އިސްމާޢީލް ޝުޖާޢު
ވ.
ޔޫސުފް ރިޟާ
1 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2020/SC-A/44
ސައިޓޭޝަން: [2021] SC 98
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2021-10-31
ކީވަރޑްސް: މަދަނީ – ފައިސާ ދެއްކުމަށްވެފައިވާ އެއްބަސްވުމަށް ޖާމިނުވުން، ޤާނޫނު ނަންބަރު 4/91 (ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 12، 13 އަދި 16 ވަނަ މާއްދާ – ޙަޤީޤަތް އޮޅުވާލައިގެން އެއްބަސްވުމުގައި ސޮއިކުރުން (fraudulent misrepresentation) – އަމިއްލަ އިޚްތިޔާރުގައި ނޫންގޮތަކަށް މީހަކު ކޮންޓްރެކްޓެއްގައި ބައިވެރިވެރިކުރުވުން، މައްސަލައަކާ ގުޅިގެން ފަނޑިޔާރުން ހޯދާ މަޢުލޫމާތު – ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އާއި ހައިކޯޓު ގަވާއިދުގެ 27 ވަނަ މާއްދާ – ޤާނޫނުގައި ފެންނަން ހުންނަ ކަންކަން – މައްސަލައިގެ ޚަޞްމުން ހުށަހަޅާ ކަންކަން – މައްސަލައެއް ބެލުމުގެ ތެރޭގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާ މެދު ޚަޞްމުން ދެކޭގޮތް ހޯދަންވާނެކަން
