މަދަނީ އިޖުރާއަތު
އަޙްމަދު ޢާރިފް
ވ.
ޢަބްދުﷲ ޢާރިފް
3 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/05
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2010-03-03
ކީވަރޑްސް: ފައިސާ ހޯދުން – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށާހެޅިދާނެތޯ – -/335,000 ރުފިޔާ އުނިކުރުމަށް އެއްބަސްވިނަމަވެސް އެފައިސާ އުނިނުކޮށް ޖުމްލަ -/1,400,000 ރުފިޔާ ޢަބްދުﷲ ޢާރިފްއަށް ދިނުމަށް މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކުރައްވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވުން – އުނިކުރަން އެއްބަސްވި ފައިސާއާ ބެހޭ ނުކުތާއަކީ "ކައުންޓަރ ކްލެއިލް" އެއް ކަމާއި، ސީދާ އެނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާކަމާއި، އެނުކުތާ އަޙްމަދު ޢާރިފް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި ނުސީދާކޮށްކަން – އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ދެކުންފުންޏަކަށް ކޮށްދީފައިވާ މަސައްކަތަކަށްވާތީ އެދެކުންފުނީގެ އިޒުނައާ ނުލައި އޭގެ ފައިދާގެ ޕަސެންޓެއް ނުދެވޭނެތީ އެފަދަ އެއްބަސްވުމެއް ބާޠިލްވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ކުރިން ދަށުކޯޓެއްގައި ނަގާފައިވާ ނުކުތާއެއް ނޫންކަން – ސުޕްރީމް ކޯޓުގެ ޤަވާޢިދަށާއި އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ދަށުކޯޓެއްގައި ކުރިން ނަގާފައިނުވާ ޤާނޫނީ ނުކުތާއެއް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިކަމަށް ވިޔަސް ނުބެލެވޭނެކަން – އިލްތިމާސްކުރުމަށް އޮންނަ ޤާނޫނީ މުއްދަތުގެ ތެރޭގައި އިލްތިމާސްކުރުމަށް ހުށަނޭޅިއޮތް ޤާނޫނީ ނުކުތާއެއް އަލުން ހުށަހެޅޭނީވެސް އެނުކުތާއެއް ހުށަހެޅުމަށް އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން ކޯޓުގެ ހުއްދަ ލިބިގެންކަން
