ރެސްޓިޓިއުޝަން

1ނިންމުން
1ޙަވާލާދީފައިވާ ނިންމުން

އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު 12 ޙަވާލާ positive

ޤަޟިއްޔާ ނަންބަރު: 2008/SC-A/09

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2009-07-05

ކީވަރޑްސް: ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) – މަދަނީ – އެއްބަސްވުން ބާޠިލްކުރުން – ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން – ގެއްލުމުގެ ބަދަލު – ރިލަޔަންސް އިންޓްރެސްޓް (reliance interest) – މ.ރިއާއެވެ ކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލްކުރުމުން، އޭގެ ދަށުން ކުރަން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައިވާކަން - އެގްރިމަންޓް ބާޠިލުކުރުމުން އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވެފައިވާކަތީ ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަން - އެގްރިމެންޓުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންދިޔަ ގޯތި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރަންޖެހޭކަން - ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިޔަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި ދަޢުވާލިބޭ ފަރާތުގެ ތަނެއް ދަޢުވާކުރާ ފަރާތުން ބޭނުން ކުރަމުން ދިއުމަކީ ނުޙައްޤުން މަންފާއެއް (unjust enrichmentއެއް) ލިބިގަތުމަށް މަގުފަހިވާ ކަމެއްކަން

މައްސަލައިގެ ޚުލާޞާ މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/45 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ދ ދަފްތަރު ނަންބަރު 1044 (ގ. ނަޔާރޯޝަން) އަޙްމަދު ލަޠީފް …