޭ އިންޓްރެސްޓާއި ޕްރިންސިޕަލްގެ މައްޗަށް ބިނާކޮށް، ދައްކަންޖެހޭ އެންމެހައި ފައިސާގެ އިތުރުން ދަރަނި ނެގުމުގެ އިލްތިޒާމުތަކާއި ޝަރުޠުތަކާ އެއްގޮތަށް ދަރަންޏާ ގުޅިގެން ދައްކަންޖެހޭ އެންމެހައި ފީތަކާއި އެހެނިހެން ޚަރަދުތައް ދެއްކުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދަރަނީގެ ސްޓްރެޓަޖީ1 ޤާނޫނު
ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ޚަރަދުކުޑަކޮށް ހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށްޓަކައި ދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާ ސްޓްރެޓަޖީއަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދަރި1 ޤާނޫނު
ގެ މާނައިގެ ތެރޭގައި ކާފަ އަދި މާމަ ދަރިންނާއި ދަރުމަ ދަރިންނާއި ދޮންދަރިވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދައުލަތުން ގެރެންޓީކޮށްދޭ ދަރަނި2 ޤާނޫނު
ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ޤާނޫނީ ޝަޚްޞަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ޤާނޫނީ ގޮތުން ދޭ ޔަޤީންކަމަށެވެ. އޭގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ޤާނޫނީ ޝަޚްޞަކުން އަދާކުރަންޖެހޭ ދަރަނީގެ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް ވިޔަސް) ސަރުކާރުގެ ފަރާތުން އަދާކޮށްދޭނެކަމަށް ޤާނޫނީގޮތުން ދޭ ޔަޤީންކަމަށެވެ. މި މާނައިގެ ތެރޭގައި، ސަރުކާރުން ދޭ ޕޭމަންޓް ގެރެންޓީފަދަ އެހެނިހެން ކޮންޓިންޖެންޓް ލަޔަބިލިޓީތަކެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ނެޓް ދަރަނި1 ޤާނޫނު
ދައުލަތުގެ ޖުމްލަ ދަރަނިން ދައުލަތުގެ ދަރަންޏާގުޅޭ ފައިނޭންޝަލް އެސެޓްސްގެ ޖުމްލަ ޢަދަދު އުނިކުރުމުން އަންނަ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ބަޖެޓު2 ޤާނޫނު
ނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުނުވަތަ "ދައުލަތުގެ އަހަރީ ބަޖެޓު" ކަމަށް ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ މާއްދާގެ (ށ) ގެ ދަށުން އެ މަޖިލީހުން ފާސްކުރާ ބަޖެޓަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ކުންފުނި1 ޤާނޫނު
ސަރުކާރުގެ މެޖޯރިޓީ ޙިއްޞާ އޮންނަ ކުންފުނިތަކާއި އެ ކުންފުނީގެ ހިންގުމަށް ނުވަތަ އެ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި ނުވަތަ އެ ކުންފުނީގެ މާލީ ކަންކަން ބެލެހެއްޓުމަށްޓަކައި އެ ކުންފުންޏަކަށް ދައުލަތުގެ އަހަރީ ބަޖެޓުން ފައިސާ ދޫކުރާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ކުންފުނިތައް1 ޤާނޫނު
މާލީ އިދާރާތަކާއި މަރުކަޒީ ބޭންކް ފިޔަވައި، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ އިދާރާ8 ޤާނޫނު
ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަޤާމުތަކާއި، ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަޤާމުތަކާއި، ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭނެ ގޮތުގެ މަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުރަސްމީ ތަފާސްހިސާބަށް ބޭނުންވާ މަޢުލޫމާތު ހޯދުމާއި ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ސަރުކާރުގެ ވުޒާރާތަކާއި، ޑިޕާޓްމަންޓްތަކާއި، އިދާރާތަކާއި، ޤާނޫނެއްގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު އިދާރާތަކާއި މުއައްސަސާތަކަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުދައުލަތް ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުން އުފައްދާފައިވާ މިނިވަން މުއައްސަސާތަކާއި، ރެގިއުލޭޓަރީ ބޮޑީތަކާއި، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މެޖޯރިޓީ ޙިއްޞާ އޮންނަ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތަކާއި އެ ތަންތަނާ ގުޅިފައިވާ އެންމެހައި އިދާރާތައް ހިމެނޭގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނެއްމެ ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ސަރުކާރުގެ ކޮންމެ އިދާރާއަކާއި، ޤާނޫނަކުން އުފައްދާފައިވާ ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުވެރިކަން ހިންގުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ޤާނޫނު ހެދުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން އުފެދިފައިވާ އެންމެހައި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު މަޤާމުތަކުގެ އޮފީސްތަކާއި އެ ތަންތަނުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ދަށުން ހިނގާ އެންމެހައި އިދާރާތަކާއި އޮފީސްތަކާއި ތަންތަނަށެވެ. އަދި މި މާނައިގެ ތެރޭގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީގޮތުން ހިންގުމަށްޓަކައި އުފައްދާފައިވާ ކައުންސިލްތައްވެސް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތު1 ޤާނޫނު
ދައުލަތުގެ އިދާރާއަކުން އުފައްދާ މަޢުލޫމާތެއް ނުވަތަ ބަލަހައްޓަމުންދާ މަޢުލޫމާތެއް ނުވަތަ ގެންގުޅެމުންދާ މަޢުލޫމާތަކަށެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުދައުލަތުގެ އޮފީސް3 ޤާނޫނު
ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނު އަސާސީ ނުވަތަ ޤާނޫނެއްގެ ދަށުން އުފެދޭ އެންމެހައި މުޢައްސަސާތަކާއި، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރޭގައި ދައުލަތުގެ އޮފީހަކުން ޙިއްޞާވާ ކުންފުންޏެއް، ނުވަތަ އެ ފަރާތެއްގެ މައިގަނޑު މަޤްޞަދުގެ ތެރޭގައި ވިޔަފާރިކުރުން ހިމެނޭ ވަކި ޤާނޫނީ ޝަޚްޞެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށާއި، މުއައްސަސާތަކަށާއި، ލޯކަލް ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބަޖެޓުން ހޭދަކޮށްގެން ހިންގާ އެންމެހައި އިދާރާތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ވަސީލަތެއް ބޭކާރުކުރުން ނުވަތަ ބޭނުންކުރުމުގައި އިހުމާލުވުން1 ޤާނޫނު
އެއްވެސް ވަސީލަތެއްގެ ބޭނުން އެ އެއްޗެއްގެ ފައިދާ ލިބެން އޮތް ގޮތަކާ ޚިލާފަށް ކުރެވޭ ކަމެއް، ނުވަތަ އެންމެ ފުރިހަމައަށް ނުލިބޭގޮތަށް ކުރުން، ނުވަތަ އެ އެއްޗެއް ބޭކާރުވާނެ ފަދަ ގޮތަކަށް ޢަމަލުކުރުމެވެ. މިގޮތުން:
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުދައުލަތުގެ ވިޔަފާރި ތަންތަން2 ޤާނޫނު
ކުންފުންޏެއް ކަމަށްވީނަމަވެސް، ބޯޑެއް ކަމަށްވީނަމަވެސް، ކޮމިޝަނެއް ކަމަށްވީނަމަވެސް، ޖަމާޢަތެއް ކަމަށްވީނަމަވެސް، ސަރުކާރުގެ ސީދާ ނުވަތަ ނުސީދާ ހިއްސާގެ މިލްކުވެރިކަން އޮތް މަޞްލަޙަތުގެ މިލްކުވެރިކަން އޮތް ތަންތަނަށެވެ. އޭގެތެރޭގައި، ޕާޓްނަރޝިޕްތަކާއި ޖޮއިންޓް ވެންޗަރތަކާއި އެއްވެސް ބާވަތެއްގެ ވިޔަފާރި އިންތިޒާމެއް ހިމެނޭކަމަށްވާނަމަ، އެ އިންތިޒާމެއް ހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގައި ދައުލަތުގެ ވިޔަފާރި ތަންތަން ކަމަށް ބަޔާންކޮށްފައިވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުދައުލަތުގެ މަޤާމުގެ ނަހަމަ ބޭނުންކުރުން1 ޤާނޫނު
ދައުލަތުގެ މުސާރަ ލިބޭ އެއްވެސް މަޤާމެއްގައި ހުރެ އެ މަޤާމާމެދު ޤާނޫނާއި ގަވާއިދުގައި، ނުވަތަ އެއްބަސްވުމެއްގައި، ބަޔާންކޮށްފައިވާ ކަމަކާ ޚިލާފުވުން، ނުވަތަ މިގޮތުން ޙަވާލުކޮށްފައިވާ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރުން، ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގައި ހިމެނިގެންނުވާ ކަންކަން ކުރުމާއި، މަޤާމާއި ހައިސިއްޔަތު އަމިއްލަ މަޞްލަޙަތު ކުރިއެރުވުމަށް ބޭނުންކުރުމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުދައުލަތުގެ މާލިއްޔަތުގެ ގަވާއިދު1 ޤާނޫނު
މިޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ހަދައި ހިންގޭ ގަވާއިދުތަކަށާއި އުސޫލުތަކަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުދައުލަތުގެ މާލިއްޔަތުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުދައުލަތުގެ މުއައްސަސާ1 ޤާނޫނު
ވެރިކަން ހިންގުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރާއި، ސަލާމަތީ ޚިދުމަތްތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ކައުންސިލުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުދައުލަތުގެ މުއައްސަސާއެއް1 ޤާނޫނު
ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، ކޮމިޝަންތަކާއި، ޚިދުމަތްތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލުތަކާއި، މަޖިލިސްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް1 ޤާނޫނު
އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ، އަދި އެމީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 28/2020 ގެ 53 ވަނަ މާއްދާއިންތިޤާލީ އިންސާފުގެ ޤާނޫނުދައުލަތުގެ މުވައްޒަފު1 ޤާނޫނު
ދައުލަތުގެ ވަޒީފާއެއް އަދާކުރާ، ދައުލަތުގެ ބަޖެޓުން މުސާރަ ނުވަތަ އުޖޫރަ ދޭ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުދައުލަތުގެ މުވައްޒަފުން1 ޤާނޫނު
އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ޢައްޔަންކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދާއިމީ މަޤާމެއްގައި ހުރިނަމަވެސް، ވަގުތީ މަޤާމެއްގައި ހުރިނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ޙަވާލުކުރެވިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ޙަވާލުވެގެންވާ އަދި ދައުލަތުން މުސާރައާއި ޢިނާޔަތް ލިބިދެވޭ މުވައްޒަފުންނަށެވެ. މި މާނަކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންނާއި، އުއްތަމަފަނޑިޔާރާއި، ފަނޑިޔާރުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނައިބު ރައީސާއި، އެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނުން އުފައްދާފައިވާ އިދާރާތަކާއި މުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ދިވެހި ސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ޙަވާލުވެގެންވާ ފަރާތްތަކާއި އަދި މުވައްޒަފުން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުދައުލަތުގެ މުދާ2 ޤާނޫނު
ދައުލަތަށް މިލްކުވެގެންވާ، ނުވަތަ ދައުލަތުގެ ނަމުގައި މީހެއްގެ ބެލުމުގެ ދަށުގައިވާ އުފުލޭ، ނުވަތަ ނުއުފުލޭ މުދަލަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހިސަރުކާރުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ރައްޔިތުންގެ މިލްކުގެ ގޮތުގައި ރައްޔިތުންގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މުދަލާއި، ކައުންސިލުތަކުގެ މުދަލާއި، ދައުލަތުގެ ކުންފުނިތަކުގެ މުދަލާއި، މިލްކުވެރިއަކު ނެތް މުދަލުގެ ތެރެއިން ކަމާގުޅޭ ޤާނޫނީ އުސޫލުތަކުގެ މަތިން ދައުލަތުގެ މުދަލުގެ ގޮތުގައި ބެލެވޭ މުދަލާއި، ކަމާގުޅޭ ޤާނޫނީ އުސޫލުތަކުގެ މަތިން ދައުލަތަށް ނެގޭ މުދާ ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2021 ގެ 3 ވަނަ މާއްދާޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވިފައިވާ އެންމެހައި އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 6/2022 ގެ 4 ވަނަ މާއްދާޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދައުލަތުގެ ފަރާތްތައް1 ޤާނޫނު
:
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުދައުލަތުގެ ފައިސާ3 ޤާނޫނު
ނުވަތަ "ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖު، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިޔުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުކޮންމެ ގޮތެއްގައިނަމަވެސް، ދައުލަތަށް ލިބިފައިވާ، ނުވަތަ ހޯދާފައިވާ ނުވަތަ ދައުލަތުގެ ނަމުގައި ބަލައިގެންފައިވާ އެންމެހައި އާމްދަނީއާއި، ލޯނާއި، ޓްރަސްޓާއި އެހެނިހެން ފައިސާއާއި ހުރިހާ ސްޓޭމްޕަކާއި، ބޮންޑާއި، ޑިބެންޗަރާއި އެހެން ސެކިއުރިޓީއަށެވެ. ޕަބްލިކް ޓްރަސްޓީގެ ގޮތުގައި، ނުވަތަ އޮފިޝަލް ރިސީވަރެއްގެ ގޮތުގައި، ނުވަތަ ދައުލަތުގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ވަކީލެއްގެގޮތުން، ދައުލަތުގެ ފައިސާއެއްގެ ގޮތުގައި ނޫންގޮތެއްގައި ބަލައިގެންފައި، ނުވަތަ ލިބިފައި ހުންނަ ފައިސާވެސް މީގެތެރޭގައި ހިމެނެއެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުފައިސާއާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމާއި ސެކިއުރިޓީޒްއާއި، އެފަދަ އެއްޗެހި ހިމެނޭގޮތުން، ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ޓެކުހާއި، ޑިއުޓީއާއި، ޖޫރިމަނާއާއި، ރޯޔަލްޓީއާއި، ކުއްޔާއި، ފީއާއި، ޗާޖާއި، އަގާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއާއި، ލޯނުގެ ފައިސާއާއި، ހަދިޔާގެ ގޮތުގައި އަދި އެނޫންވެސް އެއްވެސް ކަމަކާ ގުޅިގެން ދައުލަތަށް ލިބޭ ނުވަތަ ލިބެމުންދާ ނުވަތަ ލިބެންޖެހޭ ފައިސާވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2021 ގެ 3 ވަނަ މާއްދާޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދައުލަތުގެ ފިސްކަލް ސްޓްރެޓަޖީ1 ޤާނޫނު
ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުގައި އެ ޢިބާރާތަށް ދީފައިވާ މާނަކުރުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރު1 ޤާނޫނު
ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ 6 (ހައެއް) މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޢަމަލުކުރަންޖެހޭ، ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެ ޤާނޫނުގެ ދަށުން މިނިސްޓަރު އެކުލަވާލާ ޗާޓަރަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ދަރަނި2 ޤާނޫނު
ދައުލަތުގެ ފިސްކަލް ޒިންމާގެ ޗާޓަރުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓްތަކާއި، އެ ޗާޓަރުގައި ބަޔާންކުރާ ދައުލަތުގެ މާނައިގެ ތެރޭގައި ހިމެނޭ ފަރާތްތަކުން ނަގާ ދަރަންޏާއި، ދައުލަތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ފަރާތެއް ނަގާފައިވާ ދަރަންޏަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ސޮވްރިން ގެރެންޓީއެއް އެ ދަރަނި ނަގާފައިވާ ފަރާތުން ނުދެއްކިއްޖެ ޙާލަތުގައި، ދައުލަތުން އަދާކުރަންޖެހޭ ދަރަންޏަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުން މުސްތަޤުބަލުގައި މާލީ ޒިންމާ އުފުލާ ދަރަނީގެ ޕްރިންސިޕަލް އަދި/ނުވަތަ އިންޓަރެސްޓް ދައްކަންޖެހޭ މާލީ އިލްތިޒާމުތަކުގެ ތެރެއިން، ލޯނާއި، ސެކިއުރިޓީއާއި، ދައުލަތުން ގެރެންޓީކޮށްދީފައިވާ ދަރަންޏާ ގުޅިފައިވާ ފައިސާ ދެއްކުމުގެ އިލްތިޒާމުތަކުގެ ދަށުން އުފަންވާ އެންމެހައި މާލީ އިލްތިޒާމުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ1 ޤާނޫނު
ދައުލަތުގެ ދަރަނީގެ ސިޔާސަތުތަކާއި، ދައުލަތަށް ބޭނުންވާ ފައިސާ އެންމެ ޚަރަދުކުޑަކޮށް ހޯދުމަށާއި، ދަރަނީގެ ހިރާސްތައް ކުޑަކުރުމަށް ރާވާފައިވާ ގޮތަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ދަރަންޏާބެހޭ ޤާނޫނު1 ޤާނޫނު
ދައުލަތުގެ ދަރަނީގެ ސްޓްރެޓަޖީ އެކުލަވާލައި ހިންގުމާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި، މެނޭޖުކުރުމާއި، ރެގިއުލޭޓްކުރުމާއި، ދަރަނި ނެގުމާއި ދެއްކުމާބެހޭ އެންމެހައި ކަންކަން ހިންގުމާ ގުޅޭގޮތުން ޢަމަލުކުރެވޭ ޤާނޫނަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ތަންތަން1 ޤާނޫނު
މިޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުދައުލަތުގެ ސަލާމަތީ ޚިދުމަތް1 ޤާނޫނު
ދިވެހި ދައުލަތުގެ ސިފައިންގެ ޚިދުމަތާއި ފުލުހުންގެ ޚިދުމަތާއި، މި ޚިދުމަތުގައި އެކުލެވޭ އެންމެހައި އިދާރާތަށް ހިމެނޭ ގޮތަށް، އަދި، ދައުލަތުގެ ނަމުގައި ބާރުގެ ބޭނުންކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިގެންވާ ކޮންމެ ފަރާތެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުދައުލަތުގެ ޕަބްލިކް ފައިނޭންޝަލް ކޯޕަރޭޝަންތައް1 ޤާނޫނު
މަރުކަޒީ ބޭންކް ފިޔަވައި، މާލީ އިދާރާތަކާއި ބޭންކްތައް ހިމެނޭގޮތުން، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކޯޕަރޭޝަންތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ ޖުމްލަ ދަރަނި2 ޤާނޫނު
ދައުލަތުގެ އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހު، ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދައުލަތުގެ އެއް އޮފީހުން އަނެއް އޮފީހަށް ދައްކަންޖެހޭ ދައުލަތުގެ ދަރަނި ކޮންސޮލިޑޭޓްކުރުމަށްފަހު، ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތުގެ ޢާންމު ބަޖެޓު1 ޤާނޫނު
ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދައުލަތް3 ޤާނޫނު
ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރު ހިމެނޭ ގޮތަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ ދަށުން ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ދައުލަތެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުޕަބްލިކް ފައިނޭންޝަލް ކޯޕަރޭޝަންތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ފިޔަވައި، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ލޯކަލް ކައުންސިލްތަކާއި، ދައުލަތުގެ ކުންފުނިތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމި ޤާނޫނުގެ ބޭނުމަށްޓަކައި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި، ދައުލަތުގެ ކުންފުނިތައް ފިޔަވައި، ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ޤާނޫނުއަސާސީއާއި ޤާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުދަފްތަރު1 ޤާނޫނު
ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުދަތި ޙާލު1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެހީގެ ގިންތިތަކުގެ ތެރެއިން ކޮންމެ ގިންތިއެއްގެ ދަށުން އެހީ ލިބުމަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޝަރުޠުތައް ފުރިހަމަވުމަށެވެ.
ޤާނޫނު ނަންބަރު 2/2014 ގެ 16 ވަނަ މާއްދާއިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނުދަތުރު ރާވައި ހިންގުމުގެ ޚިދުމަތް1 ޤާނޫނު
ޙައްޖާއި ޢުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެ ދަތުރު ފިޔަވައި، ޓްރެވަލް އޭޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި، އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖޭން ބޭރަށްދާ މީހުންގެ ދަތުރު، ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުދަގަނޑުގެބައި ހަށިގަނޑުން ބޭރުކުރުމަށް ބޭނުންކުރެވޭ ބޭސް1 ޤާނޫނު
އަޔަން ކީލޭޝަން (Iron Chelation) ގެ ގޮތުގައި ބޭނުންކުރެވޭ އެންމެހައި ބޭސްތަކާއި ފަރުވާ ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުދާއިމީ ވަޒީފާ1 ޤާނޫނު
އަދި ”ވަޒީފާގެ ދާއިމީކަން“ މިހެން ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކާއެކު، އެފަރާތުގެ ވަޒީފާގައި، މެދުކެނޑުމެއްނެތް ގޮތުގައި މުވައްޒަފަކު މަސައްކަތްކުރާ ކުރުމަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުދާއިމީ މަރުކަޒު1 ޤާނޫނު
ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަންވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިރާސީ އަހަރު1 ޤާނޫނު
އެ އަހަރެއްގެ ދިރާސީ އަހަރުކަމަށް ސަރުކާރުން ކަނޑައަޅާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުދިރިނޫޅޭ ތަންތަން1 ޤާނޫނު
މީހުން ދިރިއުޅުމަށް ބޭނުންކުރާ ތަނެއް ނޫން ހަމަކޮންމެ ތަނަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުދިރިއުޅުން ޢާންމުކޮށް ދިވެހިރާއްޖޭގައި ޤާއިމުވެފައި ނުވުން1 ޤާނޫނު
އަހަރެއްގެ ތެރޭގައި، ޖުމްލަ 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހަށްވުރެ ކުރު މުއްދަތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅުމަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުދިރިއުޅުމަށްޓަކައި ކުއްޔަށްދިނުން1 ޤާނޫނު
ޢިމާރާތެއް ނުވަތަ ޢިމާރާތަކުން ބައެއް ނުވަތަ ބިމެއް އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
ޤާނޫނު ނަންބަރު 21/2021 ގެ 55 ވަނަ މާއްދާދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫނުދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިފައިވާ ބަލި1 ޤާނޫނު
ކެއިންބުއިމަށް ބޭނުންކުރާ އެއްޗެހީގެ ސަބަބުންނާއި، ތިމާ ދިރިއުޅޭ ވެށީގެ ސަބަބުންނާއި، ޞިއްޙަތުގެ ދުޅަހެޔޮކަމަށް ބުރަވުމެއްނެތް ގޮތުގައި ތަބާވާ އާދަތަކުގެ ސަބަބުން، ޖެހޭ ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަށާއި ގައިންގަޔަށް ނާރާ ބަލިތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުދިރިއުޅޭ ތަން1 ޤާނޫނު
މީހަކު ދިރިއުޅުމަށްޓަކައި ބޭނުންހިފާ ނުވަތަ ބޭނުންކުރާ ޢިމާރާތަކަށް ނުވަތަ ޢިމާރާތެއްގެ ބަޔަކަށް ނުވަތަ ގޯއްޗަކަށް ނުވަތަ ގޯއްޗެއްގެ ބަޔަކަށެވެ. އަދި މި މާނަކުރުމުގައި ގެއާއި ކޮންޑޮމީނިއަމާއި، އެޕާޓްމަންޓާއި، ކޮޓެޖާއި، މޯބައިލް ގެތަކާއި، ދިރިއުޅުމަށް ބޭނުންކުރާ ބޯޓު ފަހަރާއި އުޅަނދުފަހަރާއި، އަދި ބަސް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުދިރިއުޅޭނެ ގެއަކާއި ގުޅިގެން ކުރާ ކޯޓު އަމުރު1 ޤާނޫނު
މި ޤާނޫނުގެ 31 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ނެރޭ އަމުރަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުދިރޭ ތަކެތި1 ޤާނޫނު
ނުވަތަ "ދިރޭ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ގަސްގަހާގެއްސާއި ޖަނަވާރަށާއި އެނޫންވެސް އެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ދިރޭ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުދިވެހި އުޅަނދު1 ޤާނޫނު
ބޭރު ޤައުމެއްގައި އެ ޤައުމެއްގައި ޢަމަލުކުރެވޭ ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިނުވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުދިވެހި ދައުލަތް1 ޤާނޫނު
ޤާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، ޢަދުލު އިންޞާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ތަންތަން ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުދިވެހިރައްޔިތުން1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުދިވެހިރައްޔިތެއް1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކަށެވެ.]
ޤާނޫނު ނަންބަރު 4/69ޖ ގެ 9 ވަނަ މާއްދާދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުދިވެހިރާއްޖެ1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖެއިން ބޭރުން ލިބުނު އާމްދަނީގެ ނެޓް ޢަދަދު1 ޤާނޫނު
އަކީ ދިވެހިރާއްޖެއިން ބޭރުން ލިބިފައިވާ އަދި އެ އާމްދަނީއަކުން ދިވެހިރާއްޖެއިން ބޭރުގައި ޓެކްސް ދައްކާފައިވާ، އެ ފަރާތެއްގެ ޖުމްލަ އާމްދަނީގެ ތެރޭގައި ހިމަނާފައިވާ ޢަދަދުން، މި ޤާނޫނުގެ ދަށުން އުނިކުރެވޭ، އެ އާމްދަނީ ހޯދުމަށް ހިނގާފައިވާ ޢަދަދުތައް އުނިކުރުމުން އޮންނަ އާމްދަނީއެވެ. މި ޢަދަދު ހިސާބުކުރުމުގައި ޢަމަލުކުރާނެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 72 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖެއިން ބޭރުގައި ދައްކާފައިވާ ޓެކްސް1 ޤާނޫނު
އަކީ އެހެން ޤައުމެއްގެ ނުވަތަ ސަރަޙައްދެއްގެ ޤާނޫނެއްގެ ދަށުން ދައްކާފައިވާ، މި ޤާނޫނުގެ ދަށުން ނަގާ، އާމްދަނީން ނަގާ ޓެކްސް ފަދަ ޓެކުހެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 72 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖެއިން ލިބޭ އާމްދަނީ1 ޤާނޫނު
މި ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީއަށެވެ. އެއީ އެ އާމްދަނީ ލިބެނީ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް ކަމުގައިވީ ނަމަވެސް މެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 25/79 (ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުދިވެހިރާއްޖޭގައި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތް1 ޤާނޫނު
މި މާއްދާގެ (ހތ) ގެ (1) ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރެއް1 ޤާނޫނު
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ އަދި މުވައްޒަފެއްގެ ގޮތުގައި ނޫން ގޮތަކަށް، ކޮންޓްރެކްޓެއް ނުވަތަ އެއްބަސްވުމެއް ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން:
ޤާނޫނު ނަންބަރު 25/2019 ގެ 55 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތް1 ޤާނޫނު
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތާއި ދިވެހިރާއްޖޭގައި ވަގުތީ ގޮތުން ވަޒަންވެރިވެފައިވާ ފަރާތުގެ މާނައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތް1 ޤާނޫނު
؛
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ދައްކަންޖެހޭ ޓެކްސް1 ޤާނޫނު
އަކީ މި ޤާނޫނުގެ 7 ވަނަ މާއްދާ ނުވަތަ 8 ވަނަ މާއްދާ ނުވަތަ 9 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ހިސާބުކޮށްފައިވާ، އެ ފަރާތަކުން ދައްކަންޖެހޭ ޓެކުހެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 72 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގައި ދިރިއުޅެމުން ދިއުން1 ޤާނޫނު
ވަގުތީ ގޮތުން އެހެން ތަނެއްގައި އުޅުނު ނަމަވެސް، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ގޮތުން ނޫންގޮތަކަށް، ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރިއުޅުމަށެވެ.
ޤާނޫނު ނަންބަރު 4/69ޖ ގެ 9 ވަނަ މާއްދާދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި، ޤަރާރުތައް1 ޤާނޫނު
ދިވެހިރާއްޖެއިން ތަސްދީޤުކޮށްފައިވާ މުޢާހަދާތަކާއި، ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުޢާހަދާތަކާއި، ދިވެހިރާއްޖެއިން ޤަބޫލުކޮށްފައިވާ މުޢާހަދާތަކުގެ ތެރެއިން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށާއި ދެމެހެއްޓުމަށާއި ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ދިވެހިރާއްޖެއަށް ލާޒިމުކުރާ މުޢާހަދާތަކަށާއި، އެފަދަ ކުރިއެރުވުމަށް ޤަރާރުތަކަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު1 ޤާނޫނު
މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނު) އާއި، އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް1 ޤާނޫނު
ޤާނޫނު ނަންބަރު 6/96 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަޙައްދީ ކަނޑު އަދި ޚާއްޞަ އިޤްތިޞާދީ ކަނޑަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުދިވެހިރާއްޖޭގެ ކަސްޓަމްސް ސަރަޙައްދު1 ޤާނޫނު
ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ކަސްޓަމްސް ޕްރޮސީޖަރުތައް ހިނގާ ކަސްޓަމްސް ސަރަޙައްދުތަކަށެވެ. އޭގެތެރޭގައި ޒޯން ފިޔަވައި މުޅި ރާއްޖޭގެ ސަރަޙައްދު ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު1 ޤާނޫނު
މިހާރު ޢަމަލުކުރަމުން އަންނަ 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) އާއި، އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު2 ޤާނޫނު
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ކަމާގުޅޭ ގަވާއިދުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)، އަދި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު2 ޤާނޫނު
މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އާއި، އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު)، އަދި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުދިވެހިރާއްޖޭގެ ސަރަޙައްދު1 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބުނެފައިވާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް1 ޤާނޫނު
ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ 3 ވަނަ ބާބުގެ ދަށުން ޤާއިމުކޮށްފައިވާ ސްޓޮކް އެކްސްޗޭންޖަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު1 ޤާނޫނު
ޤައުމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ދައުލަތުން ކަނޑައަޅާ މުއައްސަސާއަކަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު1 ޤާނޫނު
މަތީ ތަޢުލީމުގެ ސަނަދުތައް ގިންތިކޮށް މިންގަނޑު ކަނޑައަޅައި އެކަށައަޅާފައިވާ އޮނިގަނޑެވެ. އެ އޮނިގަނޑަށް އިނގިރޭސި ބަހުން ކިޔާނީ "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވަރކް" އެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)، އަދި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުދިވެހިރާއްޖޭގެ ޤާނޫނު1 ޤާނޫނު
ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ، ދިވެހިރާއްޖޭގެ އެންމެހައި ޤާނޫނުތަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު2 ޤާނޫނު
މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާއި، އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުކަމަށް ބަޔާންކޮށްފައި އެވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތަކާއި، އެ ޤާނޫނު އުވާލެވޭ ހިނދެއްގައި އެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އަލަށް އެކުލަވާލެވޭ އެންމެހައި ޤާނޫނުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުދިފާޢީ ކަންކަމަށް ޒިންމާވާ ވަޒީރު1 ޤާނޫނު
ޤާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސިފައިންގެ ޚިދުމަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުދިގު މުއްދަތުގެ ދަރަނި1 ޤާނޫނު
ދަރަނި ނަގާތާ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި ދަރަނީގެ ގޮތުގައި އަނބުރާ ދައްކައި ޚަލާޞްކުރަންޖެހޭ ދަރަންޏަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދީނީ ތަޢުލީމުގެ ދާއިރާ2 ޤާނޫނު
އިސްލާމީ ޝަރީޢަތާއި ޢަޤީދާގެ ދާއިރާއަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުއިސްލާމީ ޝަރީޢަތާއި ޢަޤީދާގެ ދާއިރާއަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުން2 ޤާނޫނު
ޚަބަރުފަތުރާ ވަސީލަތަކުން ނުވަތަ ޢާންމު މީހުން ޖަމާވެފައިވާ ތަނެއްގައި ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުޚަބަރުފަތުރާ ވަސީލަތަކުން ނުވަތަ ޢާންމު މީހުން ޖަމާވެފައިވާ ތަނެއްގައި ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދީނީ ޝިޢާރު2 ޤާނޫނު
ކީރިތި ޤުރްއާނާއި ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި ރުކުންތަކާއި ޙުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުކީރިތި ޤުރްއާނާއި ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުގައި ބަޔާންވެގެންވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާއި ރުކުންތަކާއި ޙުކުމްފުޅުތަކާއި އަމުރުފުޅުތަކާއި ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދީނީ ޝީޢާރު ފާޅުކުރުން2 ޤާނޫނު
ހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރުމާއި، އިސްލާމްދީނުގެ ޢަޤީދާއާއި، ޙުކުމްފުޅުތަކާއި، އަމުރުފުޅުތަކާއި، ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމްދީން ޤާއިމުކުރުމަށެވެ.
ޤާނޫނު ނަންބަރު 6/94 ގެ 39 ވަނަ މާއްދާދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުހެޔޮކަންތައްތަކަށް އަމުރުކޮށް، ނުބައިކަންތައްތައް ނަހީކުރުމާއި، އިސްލާމްދީނުގެ ޢަޤީދާއާއި، ޙުކުމްފުޅުތަކާއި، އަމުރުފުޅުތަކާއި، ވާޖިބުތަކާއި، އޭގެ ދަށުން ތަރުތީބުވެގެން އަންނަ އެންމެހައި ކަންތައްތަކެއް މީސްތަކުންނަށް ބަޔާންކޮށްދީ، އިސްލާމްދީން ޤާއިމުކުރުމަށެވެ.
ޤާނޫނު ނަންބަރު 8/2014 ގެ 7 ވަނަ މާއްދާޤާނޫނު ނަންބަރު 6/94 (ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުދުންފަތުގެ ބާވަތް1 ޤާނޫނު
ދުންފަތާއި ދުންފަތުގެ ތަނޑިއާއި، ދުންފަތާއި ދުންފަތުގެ ތަނޑިން ނުވަތަ ދުންފަތާއި ދުންފަތުގެ ތަނޑި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުންފަތުގެ އިސްތިޢުމާލު ކުރުން1 ޤާނޫނު
ދުންފަތުގެ ބާވަތެއް، އެއިން ބާވަތަކުން އުފެދޭ ދުން އަނގައިން ނުވަތަ ނޭފަތުން އެތެރެއަށް ދެމުން ނުވަތަ އެއިން ތަނަކުން ބޭރުކުރުން ނުވަތަ ދުންފަތުގެ ބާވަތެއް އަނގައަށްލުން ނުވަތަ އަނގައިން ހެފުން ނުވަތަ ކެއުން ނުވަތަ ދުންފަތުގެ ބާވަތަކުން ވަސްދެމުމަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ސާމާނު1 ޤާނޫނު
ދުން ބުއިމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ދުންފަތުގެ ބާވަތްތައް ތައްޔާރުކުރުމަށް ބޭނުންކުރާ ކަރުދާހާއި، ސިނގިރޭޓް ނުވަތަ ބިޑި އެނބުރުމަށް ބޭނުންކުރާ އާލާތްތަކާއި ތަކެއްޗާއި، ތެންމާފައި ހުންނަ ދުންފަތް ދަޅު، ގުޑުގުޑާ، ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ބޭނުންކުރާ ކަށިގަނޑާއި، އެތަކެތީގައި ބޭނުންކުރެވޭ ތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުންފަތް1 ޤާނޫނު
ދުންފަތް ޢާއިލާގައި ހިމެނޭ އެންމެހައި ގަސްގަހުގެ ފަތަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުންފަތް އުފެއްދުން1 ޤާނޫނު
ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ. ހިއްކާފައިހުރި ފަތް ބޭނުންކޮށްގެން، މި ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ބިޑި، ސުއްޓާ އަދި ދުންބޯފަތް ތައްޔާރުކުރުން މީގެ ތެރޭގައި ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުންފަތް ސްޕޮންސަރުކުރުން1 ޤާނޫނު
ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ނުވަތަ ވިއްކާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް ތިރީގައި ބުނެވިފައިވާ ކަމަކާގުޅޭ ގޮތުން އޮތްކަން ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ޙަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުދުވަސްތައް ފާހަގަކުރުން1 ޤާނޫނު
އެ ދުވަހަކާގުޅޭ އެކި އެކި ޙަރަކާތްތައް ހިންގުމަށެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުދުސްތޫރީ މައްސަލަ1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
ދުސްތޫރީ މައްސަލަތައް1 ޤާނޫނު
ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރަންޖެހިއްޖެނަމަ، އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދަކުން ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްފަޒަކު ކުރާކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމަންޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
ޤާނޫނު ނަންބަރު 22/2010 ގެ 12 ވަނަ މާއްދާދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުދުޝްމަން2 ޤާނޫނު
ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާފަދަ ޢަމަލެއްކުރާ ބިދޭސީންނާއި، މިކަމުގައި އެމީހުންނާ ބައިވެރިވާ ދިވެހިންނަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުންވާފަދަ ޢަމަލެއް ކުރާ ބިދޭސީންނަށެވެ. "ދުޝްމަން" ގެ މާނައިގައި ރައްޔިތުންނެއް ނުހިމެނޭނެއެވެ.
ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއް1 ޤާނޫނު
ފަންނާނުންގެ ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެ މަސައްކަތަކަށް ހިއްސާވެގެން ކުރާ، މި މާއްދާގައި ބަޔާންކުރެވިފައިވާ ކަލެކްޓިވް އުފެއްދުމެއްކަމަށް ނުވާ އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން1 ޤާނޫނު
މީހުންނަށް އެމީހުންގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްޤީކުރުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުތ
ތަނެއް1 ޤާނޫނު
ޢާންމު ތަނެއް ނުވަތަ ދުއްވާ އެއްޗެއް ނުވަތަ އުޅަނދެއް ނުވަތަ ބޯޓެއް ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުތަން1 ޤާނޫނު
ބިމެއް، ގޮނޑުދޮށެއް ނުވަތަ އަތިރިމަތި، ޢިމާރާތް، ޢިމާރާތުގެ ބައެއް، ނުވަތަ މިއިން ތަނެއްގެ ބައެއް ފަދަ ކޮންމެ ތަނެއް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 53 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުތަންފީޛީ އޮފިސަރު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޛުކުރުމަށްޓަކައި މި ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ އޮފިސަރަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުތަރައްޤީކުރާ ފަރާތް1 ޤާނޫނު
އަރބަން ސަރަޙައްދު ތަރައްޤީކުރުމަށް ސަރުކާރުން ޙަވާލުކުރާ ފަރާތަށާއި، އެއިން ފަރާތަކުން އެ ސަރަޙައްދުގައި ކުރުމަށް ރާވާފައިވާ ތަރައްޤީގެ ޢަމަލީ މަސައްކަތްތައް ޙަވާލުކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުތަރައްޤީކުރުން1 ޤާނޫނު
ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި އަރބަން ސަރަޙައްދުތައް ތަރައްޤީކުރުމުގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ ގޮތުން، އަރބަން ސަރަޙައްދުތައް، އެ ސަރަޙައްދުތަކަށް ކަނޑައެޅިފައިވާ ބޭނުން ނުވަތަ ބޭނުންތައް ޙާޞިލުކުރެވޭނެ ޙާލަތަށް ގެނައުމަށްޓަކައި، އެ ސަރަޙައްދު އަލަށް ބިނާކުރުން ނުވަތަ އެ ސަރަޙައްދުގެ ބިނާކުރުމަށް އިތުރު ކުރިއެރުން ގެނައުމަށެވެ. އޭގެ ތެރޭގައި، ބިން ހިއްކުމާއި، ބިން ކޮނުމާއި، ވެލި ނެގުމާއި، ކޮންސްޓްރަކްޝަން މަސައްކަތްތަކާއި، އިންޖިނިއަރިންގ މަސައްކަތްތަކާއި، އެނޫންވެސް ބިމުގެ އަޑީގައި ނުވަތަ ބިމުގައި ނުވަތަ ބިމުން މަތީގައި ކުރާ ޢިމާރާތްކުރުމުގެ އެންމެހައި މަސައްކަތެއް ހިމެނެއެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުތަކާފުލް1 ޤާނޫނު
އިސްލާމީ ޝަރީޢަތުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން، ކުރިން އެއްބަސްވެފައިވާ ވަކި ކަމެއް ހިނގައިފިނަމަ، އެއްބަސްވުމުގެ ބައިވެރިންނަށް ނުވަތަ ބެނިފިޝަރީސްއަށް ފައިސާ ދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ވަކި ފަންޑަކަށް ފައިސާ ދިނުމަށް ބައިވެރިން އެއްބަސްވާ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޤާއިމުކުރެވޭ އިންތިޒާމަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުތަކެތި ޓެސްޓުކުރާ ފަރާތް1 ޤާނޫނު
ޢިމާރާތްކުރުމުގެ ދާއިރާގައި ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތި ބޭނުންކުރާ ގޮތް ޓެސްޓުކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުތަކެތީގެ ރައްކާތެރިކަމުގެ މަޢުލޫމާތު ކަރުދާސް1 ޤާނޫނު
އުފެއްދުމެއްގެ ނުރައްކާތައް އެއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް އަންގައިދިނުމަށް މުހިންމު ސިފަތަކާބެހޭ މަޢުލޫމާތު (މައިގަނޑު ގޮތެއްގައި އެ އުފެއްދުމުގައި ހިމެނޭ ބާވަތްތައް) ހިމެނޭ ކަރުދާހަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުތަމްސީލުކުރާ އޮފީހެއް1 ޤާނޫނު
ޤާނޫނީގޮތުން ބޭންކެއްގެ ޒިންމާގެ ދަށުގައިވާ، އެތަނެއްގެ މަސައްކަތްތަކަކީ އެކި ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އެ ބޭންކާއި އެހެން ފަރާތްތަކާދެމެދު މުޢާމަލާތުކުރުމުގެ މަސައްކަތްކުރުން ކަމުގައިވާ ތަންތަނަށެވެ. އަދި މިފަދަ ތަންތަނަކީ އެއްވެސް ބޭންކިންގގެ ޙަރަކާތެއް ނުހިންގޭނެ އަދި ޑިޕޮސިޓް ގޮތުގައި ނުވަތަ އެހެންވެސް ގޮތަކަށް އަނބުރާ ދޭގޮތަށް ޢާންމުންގެ ކިބައިން ފައިސާ ނެގުމުގެ މަސައްކަތް ނުކުރެވޭނެ ތަންތަނެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުތަފާތުނުކުރުން1 ޤާނޫނު
އިލެކްޓްރޯނިކް ޛަރީޢާއިން ކުރެވ މުޢާމަލާތްތައް، ހަމައެކަނި އިލެކްޓްރޯނިކް ސިފައެއްގައި އޮތުމުގެ ސަބަބުން، ކަރުދާހުން ކުރެވޭ މުޢާމަލާތަކާ ތަފާތުކުރުމެއްނެތި އިލެކްޓްރޯނިކް މުޢާމަލާތަކަށް ލިބިދޭންޖެހ ޤާނޫނީ ހައިސިއްޔަތު ލިބިދިނުމަށް އެއްވެސް އިޢުތިރާޟެއް ނެތުމަށާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ކަރުދާހުން ކުރެވޭ މުޢާމަލާތްތަކާ އެއްވެސް ސިފައެއްގައި ތަފާތުނުކުރުމަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުތަފާތުކުރުން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ނުކުޅެދުންތެރިކަމެއްގެ މައްޗަށް ބިނާކޮށް ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، ޘަޤާފީ، މަދަނީ ނުވަތަ އެނޫންވެސް ރޮނގަކުން އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކާއި އަސާސީ މިނިވަންކަން އެހެން މީހުންނާ އެއްހަމައެއްގައި ލިބިގަނެ އެ ޙައްޤުތަކުގެ ބޭނުންހިފުން ނައްތާލުމުގެ ނުވަތަ ހުރަސްއެޅުމުގެ މަޤްޞަދުގައި ނުވަތަ އެފަދަ އަސަރެއް ފޯރާފަދަ ގޮތެއްގައި ކުރެވޭ ތަފާތުކުރުމެއް، ބާކީކުރުމެއް ނުވަތަ އެކަހެރިކުރުމެއް ނުވަތަ މަނާކުރުމަކަށެވެ. އޭގެ ތެރޭގައި އެކަށީގެންވާ މާޙައުލެއް ޤާއިމްކޮށްދިނުމަށް އިންކާރުކުރެވޭ ކުރެވުންވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 35 ވަނަ މާއްދާނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުތަފާސްހިސާބު1 ޤާނޫނު
ކޮންމެވެސް މަޢުލޫމާތެއް ދޭހަކޮށްދޭ ގޮތަށް ނެގޭ ޢަދަދުތަކަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުތަފާސްހިސާބުގެ މަސައްކަތަށް ޚާއްޞަކުރެވިފައިވާ މުވައްޒަފުން1 ޤާނޫނު
ބިއުރޯގެ މުވައްޒަފުންނާއި، ޤައުމީ ތަފާސްހިސާބުގެ ޤައުމީ ނިޒާމުގައި ހިމެނޭ ދައުލަތުގެ އިދާރާތަކުގައި ޤާއިމުކުރެވޭ ތަފާސްހިސާބުގެ މަސައްކަތަށް ޚާއްޞަކުރެވިފައިވާ ޔުނިޓްތަކުގެ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުތަފާސްހިސާބުގެ ޤައުމީ ނިޒާމު1 ޤާނޫނު
ދިވެހިރާއްޖޭގައި ސާރވޭކޮށްގެންނާއި އެހެނިހެން ގޮތްގޮތުން ތަފާސްހިސާބާބެހޭ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްކުރާ ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ އިދާރާތައް އެއްކޮށް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުތަޙުޤީޤުކުރާ ފަރާތް1 ޤާނޫނު
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ ބަހާތަކުގެ ތެރެއިން، މަރުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ އިޚްތިޞާޞް ލިބިފައިވާ އިދާރީ ބަހާއެއްގައި މަސައްކަތްކުރާ ތަޙުޤީޤު ކުރުމުގެ ހުއްދަ އޮތް ކޮންމެ ފުލުހަކަށެވެ.
ތަޙްޤީޤީ އިދާރާ1 ޤާނޫނު
ފުލުހުން ނުވަތަ ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމުގެ ބާރު ޤާނޫނުއަސާސީންނާއި، ޤާނޫނުން ލިބިދީފައިވާ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުތަޞައްރުފުކުރުން1 ޤާނޫނު
:
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުތަޣައްޔަރުކުރުން1 ޤާނޫނު
ޚިދުމަތްދޭ ފަރާތުން ދޫކުރާ ފެނުގެ ފިޒިކަލް، ކެމިކަލް އަދި ބަޔޮލޮޖިކަލް ސިފަތަކަށް ބަދަލެއް ގެނެސް ފެން ގަޑުބަޑުކޮށް، އޭގެ ސަބަބުން އިންސާނުން ނުވަތަ ޖަނަވާރުން ނުވަތަ ގަސްގަހާގެހީގެ ދުޅަހެޔޮ ކަމަށް އެފެން ބޭނުންކުރުމުން ނުރަނގަޅު އަސަރެއް ކޮށްފާނެ ކޮންމެ ބާވަތެއްގެ ބަދަލަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުތަޣައްޔަރުވުން1 ޤާނޫނު
ކުނީގެ ގޮތުގައި އިންސާނުން ތަޢާރަފުކުރާ އެއްޗެއްގެ ސަބަބުން ޤުދުރަތީ މާޙައުލަށް އަންނަ ކިލަނބުކަމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުތިންވަނަ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 23 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި 25 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްކާތެރިކޮށްދީފައިވާ މަޢުލޫމާތު ނިސްބަތްވާ އަދި އެފަރާތެއްގެ މަޞްލަޙަތު އެ މާއްދާތަކުން ރައްކާތެރިކޮށްދޭ ފަރާތަށެވެ. ދައުލަތުގެ އިދާރާއެއް ނުވަތަ މަޢުލޫމާތަށް އެދޭ ފަރާތެއް މި މާނަކުރުމުގައި ހިމެނިގެނެއް ނުވެއެވެ.
ޤާނޫނު ނަންބަރު 1/2014 ގެ 72 ވަނަ މާއްދާމަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުތިމާވެއްޓަށް ހުރި ނުރައްކާ1 ޤާނޫނު
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާ ޚިލާފު ކަމެއް، ނުވަތަ ތިމާވެއްޓަށް ނުރައްކާވާފަދަ އެހެންވެސް ކަމެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުތިމާގެ މީހެއް1 ޤާނޫނު
އެ މީހެއްގެ:
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުތުއްތުކުދިން1 ޤާނޫނު
އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުތޫނު އެއްޗެއް1 ޤާނޫނު
ތިރީގައި ބަޔާންކޮށްފައިވާ ތަކެތި ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިތެރަޕިއުޓިކް ޑިވައިސަސް1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ފަރުވާއަށް ބޭނުންވާ ކޮންމެ އާލާތްތަކަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުތެލަސީމިއާ ކުދިން1 ޤާނޫނު
އެ ކުދިން ވިހާ ތާރީޚުން ފެށިގެން މީލާދީގޮތުން 18 އަހަރު ފުރުމާދެމެދުގެ ޢުމުރުގެ ކުދިންނާއި ޢުމުރުން 18 އަހަރު މީލާދީގޮތުން ފުރިހަމަވުމަށްފަހުގައިވެސް ތެލަސީމިއާގައި ދެމިތިބި މީހުން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު'ތެލަސީމިއާ1 ޤާނޫނު
' ކަމަށް މި ޤާނޫނުގައި ބުނެފައިއެވަނީ، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެގޮތުން، ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 3 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުލ
ލައިފްލޯންގ ލަރނިންގ1 ޤާނޫނު
ރަސްމީ ތަޢުލީމުގެ ނިޒާމުގެ ބޭރުން މީހަކު އަމިއްލައަށް އެމީހާގެ ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި އުނގެނޭ އުނގެނުމަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުލައިސަންސް3 ޤާނޫނު
ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމަށް ވަކި ކަންކަން ޝަރުޠުކޮށް، އެ ޝަރުޠުތަކުގެ މަތިން ޚިދުމަތް ދިނުމަށް ދެވޭ ހުއްދައަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުމި ޤާނޫނުގެ ދަށުން، ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމަށް ދޫކުރާ ދާއިމީ އަދި ވަގުތީ ލައިސަންސަށާއި، ދާއިމީ އަދި ވަގުތީ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުމި ޤާނޫނުގެ ދަށުން ހަކަތައިގެ ޚިދުމަތް ދިނުމަށް އޮތޯރިޓީން ދޫކުރާ ލައިސަންސް ހުއްދަ އަށާއި ވަގުތީ ލައިސަންސް ހުއްދައަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުލައިސަންސް ލިބިފައިވާ އިންޝުއަރެންސް ބްރޯކަރ1 ޤާނޫނު
މި ޤާނޫނުގެ ދަށުން އިންޝުއަރެންސް ބްރޯކަރެއް ގޮތުގައި ޙަރަކާތްތެރިވުމަށް ދޫކުރާ ލައިސަންސް ލިބިފައިވާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުލައިސަންސް ލިބިފައިވާ ފަރާތް1 ޤާނޫނު
ޢާންމު ބޭނުންތަކުގެ ޚިދުމަތް ދިނުމަށް ނަގަންޖެހޭނެކަމަށް މި ޤާނޫނުގައި ބުނާ ލައިސަންސް ލިބިފައިވާ، ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުލައިސަންސްޑް އޮޑިޓަރު1 ޤާނޫނު
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އޮޑިޓްކުރުމަށް ލައިސަންސް ދީފައިވާ އޮޑިޓަރަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުލަވަ1 ޤާނޫނު
މިޔުޒިކުގެ ހަމަޔަށް ފެތޭ، މިޔުޒިކީ ހަމައެއްގެ ރާގަކަށް ކިޔޭގޮތަށް އުފައްދާފައި ހުންނަ އަދަބީ އުފެއްދުންތަކަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުލަޔަބިލިޓީޒް1 ޤާނޫނު
ވިޔަފާރިއެއްގެ މިލްކުވެރިންނަށް ނުވަތަ އެވިޔަފާރިއަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށް އެވިޔަފާރިއަކުން ދަރާފައިވާ ދަރަންޏަށެވެ. ނުވަތަ އަދާކުރަންޖެހޭ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުލިކުއިޑޭޓަރ1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއް އުވާލުމުގެ މަސައްކަތް ކުރުމަށްޓަކައި މި ޤާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ރެޖިސްޓްރާރ ޢައްޔަންކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރ1 ޤާނޫނު
ލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕެއްގެ ކޮންމެ ޕާޓްނަރަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުލިމިޓެޑް ލަޔަބިލިޓީ ޕާޓްނަރޝިޕް1 ޤާނޫނު
ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައި މާނަކޮށްދީފައިވާ ބާވަތުގެ ޕާޓްނަރޝިޕަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުލިފްޓް1 ޤާނޫނު
މުދަލާއެކު ނުވަތަ އެނޫން ގޮތަކަށް ނަމަވެސް، މީހުން އުފުލުމަށް (މައްޗަށް/ތިރިއަށް) ބޭނުންކުރެވޭ މެޝިން ނުވަތަ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުލިސްޓު1 ޤާނޫނު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ބަލަހައްޓަމުންގެންދާ ބޭންކުތަކުގެ ރަޖިސްޓަރީގައިވާ ބޭންކުތަކުގެ ލިސްޓަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުލިޔުން3 ޤާނޫނު
ނުވަތަ "ލިޔުންތައް" ކަމަށް ބަޔާންކޮށްފައި އެވަނީ، ރަސްމީ ގޮތުން ނުވަތަ ރަސްމީ ބޭނުމަކަށްޓަކައި، ލިޔާ މެމޯ އާއި، ނޯޓުތަކާއި، ނޯޓުސިޓީ އާއި، ސިޓީއާއި، މެސެޖާއި، ފެކުހާއި، ޢާންމު ސިޓީއާއި، އެންގުންތަކާއި، ދެންނެވުންތަކާއި، ސަރކިޔުލަރއާއި، ރިޕޯޓާއި، އިޢުލާނާއި، ޤަރާރާއި، އެއްބަސްވުންތަކާއި، ބީލަމާބެހޭ ލިޔުންތަކާއި، ޔައުމިއްޔާއާއި، ޖަލްސާތަކުގެ ޔައުމިއްޔާއާއި، ދަޢުވަތުކާޑާއި، ޕްރޮގްރާމާއި، އެޖެންޑާފަދަ އެންމެހައި ތަކެތި ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 9/2011 ގެ 22 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނުނުވަތަ "ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ރިކޯޑުކޮށްފައިވާ އެއްޗަކަށެވެ. (1) ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުއަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުލިޔުމުން1 ޤާނޫނު
ޗާޕްކޮށްގެން، ނުވަތަ ކުރަހައިގެން، ނުވަތަ އަތުންލިޔެގެން، ނުވަތަ ފޮޓޯ ނަގައިގެން، ނުވަތަ އެނޫންވެސްގޮތަކަށް މީހަކަށް ކިޔަން އެނގޭގޮތަށް އަކުރުތަކަކުން އެކުލަވާލެވިފައިވާ އެއްޗެއްސަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުލިޔުމެއް1 ޤާނޫނު
އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުލޭ1 ޤާނޫނު
އިންސާނުންގެ ލެއާއި ލޭގެ ބައިތަކާއި ލޭގެ މާއްދާތަކަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުލޭންޑް ފިލްކުރުން1 ޤާނޫނު
ކުނި ނައްތާލުމުގެ ގޮތުން ބިމުގައި ނުވަތަ މޫދުގައި ކުނި ވަޅުލުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުލޭބަރ ރިލޭޝަންސް އޮތޯރިޓީ1 ޤާނޫނު
ނުވަތަ "އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 79 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުލޭބަލް2 ޤާނޫނު
ޕެސްޓިސައިޑްގައި ނުވަތަ ޕެސްޓިސައިޑް ބަންދުކޮށްފައި ހުންނަ ތަކެތީގައި، އަދި ރީޓެއިލްކޮށް ވިއްކާއިރު ބަންދުކުރުމަށް ބޭނުންކޮށްފައިވާ ތަކެތީގައި ހުންނަ ނުވަތަ ހަރުކުރެވިފައިވާ ލިޔުމާއި، ޕްރިންޓުކޮށްފައިވާ ތަކެއްޗާއި، ކުރެހުމަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުމެނޭޖްމަންޓް އޮތޯރިޓީން ނުވަތަ މެނޭޖްމަންޓް އޮތޯރިޓީން ކަނޑައަޅާ ފަރާތަކުން ދޫކުރާ ފާހަގައަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުލޯ ފަރމް1 ޤާނޫނު
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ލޯ ފަރމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ރަޖިސްޓަރީކޮށްފައިވާ ކޮންމެ ޕާޓްނަރޝިޕަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުލޯނު2 ޤާނޫނު
އެއް ފަރާތުން ("ފުރަތަމަ ފަރާތް") އަނެއް ފަރާތަށް ("ދެވަނަ ފަރާތް")، ދެވަނަ ފަރާތުން ކުރިމަގުގައި ޢަދަދެއް ދެއްކުމުގެ އިލްތިޒާމެއް އުފުލުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން، ފައިސާއިން ވިޔަސް ނުވަތަ ފައިސާއިން ނޫން ގޮތަކަށް ވިޔަސް ދޭ ޢަދަދަކަށެވެ. މީގެ ތެރޭގައި ޕްރޮމިސަރީ ނޯޓު ނުވަތަ ބިލްސް އޮފް އެކްސްޗޭންޖު ނުވަތަ ބޮންޑަކާ ގުޅިގެން ދައްކަންޖެހޭ ޢަދަދުތައްވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުނޮން ނެގޯޝިއެބަލް ޑޮކިއުމެންޓް/އެގްރީމަންޓެއް މެދުވެރިކޮށް ކްރެޑިޓަރެއް ޑެޓަރއަށް ފަހުން އަނބުރާ ދައްކާ ގޮތަށް ފައިސާ ދިނުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުލޯކަލް ކައުންސިލް7 ޤާނޫނު
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލުތަކަށާއި ރަށު ކައުންސިލުތަކަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގޮތުން ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލުތަކަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުނުވަތަ "ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލްތަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު3 ޤާނޫނު
މި ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ދީފައިވާ މާނައިގައެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު4 އޭޕްރިލް 2020 ގައި ބޭއްވުމަށް، 4 ފެބްރުއަރީ 2020 ގައި އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށް، 12 މާރިޗު 2020 ގައި 18 އޭޕްރިލް 2020 އަށް ފަސްކުރުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އެ ތާރީޚުގައި އެ އިންތިޚާބު ބޭއްވެން ނެތްކަމަށް 13 އޭޕްރިލް 2020 ގައި އެ ކޮމިޝަނުން ކަނޑައަޅާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 3/2020 ގެ 10 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 (ޤާނޫނު ނަންބަރު 3/2020) ގެ ދަށުން ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ލޯކަލް ކައުންސިލްތައް1 ޤާނޫނު
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގ
ގަރާޖު1 ޤާނޫނު
އުޅަނދު ޕާކްކުރުމަށް ހަދާ ޕާކިންގ ގަރާޖުތައް ނުހިމެނޭގޮތުން ލަކުޑިއާއި މައުދަނުން ތަކެތި އުފެއްދުމާއި، މަރާމާތުކުރުމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ޚާއްޞަކުރެވިގެންވާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގައިންގަޔަށް އަރާ ބަލި1 ޤާނޫނު
އެ އެއްޗެއް ހިމެނިގެންވާ ބަޔޮލޮޖިކަލް އޭޖެންޓެއްގެ ސަބަބުން ނުވަތަ އޭގައި ހިމެނިގެންވާ ވިހަ މާއްދާއެއްގެ ސަބަބުން، އެކެއްގެ ގައިން އަނެކެއްގެ ގަޔަށް އެ އެއްޗެއް ބަދަލުވުމުގެ ކުޅަދާނަކަން ލިބިގެންވާ ބާވަތުގެ ބަލިބައްޔަށެވެ. އަދި އެ އެއްޗެއްގައި، އެ ސިފަ ހުރުމުގެ ސަބަބުން، ބަލިޖެހިފައިވާ މީހާގެ ގައިން ނުވަތަ ޖަނަވާރެއްގެ ކިބައިން އެ ބަލި، ސީދާގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި، އެހެން މީހެއްގެ ގަޔަށް އެރުމުގެ ކުޅަދާނަކަން ލިބިފައިވާ ބައްޔަށެވެ. އަދި މި މާނަކުރުމުގައި، ނުރައްކާތެރި ބައްޔާއި ރިޕޯޓުކުރަންޖެހޭ ބަލި ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގަވާއިދު1 ޤާނޫނު
މި ޤާނޫނު ހިންގުމަށްޓަކައި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގަވާއިދު ކޮމިޓީ1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން، އެކިއެކި އިދާރާތަކުން ހިންގާ ގަވާއިދުތައް ބަލައި ދިރާސާކޮށް ފެންނަގޮތް ބަޔާންކުރުމަށް ޤާއިމުކޮށްފައިވާ ގަވާއިދު ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 6/2008 ގެ 11 ވަނަ މާއްދާޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގަޑުބަޑުކޮށްފައިވާ ޕެސްޓިސައިޑް1 ޤާނޫނު
ތިރީގައިވާ ގޮތްތަކުންކުރެ ގޮތަކަށް އެއާމެދު ޢަމަލުކުރެވިފައިވާ ޕެސްޓިސައިޑަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގާނިޝީ1 ޤާނޫނު
ދަރަނިވެރިޔަކު ދައްކަންޖެހޭ ސާބިތު ދަރަންޏަކާ ގުޅިގެން ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރާ، އަދި އެ ދަރަނިވެރިޔާގެ ފައިސާ އެފަރާތެއްގެ ކިބައިގައިވާ ތިންވަނަ ފަރާތަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުގިންތި1 ޤާނޫނު
ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ކަނޑައެޅުމަށްފަހު ދެވޭ ދަރަޖައަށް ނިސްބަތްކޮށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުގިންތިކުރުން1 ޤާނޫނު
މި ޤާނޫނުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގިންތިތަކުގެ ތެރެއިން، އެ އުފެއްދުމެއް އެންމެ އެކަށީގެންވަނީ ކޮން ގިންތިއަކަށްކަން، މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަނޑައެޅުމަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުގުނަވަނުގެ ބައެއް1 ޤާނޫނު
ވަކި ގުނަވަނެއްގެ ޓިޝޫއާއި ސެލް ހިމެނޭ އެ ގުނަވަނުގެ ބަޔަކަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން1 ޤާނޫނު
އިންސާނެއްގެ ހަށިގަނޑުގައި ވަކި ޚާއްޞަ މަސައްކަތެއް އަދާކުރާ، އަދި ވަކި ޚާއްޞިއްޔަތުތަކެއް ލިބިފައިވާ، ސެލްއާއި ޓިޝޫގެ މައްޗަށް އެކުލެވޭގޮތުން އުފެދިފައިވާ ހަށިގަނޑުގެ ބަޔަށެވެ. އަދި މި ޤާނޫނުގައި "ގުނަވަން" ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އެ ލަފްޒު ބޭނުންކޮށްފައި އެވަނީ "ގުނަވަނުގެ ބައެއް" ވެސް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން ހަދިޔާކުރާ ފަރާތް1 ޤާނޫނު
ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް އެމީހެއްގެ ހަށިގަނޑުން ޞިއްޙަތު ރަނގަޅު ގުނަވަނެއް ނެގުމަށް ރުހުން ދޭ ފަރާތަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން ހަދިޔާކުރުން1 ޤާނޫނު
ޓްރާންސްޕްލާންޓްކުރުމުގެ ބޭނުމަށް އެމީހެއްގެ ހަށިގަނޑުން ޞިއްޙަތު ރަނގަޅު ގުނަވަނެއް ނެގުމަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން ލިބިގަންނަ ފަރާތް1 ޤާނޫނު
ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތުގެ ހަށިގަނޑުން ނަގާ ގުނަވަން އެފަރާތުގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން ލިބިގަތުން1 ޤާނޫނު
ޓްރާންސްޕްލާންޓްކުރުމަށްޓަކައި ގުނަވަން ހަދިޔާކުރާ ފަރާތުގެ ހަށިގަނޑުން ނަގާ ގުނަވަން، ގުނަވަން ލިބިގަންނަ ފަރާތުގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކުރުމަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުނަވަން ޓްރާންސްޕްލާންޓްކުރުން1 ޤާނޫނު
ނުވަތަ "ޓްރާންސްޕްލާންޓްކުރުން" ކަމަށް ބުނެފައި އެވަނީ، މެޑިކަލް ޕްރޮސީޖަރއެއްގެ ތެރެއިން، އިންސާނެއްގެ ހަށިގަނޑުން ފެއިލްވެފައިވާ ނުވަތަ ފެއިލްވަމުންދާ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއްގެ ބަދަލުގައި، އެހެން އިންސާނެއްގެ ޞިއްޙަތު ރަނގަޅު ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް، ފެއިލްވެފައިވާ ނުވަތަ ފެއިލްވަމުންދާ ގުނަވަން ނުވަތަ ގުނަވަނުން ބައެއް ނިސްބަތްވާ ހަށިގަނޑާ ގުޅުވުމަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުގުޅުން ހުރި ފަރާތް1 ޤާނޫނު
އަންނަނިވި ޝަރުޠުތަކުންކުރެ ޝަރުތެއް ފުރިހަމަވާ ދެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގުދަން ކުރުން1 ޤާނޫނު
ކުނި ޓްރީޓްކުރުމުގެ ނުވަތަ ނައްތާލުމުގެ ނުވަތަ ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމުގެ މަރުޙަލާ ފެށުމުގެ ކުރިން ކުނި އެއްތަނަކަށް ޖަމާކޮށްފައި ބަހައްޓާ ބެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުގުދަންކޮށް ރައްކާކުރުން1 ޤާނޫނު
ގިނަ ޢަދަދަކަށް އުޅަނދެއްގައި ނުވަތަ ތަނެއްގައި ރައްކާކުރުމާއި އެހެނިހެން ގޮތްގޮތަށް ގުދަންކުރުމާއި ރައްކާކުރުމަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުގެރަންޓީ1 ޤާނޫނު
އެއްބަސްވުމެއްގައި ނުވަތަ މުޢާމަލާތެއްގައި ހިމެނޭ ފަރާތަކުން އެ އެއްބަސްވުމުގެ ނުވަތަ އެ މުޢާމަލާތުގެ ޝަރުތަކާ ހިލާފުވުމުގެ ސަބަބުން ނުވަތަ އެ އެއްބަސްވުން ނުވަތަ މުޢާމަލާތް ޝަރުތުކުރާ ކަންކަމުގެ ތެރެއިން ކަމެއް ނުކުރުމުގެ ސަބަބުން، އުފެދޭ ނަތީޖާއާމެދު އެ އެއްބަސްވުމުގައި ނުވަތަ މުޢާމަލާތުގައި ބައިވެރިނުވާ ތިންވަނަ ފަރާތަކުން ޒިންމާ އުފުލާނެކަން ކަށަވަރުކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެވެށި އަނިޔާ1 ޤާނޫނު
މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލުތަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެވެށި އަނިޔާގެ ޢަމަލު ހިންގާ މީހާ1 ޤާނޫނު
ގެވެށި ގުޅުމުމަކުން ގުޅިފައިވާ ނުވަތަ މީގެ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވާ މީހެއްގެ މައްޗަށް ގެވެށި އަނިޔާގެ ޢަމަލެއް ހިންގާފައިވާ ނުވަތަ ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މީހާއަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެވެށި ގުޅުން1 ޤާނޫނު
މި ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގުޅުމަށެވެ. (ޕ) "ގޯނާކުރުން" ކަމަށް ބުނެފައިއެވަނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާއަށް އަނިޔާއެއް ލިބިދާނެކަމުގެ ބިރު އިޙްސާސްވާފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެޒެޓު1 ޤާނޫނު
ދިވެހިރާއްޖޭގެ ރަސްމީ ޚަބަރުތައް ޝާއިޢުކުރެވޭ ނޫހަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގޭންގު1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން އުފައްދާ، އެ ޖަމާޢަތެއް ނުވަތަ ގްރޫޕެއްގެ މައިގަނޑު ޙަރަކާތެއްގެ ގޮތުގައި ޖިނާއީ ކުށްކުރުން ހިމެނޭ ޖަމާޢަތްތަކާއި ގްރޫޕްތަކަށެވެ.
ގޭދޮށު މަސްފެކްޓްރީ1 ޤާނޫނު
ފަރުދެއް ނުވަތަ ރައްޔިތުން ރަށު ފެންވަރުގައި ހިންގާ މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގޮވާތަކެތި2 ޤާނޫނު
ޢާންމު ބޭނުންތަކަށް ބޭނުންކުރުމަށް މަނާކުރެވިފައިވާ ނުވަތަ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ނުވަތަ ޢާންމު ބޭނުންތަކަށް ބޭނުންކުރެވޭ ތަކެއްޗާއި އެއްވެސް ކެމިކަލެއް ނުވަތަ މަޢުދަނެއް ނުވަތަ ގޭހެއް އެއްކޮށްގެން އުފައްދާ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔަލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުނުވަތަ "އެކްސްޕްލޯސިވްސް" ކަމަށް ބުނެފައި އެވަނީ، ވަކި މިންވަރެއްގެ ފިނިހޫނުމިނެއްގައި ނުވަތަ ޕްރެޝަރުގައި، ވިހައާއި، ވިހަ ގޭހާއި، ފުރާނައަށް ގެއްލުންދެނިވި ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، އޭގެ އަމިއްލަ ޒާތުގައި ގޮވާތަކެތި ނުވަތަ މާއްދާއަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުގްރީންހައުސް ގޭސް1 ޤާނޫނު
ކާބަންޑައިއޮކްސައިޑް، މީތޭން، ނައިޓްރަސްއޮކްސައިޑް، ހައިޑްރޯފްލޮރޮކާބަންސް، ޕަރފްލޮރޮކާބަންސް އަދި ސަލްފަރ ހެކްސަފްލޮރައިޑް ފަދަ ގޭސްތައް ހިމެނޭގޮތަށް، ޖައްވުގައިވާ ގޭހުގެ ބާވަތްތަކުގެ ތެރެއިން އެ ގޭސްތަކުގެ ސަބަބުން ގްރީންހައުސް އިފެކްޓަށް މަގުފަހިވާ ގޭސްތަކަށެވެ.
ޤާނޫނު ނަންބަރު 9/2021 ގެ 27 ވަނަ މާއްދާކްލައިމެޓް އިމަރޖަންސީ ޤާނޫނުގްރޭޑް1 ޤާނޫނު
ފުލުހުންގެ ރޭންކު ތަރުތީބުވެފައިވާ ގޮތުގައި ހިމެނޭ ކޮންމެ ގިންތިއެއް، އެ ގިންތީގެ ދާއިރާގެ ތެރޭގައި ދަރަޖަކުރެވިގެންވާ ދަރަޖަކުރުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުސ
ސަނަދު1 ޤާނޫނު
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅި ގިންތިކުރެވިފައިވާ ސަނަދުތަކަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުސަރަޙައްދު3 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ދާއިރާ ތަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ދާއިރާތަކަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުސަރަޙައްދުގެ ރައްކާތެރިކަން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރޭގައި ހިމެނޭ އެންމެހައި މީހުންނާއި ތަންތަނާއި ތަކެތީގެ ރައްކާތެރިކަމަށާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ އެއްވެސް ބައެއް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ނެއްޓިގެން ދިޔަ ނުދިނުމަށެވެ.
ސަރުކާރު2 ޤާނޫނު
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރަށެވެ.
ޤާނޫނު ނަންބަރު 6/2006 ގެ 36 ވަނަ މާއްދާޤާނޫނު ނަންބަރު 1/2005 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުލޯކަލް ކައުންސިލްތައް ނުހިމަނައި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުސަރުކާރު ކުންފުނި1 ޤާނޫނު
ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 95 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އުފައްދާ ކުންފުންޏަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާ1 ޤާނޫނު
ސަރުކާރުގެ މަދަރުސާތައް ފިޔަވައި މަދަރުސާ ހިންގާނެ ޢިމާރާތެއް އަޅައިދިނުން، މަދަރުސާ ހިންގުމަށް ކުއްޔަކާނުލައި ޢިމާރާތެއް ނުވަތަ ބިމެއް ދޫކުމޫން، ސަރުކާރުން މުސާރަދޭ މުދައްރިސުން އެތަންތަނަށް ދޫކުރުން، މަދަރުސާ ހިންގުމަށް ދާއިމީ ގޮތެއްގައި ފައިސާގެ އެހީދިނުން، މިފަދަ ގޮތަކުން ސަރުކާރުން އެހީވެދޭ ހުރިހާމަދަރުސާތަކެއް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 29/76 ގެ 11 ވަނަ މާއްދާސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުން އެހީވެދޭ އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ކުދިންނާއި، ސަރުކާރުގެފަރާތުން ތަމްރީނުދެވޭ މީހުން ސަރުކާރަށް ޚިދްމަތް ކުރުމާބެހޭ ޤާނޫނުސަރުކާރުގެ ކުންފުނި1 ޤާނޫނު
ދިވެހި ދައުލަތުގެ ނަމުގައި ނުވަތަ ދިވެހި ސަރުކާރުގެ ނަމުގައި މިލްކުކުރެވިގެންވާ ރައުސްމާލެއް ނުވަތަ ރައުސްމާލުގެ ބައެއް ހިމެނޭގޮތުން ހިއްސާގެ މައްޗަށް ނުވަތަ ގެރެންޓީގެ މައްޗަށް އުފައްދާ ނުވަތަ ހިންގާ ކުންފުނިތަކާއި، އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑު ޢައްޔަންކުރުމާއި ވަކިކުރުމާއި އެ ބޯޑުގެ ނިންމުންތައް ނިންމުމުގައި ދިވެހި ސަރުކާރުގެ ދައުރެއް އޮންނަ ކުންފުނިތަކާއި، އެއިން ކުންފުންޏެއްގެ ހިއްސާއިން އުފައްދާ ސަބްސިޑިއަރީ ކުންފުނިތަކާއި ރިލޭޓެޑް ކުންފުނިތަކާއި، ޖޮއިންޓް ވެންޗަރ ކުންފުނިތަކާއި ކޮންސޯޝިއަމްތަކާއި، ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި އުފައްދާ ހިންގާ ހަމަ ކޮންމެ ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚްޞެއް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުސަރުކާރުގެ އިދާރާތައް1 ޤާނޫނު
މިނިސްޓްރީތަކާއި، އެތަންތަނުގެ ޑިޕާޓްމަންޓުތަކާއި ޑިވިޜަންތަކާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، ސަރުކާރުގެ ބާރުގެ ދަށުން ހިނގާ ކޯޕަރޭޝަންތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުސަރުކާރުގެ އޮފީސް1 ޤާނޫނު
ޤާނޫނަކުން، ނުވަތަ އިދާރީގޮތުން ސަރުކާރުގެ ބޭނުންތަކަށްޓަކައި އުފައްދައި، ނުވަތަ ހިންގަމުންގެންދާ އޮފީސްތަކަށާއި، މަގާމުތަކަށާއި، ޖަމާޢަތްތަކަށެވެ. މި މާނައިގައި ދައުލަތުގެ ވިޔަފާރި ތަންތަނެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުނި1 ޤާނޫނު
އެ ކުންފުންޏެއްގެ ރައުސްމާލު އެކުލެވިގެންވާ އެންމެހައި ހިއްސާ، ސަރުކާރުގެ ނަމުގައި، ނުވަތަ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އެއް ކުންފުންޏަށްވުރެ ގިނަ ކުންފުނިތަކެއްގެ ނަމުގައި ހިމެނޭ ކުންފުނި ހިމެނޭ ގޮތުންނެވެ.]
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުސަރވިސް އެޑްރެސް2 ޤާނޫނު
ޔޫނިއަނަކުން އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ޤާއިމުކުރާ، މި ޤާނޫނުގެ ދަށުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ޤާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުޢާމަލާތްތައް ކުރުމަށާއި، އެފަދަ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ޔޫނިއަންތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުމި ޤާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރީ، އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ޤާއިމުކުރާ، މި ޤާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ޤާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުޢާމަލާތްތައް ކުރުމަށް، އަދި މި ޤާނޫނުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުޢާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ޤާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުސަރވިސް އެޓާޝޭ1 ޤާނޫނު
"ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961" ގެ 7 ވަނަ މާއްދާގެ ދަށުން، ކަނޑައަޅާ ޤައުމަކުން ކުރިން ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ވަޒީފާތަކަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުސަރވިސްޗާޖް1 ޤާނޫނު
ދެވޭ ޚިދުމަތަކަށް ނަގާ އަގުގެ އިތުރަށްސަރވިސްޗާޖުގެ ގޮތުގައި ވަކި އަދަދެއްގެ ފައިސާ ނަގާނަމަ، އެގޮތަށް ނަގާ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުސަރވޭ1 ޤާނޫނު
މުޅި އާބާދީ ނުހިމެނޭ ގޮތަށް، ޙަވާލާދެވޭ ވަކި އާބާދީއަކަށް ނުވަތަ ވަކި އާބާދީއެއްގެ ބަޔަކަށް ހުރިހާ އެއްޗަކަށް ނިސްބަތްވާ ގޮތަށް ހޮވޭ ސާމްޕަލްއަކަށް ބިނާކޮށް މަޢުލޫމާތު ނެގުމަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުސަބްސިޑިއަރީ ކުންފުނި1 ޤާނޫނު
ނުވަތަ "އެހެން ކުންފުންޏެއްގެ (ހޯލްޑިންގ ކުންފުންޏެއްގެ) ސަބްސިޑިއަރީ ކުންފުންޏެއް" ކަމަށް ބުނެފައި އެވަނީ، ހޯލްޑިންގ ކުންފުނިން:
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުސަބްސިޑިއަރީ ލޯނު1 ޤާނޫނު
ދައުލަތުން ނަގާފައިވާ ދަރަންޏެއް ނުވަތަ އެއިން ބައެއް، ނުވަތަ ދައުލަތަށް ލިބިފައިވާ ހިލޭ އެހީއެއް ނުވަތަ އެއިން ބައެއް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދޫކުރުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުސައިންޓިފިކް އިންސްޓިޓިއުޝަން1 ޤާނޫނު
ޔުނިވަރސިޓީ، ނުވަތަ ރިސަރޗްކުރާ މަރުކަޒު ނުވަތަ ސައިންޓިފިކް މިއުޒިއަމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުސަފީރު1 ޤާނޫނު
ޑިޕްލޮމެޓިކް މިޝަންތަކުގެ "ހެޑް އޮފް މިޝަން" ބޭރު ޤައުމެއްގައި، ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއްގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެ ޤައުމަކަށް ނުވަތަ ޖަމްޢިއްޔާއަކަށް، ކޮންމެ ނަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ1 ޤާނޫނު
ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކުރާ ސަލާމަތީ ޚިދުމަތްތައް ހިނގާނުހިނގާގޮތް ބަލަމުން ގެންދިޔުމަށް އެކުލަވާލެވިފައިވާ ސަލާމަތީ ޚިދުމަތްތަކާބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުސަސްޕެންޑުކުރުން1 ޤާނޫނު
ވަކި މުއްދަތަކަށް ޚިދުމަތަށް ނުކުތުން މަނާކުރުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުސަސްޕެންޑްވުން1 ޤާނޫނު
ސިވިލް ސަރވިސްގެ މުވައްޒަފަކު މި ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލާ ތާރީޚުން ފެށިގެން އެމީހަކު ކުރިމަތިލާ އިންތިޚާބު ކާމިޔާބު ނުކުރެވުނުނަމަ، ނުވަތަ އެ އިންތިޚާބަކުން އެމީހެއްގެ ނަން އަނބުރާ ގެނެސްފިނަމަ، އެމީހަކު ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއަކަށް އެނބުރި ރުޖޫއަވުމާ ހަމައަށް، ސިވިލް ސަރވިސްގެ ވަޒީފާއަށް ނުނިކުމެ އެމީހަކު ހުންނަ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 10/2010 ގެ 29 ވަނަ މާއްދާލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުސަޕްލަޔަރު1 ޤާނޫނު
ޕްލާސްޓިކް ކޮތަޅު ވިއްކާ ނުވަތަ ހިލޭ ފޯރުކޮށްދޭ ފަރާތަށެވެ.
ސަޕްލިމެންޓަރީ ބަޖެޓް1 ޤާނޫނު
މާލީ އަހަރަކަށް ބަޖެޓެއް ފާސްކުރުމަށްފަހު، އެބަޖެޓްގެ ބަޔެއްގެ ގޮތުގައި ފާސްކުރާ އިތުރު ބަޖެޓަކަށެވެ
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުސާފު ފައިދާ1 ޤާނޫނު
ހުރިހާ (ޚަރަދެއް މީގެތެރޭގައި ލޯނަށް ދައްކަންޖެހޭ އިންޓަރެސްޓް، އޯޑިޓު ފީ، އަދި މިނޫންވެސް ޚަރަދު ހިމެނޭގޮތަށް) ކަނޑައި ބާކީވާ ފައިދާއަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުސިންގަލް-ޔޫސް ޕްލާސްޓިކް2 ޤާނޫނު
އެ އެއްޗެއް އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކާއި އެފަދަ އެއްޗެއް އުފެއްދުމަށް ބޭނުންކުރާ ރޯމެޓީރިއަލް އަށެވެ.
ޤާނޫނު ނަންބަރު 4/93 ގެ 8 ވަނަ މާއްދާދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުއެ އެއްޗެއް އެކުގައި ނުވަތަ އޭގެ ބައެއް ޕްލާސްޓިކުން ހަދާފައިވާ އެއްޗެހީގެ ތެރެއިން، އެ އެއްޗެއް އުފައްދާފައިވަނީ ނުވަތަ ފަރުމާކޮށްފައިވަނީ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވަނީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އޭގެ ބޭނުންކުރެވޭ ގޮތަށް ކަމުގައިނުވާ، ނުވަތަ އޭގައި ހިމެނޭ އެއްޗެއްގެ ބޭނުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ކުރެވޭ ގޮތަށް އުފައްދާފައިވާ ނުވަތަ ފަރުމާކޮށްފައިވާ ނުވަތަ ވިއްކުމަށް ބާޒާރަށް ނެރެފައިވާ އެއްޗެހި ފިޔަވައި އެނޫން ކޮންމެ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުސިންގަލް-ޔޫސް ޕްލާސްޓިކް ބާޒާރަށް ނެރުން1 ޤާނޫނު
އަގު އަދާކުރުން ހިމެނޭގޮތަށް ނުވަތަ އަގު އަދާކުރުމަކާ ނުލައިވިޔަސް ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިން ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް، ޑިސްޓްރިބިއުޓް ކުރުމަށްޓަކައި ނުވަތަ ގަތުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ބާޒާރަށް ނެރުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުސިންގަލް-ޔޫސް ޕްލާސްޓިކް އުފެއްދުން1 ޤާނޫނު
ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތެއް ބާޒާރަށް ނެރުމަށްޓަކައި ނުވަތަ އެނޫންވެސް އެހެން ބޭނުމެއްކުރުމަށްޓަކައި އުފެއްދުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުސިކުނޑީގެ އުނިކަން1 ޤާނޫނު
ބުއްދި ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ސިކުނޑީގެ ދުޅަހެޔޮކަމަށް ލިބިފައިވާ އުނިކަމެއްގެ ސަބަބުން ކަންކަން ވިސްނުމަށާއި ކަންކަން ދެނެގަތުމަށާއި ކަންކަން ހަނދާންކުރުމަށް ދިމާވާ ހުރަސްތަކެއްގެ ސަބަބުން މީހާގެ ހެޔޮވިސްނުމަށް އަސަރުކުރާ ހަމަ ކޮންމެ ކަމަކަށެވެ. ނުވަތަ ޙާލަތަކަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުސިއްކަ1 ޤާނޫނު
ދިވެހި ދައުލަތުގެ ނިޝާނަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުސިވިލް ކޯޓް1 ޤާނޫނު
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން، މާލޭގައި އުފައްދާ ސިވިލް ކޯޓާއި، އެ ޤާނޫނުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އުފައްދާ އެ ކޯޓުގެ ޑިވިޝަންތަކާއި، އެ ޤާނޫނުގެ ދަށުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުސިވިލް އޭވިއޭޝަނާބެހޭ ޑިޕާޓްމަންޓް1 ޤާނޫނު
ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަންގެ އެންމެހައި ކަންކަން ބަލަހައްޓައި ހިންގާ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުސިވިލް ސަރވިސް ކޮމިޝަން5 ޤާނޫނު
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ބަޔާންކުރާ ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ބަޔާންކުރާ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ބަޔާންކުރާ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 12/2025 ގެ 35 ވަނަ މާއްދާމޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނުޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ބަޔާންކުރާ ސިވިލް ސަރވިސް ކޮމިޝަނަށެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގައި ބަޔާންކުރާ ކޮމިޝަނަށެވެ.
ސިވިލް ސަރވިސްގެ ގަވާއިދުތަކާއި އުސޫލުތައް1 ޤާނޫނު
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކަށެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުސިވިލް ސަރވިސްގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި، އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުސިފައިން1 ޤާނޫނު
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުސިފައިންގެތެރޭގައި ބަޣާވާތްކުރުން1 ޤާނޫނު
ސިފައިންގެ މީހަކަށްވެހުރެ، ސިފައިންގެ ތެރޭގައި އެހެން ސިފައިންގެމީހަކާއި ނުވަތަ ސިފައިންގެ ބަޔަކާ ބައިވެރިވެ، ބާރުގެ ބޭނުންކުރުމާއި ނުވަތަ ބާރުގެ ބޭނުންކުރާނެކަމަށްބުނެ ބިރުދެއްކުމާއި ނުވަތަ އެ މަޤްޞަދުގައި ތިމާ އަދާކުރަންޖެހޭ ޑިއުޓީތަކާއި ޙަވާލުކުރެވޭ މަސައްކަތްތަކަށް އަދި ދުޝްމަނުންނާ ބަޣާވާތްތެރިންނާ ކުރިމަތިލާންޖެހޭފަދަ ހަނގުރާމައިގެ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތަކާއި ކުރެވޭ އަމުރުތަކަށް ނުކިޔަމަންތެރިކަން ދެއްކުމާއި، މިފަދަ ކަންތައްތަކަށް އެހެންމީހުންނަށް ހިތްވަރުދީ ހެދުމަށެވެ. އަދި ސިފައިންގެ މީހަކު ނުވަތަ ސިފައިންގެ ގިނަބަޔަކުވެގެން ތިރީގައި ބަޔާންކުރެވިފައިވާފަދަ ޢަމަލެއް ހިންގަން އުޅުމަކީވެސް މިޤާނޫނުގައި "ސިފައިންގެ ތެރޭގައި ބަޣާވާތްކުރުން" ކަމުގައި ބެލޭނެއެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުސިގްނިފިކަންޓް ބެނެފިޝަލް އޯނަރ1 ޤާނޫނު
ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ޙައްޤުތައް ނުވަތަ ޢިނާޔަތްތައް ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ޙައްޤުތައް ނުވަތަ ޢިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް، ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސްމެއެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 176 ވަނަ މާއްދާކުންފުނީގެ ޤާނޫނުސިގްނިފިކަންޓް އިންފްލުއެންސް1 ޤާނޫނު
ކުންފުނީގެ މާލީ ނުވަތަ ހިންގުމުގެ ސިޔާސަތުތައް ނިންމުމުގައި ބައިވެރިވުމުގެ ޙައްޤު، ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުމަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 176 ވަނަ މާއްދާކުންފުނީގެ ޤާނޫނުސިޓީ1 ޤާނޫނު
ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ނުވަތަ ސަރަޙައްދެއް ކަމަށް ސަރުކާރުން ކަނޑައަޅައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ރަށްރަށާއި ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުސިޓީ ކައުންސިލް1 ޤާނޫނު
ނުވަތަ "ރަށު ކައުންސިލް" ނުވަތަ "ލޯކަލް ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން އުފައްދާ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލް ނުވަތަ އަތޮޅު ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުސިޔާސީ ކުށެއް1 ޤާނޫނު
ކުށް ކުރި ޙާލަތަށް ބަލާއިރު އެ ކުށް ކޮށްފައިވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާ ކުށްކުށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުސިޔާސީ ޕާޓީ2 ޤާނޫނު
ޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކަށެވެ.
ޤާނޫނު ނަންބަރު 5/2024 ގެ 8 ވަނަ މާއްދާއެންޓި-ޑިފެކްޝަން ޤާނޫނުޤާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ ސިޔާސީ ޕާޓީ ނުވަތަ ޕާޓީތަކަށެވެ.
ސީދާ އިޝްތިހާރުކުރުން1 ޤާނޫނު
ލިޔެކިޔުމެއް މެދުވެރިކޮށް، ނުވަތަ ޕޯސްޓުން، ނުވަތަ ފޯނުން، ނުވަތަ އިންޓަރނެޓްފަދަ ޑިޖިޓަލް ވަސީލަތެއް މެދުވެރިކޮށް ސީދާ މުދާ ގަންނަ ފަރާތަކަށް ނުވަތަ ޚިދުމަތެއް ލިބިގަންނަ ފަރާތަކަށް ވިއްކާ މުދަލެއް ނުވަތަ ދެވޭ ޚިދުމަތަކާ ގުޅިގެން ކުރާ އިޝްތިހާރުކުރުމަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ކޮންޓްރޯލްކުރުން2 ޤާނޫނު
:
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު:
ޤާނޫނު ނަންބަރު 17/2021 ގެ 19 ވަނަ މާއްދާޤާނޫނު ނަންބަރު 6/2013 (ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުސުޕްރީމް ކޯޓު4 ޤާނޫނު
ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ ނަމުގައި އުފައްދާ ކޯޓަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުސުޕްރީމް ކޯޓުގެ ނަމުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހިމެނޭ އިސްތިއުނާފުގެ އެންމެމަތީ ކޯޓަށެވެ. "އިންސާނިއްޔަތުކަމުގެ ނަޒަރުން" ކަމަށް ބުނެފައި އެވަނީ އިންސާނަކަށް ހަމްދަރުދީވެ އޯގާތެރިވާންޖެހޭ އެންމެހާ ޙާލަތްތަކަށެވެ.
ޤާނޫނު ނަންބަރު 2/2010 ގެ 32 ވަނަ މާއްދާމަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުސެންޓަރު1 ޤާނޫނު
ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުސެކްރެޓަރީ ޖެނެރަލް2 ޤާނޫނު
މި ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ ބޯޑުގެ ސެކްރެޓޭރިއަޓްގެ އެންމެ އިސް އޮފިސަރަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުމި ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ މަޤާމަށް އަދި އެ މަޤާމަށް ބަންޑާރަނައިބު ޢައްޔަންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 8/2025 ގެ 33 ވަނަ މާއްދާބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނުސެކްރެޓެރީ1 ޤާނޫނު
މި ޤާނޫނުގެ 28 ވަނަ މާއްދާގެ (ށ) ގެ (3) ގައާއި މި ޤާނޫނުގެ އެހެން ތަންތާނގައި ބުނެފައިވާ ޢާންމު ޖަލްސާއާއި ޚާއްޞަގޮތުން ބާއްވާ ޢާންމު ޖަލްސާތަކުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާ ހިންގާ ކޮމިޓީގެ ސެކްރެޓެރީއަށެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުސެކްރެޓޭރިއެޓް1 ޤާނޫނު
މި ޤާނޫނުގެ ދަށުން އުފެދޭ ނޭޝަނަލް ޕޭ ކޮމިޝަންގެ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުސެކްޓަރ ކައުންސިލް1 ޤާނޫނު
ކަނޑައަޅާ ދާއިރާއިން ވަޒީފާދޭ ފަރާތްތަކާއި ދާއިރާގެ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ މާހިރުންނާއި ދާއިރާގެ ފަންނީ ޖަމްޢިއްޔާތައް ހިމެނޭހެން އެކުލަވާލެވޭ ފަންނީ ޕެނަލަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުސެޓިފިކެޓު1 ޤާނޫނު
ސޮއިކުރާ ފަރާތާއި ސޮއިގެ ކްރިއޭޝަން ޑޭޓާއާ ދެމެދު އޮންނަ ގުޅުން ކަށަވަރުކޮށްދޭ ޑޭޓާ މެސެޖެއް ނުވަތަ އެނޫން ރިކޯޑަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުސެޓިފިކޭޝަން މާރކް1 ޤާނޫނު
މި ޤާނޫނުގެ 28 ވަނަ މާއްދާގައި ބަޔާންކުރާ މާރކަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުސެޓްފިކެޓް އޮފް އޮރިޖިން1 ޤާނޫނު
ޤައުމަކުން، މި ޤާނޫނުގެ ޖަދުވަލު 3 ގައި ހިމަނާފައިވާ ދިރޭ އެއްޗެހި، ނުވަތަ އެއިން އެއްޗެއްގެ ބައެއް ނުވަތަ، އެއިން އެއްޗެއްގެ އުފެއްދުމެއް އެ ޤައުމަކުން އެކްސްޕޯޓްކުރަން ބަލާއިރު އެ އެއްޗަކީ އެ ޤައުމު ނޫން އެހެން ޤައުމަކުން (ޖަދުވަލު 3 ގައި ނުހިމަނާ ޤައުމަކުން) އައިސްފައިވާ އެއްޗެއްނަމަ އެ އެއްޗެއްގެ އަސްލު އައިސްފައިވާ ޤައުމު ސާބިތުކޮށްދޭ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 13/2022 ގެ 43 ވަނަ މާއްދާނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނުސެޓްލްމަންޓް އެކައުންޓް1 ޤާނޫނު
ފައިސާއާއި ފައިނޭންޝަލް އިންސްޓްރުމަންޓްތައް ބެހެއްޓުމަށާއި ބައިވެރިންގެ މެދުގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި، އޮތޯރިޓީގެ ނުވަތަ ސެޓްލްމަންޓް އޭޖެންޓެއްގެ ގޮތުގައި ޙަރަކާތްތެރިވާ އެހެން އިދާރާއެއްގެ ފޮތްތަކުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުސެޓްލްމަންޓް އޭޖެންޓް1 ޤާނޫނު
ފައިސާ ބެހެއްޓުމަށާއި ސިސްޓަމެއްގެ ތެރޭގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި ސެޓްލްމަންޓް އެކައުންޓްތައް، ބައިވެރިންނަށް ފޯރުކޮށްދީ، ސެޓްލްކުރުމަށްޓަކައި ކްރެޑިޓް ދޫކުރަންޖެހިއްޖެ ހިނދެއްގައި ކްރެޑިޓް ދޫކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުސޭފް ޑިޕޮސިޓް ބޮކްސް1 ޤާނޫނު
ކަސްޓަމަރުންނަށް އެފަރާތްތަކުގެ ތަކެތި ރައްކާތެރިކޮށް ބަހައްޓައިދިނުމަށް ބޭންކުގައި ހުންނަ ތަޅުލެވޭ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުސޭފް ޑިޕޮސިޓް ބޮކްސްގެ ޚިދުމަތް1 ޤާނޫނު
ކަސްޓަމަރުންނަށް އެފަރާތްތަކުގެ ތަކެތި ރައްކާތެރިކޮށް ބޭންކުގައި، ތަޅުލެވޭ އެއްޗެއްގައި ބަހައްޓައިދިނުމަށެވެ. "ޑެޓް ސެކިއުރިޓީ" ކަމަށް ބުނެފައި އެވަނީ؛
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުސޮއި1 ޤާނޫނު
މީހާގެ ނަން އޭނާގެ އަތުން ލިޔާލިޔުމަށާއި، ކިޔަން އެނގޭގޮތަށް ނުވަތަ ނޭނގޭގޮތަށްނަމަވެސް، ކުރެހުމުންނާއި ނިޝާނުންނާއި އަކުރުން އޭނާގެ ނަން އޭނާގެ ސޮއިގެގޮތުގައި ދައްކައިދޭ ގޮތަށާއި، ލިޔަންކިޔަން ނުދަންނަ މީހުން އިނގިލީގެ ނިޝާން ދޭދިނުން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުސޮއިކުރި ފަރާތް1 ޤާނޫނު
ސޮއިކުރުމަށް ބޭނުންކޮށްފައިވާ ކްރިއޭޝަން ޑޭޓާ ގެންގުޅޭ އަދި އެހެން ފަރާތެއް ތަމްސީލުކުރުމުގެގޮތުން ނުވަތަ އަމިއްލަ ހައިސިއްޔަތުން ފިޔަވަޅު އަޅާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުސޮވްރިން ގެރެންޓީ1 ޤާނޫނު
ދުރާލާ ކަނޑައަޅާފައިވާ ކޮންޓިންޖެންސީ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ޤާނޫނީ ޝަޚްޞަކުން އަދާކުރަންޖެހޭ މާލީ ޒިންމާއެއް (އެކުގައި ނުވަތަ އެއިން ބައެއް) ދައުލަތުގެ ފަރާތުން އަދާކޮށްދޭނެކަމަށް ޤާނޫނީ ގޮތުން ދޭ ޔަޤީންކަމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުސޮވްރިން ޑިވެލޮޕްމަންޓް ފަންޑް1 ޤާނޫނު
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ފަންޑަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުސޮލިސިޓްކުރުން1 ޤާނޫނު
ދިވެހިރާއްޖޭގައި ނުވަތަ ދިވެހިރާއްޖެއިން ބޭރުގައިނަމަވެސް، ދިވެހިރައްޔިތުންނަށް ނުވަތަ ދިވެހިރައްޔިތުންގެ ބަޔަކަށް، ނުވަތަ ވިޔަފާރިއަކަށް، ނުވަތަ ދިވެހިރާއްޖޭގައި ވަޒަންވެރިވެ އުޅޭ ނުވަތަ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރު ޤައުމެއްގެ ފަރުދަކަށް ނުވަތަ ބަޔަކަށް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ ބޭރުގެ ވިޔަފާރިއަކަށް، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައި ނުވިނަމަވެސް ދިވެހިރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގާ ބޭރުގެ ވިޔަފާރިއަކަށް، އިންޝުއަރެންސް ކޮންޓްރެކްޓެއްވުމަށް ހުށަހެޅުމަށް، ނުވަތަ އިންޝުއަރެންސް ކޮންޓްރެކްޓެއްވުމަށް ދަޢުވަތު ދިނުމަށް، ނުވަތަ އެފަދަ ހުށަހެޅުމެއް ނުވަތަ ދަޢުވަތެއް ހިމެނޭ އިޝްތިހާރެއްކުރުމަށެވެ.
ޤާނޫނު ނަންބަރު 13/2025 ގެ 88 ވަނަ މާއްދާއިންޝުއަރެންސްއާބެހޭ ޤާނޫނުސޮސައިޓީ1 ޤާނޫނު
މި ލަފުޒު ބޭނުންކޮށްފައި އެވަނީ، "ކޯޕަރޭޓިވް ސޮސައިޓީ" އަށް ނިސްބަތްކޮށްފައެވެ.
ޤާނޫނު ނަންބަރު 3/2007 ގެ 68 ވަނަ މާއްދާކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުސޯޝަލް ސަރވިސް ޑިޕާޓްމަންޓް1 ޤާނޫނު
އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ސައިކޯސޯޝަލް ސަޕޯޓް ދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވަޒީރު ނުވަތަ ވުޒާރާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 25/2021 ގެ 14 ވަނަ މާއްދާޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުސްކީމް2 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް މާލީ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދީ ހަމަހަމަކަމާއެކު އެންމެންނަށް ޚިދުމަތްދެވޭ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން މި ޤާނޫނުގެ ދަށުން ޤާއިމުކުރާ "އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމް" އަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުމި ޤާނޫނުގެ 28 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ކްރެޑިޓް ގެރެންޓީ ސްކީމަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުސްކީމްގެ އެސެޓްސް1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމް ހިންގުމަށްޓަކައި ލިބޭ ފައިސާއަށާއި، އިންޝުއަރަންސް ސްކީމްގެ ބައިވެރިންގެ އަތުން ނަގާ ކޮންޓްރިބިއުޝަންއާއި، އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިސާއަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުސްކީމްގެ ދަށުން ދެވޭ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތައް1 ޤާނޫނު
ކަމުގައި ބުނެފައިއެވަނީ، މި ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ ސްކީމްގެ ދަށުން، ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކާއި، ބޭހާއި ތެރަޕިއުޓިކް ޑިވައިސަސް ވިއްކުމާއި ދޫކުރުމާއި ބޭސްދިނުމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކާއި، ޑޮކްޓަރުގެ ލަފާގެމަތިން އިމަޖެންސީކޮށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 15/2011 ގެ 42 ވަނަ މާއްދާއިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސްގެ ޤައުމީ ނިޒާމުގެ ޤާނޫނުސްކޫލް1 ޤާނޫނު
ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ހިންގާ ޕްރީސްކޫލްތަކާއި ފަށާ ތަޢުލީމާއި، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ދޭ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުސްކޫލްގެ މުވައްޒަފުން1 ޤާނޫނު
ސްކޫލްގައި ވަޒީފާދީފައިވާ ސްކޫލްގެ އިސްވެރިޔާއާއި މުދައްރިސުން އަދި އެހެނިހެން ހުރިހާ މުވައްޒަފުންނަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުސްވޮޕް ޑޮނޭޝަންގެ އުސޫލުން ޓްރާންސްޕްލާންޓްކުރުން1 ޤާނޫނު
ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތް ޓްރާންސްޕްލާންޓްކުރުމަށް ކޮމްޕެޓިބަލްނުވުމުގެ ސަބަބުން ޓްރާންސްޕްލާންޓްކުރުމަށް ހުރަސްއެޅިފައިވާނަމަ، އަދި ހަމަ އެ ޙާލަތުގައި ހުރި ގުނަވަނެއް ލިބިގަތުމަށް އެދޭ ފަރާތަކާއި ގުނަވަން ހަދިޔާކުރުމަށް ހުށަހަޅާ ފަރާތެއް ހުރެފައި، އެ ދެ ޖޯޑުގައި ހިމެނޭ ގުނަވަން ލިބޭ ދެފަރާތް ބަދަލުކޮށްފިނަމަ އެފަރާތްތަކުގެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށް ކޮމްޕެޓިބަލްވުމުގެ ސަބަބުން، އެފަދައިން ހަމަޖައްސައި އެ ދެ ޓްރާންސްޕްލާންޓް ކުރިއަށް ގެންދިޔުމަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުސްޓޫޑެންޓުން1 ޤާނޫނު
އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެޝަނަލް އެކައުންޓަންސީ އޯގަނައިޒޭޝަނެއްގެ ޕްރޮފެޝަނަލް އެކައުންޓަންސީ ކޯހެއްގައި ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހިންގުމަށް ހުއްދަކޮށްފައިވާ ކޯހެއްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އެފަދަ ކޯހެއް ފުރިހަމަކުރަމުންދާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުސްޓެޓިސްޓިކަލް ރަޖިސްޓަރ1 ޤާނޫނު
ބޯހިމެނުމާއި ސާރވޭ ސާމްޕަލް ނެގުމަށާއި ތަފާސްހިސާބު އެއްކޮށް އެކުލަވާލުމުގައި ފާހަގަކުރަންޖެހޭ އެކިއެކި ތަންތަނާއި ޔުނިޓްތައް (ވިޔަފާރިތަކާއި މަސައްކަތް ހިންގާ ތަންތަން، ގޭގެ، ޢިމާރާތްފަދަ ތަންތަނަށް) އަދި އެތަންތަނާ ބެހޭ އަސާސީ މަޢުލޫމާތު ތަންފާހަގަކުރެވޭގޮތައް ހަމައެކަނި ތަފާސްހިސާބުގެ ބޭނުމަށް އެކުލަވާލެވޭ ލިސްޓުތަކަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުސްޓެޓިސްޓިކަލް ކައުންސިލު1 ޤާނޫނު
މި ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކުރާ ސްޓެޓިސްޓިކަލް ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުސްޓޭމްޕް1 ޤާނޫނު
ޕޯސްޓޭޖް ސްޓޭމްޕަށެވެ.
ޤާނޫނު ނަންބަރު 5/2006 ގެ 29 ވަނަ މާއްދާޕޯސްޓުގެ ޚިދްމަތުގެ ޤާނޫނުސްޓްރަކްޗަރގެ މަސައްކަތް1 ޤާނޫނު
ޢިމާރާތެއްގެ ސްޓްރަކްޗަރގެ ބައިތައް ހެދުމަށްޓަކައި ކުރެވޭ މަސައްކަތަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް1 ޤާނޫނު
ޤައުމުގެ ޙާލަތަށް ބަލައި، ފަރުދުންނާއި މުޖުތަމަޢު، ނުރައްކާތެރި ކުށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި، ފަރުދުންގެ ޙައްޤުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި، މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފުލުހުންގެ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ޤާބިލުކަން އުފައްދައި، ފުލުހުން ތައްޔާރުވެ ތިބެންޖެހޭ އަމާޒުތައް ބަޔާންކުރާ ރަސްމީ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުސްޓްރެޓީޖިކް ޕްލޭން1 ޤާނޫނު
ފެނާއި ނަރުދަމާއާ ގުޅޭގޮތުން އެކުލަވާލެވޭ ސްޓްރެޓީޖިކް ޕްލޭނަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުސްޕެކްޓްރަމް1 ޤާނޫނު
މުއާޞަލާތުތައް ޤާއިމުކުރުމަށް ބޭނުންކުރާ އެންމެހައި ރޭޑިއޯ ކޮމިއުނިކޭޝަން ފްރީކުއެންސީތަކަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 24/2014 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު) އަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުސްޕެޝަލް ޑްރޯވިންގ ރައިޓްސް1 ޤާނޫނު
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުގައި ރަސްމީ ރިޒަރވްގެ ގޮތުގައި ދައުލަތުން ބަހައްޓާ ސްޕެޝަލް ޑްރޯވިންގ ރައިޓްސްއަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޑ
ޑައިވަރޝަންގެ ޕްރޮގްރާމް1 ޤާނޫނު
ޤާނޫނާ ޚިލާފުވާ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުން ފުރުޞަތުތައް ހޯދާދިނުމަށެވެ. މިގޮތުން ޕްރޮގްރާމްތައް އެކުލަވާލައި އެ ޕްރޮގްރާމްތަކުގެ އެހީގައި ކުދިން ބައިވެރިކޮށް އަނބުރާ މުޖުތަމަޢަށް ގެނެއުމަށް އެހީތެރިވުމުގެގޮތުން ހިންގޭ ބަދަލު ޕްރޮގްރާމްތަކަކީ ކުށުގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން (ހައްޔަރުނުކުރިނަމަވެސް) ޝަރީޢަތުގެ ކުރިން ކުއްޖާއާމެދު ގޮތެއް ނިންމުމުގެ ކުރިންވެސް ދެވިދާނެ ފުރުޞަތެކެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޑައިވެސްޓިޗަރ ސީކުއެންސް ޕްލޭން1 ޤާނޫނު
ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމްގެ ތެރެއިން، ދައުލަތުގެ ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ޕްރައިވަޓައިޒްކުރަންޖެހޭ ތަންތަން ވަކި ތަރުތީބަކުން ލިސްޓުކުރެވި، އެ ތަންތަން ޕްރައިވަޓައިޒްކުރެވެމުންދާ ތަރުތީބު އަންގައިދޭގޮތަށް ތައްޔާރުކުރާ ލިސްޓަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުޑިރެކްޓަރ ޖެނެރަލް4 ޤާނޫނު
މި ޤާނޫނުގެ ދަށުން ޢައްޔަންކުރާ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުމި ޤާނޫނުގެ ދަށުން ތެލަސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރުގެ އެންމެ އިސް ވެރިއެއްގެގޮތުގައި ޢައްޔަންކުރާ ޑިރެކްޓަރ ޖެނެރަލްއަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުމި ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރާ ޑިރެކްޓަރ ޖެނެރަލަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުނުވަތަ "ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 18 މާއްދާގެ ދަށުން ޢައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް1 ޤާނޫނު
ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގުމަށްޓަކައި، ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 1-5 ވަނަ މާއްދާގެ ދަށުން ޢައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް އަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭޝަންސް1 ޤާނޫނު
ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ ދަށުން ލޭބަރ ރިލޭޝަންސް އޮތޯރިޓީގައި، އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްފަރާތުގެ ގޮތުގައި މިނިސްޓަރު ޢައްޔަންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުޑިރެކްޓަރު2 ޤާނޫނު
ދިވެހިރާއްޖޭގައި ބޭންކިންގ ވިޔަފާރި ނުވަތަ ބޭންކިންގ ޙަރަކާތްތައް ހިންގުމުގެ ހުއްދަދީފައިވާ ބޭންކެއްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުނުވަތަ "ޑިރެކްޓަރުން" ކަމަށް ބުނެފައިއެވަނީ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުޑިރެކްޓަރުން1 ޤާނޫނު
މި ޤާނޫނާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ޢައްޔަންކުރާ، މި ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޑިރެކްޓަރުންގެ ބޯޑު2 ޤާނޫނު
ނުވަތަ "ބޯޑު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކުރާ، އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު:
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޑިރެކްޓަރުންގެ ފީ1 ޤާނޫނު
ޑިރެކްޓަރުންގެ ވާޖިބުތައް އަދާކުރުމުގެ ސަބަބުން، ނުވަތަ ޑިރެކްޓަރެއްގެ މަޤާމުގައި ހުރުމުގެ ސަބަބުން، ނަގުދު ފައިސާއިން ނޫނަސް ލިބޭ ކޮންމެ އިނާޔަތެއްވެސް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޑިކްލެއަރކުރުން1 ޤާނޫނު
ދިވެހިރާއްޖެއަށް އެތެރެކުރާ ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރާ މުދަލަކާ ގުޅޭގޮތުން ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) އާއި، އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ނުވަތަ ދޭންޖެހޭ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުޑިވިޑެންޑް1 ޤާނޫނު
ޙިއްޞާގެ އާމްދަނީގެ ގޮތުގައި ނުވަތަ އެނޫންވެސް ގޮތަކުން، ފައިދާގެ ބައިވެރިއެއްގެ ގޮތުން ލިބޭ، ދަރަންޏެއްގެ ބަދަލުގައި ލިބޭ އެއްޗެއް ކަމުގައި ނުހިމެނޭ ކޮންމެ އާމްދަނީއަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޑިވެލޮޕަރ1 ޤާނޫނު
ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ހުއްދަ ދެވޭ ފަރާތަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 16-16 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޑިމޮގްރަފިކް މަޢުލޫމާތުތައް1 ޤާނޫނު
މީހާގެ ޢުމުރާއި، ޖިންސް، ތަޢުލީމީ ފެންވަރު، ވަޒީފާއާބެހޭ މަޢުލޫމާތުތަކާއި، އާމްދަނީއަށް ލިބޭ މިންވަރު، ކައިވެނީގެ މަޢުލޫމާތާއި، ޢާއިލީ މަޢުލޫމާތާއި، ގެދޮރުވެރިކަމާއި އަދި ކުރާ ވިޔަފާރިއާބެހޭ މަޢުލޫމާތުތަކަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުޑިސިޕްލިނަރީ ކޮމިޓީ1 ޤާނޫނު
މި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅުއަޅާ އިދާރާ ނުވަތަ ކޮމިޓީ ނުވަތަ ބޯޑަށެވެ.
ޤާނޫނު ނަންބަރު 27/2015 ގެ 67 ވަނަ މާއްދާނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުޑިސެމިނޭޝަން ޕޮލިސީ1 ޤާނޫނު
ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އެކުލަވާލާ ރަސްމީ ތަފާސްހިސާބު ޢާންމުކުރުމާއި، އިސްލާހު ގެނައުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި، އެންމެނަށް އެއްހަމައެއްގައި ފޯރުވައިދިނުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި ތަފާސްހިސާބު ޢާންމުކުރުމުގައި ގެންގުޅެންޖެހޭ އުސޫތައް ކަނޑައަޅާ ސިޔާސަތެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުޑިސްޕޯސްކުރުން1 ޤާނޫނު
އެންމެފަހު ފިޔަވަޅެއްގެގޮތުގައި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޑިޕޮސިޓް1 ޤާނޫނު
އެއްވެސް ފަރާތެއްގެ ކިބައިން، އިންޓްރެސްޓެއް ނުވަތަ ޕްރީމިއަމްއަކާއެކު ނުވަތަ އިންޓްރެސްޓެއް ނުވަތަ ޕްރީމިއަމްއަކާ ނުލައި، އެފަރާތެއްގެ އަމުރަކަށް ނުވަތަ ކަނޑައެޅިފައިވާ އިރެއްގައި ނުވަތަ އެފަރާތާއި ފައިސާ ބަލައިގަންނަ ފަރާތާދެމެދު އެއްބަސްވެފައިވާ ޙާލަތެއްގައި، މިދެފަރާތް އެއްބަސްވެފައިވާ އުޞޫލުތަކެއްގެ މަތިން ފައިސާ ބެހެއްޓި ފަރާތަށް އަނބުރާ ދޭގޮތަށް ނުވަތަ އެހެން ފަރާތަކަށް ބަދަލުކުރާގޮތަށް ބަލައިގަންނަ ފައިސާއެކެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުޑީ.އެން.އޭ1 ޤާނޫނު
ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic acid) އަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުޑީ.އެން.އޭގެ މަޢުލޫމާތު1 ޤާނޫނު
ހަށިގަނޑުގެ ބޭރުން ނުވަތަ އެތެރެއިން ނުވަތަ އެނޫންވެސް ގޮތަކަށް ނެގޭ ބޮޑީ ސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީ.އެން.އޭ ގެ ތަޙްލީލުތަކުން ލިބޭ ޖެނެޓިކް މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުޑެޒިގްނޭޓަޑް ސްޓެޓިސްޓިކްސް1 ޤާނޫނު
ރަސްމީ ތަފާސްހިސާބުގެ ތެރެއިން އެއިރަކަށް އެންމެ އިސްކަންދީގެން ތަފާސްހިސާބުގެ ޤައުމީ ނިޒާމުގެ ތެރެއިން އުފެއްދުމަށް ކަނޑައެޅޭ، އަދި ތަފާސްހިސާބުގެ އަހަރީ ޕްރޮގްރާމްގައި ހިމެނިފައިވާ ތަފާސްހިސާބެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓް1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ދައުލަތުގެ ދަރަނި ބަލަހައްޓައި މެނޭޖުކުރުމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް މި ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން މިނިސްޓްރީގައި ޤާއިމުކުރާ ޑިޕާޓްމަންޓަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޑެޓް ސެކިއުރިޓީސް1 ޤާނޫނު
ކަނޑައެޅިފައިވާ ވަކި ފަރާތަކަށް އެފަރާތެއްގެ ނަމުގައި ނުވަތަ ބެއަރަރ އިންސްޓްރުމަންޓްތަކެއްގެ ގޮތުގައި އިލެކްޓްރޯނިކް ނުވަތަ ކިތާބީ ލިޔެކިޔުމެއްގެ ގޮތުގައި ސަރުކާރުން ނުވަތަ ސަރުކާރުގެ ނަމުގައި އެހެން ފަރާތަކުން ދޫކުރާ ސެކިއުރިޓީތަކަށެވެ. ސަރުކާރުން ދޫކުރާ ސެކިއުރިޓީތަކުގެ ތެރޭގައި އިސްލާމިކް ސެކިއުރިޓީތަކާއި، ޕްރޮމިސަރީ ނޯޓުތަކާއި، އެފަދަ އެހެން މާލީ އިންސްޓްރުމަންޓްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޑެޕިއުޓީ ކޮމިޝަނަރ1 ޤާނޫނު
ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްއަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުޑޭޓާ1 ޤާނޫނު
މަޢުލޫމާތު ނުވަތަ މަފްހޫމެއް، ކޮންމެ ސިފައެއްގައިވިޔަސް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 64 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުޑޭޓާ މެސެޖު1 ޤާނޫނު
ނުވަތަ މެސެޖު" ކަމަށް ބުނެފައި އެވަނީ، އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެފަދަ ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ނުވަތަ ފޮނުވާފައިވާ ނުވަތަ ލިބިފައިވާ ނުވަތަ ރައްކާކުރެވިފައިވާ މަޢުލޫމާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުޑޮކްޓަރު2 ޤާނޫނު
މެޑިކަލް ޑޮކްޓަރުންނަށާއި ޞިއްޙީ ފަރުވާދީ ބޭސްފަރުވާ ކުރުމުގެ ހުއްދަ އޮންނަ މީހުންނަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުނުވަތަ "ޑޮކްޓަރުން" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރެކްޓިޝަނަރުންނަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުޑޮކްޓްރިން އޮފް ކޮންސްޓްރަކްޓިވް ޕްރެސެންސް1 ޤާނޫނު
އައްސޭރިފަށުގެ ގައުމެއް (ކޯސްޓަލް ސްޓޭޓް) ގެ ޤާނޫނީ ބާރު ހިނގާ ސަރަޙައްދުން ބޭރުގައި އޮތް ބޭރު ޤައުމެއްގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދެއް ޙަރަކާތްތެރިވަމުންދަނީ، އެ އައްސޭރިފަށުގެ ޤައުމުގެ އުޅަނދަކާ ނުވަތަ މަތިންދާ ބޯޓަކާ ގުޅިގެން ކަމުގައިވާނަމަ، ބޭރު ޤައުމުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުގެ މައްޗަށް އެ އައްސޭރިފަށުގެ ޤައުމުގެ ޤާނޫނީ ބާރު ހިންގުމުގެ ހަމައަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުޒ
ޒަކާތު ކައުންސިލް1 ޤާނޫނު
މި ޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ޒަކާތު ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒަކާތު ފަންޑު1 ޤާނޫނު
ނުވަތަ "ފަންޑު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 42 ވަނަ މާއްދާގެ ދަށުން އުފައްދާ ފަންޑަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒަކާތް1 ޤާނޫނު
މުދަލު ޒަކާތް އަދި ފިޠުރު ޒަކާތް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒަކާތް ނެގުން1 ޤާނޫނު
މުދަލު ޒަކާތް އަދި/ނުވަތަ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ނުވަތަ މުދާ ބަލައިގަތުމަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒަކާތް ބެހުން1 ޤާނޫނު
ޒަކާތުގެ ބެހެނިވެރިންނަށް އަދި/ނުވަތަ ބޭނުންތަކަށް ޒަކާތު ފަންޑުގެ ފައިސާ ދޫކުރުމަށް ނުވަތަ ގޮވާމުގެ ބާވަތްތައް ބެހެނިވެރިންނަށް ދިނުމަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒަކާތް ދެއްކުން1 ޤާނޫނު
މުދަލު ޒަކާތް އަދި/ނުވަތަ ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާ ނުވަތަ ގޮވާމުގެ ބާވަތްތައް ދެއްކުމަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޒާތީ މަޞްލަޙަތު1 ޤާނޫނު
ސީދާ އެމީހަކާ ގުޅުންހުރި ހަމައެކަނި އެމީހަކަށް މަންފާ ލިބޭ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 5/2013 ގެ 35 ވަނަ މާއްދާރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުޒާތީ ޚިދުމަތް ދޭ ތަންތަން1 ޤާނޫނު
ރީތިވުމާއި، ބޯކޮށުމާއި، ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުމާއި، ހަށިގަނޑު ތޮރުފުމާއި، ހަށިގަނޑު ރީތިކުރުމާއި، ކުލަ ޖެއްސުމާއި، އެނޫންވެސް ގޮތްގޮތުން އަގު އަދާކޮށްފައި، މީހުންނަށް ޒާތީގޮތުން ރީތިވުމުގެ ޚިދުމަތް ދޭ ތަންތަނަށާއި މަރުކަޒުތަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުޒިނޭކުރުން1 ޤާނޫނު
ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ފިރިހެނަކު އޭނާގެ ކުރިމަތިފަރާތް އަންހެނެއްގެ ކުރިމަތިފަރާތަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް ވެއްދުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޒިންމާދާރު ވެރިއެއް1 ޤާނޫނު
މިޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން، ސަރުކާރުގެ މަސްއޫލު އޮފީސްތަކުގައި، މިޤާނޫނުގައިވާ ކަންކަން ހިންގުމަށްޓަކައި ކަނޑައަޅާ ވެރިޔާއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުޒޯން1 ޤާނޫނު
ޒޯނުގެ ގޮތުގައި މާނަކޮށްދީފައިވާ މިނިވަން ވިޔަފާރި ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޓ
ޓިން2 ޤާނޫނު
ރަޖިސްޓަރީކޮށްފައިވާ ފަރާތެއްގެ ގޮތުގައި މީރާގައި ރަޖިސްޓަރީކުރުމުން، މީރާއިން އެ ފަރާތަކަށް ކަނޑައަޅާ ޓެކްސްޕެޔަރ އައިޑެންޓިފިކޭޝަން ނަންބަރަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޓެކްސް ޤާނޫނެއްގެ ދަށުން ރަޖިސްޓަރީކުރުމުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ޓެކްސްޕެޔަރ އައިޑެންޓިފިކޭޝަން ނަންބަރަށެވެ.
ޓިއުޝަން ދޭ ތަންތަން1 ޤާނޫނު
ޢާންމު ތަޢުލީމުދޭ ސްކޫލް ނުވަތަ މަދަރުސާތަކުންދޭ ފިލާވަޅުތައް އޮޅުންފިލުވައިދީ، ދަސްކޮށްދިނުމަށް ހިންގާ ކްލާސްތަކަށެވެ. ޓިއުޝަން ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ޓިއުޝަން ދޭނަމައެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު1 ޤާނޫނު
މުދައްރިސުން ރަޖިސްޓަރީކޮށް ކިޔަވައިދިނުމުގެ ލައިސަންސް ދީ، މުދައްރިސުންގެ އަޚުލާޤީ، ފަންނީ އަދި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމުގެ މަސައްކަތް ޙަވާލުކުރުމަށް މި ޤާނޫނުގެ ދަށުން އުފައްދާ ބޯޑަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޓޫރިސްޓުން1 ޤާނޫނު
ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) ގެ ދަށުން ދޫކުރާ ޓޫރިސްޓު ވީޒާއެއްގައި ދިވެހިރާއްޖެއަށް އެތެރެވާ މީހުންނަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޓޫރިސްޓެއް1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖެއަށް އަންނަ ދިވެހި ރަށްޔިތަކު ނޫން "ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެ މީހަކަށެވެ. "ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބެހޭ ފަރާތުންދޭ ހުއްދައެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޓޫރިސްޓް ހޮޓާ1 ޤާނޫނު
އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކިރޭޓަކުން އަގު ދައްކާގޮތަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭ ގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ގެސްޓްހައުސްނޫން ތަންތަނަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޓޫރިސްޓް ރިޒޯޓުތައް1 ޤާނޫނު
ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓުތަކަށާއި، ޕިކްނިކް އައިލެންޑްތަކަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުޓޫރިސްޓް ރިޒޯޓް1 ޤާނޫނު
ނިދުމާއި ކެއުން ހަމަޖެހޭގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ ރަށަކަށް، ނުވަތަ ރަށެއްގެ ތެރެއިން އެގޮތަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދަކަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޓޫރިސްޓް އުޅަނދު1 ޤާނޫނު
މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ހަމަޖެހޭގޮތަށް، އަދި އެ އުޅަނދެއްގައި ހޭދަހުރާ ކޮންމެދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ޓުރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ އުޅަދަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޓޫރިސްޓް ގެސްޓްހައުސް1 ޤާނޫނު
މިނިސްޓްރީ އޮފް ޓޫރިޒަމުން ކަނޑައަޅާ ފެންވަރަކަށް ނިދުމާއި ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެދުވަހަކަށް ވަކި ރޭޓަކުން އަގު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓާނޫން ތަންތަނެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޓޫރިޒަމާބެހޭ މިނިސްޓްރީ1 ޤާނޫނު
ޓޫރިޒަމާގުޅޭ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
ޤާނޫނު ނަންބަރު 11/2024 ގެ 45 ވަނަ މާއްދާފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުޓޫރިޒަމްގެ މަސައްކަތް1 ޤާނޫނު
ޤާނޫނު ނަންބަރު 15/79 ގެ "ނޯޓް" ގެ (ހ) ގައި ބަޔާންކޮށްފައިވާ "ޓޫރިސްޓް ރިޒޯޓެއް" ނުވަތަ (ށ) ގައި ބަޔާން ކޮށްފައިވާ "ޓޫރިސްޓް ހޮޓަލެއް" ނުވަތަ "ގެސްޓްހައުސް" އެއް ހެދުމަށާއި އެފަދަ ތަނެއް ހިންގުމުގެ މަސައްކަތަށެވެ.
ޤާނޫނު ނަންބަރު 25/79 ގެ 17 ވަނަ މާއްދާދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުއުވާލާފައިޓެކްނިކަލް ސަރވިސް ފީ1 ޤާނޫނު
މުވައްޒަފުންނަށް ދޭ އުޖޫރައިގެ ގޮތުގައި ނުހިމެނޭ، ޓެކްނިކަލް، މެނޭޖީރިއަލް ނުވަތަ ކޮންސަލްޓަންސީ ފަދަ ޚިދުމަތަށް ދައްކާ މުޤާބިލަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޓެކްނޮލޮޖީ ނިއުޓްރަލިޓީ1 ޤާނޫނު
އެއްވެސް ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކި ބާވަތެއްގެ ޓެކްނޮލޮޖީއަކަށް ނުވަތަ ވަކިގޮތެއް ބޭނުންކުރުމަކަށް ނުވަތަ ޓެކްނޮލޮޖީގެ އުފެއްދުމަކަށް ވަކި އިސްކަމެއް ދިނުމެއްނެތި، ޓެކްނޮލޮޖީގެ ހުރިހާ ބާވަތަކަށްވެސް އެއް ހަމައަކުން ރިޢާޔަތްކުރުމުގެ އުސޫލަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުޓެކްސް1 ޤާނޫނު
ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ.
ޓެކްސް ނެގޭ މުއްދަތު1 ޤާނޫނު
ޖީ.އެސް.ޓީ ދެއްކުމަށް މި ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޓެކްސް ރިލީފް1 ޤާނޫނު
ޒޯނެއްގައި ހިންގާ އިޤްތިޞާދީ މަސައްކަތަކާ ގުޅިގެން ޢާންމު އުސޫލުން ދައްކަންޖެހޭ ޓެކުހުގެ މިންވަރަށް، އެ ޒޯނުގެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ދެވޭ ލުޔަކަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޓެކްސް ބިނާކުރެވޭ އާމްދަނީ1 ޤާނޫނު
ކޮންމެ ފަރާތަކަށްވެސް ހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ ޖުމްލަ އާމްދަނީން އުނިކުރުމަށް މި ޤާނޫނުން ހުއްދަކުރާ އުނިކުރުންތަކާއި މި ޤާނޫނުގެ 33 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ގެއްލުން އުނިކުރުމުން އޮންނަ އާމްދަނީއަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޓެކްސް ކްރެޑިޓް1 ޤާނޫނު
ޒޯނެއްގައި ހިންގާ އިޤްތިޞާދީ މަސައްކަތަކާ ގުޅިގެން ޢާންމު އުސޫލުން ދައްކަންޖެހޭ ޓެކުހުގެ މިންވަރުން އަޅާކެނޑުމަށް އެ ޑިވެލޮޕަރަށް ނުވަތަ އިންވެސްޓަރަށް ލިބިދެވޭ ފުރުޞަތަށެވެ. ނުވަތަ ޢިނާޔަތަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޓެކްސް އަހަރު1 ޤާނޫނު
މީލާދީ އަހަރުގެ 1 ޖަނަވަރީ އިން 31 ޑިސެންބަރަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޓެކްސް އިންވޮއިސް1 ޤާނޫނު
ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ޖީ.އެސް.ޓީ ދައްކާ އެހެން ފަރާތަކަށް މުދަލެއް ވިއްކުމަށްފަހު ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމަށްފަހު، އެ މުދަލެއް ގަތް ނުވަތަ ޚިދުމަތެއް ލިބިގަތް ފަރާތަށް މި ޤާނޫނުގެ 41 ވަނަ މާއްދާގެ ދަށުން ދޫކުރާ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޓެކްސް-އެބިޓްޑާ1 ޤާނޫނު
އެ މުއްދަތުގައި ޓެކްސް މި ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ގެއްލުން އުނިކުރުމުގެ ކުރިން އޮންނަ ފައިދާ ނުވަތަ ގެއްލުމަށް އަންނަނިވި ޢަދަދުތައް އެއްކުރުމުން އަންނަ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 71 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޓެލެކޮމިއުނިކޭޝަން1 ޤާނޫނު
ވަޔަރު، ނުވަތަ ރޭޑިއޯ، ނުވަތަ އޮޕްޓިކަލް، ނުވަތަ އެހެނިހެން އިލެކްޓްރޯމެގްނެޓިކް ނިޒާމުތަކެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ އިޝާރާތެއް، ސިގްނަލެއް، ލިޔުމެއް، ފޮޓޯއެއް، އަޑެއް ނުވަތަ އެއްވެސް ބާވަތެއްގެ އިންޓެލިޖަންސެއް ބޭނުންކޮށްގެން ބަދަލުކުރުމާއި، ފޮނުވުމާއި ލިބިގަތުމަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުޓެލެކޮމިއުނިކޭޝަން ނަންބަރިންގ ޕްލޭން1 ޤާނޫނު
ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތްތަކަށް ބޭނުންކުރާ ނަންބަރުތައް ބަހާލެވިފައިވާ ގޮތާއި ނަންބަރުތައް ބޭނުންކުރާނެ އުސޫލުތަކަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުޓެލެކޮމިއުނިކޭޝަންގެ ޞިނާޢަތު1 ޤާނޫނު
ޓެލެކޮމިއުނިކޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އަންނަނިވި ކަންކަން ޝާމިލުވާ ޞިނާޢަތުތަކަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުޓްރައިބިއުނަލް5 ޤާނޫނު
މި ޤާނޫނުގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބަލާ، ޓްރައިބިއުނަލަށެވެ.
ޤާނޫނު ނަންބަރު 2/2008 ގެ 97 ވަނަ މާއްދާވަޒީފާއާބެހޭ ޤާނޫނުޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން ޤާއިމުކޮށްފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 10 ވަނަ ބާބުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ މައްސަލަތައް ބަލާ، ޓްރައިބިއުނަލަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން އުފައްދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުކަމުގައި ބުނެފައި އެވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައި ދިނުމަށްއެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ.
ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގް1 ޤާނޫނު
މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާއި ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން ބާއްވާ މަޝްވަރާ ބައްދަލުވުންތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުޓްރައުމާ އިންފޯމްޑް ނަޒަރިއްޔާ2 ޤާނޫނު
ކުށުގެ ޝިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.]
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުކުށުގެ ޝިކާރައަކަށްވާ ފަރާތަށް ލިބޭ އަނިޔާތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ އަސަރު ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ނަޒަރިއްޔާއަށެވެ.
ޤާނޫނު ނަންބަރު 25/2021 ގެ 14 ވަނަ މާއްދާޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުޓްރަސްޓްގެ ޚިދުމަތް1 ޤާނޫނު
އިލެކްޓްރޯނިކް ސޮޔާއި، އިލެކްޓްރޯނިކް ޓައިމް ސްޓޭމްޕާއި، އިލެކްޓްރޯނިކް ރަޖިސްޓަރޑް ޑެލިވަރީއާއި، އިލެކްޓްރޯނިކް އާކައިވްކުރުން ،ހިމެނޭގޮތުން، ޑޭޓާގެ ފެންވަރުގެގޮތުން އެކަށީގެންވާ މިންވަރަކަށް ބަރޯސާވެވޭނެ އިލެކްޓްރޯނިކް ޚިދުމަތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުޓްރަސްޓްގެ ޚިދުމަތްދޭ ފަރާތް1 ޤާނޫނު
އިލެކްޓްރޯނިކް ސޮޔާގުޅޭ ސެޓިފިކެޓު ދޫކުރުން އަދި ބެލެހެއްޓުން ހިމެނޭގޮތަށް، ޓްރަސްޓްގެ ޚިދުމަތެއް ނުވަތަ ޓްރަސްޓްގެ އެއް ޚިދުމަތަށްވުރެ ގިނަ ޚިދުމަތްދޭ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުޓްރާންސިޓް ފަސިންޖަރުން1 ޤާނޫނު
އެއް ޤައުމަކުން ފުރައިގެން އަނެއް ޤައުމަކަށްދާ މަގުމަތީގައި، ފްލައިޓް ބަދަލުކުރުންފަދަ ބޭނުމަކަށް 24(ސައުވީސް) ގަޑިއިރަށްވުރެ ދިގުނޫން މުއްދަތަކަށް ދިވެހިރާއްޖޭގައި މަޑުކުރާ ފަސިންޖަރުންނަށެވެ.
ޤާނޫނު ނަންބަރު 29/2016 ގެ 16 ވަނަ މާއްދާދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނުޓްރާންސިޓްކުރުން1 ޤާނޫނު
އިމްޕޯޓްކޮށް ނުވަތަ އެކްސްޕޯޓްކުރާ ޤައުމަށް ގެންދިޔުމުގެ މަގުމަތީގައި، ސެނިޓަރީގޮތުން ބަލައި ފާސްކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ އެހެން ޤައުމެއްގެ ބަނދަރުގައި ނުވަތަ އެއްގަމު މަގުގައި ބަލައި ފާސްކުރުމަށް ކަނޑައެޅިފައިވާ ތަނުގައި މަޑުކުރުމަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޓްރާންސްފަރ އޯޑަރު1 ޤާނޫނު
:
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޓްރާންޒިޓްކުރުން1 ޤާނޫނު
ބޭރު ޤައުމެއްގައިވާ ކުށްވެރިޔަކު އެހެން ޤައުމަކަށް ބަދަލުކުރުމަށްޓަކައި ދަތުރުކުރާއިރު ދިވެހިރާއްޖޭގެ މަގުން ދަތުރުކުރާ ޙާލަތްތަކުގައި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި މަޑުކުރާ ކުރުމަށެވެ.
ޤާނޫނު ނަންބަރު 38/2014 ގެ 39 ވަނަ މާއްދާކުށްވެރިން ބަދަލުކުރުމުގެ ޤާނޫނުޓްރީޓްކުރުން2 ޤާނޫނު
ފެނުގައި އެކުލެވޭ ރައްކާތެރި ނޫން މާއްދާތައް، ކަނޑައެޅޭ ވަކި ބޭނުމަކަށް ނުވަތަ ބޭނުންތަކަށް އެކަށީގެންވާ މިންވަރަށް ސާފުކުރުމަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުކުނީގެ ގޮތުގައި އުފެދޭ ތަކެތިން ތިމާވެއްޓަށް ނުވަތަ ޢާންމު ޞިއްޙަތަށް ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި، އެ ތަކެތި ފަނާކުރުވާފަދަ ގޮތްތަކެއް ޚިޔާރުކޮށްގެން ނުވަތަ އެނޫންވެސް ގޮތެއް ބޭނުންކޮށްގެން ކުނީގައި އެކުލެވޭ ނުރައްކާތެރި ސިފަތައް ނައްތާލުމަށް ނުވަތަ ކުނީގެ މިންވަރު މަދުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޓްރެޜަރީ ލޯނު1 ޤާނޫނު
ދައުލަތުން ނަގާފައިވާ އެއްވެސް ދަރަންޏަކާ ގުޅުމެއް ނެތި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ދަރަނީގެ އިންސްޓްރުމަންޓެއް މެދުވެރިކޮށް އެހެން ފަރާތަކަށް ދަރަންޏަށް ފައިސާ ދޫކުރުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޓްރޭޑްމާރކާގުޅޭ ޙައްޤަކަށް އަރައިގަންނަ ބާވަތުގެ މުދާ1 ޤާނޫނު
ކައުންޓަރފީޓް މުދަލަށް ނުވަތަ ކައުންޓަރފީޓް މާރކެއް ޖަހާފައިވާ ކޮންމެ މުދަލަކަށެވެ. އޭގެ ތެރޭގައި، ވިޔަފާރިއަކަށް ނުވާ ގޮތުން، އަމިއްލަ ބޭނުމަކަށް އެތެރެކުރެވޭ މުދަލެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުޓްރޭޑްމާރކް1 ޤާނޫނު
ނުވަތަ "މާރކް" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ޓްރޭޑްމާރކަށެވެ. އެ މާނައިގެ ތެރޭގައި، ސެޓިފިކޭޝަން މާރކް އަދި ކަލެކްޓިވް މާރކްވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުޔ
ޔުނިވަރސިޓީގެ ޗާޓަރ1 ޤާނޫނު
ޔުނިވަރސިޓީއެއް އުފެއްދުމަށްޓަކައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ފުރިހަމަވާންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުން އެ ޔުނިވަރސިޓީ އުފެއްދުމަށް ހުއްދަދިނުމާއެކު، އެ ޔުނިވަރސިޓީގެ ޙައްޤުތަކާއި އިމްތިޔާޒުތައް ކަނޑައަޅައި، ޔުނިވަރސިޓީގެ ދަރަޖަ ދީފައިވާކަން އަންގައިދިނުމަށް މިނިސްޓްރީން ދޫކުރާ ލިޔުމަށެވެ.
ޤާނޫނު ނަންބަރު 7/2021 ގެ 73 ވަނަ މާއްދާދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ1 ޤާނޫނު
ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާ އޮތޯރިޓީއަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުޔޫނިއަން1 ޤާނޫނު
ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުޔޫނިއަންގެ އުސޫލުތައް1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔޫނިއަންގެ ހިންގުމާ ގުޅިގެން އެކުލަވާލާ އުސޫލުތަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުޔޫނިއަންގެ ދުސްތޫރު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުޔޮޓް ބަނދަރު1 ޤާނޫނު
ޔޮޓާއި އެފަދައެހެން އުޅަނދު ބަނދަރު ކުރުމަށާއި، އެފަދަ އުޅަނދުތަކަށް އެކިއެކި ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ބަނދަރުތަކަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 53 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޕ
ޕަރފޯމަންސް1 ޤާނޫނު
ލަވަ، މިޔުޒިކު އަދި މިނޫންވެސް ތަމްސީލުގެ ޙަރަކާތްތަކަށާއި އަދި އެހެނިހެން އަދަބީ އަދި ޘަޤާފީ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޕަރފޯމަންސް އޮޑިޓް1 ޤާނޫނު
އެފަރާތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ގޮތް ބަލައި ވަޒަންކުރުމާއި އެފަރާތުގެ މަސައްކަތް ހިނގާފައިވަނީ ހަރުދަނާ މާލީ އުސޫލުތަކާއި ހަމަތަކުގެ މަތިންތޯ ބަލައި ވަޒަންކުރުމަށެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުޕަރފޯމިންގ އާޓްސް1 ޤާނޫނު
ލަވައާއި، މިޔުޒިކާއި، ނެށުމާއި، ތަމްސީލްފަދަ ޕަރފޯމިންގ އާޓްސް އެކުލެވޭ ޝޯވއަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުޕަރފޯމް1 ޤާނޫނު
ފަންނާނެއް ޕަރފޯމަންސެއް ހުށަހަޅައިދިނުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޕަބްލިކް ހެލްތް ލެބޯޓަރީ1 ޤާނޫނު
ވަކި ސަރަޙައްދެއްގައި ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި ނުވަތަ ކުރުމަށްޓަކައި، ޢާންމު ޞިއްޙަތާ ގުޅިގެން ލެބޯޓަރީގެ ޚިދުމަތް ދިނުމަށްޓަކައި، ތައްޔާރުކޮށްފައިވާ ލެބޯޓަރީ ތަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުޕަބްލިކް ނޯޓަރީ2 ޤާނޫނު
ޤާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ބަލައި، ކަށަވަރުކޮށްދީ، އެފަދަ ލިޔެކިޔުމުގައި ސޮއިކުރާ ފަރާތްތަކަށް އޭގައި ބަޔާންކުރާ އެއްޗެއް އެނގޭކަން ކަށަވަރުކޮށް، އެފަދަ ލިޔެކިޔުންތަކުގައި އެފަރާތްތަކުން ސޮއިކުރިކަން ހެކިކޮށްދިނުމާއި، އެނޫންވެސް އެފަދަ ލިޔުންތަކުގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް، މި ޤާނޫނުގެ ދަށުން ބާ ކައުންސިލުން ހުއްދަކުރާ ކޮންމެ ޤާނޫނީ ވަކީލަކަށެވެ.
ޤާނޫނު ނަންބަރު 5/2019 ގެ 77 ވަނަ މާއްދާދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް2 ޤާނޫނު
ދިވެހިރާއްޖެއަށް ބޭނުންވާ ޢުމްރާނީ އަދި ބިނާރީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ޕްލޭނަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުދިވެހިރާއްޖެއަށް ބޭނުންވާ ޢުމްރާނީ އަދި ބިނާރީ ތަރައްޤީގެ ވަސީލަތްތައް ޤާއިމުކުރުމަށް ދައުލަތުން މެދުރާސްތާގައި އިސްކަމެއް ދީގެން ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ ޕްލޭނަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް މަޝްރޫޢުތައް1 ޤާނޫނު
އަމިއްލަ ވިޔަފާރިތަކާއެކު ވެވޭ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ހިންގާ މަޝްރޫޢުތަކަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) ސްކޫލްތައް1 ޤާނޫނު
ދައުލަތާއި ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާ ދެމެދު ކަނޑައެޅިގެންވާ މިންވަރަކާއި ފެންވަރެއްގައި އެއްބަސްވެވިފައިވާ އަގެއްގައި، ކަނޑައެޅިފައިވާ މުއްދަތަކަށް ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޕާރމިޓް1 ޤާނޫނު
ޒޯނެއް ގާއިމުކުރުމަށް ޑިވެލޮޕަރަކު ހުށަހެޅުމުން ދެވޭ އިނީޝިއަލް ޕާރމިޓްގެ މައްޗަށް ބިނާކޮށް އެ ޑިވެލޮޕަރަކު ހުށަހަޅާ ތަފްޞީލު ލިޔުންތައް ދިރާސާކުރުމަށްފަހު، އެ ޒޯން ގާއިމުކުރުމަށް ފެންނަކަމަށް ކަނޑައަޅައި، ބޯޑުން ދޭ ރަސްމީ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޕާސްޕޯޓު1 ޤާނޫނު
ބައިނަލްއަޤްވާމީ ދަތުރުފަތުރުގައި، މީހެއްގެ ޤައުމީ ނިސްބަތާއި މީހެއްގެ ތަފްސީލު އަންގައިދިނުމަށް ބޭނުންކުރާ، އެމީހެއްގެ ފޮޓޯޖެހި، އަދި ކަމުގެ ބާރު ލިބިގެންވާ ޤާނޫނީ އިދާރާއަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމަކަށެވެ. މި މާނަކުރުމުގައި، ޕާސްޕޯޓުގެ ބަދަލުގައި ދޫކުރެވޭ އެފަދަ ބޭނުންހިފޭ ވަގުތީ ލިޔުންތައްވެސް ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 1/2007 ގެ 37 ވަނަ މާއްދާދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން1 ޤާނޫނު
މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބައްދަލުވުމަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނުޕާޓީ ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ފަރާތް1 ޤާނޫނު
ޕާޓީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށާއި، ޕާޓީ ތަމްސީލުކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެމަތިން ޢައްޔަންކޮށްފައިވާ ނުވަތަ އިންތިޚާބުކޮށްފައިވާ މީހާއަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނުޕާޓްނަރޝިޕް3 ޤާނޫނު
ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރޝިޕްތަކަށެވެ.
ޤާނޫނު ނަންބަރު 18/2014 ގެ 31 ވަނަ މާއްދާވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރޝިޕްތަކަށެވެ.
ޤާނޫނު ނަންބަރު 19/2014 ގެ 36 ވަނަ މާއްދާއަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު:
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޕެންޝަން ޙައްޤުވާ ޢުމުރު1 ޤާނޫނު
ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު) ގެ ދަށުން ޕެންޝަން ލިބޭނެކަމަށް ކަނޑައަޅާފައިވާ ޢުމުރަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުޕެރިސް ކޮންވެންޝަން1 ޤާނޫނު
20 މާރިޗު 1883 ގެ "ޕެރިސް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އިންޑަސްޓްރިއަލް ޕްރޮޕަރޓީ" އަށެވެ.
ޤާނޫނު ނަންބަރު 19/2025 ގެ 52 ވަނަ މާއްދާޓްރޭޑްމާރކްގެ ޤާނޫނުޕެސްޓިސައިޑް1 ޤާނޫނު
ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓް ނައްތާލުމަށާއި ކޮންޓްރޯލްކުރުމަށްޓަކައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ އެއްވެސް ބާވަތެއް، ނުވަތަ ގިނަ ބާވަތްތަކެއް އެއްކޮށްގެން ހަދާފައިވާ ބާވަތްތަކަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުޕެސްޓިސައިޑްގެ ކުނި1 ޤާނޫނު
ޕެސްޓިސައިޑްގެ އެއްވެސް މިންވަރެއް އެކުލެވޭ، ކުނީގެ ގޮތުގައި އުކާލާ އެއްވެސް ބާވަތްތަކަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުންތައް އުފުލާ އުޅަނދު1 ޤާނޫނު
އެ އުޅަނދެއްގައި ހުންނަންވާނެކަމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ޚާއްޞަ ޝަރުޠުތަކެއް އެކުލެވޭ އަދި ޕެޓްރޯލިއަމް ނުވަތަ ޕެޓްރޯލިއަމްގެ އުފެއްދުމެއް އުފުލުމަށް އޮތޯރިޓީން ދޫކުރާ ހުއްދަ ލިބިފައިވާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުޕެޓްރޯލިއަމްގެ އުފެއްދުން1 ޤާނޫނު
އެ އުފެއްދުމަކީ އެ އުފެއްދުމަކުން އަލި ނުވަތަ ހޫނު ނުވަތަ ހަކަތަ އުފައްދަން ބޭނުންކުރެވޭ ނުވަތަ ޕެޓްރޯލިއަމްއިން ކުރެވޭ އެހެންވެސް ބޭނުމެއް ކުރެވޭ، ޕެޓްރޯލިއަމްއިން އުފައްދާފައިވާ ނުވަތަ އެ އުފެއްދުމެއްގައި ޕެޓްރޯލިއަމްގެ ކޮންމެވެސް މިންވަރެއް އެކުލެވޭ ކޮންމެ އުފެއްދުމަކަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުޕޭމަންޓް އިންސްޓްރަކްޝަން1 ޤާނޫނު
އެއްވެސް ފަރާތަކުން ސިސްޓަމްގެ ބައިވެރިއަކަށް ނުވަތަ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކަށް، ނުވަތަ ސިސްޓަމްގެ އެއް ބައިވެރިއެއް އެހެން ބައިވެރިއަކަށް، ޕޭމަންޓް މުޢާމަލާތެއް ތަންފީޛުކޮށްދިނުމަށް އެދި، އިލެކްޓްރޯނިކް ވަސީލަތެއް ހިމެނޭގޮތުން ކޮންމެ ގޮތަކަށް ކަމުގައިވީނަމަވެސް، ކުރާ އަމުރަކަށް ނުވަތަ ދޭ ހުއްދައަކަށް ނުވަތަ އަންގާ އެންގުމަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޕޭމަންޓް ޚިދުމަތްދޭ ފަރާތް1 ޤާނޫނު
ޕޭމަންޓް ޚިދުމަތެއް ދިނުމަށް މި ޤާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޕޮއިންޓް އޮފް ސޭލް1 ޤާނޫނު
މުދާ ގަނެވިއްކުމުގެ މުޢާމަލާތު ހިނގާ ތަނަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޕޮލިގްރާފީ ޓެސްޓް ހެދުން1 ޤާނޫނު
މީހަކާ ސުވާލު ކުރެވޭހިނދު، އޭނާގެ ނޭވާލަމުންދާގޮތް، ނުވަތަ ލޭގެ ޕްރެޝަރު، ނުވަތަ ހިތުގެ ވިންދު، ނުވަތަ ދާހިއްލުންފަދަ އަމިއްލަ އިޚްތިޔާރުން ބޭރުން ހިނގާ ކަންކަން މެޝިނެއްގެ އެހީގައި ދެނެގަތުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުޕޮލިސް ރެކޯޑު1 ޤާނޫނު
މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށާގުޅޭގޮތުން ނުވަތަ އުފުލިފައިވާ ދަޢުވާއާ ގުޅޭގޮތުން ނުވަތަ ކުރަމުންދާ ނުވަތަ ކުރެވިފައިވާ ތަޙްޤީޤާ ގުޅޭގޮތުން ފުލުހުން ބަލަހައްޓަމުންދާ މަޢުލޫމާތަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުޕޮލިސް ލައިންއަޕް1 ޤާނޫނު
ކުށުގެ ތުހުމަތުކުރެވޭ ފަރާތް ދެނެގަތުމަށާއި ވަކި ކުށެއްކުރީ ވަކިމީހަކުކަމަށް ހެކިބަސްދޭ މީހުންގެ ހެކިބަހުން ފާހަގަކުރާ ފަރާތް ދެނެގަތުމަށްޓަކައި އެ ހެކިބަސްދޭ މީހާ ފާހަގަކުރާ ސިފަތައް ހުރި ނުވަތަ އެ ސިފަތަކާ ގާތްކުރާ ސިފަތަކެއް ހުރި ބަޔަކު ވަކި ތަރުތީބަކުން އަތުރައި، އެގޮތަށް އަތުރާފައި ތިބޭ ބައެއްގެ ތެރެއިން ހެކިބަސްދޭ މީހާ ކުށުގެ ތުހުމަތުކުރާ ފަރާތް ފާހަގަކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުޕޯސްޓިންގ1 ޤާނޫނު
ޑިޕްލޮމެޓިކް މިޝަންތަކަށާއި، ކޮންސިއުލާ ޕޯސްޓުތަކުގެ ވަޒީފާއަދާކުރުމަށް ދާ ދިއުމަށެވެ.
ޤާނޫނު ނަންބަރު 20/2021 ގެ 71 ވަނަ މާއްދާދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުޕޯސްޓު1 ޤާނޫނު
އެއް ތަނުން އަނެއް ތަނަށް ފޮނުވޭ ސިޓީ، ޕޯސްޓު ކާޑު، ޕާރުސަލް އަދި އެނޫންވެސް އެފަދަ ތަކެތި ފޮނުވުމަށް ބޭނުންކުރާ އަސާސީ ޕޯސްޓާއި އެނޫންވެސް ކޫރިއަރގެ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 42/2015 ގެ 36 ވަނަ މާއްދާކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުޕޯސްޓުގެ ޚިދްމަތް1 ޤާނޫނު
ޕޯސްޓާއި ކުރިއަރ ޚިދްމަތްވެސް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 5/2006 ގެ 29 ވަނަ މާއްދާޕޯސްޓުގެ ޚިދްމަތުގެ ޤާނޫނުޕޯސްޓުގެ ޚިދްމަތް ދޭ ފަރާތް1 ޤާނޫނު
ޕޯސްޓާއި ކުރިއަރ ޚިދްމަތް ދޭ ސަރުކާރުގެ ފަރާތްތަކާއި އަމިއްލަ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 5/2006 ގެ 29 ވަނަ މާއްދާޕޯސްޓުގެ ޚިދްމަތުގެ ޤާނޫނުޕޯސްޓް-މޯޓަމް އެގްޒަމިނޭޝަން1 ޤާނޫނު
އިންސާނަކު މަރުވި ސަބަބު ދެނެގަތުމަށް ޓަކައި، ނުވަތަ މަރާ ގުޅުންހުރި ކަންތައްތައް ދެނެގަތުމަށް ޓަކައި އިންސާނެއްގެ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ބަލައި ހޯދުމަށެވެ . އަދި މި ގަވާއިދުގެ މަގުސަދަށް ޓަކައި "އޮޓޮޕްސީ" މި މާނައިގެ ތެރޭގައި ހިމެނެއެވެ.
ޕޯސްޓް-މޯޓަމް އެގްޒޭމިނޭޝަން ހަދާ ފެސިލިޓީ1 ޤާނޫނު
ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަ ދީފައިވާ، މަރުކަޒު ނުވަތަ އިދާރާ ނުވަތަ ދިވެހިރާއްޖެއިން ބޭރު ޤައުމުތަކުގައި އެ ޤައުމެއްގެ ކަމާބެހޭ އިދާރާއަކުން ޕޯސްޓް-މޯޓަމް ހެދުމަށް ހުއްދަދީފައިވާ ތަންތަނަށެވެ.
ޕޯޓް ކަރަންޓީން ފެސިލިޓީ1 ޤާނޫނު
ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ޖަނަވާރު ބަލައި ފާސްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، ވަގުތީގޮތުން ޖަނަވާރު ގެންގުޅެ ބެލެހެއްޓުމަށްޓަކައި، މި ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޤާއިމުކުރާ ފެސިލިޓީތަކަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޕޯޓް ސްޓޭޓް1 ޤާނޫނު
ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބަނދަރުގެ ޚިދުމަތް ފޯރުކޮށްދޭ ނުވަތަ އެ އުޅަނދެއްގެ އެ ވަގުތަކު ބަނދަރުވެފައިވާ ޤައުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުޕްރައިވަޓައިޒްކުރުން1 ޤާނޫނު
ދައުލަތުގެ ވިޔަފާރި ތަނެއްގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން މިލްކުކުރާ ހިއްސާ ނުވަތަ މަޞްލަޙަތު، އެކުގައި ނުވަތަ އޭގެން ބައެއް، އަމިއްލަ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ބަދަލުކުރުމަށެވެ. ނުވަތަ ވިއްކުމަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުޕްރައިވެޓް އައިލެންޑް1 ޤާނޫނު
ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް، ކުއްޔަށްދީ، ހިންގުމަށް ކަނޑައަޅާފައިވާ ވަކި ފަޅެއް ހިއްކައިގެން ހަދާ ރަށެއް، އެ ރަށެއް ތަރައްޤީކުރަން ޙަވާލުކުރެވޭ ފަރާތަކުން، ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްޤީކޮށް، އިންވެސްޓަރަކަށް ދިގު މުއްދަތަށް ކުއްޔަށްދިނުމަށް ތަރައްޤީކުރާ ޓޫރިޒަމްގެ ރަށަކަށެވެ.
ޤާނޫނު ނަންބަރު 2/99 ގެ 16-16 ވަނަ މާއްދާދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުޕްރައިވެޓް ސެކްޓަރ1 ޤާނޫނު
އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި، ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެންމެހައި ކުންފުނިތަކާއި، އެހެނިހެން ޤާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ އެންމެހައި ވިޔަފާރިތަކާއި، ނޮން ޕްރޮފިޓް މޭކިންގ އޯގަނައިޒޭޝަންތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުޕްރިންސިޕަލް1 ޤާނޫނު
ސަރުކާރު ނުވަތަ އަމިއްލަ ސްކޫލެއްގައި، އެ ސްކޫލް ހިންގުމާ ޙަވާލުވެހުރި އެންމެ އިސް ފަރާތަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޕްރިކޯޝަނަރީ1 ޤާނޫނު
ކަމަކާގުޅޭ ފުރިހަމަ ސާފު މަޢުލޫމާތު ނެތި، އެ ކަމެއް ބޭނުންވާ ގޮތް ނޫން ގޮތަކަށް ހިނގާފާނެކަމަށްޓަކައި ކުރާ ކަންތަކަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުޕްރިކޯޝަނަރީ އެޕްރޯޗް1 ޤާނޫނު
ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ފުރިހަމަ މަޢުލޫމާތު ނެތް ޙާލަތުގައި ނުވަތަ ވަކި ކަމެއް ޔަޤީންކުރެވިފައިނުވާ ހިނދުގައި، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިޢާޔަތްކޮށް ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
ޤާނޫނު ނަންބަރު 14/2019 ގެ 88 ވަނަ މާއްދާދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުޕްރީ ސްކޫލް1 ޤާނޫނު
އުމުރުން 4 އަހަރާއި 6 އަހަރާދެމެދުގެ ކުދިންނަށް ޕްރީ ސްކޫލް ތަޢުލީމު ދިނުމަށް ޚާއްޞަ ސްކޫލްތަކަށެވެ.
ޤާނޫނު ނަންބަރު 1/2012 ގެ 31 ވަނަ މާއްދާޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުޕްރީސްކޫލް ތަޢުލީމު1 ޤާނޫނު
ފަށާ ތަޢުލީމުގެ ކުރިއަށް، ޢުމުރުން 4 (ހަތަރެއް) އަހަރާއި 6 (ހައެއް) އަހަރާ ދެމެދުގެ ކުދިންނަށް ދެވޭ ތަޢުލީމުގެ މަރުޙަލާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޕްރީ-ހާވެސްޓް އިންޓަވަލް1 ޤާނޫނު
ދަނޑުވެރިކަމުގެ އުފެއްދުންތަކުގައި ޕެސްޓިސައިޑް ރެސިޑިއު ހަރުލާފައި ނުހުންނަގޮތަށް ހެދުމުގެ ގޮތުން، އެ ބާވަތްތައް ކެނޑުމާ ހަމައަށް ޕެސްޓިސައިޑް ބޭނުންނުކުރުމަށް ކަނޑައަޅާ މުއްދަތަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުޕްރެކްޓިސްކުރުން1 ޤާނޫނު
އޮޑިޓް އަދި އެޝޫރެންސްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުޕްރޮބޭޝަން އޮފިސަރ1 ޤާނޫނު
ވަކި މުއްދަތަކަށް ކަމާގުޅޭ މުއައްސަސާއަކުން ޢައްޔަންކުރެވޭ ފަރާތެކެވެ. މިގޮތުން، އެފަރާތަކީ ކުއްޖާގެ ޙާލަތު ދެނެގަތުމަށް އެސެސްމަންޓް ހެދުމާއި، ކުއްޖާއަށް އެންމެ އެކަށޭނެ ޕްރޮގްރާމް ޕްލޭންއެއް އެކުލަވާލުމާއި އެ ޕްރޮގްރާމް ގެންދާއިރު ކުއްޖާގެ އުޅުން / ޢަމަލުތައް ސުޕަވައިޒްކޮށް ބަލަހައްޓައި ރިޕޯޓުކުރާނެ ފަރާތެކެވެ. މި މަސައްކަތުގައި އިޖްތިމާޢީ އެހީތެރިންނާއި ކައުންސެލިންގއާއި ސައިކޮލޮޖީ ދާއިރާގެ މީހުން މަސައްކަތްކުރެއެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޕްރޮކިޔޮމަންޓް ނިޒާމު1 ޤާނޫނު
ސަރުކާރުން ހިންގާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކަށް ބޭނުންވާ މެޑިކަލް ޑިވައިސްތަކާއި، އިކުއިޕްމަންޓްތަކާއި، މެޝިނަރީއާއި މެޑިކަލް ކޮންސިއުމަބަލްސްފަދަ ތަކެތި ހޯދައި، އެތަންތަނަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގައި ނުވަތަ މިނިސްޓްރީން ޙަވާލުކުރާ ފަރާތެއްގައި ޤާއިމުކުރާ ޔުނިޓް ނުވަތަ ސެކްޝަނަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޕްރޮމޯޓުކުރުމާއި ޕްރޮމޯޝަންގެ ޙަރަކާތްތައް1 ޤާނޫނު
އިޝްތިހާރުކުރުންވެސް ހިމެނޭގޮތުން، އެހެންނަމަވެސް އެއަށްވުރެ ފުޅާ މާނައެއްގައި ދުންފަތުގެ ބާވަތްތަކުގެ ވިއްކުންތައް އިތުރުކުރުމުގެ މަޤްޞަދުގައި ދުންފަތާބެހޭ ބާވަތްތައް ބެހުމާއި، ހަދިޔާގެ ގޮތުގައި ދިނުމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުޕްރޮގްރާމް1 ޤާނޫނު
މަޝްރޫޢުތަކާއި، ޕްރޮޖެކްޓްތަކާއި، ފަރުވާގެ ފިޔަވަހިތަކާއި، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ހިންގޭ އެކިއެކި ކަންކަން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް1 ޤާނޫނު
ޕްރޮސިކިއުޓަރ ޖެނެރަލް، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި، މި ޤާނޫނުގެ [2] ވަނަ މާއްދާގެ ދަށުން އުފައްދާ އޮފީހަށެވެ.
ޤާނޫނު ނަންބަރު 9/2008 ގެ 24 ވަނަ މާއްދާޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުޕްރޮސެސްކުރުން2 ޤާނޫނު
ކާބޯތަކެތީގެ ޒާތަށާއި އަސްލަށް އެއްވެސް ކަހަލަ ބަދަލެއް ގެނައުމަށެވެ. މީގެ ތެރޭގައި ކެއްކުން، ހިއްކުން، ދިލަޖެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ. ނަމަވެސް ކޮށުން، ބައިކުރުން، ކަށިފިލުވުން، ހަންނެގުން، މުގުރުން، ތޮށިމެށުން ނުވަތަ ތޮށިވަކިކުރުން، ފިނިކުރުން، ގަނޑުކުރުން، ގަނޑުފިލުވުން ފަދަ ކާބޯތަކެތީގެ ޒާތަށް ބަދަލު ނާންނަ ކަންތައްތައް މީގެ ތެރެއަކު ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުކުނި ރީސައިކަލްކުރުމަށާއި ކުނިން ބޭނުންތެރި މާއްދާތައް އިޢާދަކުރުމަށްޓަކައި ހިންގާ ޙަރަކާތްތަކަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޕްރޮސްޕެކްޓިވް ފައުންޑިންގ މެންބަރު1 ޤާނޫނު
އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ ފައުންޑިންގ މެންބަރަކަށް ވުމަށް އެދި ބޭންކް އުފެއްދުމަށް 24 އޮކްޓޫބަރު 2014 ގައި އެކުލަވާލެވުނު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގައި ބައިވެރިވެފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 34/2015 ގެ 10 ވަނަ މާއްދާއޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކްގެ މެންބަރަކަށް ދިވެހިރާއްޖެ ވުމާގުޅޭ ޤާނޫނުޕްރޮޑިއުސަރު1 ޤާނޫނު
އޯޑިއޯ ވިޝުއަލް މަސައްކަތެއް ނުވަތަ އަޑުގެ ރިކޯޑިންގއެއް އުފެއްދުމަށް އިސްނެގި ނުވަތަ އެ އުފެއްދުމަކަށް ޒިންމާދާރުވާ މީހާ ނުވަތަ އެކަމުގެ ޤާނޫނީ ޝަޚްޞަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޕްރޮޖެކްޓަށް ހިއްކާފައިވާ ބިން2 ޤާނޫނު
ޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓެއްގެ ބައެއްގެ ގޮތުގައި އެ ޕްރޮޖެކްޓްގެ ދަށުން، މެދުދިޔައިގައި ކަނޑުގެ ސަތަޙުން މައްޗަށް ހިކިފައި އޮންނަ މިންވަރަށް، އުފައްދައި އުފުލާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ސަރަޙައްދަށެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިޕްރޮޖެކްޓް1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ކަނޑައެޅިފައިވާ އިޖްތިމާޢީ ނުވަތަ އިޤްތިޞާދީ މަޤްޞަދެއް ޙާޞިލް ކުރުމަށްޓަކައި، ކުރާ ކޮންމެ މަސައްކަތަކަށެވެ.
ޤާނޫނު ނަންބަރު 4/93 ގެ 11 ވަނަ މާއްދާދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުޕްރޮޖެކްޓް ހިންގާ ސަރަޙައްދު2 ޤާނޫނު
މި ޤާނޫނުއަސާސީގެ 302 ވަނަ މާއްދާގެ ދަށުން ޕްރޮޖެކްޓް ޙައްޤު ދޫކުރެވޭ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ބަޔަށެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިޕްރޮޖެކްޓް ޙައްޤު2 ޤާނޫނު
ޕްރޮޖެކްޓް ހިންގާ ސަރަޙައްދުގައިވާ ބިމާ ގުޅޭގޮތުން ދޫކުރެވޭ އަންނަނިވި ޙައްޤުތަކުގެ ތެރެއިން ޙައްޤަކަށް، ނުވަތަ އެއިން އެއް ޙައްޤަށްވުރެ ގިނަ ޙައްޤަށެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިޕްލާސްޓިކް ކޮތަޅު1 ޤާނޫނު
މުދާ ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކޮށްފައި ހުންނަ ކޮތަޅު ފިޔަވައި، މުދާ އުފުލުމަށް ބޭނުންކުރާ ޕްލާސްޓިކުން (އޮކްސޯޑިގްރޭޑަބަލް އަދި، ސިންތަޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް) ހަދާފައި ހުންނަ ކޮތަޅަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޕްލާސްޓިކް ކޮތަޅުގެ ފީ1 ޤާނޫނު
ދިވެހިރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން މި ޤާނޫނުގެ ދަށުން ނަގާ އަގަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޕްލޭނަރުން1 ޤާނޫނު
ޕްލޭންކުރުމާއި ޑިޒައިންކުރުން ހިމެނޭގޮތުން ސިޓީ ނުވަތަ ރަށްރަށުގައި ނުވަތަ އެނޫންވެސް ސަރަޙައްދުތަކުގައި އެކިއެކި ބޭނުންތަކަށް ބިން ނުވަތަ ސަރަޙައްދުތައް ޕްލޭންކުރުމާއި ފަރުމާކުރުމުގެ ފަންނީ މަސައްކަތްކުރުމަށް މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުޕްލޭނިންގ އިދާރާ1 ޤާނޫނު
މި ޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އިދާރާތަކަށެވެ.
ޤާނޫނު ނަންބަރު 16/2024 ގެ 49 ވަނަ މާއްދާބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުޖ
ޖަނަވާރު2 ޤާނޫނު
އިންސާނުން ފިޔަވައި، އެއްގަމުގައި އުޅޭ ނުވަތަ ކަނޑުގައި އުޅޭ ފުރާނަލެއްވި ކޮންމެ މަޚްލޫޤެއްމެ ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުއެއްގަމުގައި އުޅޭ އެންމެހައި ޖަނަވާރާއި، ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ މަސްމަހާމެއްސާއި ކްރަސްޓޭޝިއަންގެ ބާވަތްތަކާއި އެނޫންވެސް ދިރޭ އެއްޗެހި ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރު ވިއްކާ ތަންތަން1 ޤާނޫނު
ދިވެހިރާއްޖޭގައި ވިޔަފާރީގެ ޙަރަކާތެއްގެ ގޮތުގައި ޖަނަވާރު ނުވަތަ ޖަނަވާރުގެ ބައެއް ވިއްކުމަށްޓަކައި، އެނޫންވެސް އެފަދަ ފައިދާކުރަނިވި މުޢާމަލާތްކޮށް އެއިން މަންފާ ލިބިގަތުމަށްޓަކައި ޖަނަވާރު ގެންގުޅޭ ތަންތަނަށެވެ. އެ މާނައިގެ ތެރޭގައި، އަމިއްލަ ފަރުދުން ނުވަތަ ގޭބިސީތަކުން ގެންގުޅޭ، އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރާއި، މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ހުއްދަކޮށްފައިވާ އެހެން ބޭނުމަކަށް ގެންގުޅޭ ޖަނަވާރެއް ނުހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރު ވިއްސައި އާލާކުރާ ތަންތަން1 ޤާނޫނު
ދިވެހިރާއްޖޭގައި ޖަނަވާރު ވިއްސައި އާލާކުރުމަށް މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރުގެ ބައިތައް1 ޤާނޫނު
ވިއްސައި އާލާކުރުމަށް ބޭނުންކުރާ ޖަނަވާރުގެ ބައިތަކާއި، ޖަނަވާރުގެ އަސްލުން އުފައްދާފައިވާ އިންސާނުން ކެއުމަށް ބޭނުންނުކުރެވޭ ބައިތަކަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރުގެ ބޭސް1 ޤާނޫނު
ވަކި މިންވަރަކަށް އަދި ވަކި ގޮތަކަށް ޖަނަވާރަށް ދީގެން، ބަލިޖައްސާ އަސްލުތައް އެއްކޮށް ނައްތާލައިގެން ނުވަތަ ބަލި އިތުރަށް ބޮޑުވުން ކުޑަކޮށްގެން ނުވަތަ ބަލިން ދިފާޢުކޮށްދީގެން ނުވަތަ ޖަނަވާރުގެ ހެދިބޮޑުވުމަށާއި އުފެއްދުންތެރިކަމަށް ބާރުއަޅައިދީގެން ރަނގަޅު ނަތީޖާއެއް ނެރެދޭ މާއްދާތަކަށެވެ. މީގެ ތެރޭގައި ފަރުވާދިނުމަށް ގެންގުޅޭ ބޭހާއި، ބަލިން ރައްކާތެރިކުރުމަށް ގެންގުޅޭ ވެކްސިން ފަދަ ބޭސްތަކާއި، ހޯމޯނާއި، ބަލިދެނެގަތުމަށް ބޭނުންކުރާ މާއްދާތަކާއި، އެންޓިބަޔޮޓިކްސްއާއި، އަދި ފަނިފަކުސަ، ނުވަތަ އުކުނު، ނުވަތަ ސެއްޅި، ނުވަތަ މަކުނު މެރުމަށް ގެންގުޅޭ ޕެސްޓިސައިޑް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރުގެ ކާނާ2 ޤާނޫނު
ޖަނަވާރު ކެއުމަށްޓަކައި، ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން އޭގެ ޤުދްރަތީ ޙާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި، ޞިނާޢީ ގޮތުން އުފެއްދުމުގެ ތެރެއިން ޤުދްރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ޤުދްރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރު ކެއުމަށްޓަކައި، ގަސްގަހާގެހީގެ ނުވަތަ ޖަނަވާރުގެ އަސްލުން އޭގެ ޤުދުރަތީ ޙާލަތުގައި ހިއްކައިގެން ނުވަތަ ތާޒާކޮށް ނުވަތަ ހަލާކުނުވާގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗަށާއި، ޞިނާޢީ ގޮތުން އުފެއްދުމުގެ ތެރެއިން ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން އެއް ބާވަތެއް ނުވަތަ އެތައް ބާވަތެއް އެއްކޮށްގެން އިތުރު އެއްޗެއް ނާޅާ ނުވަތަ ކާނާގެ މުއްސަނދިކަން އިތުރުކޮށްގެން އުފައްދާ އުފެއްދުންތަކަށެވެ. މީގެ ތެރޭގައި ފަތްޕިލާވެއްޔާއި، ގޮވާމާއި، މަސްކުނޑި ފަދަ ޤުދުރަތީ ކާނާގެ މާއްދާތަކާއި ފައިދާގެ ގޮތުން މުއްސަނދިކޮށްފައިވާ ތައްޔާރީ ކާނާގެ ބާވަތްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރުގެ ދުޅަހެޔޮކަން1 ޤާނޫނު
ޖަނަވާރުގެ ޖިސްމާނީ އަދި ނަފްސާނީ ޙާލަތަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަނަވާރުގެ ޛަރީޢާއިން ޖެހޭ ބަލި1 ޤާނޫނު
ބަލިޖައްސާ އަސްލުތައް ކަމުގައިވާ، ބެކްޓީރިޔާ ނުވަތަ ވައިރަސް ނުވަތަ ޕެރަސައިޓް މެދުވެރިވެގެން ޖަނަވާރުގެ ގައިން އިންސާނުން ގަޔަށް އަރާ ނުވަތަ ޖަނަވާރުންނަށްވެސް ޖެހޭ ބަލީގެ ވައްތަރުތަކަށެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖަމްޢިއްޔާގެ ރެޖިސްޓްރާރ1 ޤާނޫނު
މި ޤާނޫނުގައި، ޖަމްޢިއްޔާގެ ރެޖިސްޓަރާރ ކުރަން ކަނޑައަޅާފައިވާ ކަންތައްތައް ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.
ޖަލު1 ޤާނޫނު
ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ތަންތަން ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުޖަލްސާ1 ޤާނޫނު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށެވެ.
ޤާނޫނު ނަންބަރު 2/2005 ގެ 21 ވަނަ މާއްދާވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުޖިނާއީ ބޮޑު ކުށެއް3 ޤާނޫނު
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށްކުށަށެވެ.
ޤާނޫނު ނަންބަރު 5/2019 ގެ 77 ވަނަ މާއްދާދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން އެ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ. ނުވަތަ އެހެން ޤައުމެއްގެ ޤާނޫނެއްގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށެއް، އެއީ، ދިވެހިރާއްޖޭގައި އެ ކުށުގެ ޢަމަލު ހިނގައިފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން އެ ޢަމަލުން ފުރިހަމަވާ ކުށުގެ އެންމެ ބޮޑު އަދަބެއްގެ ގޮތުގައި މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ނުވަތަ އެނޫންވެސް ގޮތަކަށް ބަންދުގައި ބެހެއްޓުމަށް އަދަބު ކަނޑައެޅިފައިވާ ކުށަކަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައިވާ ކުށްތަކަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޖިނާއީ އިޖުރާއަތުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޖިނާއީ މައްސަލައެއްގެ ތަޙްޤީޤު1 ޤާނޫނު
ކުށެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ މީހަކު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ކުރެވޭ ތަޙްޤީޤަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުޖިނާއީ މައްސަލައެއްގެ ޝަރީޢަތް1 ޤާނޫނު
ކުށެއް ކޮށްފައިވާ ކަމުގެ ދަޢުވާ އުފުލިފައިވާ މީހެއްގެ މައްޗަށް އޭނާ ކޮށްފައިވާ ކަމަށް ބަޔާންކުރާ ކުށް ސާބިތުވޭތޯ ކަނޑައެޅުމަށްޓަކައި، އަދި ކުށް ސާބިތުވެއްޖެނަމަ، ކުށަށް އަދަބު ކަނޑައެޅުމަށްޓަކައި ބާއްވާ ޝަރީޢަތަށެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރުގެ ކުޑަކުއްޖެއް1 ޤާނޫނު
ޤާނޫނު ނަންބަރު 18/2019 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޢުމުރުގެ ކުޑަކުއްޖަކަށެވެ.
ޤާނޫނު ނަންބަރު 7/2025 ގެ 100 ވަނަ މާއްދާގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުޖިންސީ ކުށް ކުރާ މީހުން1 ޤާނޫނު
ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގައި ނަން ހިމެނުން ލާޒިމުކުރާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޖިންސީ އަނިޔާ2 ޤާނޫނު
ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ޖިންސީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާފަދަ އަނިޔާކުރުމާއި ލަދުގެންނެވުމާއި މިނޫންވެސް މިފަދަ ޢަމަލުތަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، ރޭޕްކުރުން ކަމަށް ނުވާގޮތަށް، މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 7 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޖިންސީ ގުނަވަނެއް1 ޤާނޫނު
ފިރިހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށެވެ. އަންހެނެއްގެނަމަ އޭނާގެ ކުރިމަތި ފަރާތަށާއި މޭމައްޗަށެވެ. މީގެއިތުރުން، މި ޤާނޫނުގައި ބަޔާންވެގެންވާ ރޭޕްގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ޢަމަލުގެ މަޙައްލުގައި، ފިރިހެނެއްގެ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތްވެސް ޖިންސީ ގުނަވަނެއްގެ މާނައިގައި ހިމެނިގެންވެއެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޖިންސީ ގުނަވަން ނޫން ގުނަވަނެއް1 ޤާނޫނު
މީހެއްގެ ފުރަގަސްފަރާތަށް ނުވަތަ އަނގައަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޖިންސީ ގޯނާ2 ޤާނޫނު
ކުއްޖާއަށް ކުރިމަތިކުރުވާ، ނުވަތަ ތަޙައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ ޢަމަލަކަށެވެ. އެއީ، ކުއްޖާއާ ޢާއިލީ ގުޅުމެއް އޮތް މީހެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އެނޫން ފަރާތެއްގެ ކިބައިން ކަމުގައިވިޔަސްވެސްމެއެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުރޭޕް ކުރުމަށް ނުވާގޮތުން، އަދި، ޖިންސީ އަނިޔާއަށް ނުވާގޮތުން، ދެމަފިރިން ކަމުގައި ނުވާ ދެމީހެއްގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލާ، އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލާ، ހާމަކުރުވުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނިއްކައެއް ކުރުމަށެވެ. ނުވަތަ އެނޫންވެސް އިހާނެތި ޢަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ކުރުމަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 7 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޖިސްމާނީ އަނިޔާ2 ޤާނޫނު
ބާރުގެ ބޭނުންކޮށްގެން ނުވަތަ އެއްޗެއް ބޭނުންކޮށްގެން ކުއްޖާގެ ހަށިގަނޑުން ބަޔަކަށް ޤަޞްދުގައި ދީފައިވާ ކަމަށް ބެލެވޭ އަނިޔާއަށެވެ. މިފަދަ އަނިޔާގެ ތެރޭގައި، ކަފައިގެންގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައި ހުންނަ ތަންތަނާއި، ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ލަކުނާއި، ކަށީގައި ލާފައި ހުންނަ ރެނދު (ފްރެކްޗަރ) ނުވަތަ ކަށްޓަށް ލިބިފައިވާ އެނޫންވެސް ގެއްލުމާއި، ހުޅުން ނައްޓައިގެން ދިއުމާއި، އެނބުރުމާއި، ލޭފޭބުމާއި، ނާރެއް (ވިސްކަސް) ފަޅައިގެން ދިއުމާއި، ފިހިފައިވާ ތަންތަނާއި، ފޮޅާއި، ހޭވެރިކަމަށް ނުވަތަ ފިޒިއޮލޮޖިކަލް ފަންކްޝަނިންގ ހުއްޓުން ނުވަތަ އެކަމަށް ބަދަލެއް އައުމާއި، އިސްތަށި ނުވަތަ ދަތަށް ލިބޭ ގެއްލުން ހިމެނެއެވެ.
ޤާނޫނު ނަންބަރު 19/2019 ގެ 133 ވަނަ މާއްދާކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗަށް އެއްވެސް ޖިސްމާނީ އަނިޔާގެ ޢަމަލެއް ހިންގުމަށް ނުވަތަ ހިންގަފާނެކަމުގެ ބިރުދެއްކުމަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޖީ.އެސް.ޓީ ބަޔާން1 ޤާނޫނު
މި ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ތައްޔާރުކޮށް ހުށަހަޅާ ބަޔާނަށެވެ.
ޤާނޫނު ނަންބަރު 10/2011 ގެ 16 ވަނަ މާއްދާމުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުޖުމްލަ އާމްދަނީ2 ޤާނޫނު
މުދަލާއި ޚިދުމަތް ވިއްކައިގެން ލިބޭ ޖުމްލަ އަދަދުން އެއްވެސް ޚަރަދެއް ކެނޑުން ނުވަތަ އުނިކުރުމުގެ ކުރިން އަންނަ ޖުމްލަ އަދަދަށެވެ.
ޤާނޫނު ނަންބަރު 6/2013 ގެ 56 ވަނަ މާއްދާކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުހިސާބުކުރާ މުއްދަތެއްގެ ތެރޭގައި ލިބޭ، މި ޤާނޫނުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީ ފިޔަވައި، އެނޫން އާމްދަނީގެ ޖުމްލައިން އެއްވެސް ޢަދަދެއް އުނިކުރުމުގެ ކުރިން އޮންނަ ޢަދަދަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޖުމްލަ ދަރަނި1 ޤާނޫނު
ދައުލަތުގެ ނަމުގައި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަންޏާއި ރާއްޖޭގެ އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.
ޖުޑީޝަލް ކައުންސިލް1 ޤާނޫނު
ކަމާބެހޭ ޤާނޫނެއްގެ ދަށުން އުފައްދައި، އެ ކައުންސިލްގެ އިޚްތިޞާޞް އެ ޤާނޫނުގައި ބަޔާންކޮށްދީފައިވާ ކައުންސިލަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުޖެނެރަލް އޮފިސަރުން1 ޤާނޫނު
ބްރިގޭޑިއަރ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގެ އޮފިސަރުންނަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުޖެނެރަލް ޕާޓްނަރޝިޕް1 ޤާނޫނު
ޤާނޫނު ނަންބަރު 13/2011 (ޕާޓްނަރޝިޕްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޕާޓްނަރޝިޕަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޖެނެރޭޓްކޮށްފައިވުން1 ޤާނޫނު
އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް މެދުވެރިކޮށް މަޢުލޫމާތެއް އުފެއްދުމަށް ނުވަތަ ވުޖޫދަށް ގެނައުމަށެވެ.
ޤާނޫނު ނަންބަރު 2/2022 ގެ 34 ވަނަ މާއްދާއިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނުޖެނެޓިކަލީ މޮޑިފައިކޮށްފައިވާ ކާބޯތަކެތި1 ޤާނޫނު
ޤުދްރަތީ ގޮތުން ހެދޭ ހެދުމަށް ބަދަލުގެނެވިފައިވާ ގަސްގަހާގެއްސާއި މަސްމަހާމެހީގެ ބާވަތްތަކުން އުފައްދާފައިވާ ކާބޯތަކެއްޗަށެވެ.
ޤާނޫނު ނަންބަރު 6/2024 ގެ 102 ވަނަ މާއްދާކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުޖެންޑަރ1 ޤާނޫނު
ވަކި ޖިންސަކަށް ނިސްބަތްކޮށް އިޖްތިމާޢީ ގޮތުންނާއި ޘަޤާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނަށް ދެވިފައިވާ މާނަކުރުމަށެވެ. މީގެ ތެރޭގައި، އަންހެނުންނާއި ފިރިހެނުންގެ ދައުރާއި، އުޅުމާއި، އެކަމާ ގުޅުންހުރި އެހެނިހެން ކަންކަމާ އަދި މުޖްތަމަޢުގައި ވަކި ޖިންސަކަށް ނިސްބަތްކުރާ ދައުރާއި، މަސައްކަތްތަކާއި، ފުރުޞަތުތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުޖޮއިންޓް ވެންޗަރ1 ޤާނޫނު
ވިޔަފާރި ހިންގާ ދެ ފަރާތެއްގެ މެދުގައިވާ އެއްބަސްވުމެއްގެ ދަށުން ވަކި ވިޔަފާރިއެއް ހިންގުމުގެ ބޭނުމަށް ޚާއްޞަކޮށްގެން އުފައްދާ ވިޔަފާރި ތަނަކަށެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުޗ
ޗާޓަރޑް އެކައުންޓެންޓް1 ޤާނޫނު
އިންސްޓިޓިއުޓްގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2020 ގެ 41 ވަނަ މާއްދާދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ޤާނޫނުޗާޕުކުރެވިފައިވާ1 ޤާނޫނު
އެއްވެސް ބާވަތެއްގެ މެކްނިކަލް އިމްޕްރެޝަނެއް އުފެއްދުމުގެގޮތުން އެއްވެސްބާވަތެއްގެ އެއްޗެއްގައި އަކުރުތަކެއް ނުވަތަ ރޮނގުތަކެއް ފެންނަން ހުންނާނެގޮތަށް ހެދުމަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުޗީފް އެގްޒެކެޓިވް1 ޤާނޫނު
އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްއާއި އެ ހައިސިއްޔަތުން މަސައްކަތްކުރާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުޗީފް އެގްޒެކްޓިވް އޮފިސަރ1 ޤާނޫނު
މި ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން، އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން ޢައްޔަނުކުރާ ޗީފް އެގްޒެކްޓިވް އޮފިސަރަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުޗީފް ސްޓެޓިސްޓީޝަން1 ޤާނޫނު
ބިއުރޯގެ އިސް ފަރާފތުގެ ގޮތުގައި މި ޤާނޫނުގެ 7 ވަނަ މާއްދާގައި ބަޔާންކުރާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 16/2021 ގެ 70 ވަނަ މާއްދާދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުޗެކް އިމޭޖް1 ޤާނޫނު
ސަލާމަތީ ގޮތުން މަދުވެގެން ހުންނަންޖެހޭ ވަކި މިންގަނޑެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ އެ މިންގަނޑުތަކާ އެއްގޮތަށްވާ، ޗެކެއްގެ މޫނުމަތި އަދި ނުފުށް ދައްކުވައިދޭ ޑިޖިޓަލް އިމޭޖަކަށެވެ.
ޤާނޫނު ނަންބަރު 8/2021 ގެ 66 ވަނަ މާއްދާޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުޗެއަރމަން2 ޤާނޫނު
މި ޤާނޫނުގެ 78 ވަނަ މާއްދާގެ ދަށުން، އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރާ ޗެއަރމަނަށެވެ.
ޤާނޫނު ނަންބަރު 10/2013 ގެ 89 ވަނަ މާއްދާއާބިޓްރޭޝަނުގެ ޤާނޫނުއޮތޯރިޓީގެ ޗެއަރމަންއާއި ވަގުތީގޮތުން އޮތޯރިޓީގެ ޗެއަރމަންގެ މަސްއޫލިއްޔަތު އަދާކުރާ ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 2/2012 ގެ 54 ވަނަ މާއްދާމޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޤާނޫނުޗެއަރޕަރސަން1 ޤާނޫނު
މި ޤާނޫނުގެ ދަށުން އުފެއްދޭ ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްގެ ޗެއަރޕަރސަނަށެވެ.
ޤާނޫނު ނަންބަރު 28/2015 ގެ 67 ވަނަ މާއްދާކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުޘ
ޘާނަވީ ތަޢުލީމު1 ޤާނޫނު
ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ތަޢުލީމީ ނިޒާމުގައި ހިމެނޭ ގްރޭޑް 7 (ހަތެއް) އިން ފެށިގެން ގްރޭޑް 10 (ދިހައެއް) ގެ ނިޔަލަށް ފުރިހަމަކުރާ ތަޢުލީމުގެ މަރުޙަލާއަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޘާނަވީ ޙައްޤު2 ޤާނޫނު
ޕްރޮޖެކްޓް ޙައްޤެއްގެ ވެރިފަރާތުން ނުވަތަ ދެމިއޮތް ޘާނަވީ ޙައްޤެއްގެ ވެރިފަރާތުން ދޫކުރާ ކޮންމެ ޙައްޤަކަށެވެ. އަދި، އޭގެތެރޭގައި، ކުއްޔަށް ދިނުމާއި، ބޭނުންކުރުމުގެ ޙައްޤު ދޫކުރުމާއި، ބޭނުންހިފުމާއި، ނަފާ ހޯދުމާއި، ރަހުނުކުރުމާއި، ޔަޤީންކަށަވަރުކަން ދިނުމާއި، އެނޫންވެސް މުދަލުގެ މިލްކުވެރިކަމުގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް ދޭދިނުން ނުވަތަ ދޫކުރާ ދޫކުރުން ހިމެނޭގޮތުން، އެކަމަކު އެކަންކަމަށް އެކަނި ހަނިވެގެންނުވާނެ ގޮތުގެމަތިންނެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިޙ
ޙަރަކާތްތެރި މާއްދާ1 ޤާނޫނު
ޕެސްޓިސައިޑްގައި ހިމެނޭ ޤުދުރަތީގޮތުން ޙަރަކާތްތެރި ބަޔަށެވެ.
ޤާނޫނު ނަންބަރު 21/2019 ގެ 49 ވަނަ މާއްދާދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުޙަޤީޤީ ވެރިފަރާތް1 ޤާނޫނު
ޙިއްޞާގެ "ޤާނޫނީ ވެރިފަރާތް" ފިޔަވައި އެ ޙިއްޞާގެ ފައިދާ އެހެން ފަރާތަކަށް ލިބޭނެ ފަރާތެއްވާނަމަ، އެފަރާތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުޙިމާޔަތްކޮށްފައިވާ ސަރަޙައްދު1 ޤާނޫނު
ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޤުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރި ކުރަންޖެހޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުޚ
ޚަރަދު1 ޤާނޫނު
އެކި ކަންކަމަށް ކަނޑައެޅި ބަޖެޓުކުރެވިގެން ކުރެވޭ ހޭދައަށާއި، އަދި އެނޫންވެސް ފަންޑު އެކައުންޓުތަކުން ކުރެވޭ ހޭދައަށެވެ. މި މާނައިގެ ތެރޭގައި، އެޑްވާންސްގެ ގޮތުގައި ދޫކުރާ ފައިސާއާއި، ލޯނު އަނބުރާ ދެއްކުމަށް ދޫކުރާ ފައިސާއާއި، ބޭރުގެ މާލީ އިދާރާތަކަށް ރައުސުލްމާލުގެ ގޮތުގައި ދައްކާ ފައިސާ، އަދި ދިގުމުއްދަތުގެ އިންވެސްޓްމަންޓްތަކަށް ކުރާ ޚަރަދުތައް ނުހިމެނޭނެއެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުޚަބީރު1 ޤާނޫނު
މައްސަލައެއްގެ ބޭނުމަށްޓަކައި ޚަބީރެއްގެ ހައިސިއްޔަތުން ހެކިބަސް ދިނުމަށް އިރުޝާދު ދެވޭ މީހާއަށް ނުވަތަ އެފަދައިން ހެކިބަސްދޭ މީހާއަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުޚަޞްމު1 ޤާނޫނު
ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ޖުމްލަކޮށް، އަދި އެއިން ކޮންމެ ފަރާތަކަށް ވަކިން ނިސްބަތްކުރެވޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 11/2022 ގެ 151 ވަނަ މާއްދާހެއްކާބެހޭ ޤާނޫނުޚާއްޞަ ކުނި1 ޤާނޫނު
ކުނީގެ ބާވަތަށް ނުވަތަ މިންވަރަށް ބަލައި، އެ ބާވަތެއްގެ ކުނީގެ ސަބަބުން ޢާންމު ޞިއްޙަތަށް ނުވަތަ ތިމާވެއްޓަށް ނޭދެވޭ އަސަރުކޮށްފާނެކަމަށް ބެލެވޭ ބާވަތްތަކުގެ ކުނީގެ ގޮތުގައި ގިންތިކުރެވޭ ކުންޏަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޚާއްޞަ އެހީ1 ޤާނޫނު
މިޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބާވަތުގެ އެހީއަށެވެ.
ޤާނޫނު ނަންބަރު 3/2006 ގެ 52 ވަނަ މާއްދާދައުލަތުގެ މާލިއްޔަތުގެ ޤާނޫނުޚާއްޞަ ޤަރާރު3 ޤާނޫނު
ޔޫނިއަންގެ މެންބަރުންގެ ޢާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
ޤާނޫނު ނަންބަރު 1/2024 ގެ 127 ވަނަ މާއްދާއިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނުމި ޤާނޫނުގެ 112 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން، ކުންފުނިން ނިންމާ ކޮންމެ ނިންމުމަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޖަމްޢިއްޔާގެ އާންމު ޖަލްސާއެއްގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ކޮންމެ ޤަރާރަކަށެވެ.
ޚިދުމަތުގެ އަގު1 ޤާނޫނު
ރާއްޖޭގެ ސިޓީތަކާއި ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތަކުން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ރައްޔިތުންގެ އަތުން ނެގޭ އަގަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުޚިދުމަތް1 ޤާނޫނު
މުދަލެއް ނުވަތަ ތަނެއް ބެލެހެއްޓުމާއި، ހިންގުމާއި، މަރާމާތުކުރުމާއި ނުވަތަ ބަދަލުކުރުން ހިމެނޭގޮތުން ދެވޭ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 12/2020 ގެ 90 ވަނަ މާއްދާމުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުޚިދުމަތް ފޯރުކޮށްދޭ ފަރާތް1 ޤާނޫނު
މި ޤާނޫނުގައި ބަޔާންކުރާ ޢާންމު ބޭނުންތަކުގެ ޚިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުޚިދުމަތް ދިނުމުގެ ސަރަޙައްދު1 ޤާނޫނު
ފެން ނުވަތަ ނަރުދަމާގެ ޚިދުމަތް ދިނުމަށް އޮތޯރިޓީން ކަނޑައަޅާފައިވާ ސަރަޙައްދުތަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުޚިދުމަތްދޭ ފަރާތް1 ޤާނޫނު
މިނިސްޓްރީ ނުވަތަ އޮތޯރިޓީއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުޚިދުމަތްދޭ ސަރަޙައްދު1 ޤާނޫނު
މި ޤާނޫނުގެ ދަށުން ލައިސަންސް ދީގެން ހަކަތައިގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުއްދަދީފައިވާ ސަރަޙައްދަށެވެ.
ޤާނޫނު ނަންބަރު 18/2021 ގެ 79 ވަނަ މާއްދާދިވެހިރާއްޖޭގެ ހަކަތައިގެ ޤާނޫނުޚިލާފުވުން1 ޤާނޫނު
ޤާނޫނުގައި ބުނެފައިވާގޮތާ ޚިލާފަށް ޢަމަލުކުރުމަށް ނުވަތަ ޤާނޫނުގައި ކުރަން ބަޔާންކޮށްފައިވާ ކަމެއް ނުކުރުމަށް ނުވަތަ ނުކުރުމަށް ބުނެފައިވާކަމެއް ކުރުމަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުޝ
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ1 ޤާނޫނު
މި ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށެވެ.
ޤާނޫނު ނަންބަރު 27/2025 ގެ 54 ވަނަ މާއްދާޒަކާތުގެ ޤާނޫނުޝަރުޠު ފުރިހަމަވާ ޕްރޮޖެކްޓް2 ޤާނޫނު
މި ޤާނޫނުއަސާސީގެ 304 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ މިންގަނޑުތަކެއް ފުރިހަމަވާ ޕްރޮޖެކްޓަށެވެ.

ޤާނޫނު ނަންބަރު 20/2015 ގެ 3 ވަނަ މާއްދާދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުއުވާލާފައިޝަރުޢީ ލިޔުމެއް1 ޤާނޫނު
ޝަރުޢީ ކޯޓަކުން ނެރޭ ކޯޓަށް ހާޒިރުވުމުގެ އަމުރާއި، ނޯޓިހާއި، އެނޫންވެސް އެފަދަ އަމުރާއި، ޙުކުމްތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2015 ގެ 56 ވަނަ މާއްދާޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުޝަކުވާ ހުށަހަޅާ ފަރާތް1 ޤާނޫނު
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް އެމީހަކާ ދެކޮޅަށް ހިންގޭ، އެ ޢަމަލުގެ ޝިކާރައަކަށްވާ މީހާއަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުޝަކުވާ ރައްދުވާ ފަރާތް1 ޤާނޫނު
ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގާ މީހާއަށެވެ.
ޤާނޫނު ނަންބަރު 16/2014 ގެ 28 ވަނަ މާއްދާޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުޝަފަހީ ހެކި1 ޤާނޫނު
ޚުޞޫމާތެއް އުފެދިފައިވާ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ހެކިބަސްދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ ހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުޝަޚްޞު1 ޤާނޫނު
ދައުލަތުގެ އިދާރާއަކަށް ނުވަތަ ދައުލަތުގެ ވިޔަފާރި ތަނަކަށް ނުވަތަ ދައުލަތުގެ ކޮންޓްރޯލިންގ ޙިއްޞާ އޮންނަ ވިޔަފާރި ތަނަކަށް ނުވަތަ އެހެން ޤާނޫނެއްގައި ޝަޚްޞެއްކަމަށް ބަޔާންކޮށްފައިވާ ކޮންމެތަނަކަށެވެ.
ޤާނޫނު ނަންބަރު 4/2007 ގެ 27 ވަނަ މާއްދާއޮޑިޓް ޤާނޫނުޝާއިޢުކުރާ ކޮންމެ ފަރާތެއް1 ޤާނޫނު
ރާއްޖޭން ބޭރުގެ ފަރާތްތައްވެސް ރާއްޖޭގައި ޝާއިޢުކުރާނަމަ، އެފަރާތްތައްވެސް ހިމަނައިގެންނެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުޝާއިޢުކުރުން2 ޤާނޫނު
އާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުޢާންމުންނަށް ވިއްކަން، ކުއްޔަށްދޫކުރަން، ނުވަތަ ހިލޭ ލިބޭގޮތް ހެދުމަށެވެ.
ޤާނޫނު ނަންބަރު 16/2011 ގެ 39 ވަނަ މާއްދާދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުޝާއިޢުކޮށްފައިވާ1 ޤާނޫނު
އުފެއްދުމެއް ކަމަށް ބުނެފައި އެވަނީ، އުފެއްދުމެއްނަމަ މުޞައްނިފުގެ ނުވަތަ ނަކަލުކުރުމުގެ ވެރިފަރާތް ނުވަތަ، އަޑުގެ ރިކޯޑިންގއެއްނަމަ އުފެއްދި ފަރާތުގެ ނުވަތަ އެފަރާތުގެ ވާރިޘުންގެ ހުއްދައާއެކު ޢާންމުކޮށް ވިއްކުމަށް، ކުއްޔަށް ދިނުމަށް، ޢާންމުކޮށް ދޫކުރުމަށް އޭގެ ހަރު ކޮޕީތައް އެކަށީގެންވާ ގިނަ ޢަދަދަކަށް ލިބޭނޭގޮތަށް ތައްޔާރުކޮށްފައި ހުރުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޞ
ޞިނާޢީ ބޭނުން1 ޤާނޫނު
އިޤްތިޞާދީ ނަފާއެއް ހޯދުމަށް ކުރެވޭ ކޮންމެ މަސައްކަތަކަށެވެ.
ޤާނޫނު ނަންބަރު 8/2020 ގެ 62 ވަނަ މާއްދާފެނާއި ނަރުދަމާގެ ޤާނޫނުޞިއްޙީ ނުރައްކާ1 ޤާނޫނު
އަންނަނިވި އެއްޗެހިންކުރެ އެއްޗެއްގެ ސަބަބުން ނުވަތަ ކަންކަމުންކުރެ ކަމެއްގެ ސަބަބުން، ޢާންމު ޞިއްޙަތަށް ސީދާގޮތުން ނުރައްކާ ފޯރުކޮށްފާނެ އެއްޗަކަށް ނުވަތަ ކަމަކަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުޞިއްޙީ މަރުކަޒު1 ޤާނޫނު
މި ޤާނޫނުގައި ބަޔާންވެގެންވާ މަޤްޞަދަށްޓަކައި އޮތޯރިޓީން ކަނޑައަޅާ އިޢުލާނުކޮށްފައިވާ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒަކަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން1 ޤާނޫނު
ވަޒީރަށް ޖަވާބުދާރީވާންޖެހޭ އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިން1 ޤާނޫނު
ނުވަތަ "ޞިއްޙީ މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީ، ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ތެރޭގައި ހިމެނޭ މެޑިކަލް ޕްރެކްޓިޝަނަރުންނާއި، ނަރުހުންނާއި، އެލައިޑް ހެލްތު ޕްރޮފެޝަނަލުންނަށެވެ.
ޤާނޫނު ނަންބަރު 20/2020 ގެ 13 ވަނަ މާއްދާޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ޞިއްޙީ ޚިދުމަތުގެ ޤައުމީ އެކްރެޑިޓޭޝަން ނިޒާމު1 ޤާނޫނު
ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު ކަނޑައަޅައި، ދަރަޖަ ކުރުމުގެ ނިޒާމަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޞިއްޙީ ޚިދުމަތް1 ޤާނޫނު
ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކަށް ފަރުވާދިނުމަށް ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޞިއްޙީ ޚިދުމަތްދޭ މަރުކަޒު1 ޤާނޫނު
ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި އެނޫންވެސް ޞިއްޙީ ފަރުވާއާއި ޚިދުމަތްތައްދޭ ތަންތަނާއި މޯޗަރީ ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުޞިއްޙީ ޚިދުމަތްދޭ ފަރާތް2 ޤާނޫނު
މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ޞިއްޙީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި ހެލްތު ވަރކަރުންނަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ ޚިދުމަތްތެރިންނަށެވެ.
ޤާނޫނު ނަންބަރު 2/2024 ގެ 76 ވަނަ މާއްދާމަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނުޞިއްޙީ ޚިދުމަތްދޭ ތަން ހިންގާ ފަރާތް1 ޤާނޫނު
ޞިއްޙީ ޚިދުމަތްދޭ ތަން އެފަރާތެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޞިއްޙީ ޚިދުމަތްދޭ ތަންތަން3 ޤާނޫނު
ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.
ޤާނޫނު ނަންބަރު 17/2014 ގެ 69 ވަނަ މާއްދާޖިންސީ ކުށުގެ ޤާނޫނުޞިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލްތަކާއި މަރުކަޒުތަކާއި ޕޯސްޓްތަކާއި ކްލިނިކްތަކާއި އެފަދަ އެހެން ތަންތަން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 4/2012 ގެ 25 ވަނަ މާއްދާތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނުސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި، ދިވެހިރާއްޖޭގައި ހިންގާ ސަރުކާރުގެ ހޮސްޕިޓަލުތަކާއި، އަދި އަމިއްލަ ހޮސްޕިޓަލުތަކަށެވެ.
ޤާނޫނު ނަންބަރު 25/2021 ގެ 14 ވަނަ މާއްދާޤާނޫނު ނަންބަރު 17/2014 (ޖިންސީ ކުށުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުޞިއްޙީ ޚިދުމަތްތެރިން1 ޤާނޫނު
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) ގެ ދަށުން ލައިސަންސް ލިބިފައިވާ މެޑިކަލް ޕްރެކްޓިޝަނަރުން ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރުން ނުވަތަ ނަރުހުން ނުވަތަ މިޑްވައިފުން ނުވަތަ އެލައިޑް ހެލްތް ޕްރޮފެޝަނަލުން ނުވަތަ އެ ޤާނޫނުގައި ބަޔާންކުރާ އެނޫންވެސް ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންނަށެވެ.
ޤާނޫނު ނަންބަރު 6/2026 ގެ 78 ވަނަ މާއްދާއިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ޤާނޫނުޞިއްޙީގޮތުން ނުރައްކާތެރި ޢިމާރާތް1 ޤާނޫނު
ތިރީގައިވާ ފަދަ ޢިމާރާތަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޠ
ޠަބީޢީ ޝަޚްޞް1 ޤާނޫނު
އަންހެނުންނާއި ފިރިހެނުން، ކުޑަކުދިންނާއި ބޮޑެތި މީހުން، ދިވެހިންނާއި ބިދޭސީން ހިމެނޭގޮތުން މީހުންނަށް ޢާންމުކޮށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުޢ
ޢައްޔަންކުރެވިފައިވާ ބްރާންޗް މެނޭޖަރު1 ޤާނޫނު
މި ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދިވެހިރާއްޖޭގައި ހިންގާ ބިދޭސީ ބޭންކެއްގެ ބްރާންޗެއް ހިންގުމާ ޙަވާލުވެގެންހުރި އެންމެ އިސް ފަރާތްކަމަށް، ޢައްޔަންކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 24/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނުޢައްޔަންކޮށްފައިވާ ފަރާތް1 ޤާނޫނު
އެހެން ފަރާތެއްގެ ބަދަލުގައި އެއްޗަކާ ނުވަތަ ކަމަކާ ހަވާލުވެ ހުރި ނުވަތަ އެހެން ފަރާތެއްގެ ބަދަލުގައި ކަމެއް ކުރާ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 25/2019 ގެ 79 ވަނަ މާއްދާއާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުޢަމަލުކުރަން ފެށުން1 ޤާނޫނު
ޤާނޫނެއް ދިވެހިރާއްޖޭގައި ހިންގަންފެށުމަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުޢާންމު ބައްދަލުވުން1 ޤާނޫނު
ޢާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނުޢާންމު ބޭނުންތަކުގެ ޚިދުމަތާގުޅޭ ޚާއްޞަ ޤާނޫނުތައް2 ޤާނޫނު
ނުވަތަ "ކަމާގުޅޭ ޚާއްޞަ ޤާނޫނުތައް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދާފައިވާ ޤާނޫނުތަކަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށް ހަދާފައިވާ ޤާނޫނުތަކަށާއި، އެ ޤާނޫނުތަކުގެ ދަށުން ހަދާފައިވާ ގަވާއިދުތަކަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުޢާންމު ބޭނުންތަކުގެ ޚިދުމަތް1 ޤާނޫނު
ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތަށެވެ.
ޤާނޫނު ނަންބަރު 28/2024 ގެ 51 ވަނަ މާއްދާއަރބަން ޑިވެލޮޕްމަންޓްގެ ޤާނޫނުޢާންމު ބޭނުންތަކުގެ ޚިދުމަތްތައް1 ޤާނޫނު
ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 26/2020 ގެ 61 ވަނަ މާއްދާޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނުޢާންމު ކުނި1 ޤާނޫނު
ގޯތިގެދޮރުން އުފައްދާ ކުންޏާއި، އިޤްތިޞާދީ ޙަރަކާތްތަކުން އުފައްދާ ކުނީގެ ތެރެއިން ގޯތިގެދޮރުން އުފައްދާ ކުންޏާ އެއް ސިފަތަކެއް ހުންނަ ކުންޏަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޢާންމު އިޤްތިޞާދީ މަޞްލަޙަތު ހިމެނޭ ޚިދުމަތެއް1 ޤާނޫނު
ޢާންމު ބޭނުންތަކުގެ ޚިދުމަތްތައްކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި ޓެލެފޯންގެ ޚިދުމަތްތަކަށާއި، ރައްޔިތުންގެ ޢާންމު ބޭނުންތަކާ ގުޅިފައިވާ އަދި ރައްޔިތުންނަށް ޢާންމުކޮށް ލިބެން ހުންނަ ޓެލެކޮމިއުނިކޭޝަން، ޕޯސްޓަލް ސަރވިސް، ޢާންމު ދަތުރުފަތުރު، ކުނި އުކާލުން އަދި މިފަދަ އެހެނިހެން ޚިދުމަތްތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 11/2020 ގެ 34 ވަނަ މާއްދާވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ޤާނޫނުޢާންމު މަޞްލަޙަތު2 ޤާނޫނު
ޖުމްލަކޮށް މުޖުތަމަޢުގެ ގިނަ ޢަދަދެއްގެ ބައެއްގެ ދިރިއުޅުމަށް އަސަރުކުރާ، އަދި މިގޮތުން ޢާންމު ޞިއްޙަތާއި ސަލާމަތާއި ރައްކާތެރިކަމާއި، މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ނިޒާމުތަކާއި، ތިމާވެއްޓާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ، ކަންކަމެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުއަންނަނިވި ކަންކަން ހިމެނޭގޮތުން، ޢާންމު މަޞްލަޙަތު ކުރިއެރުވުމުގެ މަޤްޞަދުގައި ކުރާ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުޢާންމު މުވައްޒަފު1 ޤާނޫނު
ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފުލުހުންނާއި ރެކްރޫޓުން އަދި ސްޕެޝަލް ކޮންސްޓަބަލުން ނޫން ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުޢާންމު ފަރާތް1 ޤާނޫނު
މި ޤާނޫނުގެ 8 ވަނަ މާއްދާގެ ބޭނުމަށް، އެއްވެސް ތިންވަނަ ފަރާތެކެވެ. މިގޮތުން، ނޫސްމީޑިއާއާއި، ދައުލަތުގެ ނުވަތަ އެހެންވެސް ފަރާތެއްގެ ތަޙްޤީޤީ އިދާރާތަކާއި، އެންމެހައި ތިންވަނަ ފަރާތްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުޢާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން1 ޤާނޫނު
މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ޙާލަތްތަކުގައި، ވިޔަފާރި އުޞޫލުން ނުވަތަ ފީއެއް ނުވަތަ އަގެއް ނަގައިގެން އެއްތަނުން އަނެއްތަނަށް މީހުން އުފުލާ އުޅަނދުފަހަރާއި، މިގޮތަށް މީހުން އުފުލުމުގެ ނުވަތަ ދަތުރުފަތުރު ކުރުމުގެ އެކި މަރުޙަލާގައި ބޭނުންކުރަންޖެހޭ ތަންތަނާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިފަދަ އެހެން އުޅަނދުފަހަރާއި ތަންތަނަށެވެ. ފީއެއް ނުވަތަ އަގެއް ނުނެގިނަމަވެސް، ވަކި މުނާސަބަތަކާ ނުވަތަ ހާދިސާއަކާއި ނުވަތަ މިނޫންވެސް އިޖްތިމާޢީ ޙަރަކާތަކާއި ނުވަތަ ޒިންމާއަކާއި ގުޅިގެން ޢާންމުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި ތަކެތި އުފުލާ އުޅަނދުފަހަރާއި މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރު، އެފަދަ އުޅަނދުފަހަރުން ވިޔަފާރި އުޞޫލުން ނުވަތަ އަގެއްނަގައިގެން މީހަކު ނުވަތަ މީހުން އުފުލާ ޙާލަތްތަކުގައި ނޫނީ މި މާނައިން އިސްތިސްނާވާނެއެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުޢާންމު ތަނެއް1 ޤާނޫނު
ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅިގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި ޢާންމުންނަށް ނުވަތަ ޢާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.
ޤާނޫނު ނަންބަރު 17/2010 ގެ 29 ވަނަ މާއްދާބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުއުވާލާފައިޢާންމު ތަންތަން5 ޤާނޫނު
އެއްވެސް އަގެއް ދެއްކުމަކާނުލައި، އެންމެނަށްމެ ހަމަހަމަގޮތުގައި ބޭނުންކުރެވޭގޮތަށް ހުޅުވާލެވިފައިވާ މަގުތަކާއި، ގޯޅިތަކާއި، ބިންތަކާއި، މައިދާންތަކާއި، ޕާކުތަކާއި، ދުވާރުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުމަގުމަގާއި، ހުސް މައިދާންތަކާއި، މީހުން އެއްވާ ތަންތަނާއި، އެނޫންވެސް މީހުން ދިރިނޫޅޭ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުއެތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، ޢާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރުފަދަ ތަކެއްޗަށާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ޢާންމު ތަންތަނަށެވެ.
ޤާނޫނު ނަންބަރު 15/2010 ގެ 42 ވަނަ މާއްދާދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނުއެންމެންނަށްމެ ބޭނުންކުރެވޭ ގޮތަށް އަބަދުމެ ހުޅުވާލެވިފައިވާ މަގާއި ގޯއްޗާއި ބިމާއި ޢާންމު މައިދާންތަކާއި ޕާކްތަކާއި އަމިއްލަ ތަންތަން ކަމަށް ނުބެލެވޭ ބިމާއި ގޯއްޗާއި ޢިމާރާތަށެވެ. ޢާންމުކޮށް މީހުންނަށް ވަދެނިކުމެވޭގޮތަށް ހުޅުވިގެންވާ ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކާއި އެފަދަ ތަންތަނުގެ ތެރެއިން ތަނެއްގައި ކުށެއް ހިނގައިފިކަމަށް ނުވަތަ ކުށެއް ހިނގަމުންދާކަމަށް އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭހިނދު، އެތަނަކީވެސް ޢާންމު ތަނެއްގެ މާނައިގައި ހިމެނިގެންވާނެ ތަނެކެވެ.
ޤާނޫނު ނަންބަރު 34/2020 ގެ 138 ވަނަ މާއްދާދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުމަގުމަގާއި، އިޖުތިމާޢީ ގޮތުން މީހުން އެއްވެއުޅޭ ތަންތަނަށެވެ.
ޤާނޫނު ނަންބަރު 24/2022 ގެ 76 ވަނަ މާއްދާކުނި މެނޭޖުކުރުމުގެ ޤާނޫނުޢާންމު ޞިއްޙަތަށް ނުވަތަ ޢާންމު ރައްކާތެރިކަމަށް ހުރި ނުރައްކާ1 ޤާނޫނު
ކުރާ އެއްވެސް ކަމަކުން ނުވަތަ ނުކޮށްދޫކޮށްލާ ކަމަކުން ޢާންމު ދިރިއުޅުމުގައި އުޅެމުންދާ މީހެއްގެ ނުވަތަ ބައެއްގެ ފުރާނައަށް، ނުވަތަ ޞިއްޙަތަށް، ނުވަތަ ސަލާމަތްތެރިކަމަށް ހުރި ނުރައްކަލެކެވެ.
ޤާނޫނު ނަންބަރު 16/2019 ގެ 31 ވަނަ މާއްދާވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނުޢާންމު ޞިއްޙަތު1 ޤާނޫނު
އެހެން ޤާނޫނެއްގައި ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާހިނދު، މި ޤާނޫނުގެ ބޭނުމަށް ޢާންމު ޞިއްޙަތު މާނަކުރާނީ ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށެވެ.
ޤާނޫނު ނަންބަރު 29/2015 ގެ 74 ވަނަ މާއްދާޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނުޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އެންމެހައި އިޞްލާޙުތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 25/2025 ގެ 89 ވަނަ މާއްދާޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނުޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު1 ޤާނޫނު
ކުއްލިއަކަށް ތަޢާރުފުވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ޞިއްޙީ ނުރައްކަލެއްގެ ސަބަބުން މުޖުތަމަޢުގެ ޢާންމު ޞިއްޙަތަށް ސީދާގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުޞަތު އޮތްކަމަށް ޤަބޫލުކުރެވޭ ޙާލަތަށެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުޢާންމުންނަށް ހިއްސާ ވިއްކުން1 ޤާނޫނު
ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގެ ދަށުން، ރެގިއުލޭޓްކުރެވިގެން ހިންގާ މާރކެޓެއްގައި، ޢާންމުންނަށް ހުޅުވާލައިގެން ހިއްސާ، ބޮންޑު، ޑިބެންޗަރ ނުވަތަ އެނޫންވެސް އެހެން ބާވަތެއްގެ ސެކިއުރިޓީޒް ވިއްކުމަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޢާންމުންނަށް ހުށަހަޅައި ދިނުން1 ޤާނޫނު
ގާތްތިމާގެ މީހުންނާއި ގާތްކޮށްއުޅޭ މީހުން ފިޔަވައި އެހެންމީހުން ތިބި ނުވަތަ ތިބެވިދާނެ ތަނެއްގައި އެއްފަހަރާ ނުވަތަ އެފަދަ އެކިތަންތަނުގައި އެކިފަހަރު ކަމަށްވިޔަސް، މި މާއްދާގައި ޢާންމުންނަށް މުއާޞަލާތުކުރުން ކަމަށް ބުނެފައިވާ ގޮތަށް ނޫންގޮތަކުން ތިރީގައި ބަޔާންކުރެވިފައިވާ ކަންތައްތައް ކުރުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޢާންމުންނަށް މުއާޞަލާތުކުރުން1 ޤާނޫނު
އުފެއްދުމެއް، ޕަރފޯމަންސެއް، އަޑުގެ ރިކޯޑިންގއެއް ނުވަތަ ބްރޯޑްކާސްޓްއެއްގެ މަންޒަރު ނުވަތަ އަޑު ނުވަތަ އަޑާއި މަންޒަރު އެކުގައި ނަރު މެދުވެރިކޮށް ނުވަތަ ވަޔަރލެސްކޮށް ޓްރާންސްމިޝަން އަކުން އެ ޓްރާންސްމިޓްކުރާ ތަނަކާއި ދުރުތާކުން، ޓްރާންސްމިޓްނުކުރާނަމަ، ނުލިބޭނެ މަންޒަރު ނުވަތަ އަޑު އެއްތަނަކުން އެއްވަގުތެއްގައި ނުވަތަ އެކިވަގުތު އެކިތަންތަނުން ލިބުނުކަމުގައި ވިޔަސް ގާތްތިމާގެ މީހުން ފިޔަވައި އެހެން ބަޔަކަށް، ޓްރާންސްމިޓްކުރާ އަޑު ނުވަތަ މަންޒަރު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ފޮނުވުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޢާންމުންނަށް ފެންނަ ގޮތަށް ބެހެއްޓުން1 ޤާނޫނު
އުފެއްދުމުގެ އަސްލު ނުވަތަ ކޮޕީއެއް ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ގޮތްތަކުން ކުރެ ގޮތަކަށް، ގާތްތިމާގެ މީހުންނާއި ގާތްކޮށް އުޅޭ މީހުން ފިޔަވައި އެހެން މީހުންނަށް، އައިސް ތިބެވޭނެ ތަނެއްގައި ނުވަތަ އެކި ތަންތަނުގައި އެއްވަގުތެއްގައި ނުވަތަ އެކި ތަންތަނުގައި އެކި ވަގުތު މި މާއްދާގައި ޢާންމުންނަށް މުއާޞަލާތުކުރުންކަމަށް ބުނެފައިވާގޮތަށް ނޫންގޮތަކަށް ދެއްކުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޢާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް1 ޤާނޫނު
ޢާންމު މަޞްލަޙަތު ހިމެނޭ ޠަބީޢަތުގެ މަސްއޫލިއްޔަތަށެވެ.
ޤާނޫނު ނަންބަރު 18/2016 ގެ 48 ވަނަ މާއްދާޖެންޑަރ އިކުއަލިޓީގެ ޤާނޫނުޢާންމުކުރުން1 ޤާނޫނު
ޝާއިޢުކުރުމާއި، ރެކޯޑުކޮށްގެން ވިއްކުމާއި، ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ނުވަތަ ވެބްސްޓްރީމިންގ ޚިދުމަތްތައް ހިމެނޭގޮތުން އެކި ވަސީލަތްތައް މެދުވެރިކޮށް ޢާންމުކޮށް ފެންނަގޮތަށް، ނުވަތަ ބެލޭގޮތަށް، ނުވަތަ އަޑު އިވޭގޮތަށް، ނުވަތަ ކިޔޭގޮތަށް ބެހެއްޓުމާއި، ދެއްކުމާއި ހުށަހެޅުމަށެވެ.
ޤާނޫނު ނަންބަރު 12/2022 ގެ 22 ވަނަ މާއްދާފަންނީ އުފެއްދުންތައް ގިންތިކުރުމުގެ ޤާނޫނުޢާންމުކޮށް އެންގުން1 ޤާނޫނު
ތިރީގައިވާ ފަދައިން ޢާންމުކޮށް އެންގުމަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢާންމުކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅޭ ފަރާތެއް1 ޤާނޫނު
12 (ބާރަ) މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި، 183 (ސަތޭކަ އަށްޑިހަ ތިނެއް) ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ މީހަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޢާންމުކޮށް ދޫކުރުން1 ޤާނޫނު
އުފެއްދުމެއްގެ ނުވަތަ އަޑުގެ ރިކޯޑިންގއެއްގެ އަސްލު ނުވަތަ ކޮޕީއެއް ޢާންމުންނަށް ޚިދުމަތްދޭ ކުތުބުޚާނާ އަކުން ނުވަތަ އަރްޝީފެއްފަދަ މަރުކަޒަކުން ވަކި މުއްދަތަކަށް ވިޔަފާރީގެ ބޭނުމަކަށް ނުވާގޮތަށް ދޫކުރުމަށެވެ.
ޤާނޫނު ނަންބަރު 23/2010 ގެ 41 ވަނަ މާއްދާކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނުޢާންމުކޮށް ޝާއިޢުކުރުން2 ޤާނޫނު
މިނިސްޓްރީގެ ވެބްސައިޓުގައި ނުވަތަ ފޮތެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުކޮށް ޝާއިޢުކުރުމަށެވެ.
ޤާނޫނު ނަންބަރު 29/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ދަރަންޏާބެހޭ ޤާނޫނުމިނިސްޓްރީގެ ވެބްސައިޓުގައި ނުވަތަ ފޮތެއްގެ ސިފައިގައި ނުވަތަ އެނޫންވެސް ގޮތަކުން ޢާންމުކޮށް ޝާއިޢުކުރުމަށެވެ.
ޤާނޫނު ނަންބަރު 30/2024 ގެ 44 ވަނަ މާއްދާދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނުޢާއިލާ1 ޤާނޫނު
އަންނަނިވި މީހުން ހިމެނޭގޮތަށެވެ.
ޤާނޫނު ނަންބަރު 3/2012 ގެ 67 ވަނަ މާއްދާގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުޢާއިލާއާބެހޭ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) އަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުޢާއިލީ މެންބަރަކު1 ޤާނޫނު
މީހަކާ ގުޅިގެންކަމުގައިވާނަމަ އެމީހެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިފުޅު، ނުވަތަ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ ބޭބެ، ނުވަތަ އެއްބަނޑުއެއްބަފާ ދައްތަ، ނުވަތަ އެއްބަނޑުއެއްބަފާ ކޮއްކޮ، ނުވަތަ އޭނާގެ ކާފަ ދަރިން، ނުވަތަ މާމަދަރިން ނުވަތަ އޭނާގެ މާމަ، ނުވަތަ ކާފައަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުޢިނާޔަތް3 ޤާނޫނު
ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން ޢިނާޔަތްތަކާއި، މަޤާމުގެ ހައިސިއްޔަތުން ލިބޭ އެހެނިހެން ޚިދުމަތްތަކަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުއަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް، ދެވޭ މަންފާއެއްގެ ގޮތުގައި، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، ދެވޭ ފައިސާއަށާއި ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ ޢިނާޔަތަށެވެ. ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.
ޤާނޫނު ނަންބަރު 11/2016 ގެ 25 ވަނަ މާއްދާދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުލުޔާއި ފަސޭހައާއި އިމްތިޔާޒާއި އިސްތިސްނާއާއި މަންފާ ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޢިމާރާތް2 ޤާނޫނު
އަންނަނިވި ތަންތަން ހިމެނޭ ގޮތުންނެވެ. އަދި މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޢިމާރާތުގެ މާނައިގައި ޢިމާރާތެއްގެ ބައެއްވެސް ހިމެނެއެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުބިމުގައި ބިނާކޮށްފައިވާ ތަންތަނާއި ބިމާ ހަރުކުރެވިގެން ބިނާކުރެވިފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމީގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައިވެސް އެތަނަކާގުޅިގެން ބިނާކުރެވޭ ތަންތަން ހިމެނޭގޮތުންނެވެ. އަދި އަންނަނިވި ތަންތަންވެސް އެ މާނައިގައި ހިމެނެއެވެ.
ޤާނޫނު ނަންބަރު 7/2012 ގެ 98 ވަނަ މާއްދާޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުޢިމާރާތް ބޭނުންކުރުމުގެ ހުއްދަ1 ޤާނޫނު
ޢިމާރާތެއް ފުރިހަމަކުރުމުން، އެ ޢިމާރާތެއް ނުވަތަ ޢިމާރާތުގެ ބައެއް ބޭނުންކުރުމަށްޓަކައި މި ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތް އިންސްޕެކްޓްކުރުން1 ޤާނޫނު
ތިރީގައިވާ ފަދަ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ޢިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތްކުރެވޭ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް، އަދި ބެލެހެއްޓުމަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރާ ފަރާތް1 ޤާނޫނު
ނުވަތަ "ކޮންޓްރެކްޓަރ" ކަމަށް ބުނެފައިއެވަނީ، މި ޤާނޫނުގައި ބަޔާންކުރާ ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުން1 ޤާނޫނު
ބިނާވެށީގައި ހިމެނޭ ޢިމާރާތާއި ތަންތަން ހެދުމަށް ނުވަތަ ނިޒާމުތައް ޤާއިމުކުރުމެވެ. ބިނާވެށީގައި ހިމެނެނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޤާއިމުކުރާ ނިޒާމުތަކާއި، ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި، ގެދޮރާއި، މަގާއި، ނަރުދަމާއާއި، ކަރަންޓު އަދި ހާބަރު ފަދަ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ތަންތަނެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުވާ ފަރާތް1 ޤާނޫނު
ޢިމާރާތުގެ ވެރިފަރާތް ނުވަތަ މި އަކުރުގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމަކާ ގުޅޭގޮތުން ޢިމާރާތްކުރުމުގެ މަސައްކަތެއް ކުރުވާ ކޮންމެ ފަރާތަކަށެވެ. އަދި ވިޔަފާރީގެ އުސޫލުން ޢިމާރާތް ތަރައްޤީކުރާ ފަރާތްތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ވިޔަފާރިއެއްގެ ގޮތުގައި ކުރާ ކޮންމެ ފަރާތަކަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ ހުއްދަ1 ޤާނޫނު
މި ޤާނޫނުގެ 24 ވަނަ މާއްދާގައިވާ ޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާއަކުން، ޢިމާރާތްކުރުމުގެ މަސައްކަތްކުރުމަށް ދޫކުރާ ހުއްދައަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ ހުއްދަދޫކުރާ އިދާރާ1 ޤާނޫނު
ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާގުޅޭ އެކިއެކި މައްސަލަތައް ބެލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާއަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ މަސައްކަތް1 ޤާނޫނު
:
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ މަސައްކަތް ބެލުން1 ޤާނޫނު
:
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތައް1 ޤާނޫނު
ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބިލްޑިންގ ޕްރެކްޓިޝަނަރުންނާއި، ޢިމާރާތްކުރާ ފަރާތްތަކާއި، ބިލްޑިންގ އިންސްޕެކްޓަރުންނާއި، ޢިމާރާތްކުރުމުގެ މަސައްކަތް ސުޕަވައިޒްކުރާ ފަރާތްތަކާއި ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި ޓެސްޓުކުރާ ފަރާތްތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނުޢިމާރާތްކުރުމުގެ ޤާނޫނު1 ޤާނޫނު
ޤާނޫނު ނަންބަރު 4/2017 (ޢިމާރާތްކުރުމުގެ ޤާނޫނު) އާއި އެ ޤާނޫނަށް ގެނެވޭ އިޞްލާޙުތައް ހިމެނޭ ގޮތުންނެވެ.
ޤާނޫނު ނަންބަރު 33/2021 ގެ 128 ވަނަ މާއްދާއެއްމެދު ޢިމާރާތުގެ ޤާނޫނުޢުރުފު1 ޤާނޫނު
މީސްތަކުންގެ މެދުގައި ޢާންމުވެފައިވާ، މީހުން ބަލައިގަނެފައިވާ ކަންކަމަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުޢުމުރަށް ބަލައި ކުށްވެރިނުކުރުން ނުވަތަ ސްޓޭޓަސް އޮފެންސަސް1 ޤާނޫނު
ކުޑަކުއްޖަކަށްވުމުން ނުވަތަ ކުޑަކުއްޖެއްގެ ހައިސިއްޔަތުގެ ސަބަބުން ކުށަކަށްވާ މައްސަލަތަކަށެވެ. މިގޮތުން ކުޑަކުއްޖަކު އެ ޢަމަލުކޮށްފިނަމަ ކުށަކަށްވާ، އެހެންނަމަވެސް، ބޮޑު މީހަކު އެ ޢަމަލުކުރުމުން ކުށަކަށް ނުވާ މައްސަލަތަކެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޢުމްރާނީ ވަސީލަތް1 ޤާނޫނު
ޒޯނެއް ތަރައްޤީކުރުމުގައި އެ ޒޯނުގައި ގާއިމުކުރަންޖެހޭ އަސާސީ ވަސީލަތްތަކަށާއި މާއްދީ ވަސީލަތްތަކަށާއި އިންފްރާސްޓްރަކްޗަރުގެ ވަސީލަތްތަކަށާއި ޚިދުމަތްތަކަށާއި ފަސޭހަތަކަށެވެ.
ޤާނޫނު ނަންބަރު 24/2014 ގެ 82 ވަނަ މާއްދާސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުޤ
ޤައުމީ ކުތުބުޚާނާ1 ޤާނޫނު
ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާއަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުޤައުމީ ކުތުބުޚާނާގައި ޖަމާކުރެވޭ ތަކެތި1 ޤާނޫނު
މަޢްލޫމާތު ލިޔެވި ރެކޯޑު ކުރެވިފައިހުރި ނުވަތަ ރައްކާކުރެވިފައިހުރި، ނުވަތަ ފެންނަގޮތަށްހުރި، ނުވަތަ އެފަދަ ގޮތަކަށް އުފައްދާފައިހުރި ހުރިހާ ވައްތަރެއްގެ ޗާޕުކުރި، ގްރެފިކް، އޯޑިއޯވިޝުއަލް އަދި މިނޫންވެސް އެހެން ޓެކްނޯލޮޖީގެ ސިފައިގައި ތައްޔާރުކުރެވިފައިވާ ވަސީލަތްތަކަށެވެ.
ޤާނޫނު ނަންބަރު 1/2006 ގެ 18 ވަނަ މާއްދާޤައުމީ ކުތުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުޤައުމީ އިމްތިޙާނުތައް1 ޤާނޫނު
މޯލްޑިވްސް އެގްޒެމިނޭޝަން ބޯޑުން ހިންގާ އިމްތިޙާނުތަކަށެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޤައުމީ އިދާރާ1 ޤާނޫނު
ނުވަތަ "ޤައުމީ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މިނިސްޓްރީތަކާއި އޮފީސްތަކާއި މިތަންތަނުގެ ސީދާ ބެލުމުގެ ދަށުން ހިންގާ އިދާރާތަކާއި ޤާނޫނުއަސާސީގެ ދަށުން އުފައްދައި ހިންގަމުންދާ ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކަށެވެ.
ޤާނޫނު ނަންބަރު 7/2010 ގެ 152 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުޤައުމީ މަޞްލަޙަތު ޙިމާޔަތް ކުރުން1 ޤާނޫނު
ދިވެހިރާއްޖެއަށް ބޭރުންނާއި، އެތެރެއިން ކުރިމަތިވާ ކަންކަމުގެ ސަބަބުން މުޅިޤައުމަށް ނުވަތަ މުޖުތަމަޢުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާފަދަ ކަންކަމާއި، އަދި ޤައުމަށް ކުރިމަތިވާ ތަފާތު ކާރިސާތައް ފަދަ ކަންކަމުން، ދިވެހި ދައުލަތް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށެވެ.
ޤާނޫނު ނަންބަރު 1/2008 ގެ 48 ވަނަ މާއްދާސިފައިންގެ ޤާނޫނުޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން1 ޤާނޫނު
ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވުމަށެވެ. މީގެ ތެރޭގައި ޓެރަރިސްޓް ޙަމަލާތަކާއި، ހަތިޔާރު ބޭނުންކޮށްގެން ހިންގާ ޢުދުވާނީ ޙަރަކާތްތައް ހިމެނެއެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ލިބިދޭ ޤާނޫނީ ޙައްޤުތައް ބޭނުން ކޮށްގެން އެކި ކަންކަމަށް ތާއީދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ޤާނޫނާ ޚިލާފުނުވެ ހިންގާ ޞުލްޙަވެރި ޙަރަކާތްތަކެއް މީގެތެރޭގައި ނުހިމެނެއެވެ.
ޤައުމީ ސަލާމަތާބެހޭ މަޖިލިސް1 ޤާނޫނު
ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޤައުމީ ސަލާމަތާބެހޭ މަޖިލީހަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުޤާނޫނަކުން އުފައްދާފައިވާ ދައުލަތުގެ އިދާރާއެއް1 ޤާނޫނު
ކަމާބެހޭ ޚާއްޞަ ޤާނޫނެއް ތަންފީޛުކުރުމަށްޓަކައި ނުވަތަ އެ ޤާނޫނަކުން ކަނޑައަޅާ އެނޫންވެސް މަސްއޫލިއްޔަތެއް އަދާކުރުމަށްޓަކައި އެ ޤާނޫނަކުން އުފައްދާ ސަރުކާރުގެ އަދި ދައުލަތުގެ ކޮންމެ އިދާރާއަކަށެވެ.
ޤާނޫނު ނަންބަރު 1/2026 ގެ 27 ވަނަ މާއްދާރީ-އެމްޕްލޯއިމަންޓްގެ ޤާނޫނުޤާނޫނާ ޚިލާފު ޢަމަލު ހިންގާ ކުޑަކުދިން1 ޤާނޫނު
ނުވަތަ "ޤާނޫނާ ޚިލާފުވާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޤާނޫނީ ބެލެނިވެރިޔާ1 ޤާނޫނު
ކުއްޖާގެ މައިންބަފައިންނާއި، މައިންބަފައިން ނެތް ޙާލަތެއްގައި ކުއްޖާގެ ޝަރުޢީ ބަލަދުވެރިޔާއާއި، ކުއްޖާގެ ބެލެނިވެރިކަމާ ޤާނޫނީގޮތުން ޙަވާލުވެފައިވާ ފަރާތަށެވެ.
ޤާނޫނު ނަންބަރު 32/2021 ގެ 429 ވަނަ މާއްދާމަދަނީ އިޖުރާއަތުގެ ޤާނޫނުޤާނޫނީ ވަކީލު1 ޤާނޫނު
ކަމަށް ބަޔާންކޮށްފައި އެވަނީ، ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގައި ބަޔާންކުރާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ އޮތް ކޮންމެ މީހަކަށެވެ.
ޤާނޫނު ނަންބަރު 7/2023 ގެ 251 ވަނަ މާއްދާކުންފުނީގެ ޤާނޫނުޤާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރާ ޤާނޫނީ ވަކީލެއް1 ޤާނޫނު
ޤާނޫނީ ވަކީލުންގެ ތެރެއިން ފަނޑިޔާރު ކަމަށް ޢައްޔަނުކުރެވުމުގެ ސަބަބުން ޤާނޫނީ ވަކީލުކަމުގެ މަސައްކަތް ނުކުރެވޭ ވަކީލުންގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅައި ޢާންމުކޮށްފައިވާ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
ޤާނޫނު ނަންބަރު 5/2019 ގެ 77 ވަނަ މާއްދާދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުޤާނޫނީ މަސައްކަތް1 ޤާނޫނު
ނުވަތަ "ޤާނޫނީ އެހީތެރިކަން" ނުވަތަ "ޤާނޫނީ ޚިދުމަތް" ދިނުން ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަމަށެވެ.
ޤާނޫނު ނަންބަރު 5/2019 ގެ 77 ވަނަ މާއްދާދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުޤާނޫނީ ޝަޚްޞް1 ޤާނޫނު
ޠަބީޢީ ޝަޚްޞަކަށް ނުވާ، ޤާނޫނަކުން އުފަންކުރާ ނުވަތަ ޤާނޫނެއްގެ ދަށުން އުފަންކުރުވާ، އަމިއްލަ ޤާނޫނީ ޙައިސިއްޔަތެއް ލިބިގެންވާ ކުންފުނިތަކާއި، ކޯޕަރޭޝަންތަކާއި، ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހިމެނޭގޮތުންނެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުޤާނޫނީ ޢަދަދު ހަމަވާވަރަށް ކައުންސިލެއްގައި މެންބަރުން ނެތުން1 ޤާނޫނު
މި ޤާނޫނާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން ކައުންސިލަރަކު މެންބަރުކަމުގެ މަޤާމުން ވަކިވުމުގެ ސަބަބުން ނުވަތަ މި ޤާނޫނުގެ ދަށުން ކައުންސިލަރަކު ސަސްޕެންޑްކުރުމުގެ ސަބަބުން ކައުންސިލެއްގެ ޤާނޫނީ ޢަދަދު ހަމަނުވުމަށެވެ.
ޤާނޫނު ނަންބަރު 5/2020 ގެ 13 ވަނަ މާއްދާދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު 2020ޤާނޫނު3 ޤާނޫނު
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށްފައިވާ ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެންވެސް އުސޫލަކުން ޤާނޫނުގެ ގޮތުގައި ބެލެވޭ ޤާނޫނުތަކަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުޤާނޫނު ނަންބަރު 24/2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށެވެ.
ކަމުގައި ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުން ބާރުލިބިގެން، އެ ޤާނޫނުތަކުގެ އިމުގެ ތެރޭގައި ހަދާ ޤަވާޢިދުތަކަށެވެ.
ޤާނޫނު ތަންފީޛުކުރާ އިދާރާ2 ޤާނޫނު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ދިވެހިރާއްޖެއިން ފުރާ އަދި ދިވެހިރާއްޖެއަށް އަންނަ މީހުންގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އުފުލާ އިދާރާތަކަށެވެ.
ޤާނޫނު ނަންބަރު 12/2019 ގެ 58 ވަނަ މާއްދާދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުމި ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިދާރާތަކެވެ.
ޤާނޫނު ނަންބަރު 27/2015 ގެ 67 ވަނަ މާއްދާނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުޤާނޫނު ތަންފީޛުކުރާ ފަރާތް1 ޤާނޫނު
މި ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ޢަމަލުތަކާ ގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި، ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަ ނޑައަޅާ ފަރާތަށާއި، މި ޤާނޫނުގެ ދަށުން ކުށް ކުރާކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތަޙްޤީޤާއި އަދި މި ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ ބާބުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްޓަކައި މިނިސްޓަރާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި އަދި އެނޫނަސް ޤާނޫނު ތަންފީޛުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ ދައުލަތުގެ އެހެން މުއައްސަސާތައް ހިމެނޭ ގޮތަށެވެ.
ޤާނޫނު ނަންބަރު 32/2015 ގެ 64 ވަނަ މާއްދާޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުޤާނޫނުއަސާސީ4 ޤާނޫނު
7 އޯގަސްޓް 2008 ގައި ޢަމަލުކުރަން ފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށެވެ.
ޤާނޫނު ނަންބަރު 13/2010 ގެ 65 ވަނަ މާއްދާދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށެވެ.
ޤާނޫނު ނަންބަރު 1/2013 ގެ 61 ވަނަ މާއްދާޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށެވެ.
ޤާނޫނު ނަންބަރު 22/2010 ގެ 12 ވަނަ މާއްދާދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށެވެ. "ސަރުކާރު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ސަރުކާރަށެވެ.
ޤާނޫނު ނަންބަރު 4/2011 ގެ 40 ވަނަ މާއްދާމާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުޤާއިމުކުރެވިފައިވާ ފަންޑު1 ޤާނޫނު
ޕެންޝަން ފަންޑަކަށް، ނުވަތަ ސޯޝަލް ސެކިއުރިޓީ ފަންޑަކަށް، ނުވަތަ ކޮމްޕެންޒޭޝަން ފަންޑަކަށް، ނުވަތަ ޢުމުރު ހަމަވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ޚިދުމަތުން ވަކިކުރާ މީހުންގެ ފަންޑަށެވެ.
ޤާނޫނު ނަންބަރު 3/2013 ގެ 65 ވަނަ މާއްދާދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުޤާޟީ1 ޤާނޫނު
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޖުވެނައިލް ކޯޓުގެ ޤާޟީއަކަށް، ނުވަތަ އެ ޤާޟީއެއްގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މަރުޙަލާގައިނަމަ، އެ ޤާޟީގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މައްސަލަ ބަލާ ފަނޑިޔާރުންނަށެވެ.
ޤާނޫނު ނަންބަރު 18/2019 ގެ 108 ވަނަ މާއްދާކުޑަކުދިންގެ ޢަދުލުގެ ޤާނޫނުޤުރުއާން ކްލާސްތައް1 ޤާނޫނު
ޢުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ދަރިވަރުންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކަށެވެ. އެގޮތުން، ކްލާހެއްކަމަށް ބެލޭނީ އެއްފަހަރާ އެއްތަނެއްގައި 5 (ފަހެއް) ކުދިންނަށްވުރެ ގިނަ ކުދިންނަށް ކިޔަވައިދޭނަމައެވެ.
ޤާނޫނު ނަންބަރު 24/2020 ގެ 47 ވަނަ މާއްދާތަޢުލީމުގެ ޤާނޫނުޤުދުރަތީ ނުރައްކާ1 ޤާނޫނު
ޤުދުރަތީ ކަމެއްގެ ސަބަބުން ކުރިމަތިވާ ނުރައްކަލަށެވެ.
ޤާނޫނު ނަންބަރު 4/2017 ގެ 99 ވަނަ މާއްދާޢިމާރާތްކުރުމުގެ ޤާނޫނު'ޤައުމީ ބައްދަލުވުން1 ޤާނޫނު
ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ބާއްވާ ބައްދަލުވުމަށެވެ.
ޤާނޫނު ނަންބަރު 4/2013 ގެ 17 ވަނަ މާއްދާސިޔާސީ ޕާޓީގެ ޤާނޫނު
—
All defined legal terms1,401ޤާނޫނުތަކާއި ގަވާއިދުތަކުގައި މާނަކޮށްދީފައިވާ ލަފުޛުތަކާއި ޢިބާރާތްތައް152ޤާނޫނާއި ގަވާއިދުޤާނޫނުތަކާއި ގަވާއިދުތަކުގެ "މާނަކުރުން" މާއްދާތަކުގައިވާ ކޮންމެ ލަފުޛެއް ނުވަތަ ޢިބާރާތެއްގެ މާނަ، އެ ލަފުޛެއް ނުވަތަ ޢިބާރާތެއް މާނަކޮށްދީފައިވާ ޤާނޫނުތަކުން.

The old “words and phrases” page: the glossary with court meanings selectedލިޔުމެއްގެ ޑްރާފްޓެއް (Word ފައިލެއް) އަޕްލޯޑްކުރައްވާ، ނުވަތަ ލިޔުން ތިރީގައި ޕޭސްޓްކުރައްވާ. އެ ލިޔުމުގައި ޙަވާލާދީފައިވާ ޤާނޫނުތަކާއި މާއްދާތަކާއި ނިންމުންތައް ހޯދައި، އުވާލެވިފައިވާ، އިޞްލާޙުކުރެވިފައިވާ ނުވަތަ ބާޠިލުކުރެވިފައިވާ ކަންކަން ފާހަގަކޮށްދޭނެ. އަޕްލޯޑްކުރާ ފައިލް ރައްކާ ނުކުރެވޭނެ.
—
Checks the citations in an uploaded draft- މި ޤާނޫނު
- އިޞްލާޙު
- އުވާލި
- ގަވާއިދު
- އެކުގައި ޙަވާލާދެވޭ ޤާނޫނު
- ނިންމުން
…ޤާނޫނަކަށް ނުވަތަ ގަވާއިދަކަށް ފިތާލުމުން ނެޓްވަރކް އެ ލިޔުމަށް ބަދަލުވާނެ. ނިންމުމަކަށް ފިތާލުމުން ތަފްޞީލު ފެންނާނެ.
—
Law network explorer- 12010/SC-A/19ސުޕްރީމް ކޯޓު · 2010 · ޖިނާއީ299 ޙަވާލާ
- 22010/SC-A/02ސުޕްރީމް ކޯޓު · 2011 · މަދަނީ261 ޙަވާލާ
- 32011/SC-A/33ސުޕްރީމް ކޯޓު · 2011 · އިސްތިއުނާފީ130 ޙަވާލާ
- 42012/SC-A/21ސުޕްރީމް ކޯޓު · 2012 · މަދަނީ121 ޙަވާލާ
- 52011/HC-A/134ހައިކޯޓު · 2012 · ވަޒީފާއާބެހޭ103 ޙަވާލާ
- 62020/SC-A/93ސުޕްރީމް ކޯޓު · 2020 · ޖިނާއީ؛ ކޯޓު އަމުރު100 ޙަވާލާ
- 72019/SC-L/91ސުޕްރީމް ކޯޓު · 2020 · މަދަނީ95 ޙަވާލާ
- 82018/SC-A/49ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ92 ޙަވާލާ
- 92020/SC-A/28ސުޕްރީމް ކޯޓު · 2021 · މަދަނީ82 ޙަވާލާ
- 102010/HC-A/24ހައިކޯޓު · 2011 · ވަޒީފާއާބެހޭ81 ޙަވާލާ
- 112009/HC-A/348ހައިކޯޓު · 2012 · މަދަނީ79 ޙަވާލާ
- 122014/SC-A/27ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ69 ޙަވާލާ
- 132011/SC-A/23ސުޕްރީމް ކޯޓު · 2012 · ޖިނާއީ67 ޙަވާލާ
- 142012/SC-A/01ސުޕްރީމް ކޯޓު · 2012 · ޖިނާއީ64 ޙަވާލާ
- 152014/SC-A/41ސުޕްރީމް ކޯޓު · 2020 · މަދަނީ63 ޙަވާލާ
- 162012/HC-A/260ހައިކޯޓު · 2012 · ޖިނާއީ55 ޙަވާލާ
- 172009/SC-A/30ސުޕްރީމް ކޯޓު · 2011 · މަދަނީ54 ޙަވާލާ
- 182020/SC-A/100ސުޕްރީމް ކޯޓު · 2021 · މަދަނީ54 ޙަވާލާ
- 192016/SC-A/25ސުޕްރީމް ކޯޓު · 2020 · މަދަނީ51 ޙަވާލާ
- 202017/SC-A/44ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ51 ޙަވާލާ
- 212010/HC-A/47ހައިކޯޓު · 2012 · މަދަނީ46 ޙަވާލާ
- 222013/HC-A/122ހައިކޯޓު · 2013 · ޖިނާއީ46 ޙަވާލާ
- 232010/HC-A/208ހައިކޯޓު · 2012 · ވަޒީފާއާބެހޭ44 ޙަވާލާ
- 242019/SC-A/36ސުޕްރީމް ކޯޓު · 2020 · މަދަނީ44 ޙަވާލާ
- 252013/SC-A/53ސުޕްރީމް ކޯޓު · 2020 · ފައިސާ ހޯދުން41 ޙަވާލާ
- 262010/SC-A/07ސުޕްރީމް ކޯޓު · 2011 · ޖިނާއީ40 ޙަވާލާ
- 272011/HC-A/192ހައިކޯޓު · 2012 · މަދަނީ39 ޙަވާލާ
- 282019/SC-A/15ސުޕްރީމް ކޯޓު · 2021 · ޝަކުވާ39 ޙަވާލާ
- 292019/SC-A/27ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ38 ޙަވާލާ
- 302016/SC-A/23ސުޕްރީމް ކޯޓު · 2020 · ފައިސާ ހޯދުން38 ޙަވާލާ
- 312017/SC-A/14ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ37 ޙަވާލާ
- 322018/SC-A/31ސުޕްރީމް ކޯޓު · 2020 · ވަޒީފާއާބެހޭ37 ޙަވާލާ
- 332013/SC-A/27ސުޕްރީމް ކޯޓު · 2014 · މަދަނީ36 ޙަވާލާ
- 342015/SC-A/16ސުޕްރީމް ކޯޓު · 2016 · މަދަނީ35 ޙަވާލާ
- 352019/SC-A/77ސުޕްރީމް ކޯޓު · 2020 · ޖިނާއީ؛ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުން35 ޙަވާލާ
- 362018/HC-A/51ހައިކޯޓު · 2020 · މަދަނީ35 ޙަވާލާ
- 372016/HC-A/89ހައިކޯޓު · 2017 · މަދަނީ35 ޙަވާލާ
- 382012/SC-C/35ސުޕްރީމް ކޯޓު · 2013 · ދުސްތޫރީ34 ޙަވާލާ
- 392011/SC-A/34ސުޕްރީމް ކޯޓު · 2011 · ޖިނާއީ33 ޙަވާލާ
- 402017/SC-A/26ސުޕްރީމް ކޯޓު · 2020 · މަދަނީ32 ޙަވާލާ
- 412014/HC-DM/01ހައިކޯޓު · 2016 · ދުސްތޫރީ30 ޙަވާލާ
- 422012/HC-A/194ހައިކޯޓު · 2012 · ޖިނާއީ30 ޙަވާލާ
- 432013/HC-A/35ހައިކޯޓު · 2013 · ޢާއިލީ29 ޙަވާލާ
- 442013/SC-A/44ސުޕްރީމް ކޯޓު · 2015 · މަދަނީ29 ޙަވާލާ
- 452010/SC-A/17ސުޕްރީމް ކޯޓު · 2011 · މަދަނީ29 ޙަވާލާ
- 462018/HC-A/47ހައިކޯޓު · 2018 · މަދަނީ29 ޙަވާލާ
- 472008/SC-A/08ސުޕްރީމް ކޯޓު · 2009 · ޖިނާއީ28 ޙަވާލާ
- 482014/HC-A/83ހައިކޯޓު · 2014 · މަދަނީ28 ޙަވާލާ
- 492012/SC-A/23ސުޕްރީމް ކޯޓު · 2020 · ޖިނާއީ28 ޙަވާލާ
- 502019/SC-A/09ސުޕްރީމް ކޯޓު · 2021 · ވަޒީފާއާބެހޭ28 ޙަވާލާ
ޙަވާލާ = މި ނިންމުމުގެ ނަންބަރު ފާހަގަކޮށްފައިވާ ނިންމުންތަކުގެ އަދަދު. ރޮނގު: 2012–2026 އަހަރުން އަހަރަށް.
—
Leading caseslaws,articles,types,max(default 10)
One topic page
—
Cards linking to every page that uses[nvx_my_alerts]
—