ޤަޟިއްޔާ ނަންބަރު:
2009/SC-A/17
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-06
ކީވަރޑްސް:
އިދާރީ ނިންމުން ޠަޢުނުކުރުން – ޢުމުރު ސާބިތުކުރުން – އިދާރީ ނިންމުން ޞައްޙަކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް – މި މައްސަލައިގެ ޝަރީޢަތް އެއްވެސް ކޯޓެއްގައި ހިންގިއިރު ދަޢުވާލިބޭ ފާރާތެއް ކަނޑައެޅި އެ ފަރާތް ޤަޟިއްޔާގައި ހިމެނިފައި ނުވާކަން – ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާޠިލްކުރުމަށް އެދި ކޯޓަށް ހުށަހަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި އެ އިދާރާއެއް ތަމްސީލުކުރާ ފަރާތެއް ކަނޑައެޅި އެ ފަރާތަށް ފުރުޞަތު ދެވިގެންކަން (ޕެރެގްރާފް 5)
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ހއ. ތަކަންދޫ / ދޫރެސް އިބްރާހިމް ޤާސިމް އޭނާގެ އައިޑީ ކާޑާއި އަދި އުފަންދުވަހުގެ ސެޓްފިކެޓްގައިވާ އޭނާގެ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމަށް ބުނެ ޢުމުރު ސާފުކުރުމަށްޓަކައި އޭނާ ހއ. ތަކަންދޫ ކޯޓަށް ހުށަހެޅުމުން …
ޤަޟިއްޔާ ނަންބަރު:
2008/SC-A/07
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-23
ކީވަރޑްސް:
ކުލީގެ އެއްބަސްވުން – ދެއެގްރީމެންޓެއް ބާޠިލުކުރުމަށްޓަކައި ފައިސާ ދެއްކުން – ދެފަރާތުން އެއްބަސްވެގެން އެގްރިމެންޓް ބާޠިލުކުރާއިރު އެޢިމާރާތުގައި ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިދޭންނުޖެހޭނެކަން އެނގޭފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވުން – މ.ގުލްކޯޒުގޭގައި ކުއްޔަށް ހުރި މުއްދަތަށް ފައިސާ ދައްކާފައިވުން
މައްސަލައިގެ ޚުލާޞާ މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ޚ ދަފްތަރު (މ. ރީމާވެލާ) ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާއަށް …
ޤަޟިއްޔާ ނަންބަރު:
2009/SC-A/14
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-09-07
ކީވަރޑްސް:
މަދަނީ – މިލްކުވެރިކަން ސާބިތުކުރުން – އަތުގެ ވެރިޔާ – ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެކި ހުށަހެޅުން – ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާ އަދި އެކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅޭނެކަން – މއ.ވައިޓްލިލީ (މއ. ސަތާވަރީގެ) ދަޢުވާލިބޭ ފަރާތަށް ރަޖިސްޓްރީ ކުރުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނޫން އެހެން މީހަކަށް އެ ގެ ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ނުވަތަ ލިޔުމެއް ނެތްކަން – މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަންގެ ނަންބަރު 237/P&OD/72 ޤަޟިއްޔާގައި މއ.ވައިޓްލިލީގައިވާ ޢިމާރާތްތަކާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާ ކަން – އަދި މިގޭގައި ދަޢުވާލިބޭ ފަރާތުގެ ބައްޕަ އަދި އެއްބަނޑު އެއްބަފާ މީހުން ވަކި ދުވަސްވަރެއްގައި ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ ޢިލްމު ޙާޞިލްކުރެވޭ ފެންނަންހުރި ޤާނޫނީ ޙުއްޖަތްތަކެއް ބާޠިލްވެގެން ދާނެ ކަމެއް ނޫންކަން
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2008/HC-A/230 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށް ދެކިގެން އެޤަޟިއްޔާގެ ދަޢުވާކުރާ ފަރާތް ކަމަށްވާ މއ. ވައިޓްލިލީ ފާތިމަތު މަނިކެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް …