ޤަޟިއްޔާ ނަންބަރު:
2009/SC-A/03
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2010-02-04
ކީވަރޑްސް:
ހައިކޯޓުގެ ނިންމުން ރިވިއުކުރުން – އަމުރު އިލްތިމާސްކުރުން – ޙުކުމް ތަންފީޛުކުރުން ފަސްކޮށްދިނުން – ހައިކޯޓުގެ ނަންބަރު HC-B1/2009/01 އަމުރުން، މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް އަމުރުކޮށްފައިވާކަން – މަދަނީ ކޯޓުގެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް އަމުރުކޮށްފައިވަނީ ދަޢުވާލިބޭ ފަރާތުން ހައިކޯޓަށް އިސްތިޢުނާފުކޮށްފައިވާ އެ ކޯޓުގެ 2008/HC-A/316 ޤަޟިއްޔާއާމެދު ހައިކޯޓުން ވަކިގޮތެއް ކަނޑަޅަންދެންކަން – ހައިކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާގައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްފައިވާތީ، އެ އަމުރު ނިމުމަކަށް އައިސްފައިވާކަން - ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލާގައި އިތުރު ނިންމުމެއް ނިންމާނެ ތަނެއް ނެތް ކަން
މައްސަލައިގެ ޚުލާޞާ މިއީ މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާއާ ގުޅިގެން މަދަނީ ކޯޓުން ނެރެފައިވާ އަމުރުތައް ބާޠިލް ވާގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން މަދަނީ ކޯޓަށް އަމުރުކޮށްފައިވާ ކަމަށާއި އަދި އެއީ ޤާނޫނާ ޚިލާފުވާގޮތަށް ނިންމާފައިވާ ނިންމުމެއް …
ޤަޟިއްޔާ ނަންބަރު:
2009/SC-A/20
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2010-01-14
ކީވަރޑްސް:
ފައިސާ ހޯދުން – ޙިއްޞާ ވިއްކުމުގެ މުޢާމަލާތް – ޙިއްޞާ ވިއްކުމަށްޓަކައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުން – އެޗް.އެމް.އެސް މޯލްޑިސްވް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުނީގައި އަޙްމަދު ޖަނާޙުގެ %33 ޙިއްސާ ޙަސަން ޢަލި މަނިކަށް ވިއްކުމަށް 8 ފެބްރުއަރީ 2007 ގައި އެއްބަސްވެ އެގްރިމެންޓް ކުރެވިފައިވާކަން – ދައްކަންޖެހޭ ފައިސާގެ ފުރަތަމަ އިންސްޓޯލްމެންޓަށްވާ ފައިސާ ދައްކާފައިވަނީ އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށްވުރެ 2 މަސް ދުވަސް ފަހުންކަން – އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށް ފައިސާ ނުދެއްކިއްޖެނަމަ އިތުރުވާ ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ %15 ދައްކަން ޖެހޭނެކަން އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ %15 ފައިސާ ދައްކަންޖެހޭކަން – އެއްބަސްވެފައިވަނީ ޑޮލަރުން ފައިސާ ދެއްކުމަށްކަން – ދިވެހި ރުފިޔާގެ 2 ޗެކް އިސްތިއުނާފު ރައްދުވާ ފަރާތަށް ދީ، ފަހުން އެ 2 ޗެކު އަނބުރާ ގެނައުމުން ޑޮލަރަށް ބަދަލުކޮށްދޭ ގޮތަށް އެއްބަސްވެފައިވާ ލިޔުމަކީ އަޙްމަދު ޖަނާޙް ބަނދެވޭ ގޮތަށްއޮތް ލިޔުމެއް ނޫންކަމާއި، އެލިޔުމުގައިވަނީ ޙަސަން ޢަލީމަނިކު އަމިއްލަ ނަފްސަށް ޙަސަން ޢަލީމަނިކު ވެފައިވާ ވަޢުދެއްކަމާއި، އެލިޔުމުގެ ސަބަބުން ޙިއްސާ ވިއްކުމަށް އެއްބަސްވި އެގްރީމެންޓުގެ 8 (އަށެއް) ވަނަ މާއްދާއާއި އެއްގޮތަށް އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާއިން ޙަސަން ޢަލީމަނިކު ބަރީޢަނުވާކަން
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/63 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނާއި ޤަވާޢިދާއި އެއްގޮތް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސްކުރުމަށް އެދި ހ. ކާމިނީޕޫލްގެ ޙަސަން ޢަލީމަނިކު (ހ. ކިނޮޅަސް) ސުޕްރީމް ކޯޓަށް …
ޤަޟިއްޔާ ނަންބަރު:
2010/SC-A/20
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
ޖިނާއީ
ތާރީޚު:
2010-07-01
ކީވަރޑްސް:
ހައްޔަރުކުރުމުގެ ނުވަތަ ބަންދުކުރުމުގެ އަމުރު އިސްތިއުނާފުކުރުން – ހައްޔަރުކޮށްފައިވަނީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ ކަނޑައެޅުން – ޕްރީޓްރައިލް ޑިޓެންޝަން – ފުލުހުންގެ ތަޙުޤީޤު މަރުޙަލާ – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/149 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ނުވާކަމަށް ބުނެ އެމައްސަލަ އިލްތިމާސް ކުރުމަށް މއ.ކާމިނީހުޅަނގުގެ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމު ދިވެހިރާއްޖޭގެ …
ޤަޟިއްޔާ ނަންބަރު:
2010/SC-A/19
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
ޖިނާއީ
ތާރީޚު:
2010-07-01
ކީވަރޑްސް:
ހައްޔަރުކުރުމުގެ ނުވަތަ ބަންދުކުރުމުގެ އަމުރު އިސްތިއުނާފުކުރުން – ހައްޔަރުކޮށްފައިވަނީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ ކަނޑައެޅުން – ޕްރީޓްރައިލް ޑިޓެންޝަން - ފުލުހުންގެ ތަޙުޤީޤު މަރުޙަލާ – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/148 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ޤާނޫނާ ޤަވާޢިދާ އެއްގޮތް ނުވާކަމަށް ބުނެ އެމައްސަލަ އިލްތިމާސް ކުރުމަށް މ. މާފަންނުވިލާ ޤާސިމް އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް …
ޤަޟިއްޔާ ނަންބަރު:
2009/SC-A/05
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2010-03-03
ކީވަރޑްސް:
ފައިސާ ހޯދުން – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށާހެޅިދާނެތޯ – -/335,000 ރުފިޔާ އުނިކުރުމަށް އެއްބަސްވިނަމަވެސް އެފައިސާ އުނިނުކޮށް ޖުމްލަ -/1,400,000 ރުފިޔާ ޢަބްދުﷲ ޢާރިފްއަށް ދިނުމަށް މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކުރައްވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވުން – އުނިކުރަން އެއްބަސްވި ފައިސާއާ ބެހޭ ނުކުތާއަކީ "ކައުންޓަރ ކްލެއިލް" އެއް ކަމާއި، ސީދާ އެނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާކަމާއި، އެނުކުތާ އަޙްމަދު ޢާރިފް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި ނުސީދާކޮށްކަން – އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ދެކުންފުންޏަކަށް ކޮށްދީފައިވާ މަސައްކަތަކަށްވާތީ އެދެކުންފުނީގެ އިޒުނައާ ނުލައި އޭގެ ފައިދާގެ ޕަސެންޓެއް ނުދެވޭނެތީ އެފަދަ އެއްބަސްވުމެއް ބާޠިލްވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ކުރިން ދަށުކޯޓެއްގައި ނަގާފައިވާ ނުކުތާއެއް ނޫންކަން – ސުޕްރީމް ކޯޓުގެ ޤަވާޢިދަށާއި އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ދަށުކޯޓެއްގައި ކުރިން ނަގާފައިނުވާ ޤާނޫނީ ނުކުތާއެއް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިކަމަށް ވިޔަސް ނުބެލެވޭނެކަން – އިލްތިމާސްކުރުމަށް އޮންނަ ޤާނޫނީ މުއްދަތުގެ ތެރޭގައި އިލްތިމާސްކުރުމަށް ހުށަނޭޅިއޮތް ޤާނޫނީ ނުކުތާއެއް އަލުން ހުށަހެޅޭނީވެސް އެނުކުތާއެއް ހުށަހެޅުމަށް އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން ކޯޓުގެ ހުއްދަ ލިބިގެންކަން
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެޤަޟިއްޔާ އިލްތިމާސް ކޮށްދިނުމަށް އެދި އެވަރގްލޯރީ އަޙްމަދު އާރިފް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް …
ޤަޟިއްޔާ ނަންބަރު:
2009/SC-L/23
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
ދުސްތޫރީ
ތާރީޚު:
2010-03-03
ކީވަރޑްސް:
ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގައި ޖުޑިޝަލް ރިވިޔު ކުރުމަށް ހުށަހެޅޭ އުސޫލު – ދެބާރަކުން ނިންމެވި ދެނިންމެވުމަކާގުޅިގެން އުފެދޭ ޤާނޫނީ ޚިލާފެއްގައި ބަންޑާރަނައިބު ޝަރީޢަތަށް މައްސަލަ ހުށަހެޅުއްވުން ފަދަކަންކަމުގައި ހަމައެކަނި އެއްފަރާތެއްގެ ނިންމެވުމުގެ ދިފާޢުގައި ވަކާލާތު ކުރެއްވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި އަދި އެމާއްދާގެ (ޅ) ގައި ބުނެފައިވާފަދައިން މުޅި ދިވެހި ދައުލަތް ތަމްސީލުނުކުރެއްވޭކަން
މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 200 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެމަތިން އެކޮމިޝަނަށް މެންބަރުން ޢައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް …
ޤަޟިއްޔާ ނަންބަރު:
2010/SC-C/23
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
ދުސްތޫރީ
ތާރީޚު:
2010-10-28
ކީވަރޑްސް:
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 171 ވަނަ މާއްދާގެ (ވ) ޤާނޫނުއަސާސީއާ ޚިލާފުވޭތޯ - ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުން
މައްސަލައިގެ ޚުލާސާ މިއީ ރައްޔިތުންގެ މަޖިލީހުން 02 މާޗް 2010 ދުވަހުން ފެށިގެން ޢަމަލުކުރަމުންގެންދާ "ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު" އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީސް …
ޤަޟިއްޔާ ނަންބަރު:
2010/SC-A/01
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2010-11-09
ކީވަރޑްސް:
ކުލީގެ އެއްބަސްވުން – އެއްބަސްވުން ބާޠިލުކުރުން – މިހާރުގެ މިލްކުވެރިފަރާތުގެ ނުރުހުމުގައި އެއްބަސްވުން ދެމެހެއްޓިދާނެތޯ ކަނޑައެޅުން – އެގްރިމަންޓްގެ މުއްދަތު ހަމަވެ އެގްރިމަންޓް އޭގެ ޒާތުން ނިމުމަކަށް އައިސްފައިވުން
މައްސަލައިގެ ޚުލާސާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/105 ޤަޟިއްޔާ ނިންމަވާފައިވާ ގޮތް ޝަރުއީ ނުވަތަ ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ، އަންނަނިވި ނުކުތާތަކުގެ މައްޗަށް، ހ. ގްރީންޒެސްޓް (މއ. ގްރީންސްޓަފް) އާމިނަތު ވަޙީދާ އިލްތިމާސް …
ޤަޟިއްޔާ ނަންބަރު:
2008/SC-A/08
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
ޖިނާއީ
ތާރީޚު:
2009-10-25
ކީވަރޑްސް:
މަސްތުވާތަކެތި – ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުން – މުޠުލަޤު މަސްއޫލިއްޔަތު – ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) – އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި އޮއްވާ ފުލުހުންނަށް ފެނުނު ޕާރުސަލެއްގައި 6.6 ގްރާމްގެ ހެރޮއިން ހުރުން – މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި މުޠުލަޤް މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަން – މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ޤާނޫނީ ޤަރީނާއެއްކަން
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2006/HC-A/249 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ރަނގަޅުނޫންކަމަށް ފެންނަ ޤާނޫނީ ނުކުތާތަކަކާއި، ސަބަބުތަކެއް ހުރިކަމަށްބުނެ އެކަންތައްތައް ފާހަގަކޮށް އެޤަޟިއްޔާ އަލުން ބަލައިދިނުމަށް އެދި މއ. …
ޤަޟިއްޔާ ނަންބަރު:
2009/SC-A/22
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-12-30
ކީވަރޑްސް:
ކުންފުނީގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތްތަކުގެ ޒިންމާ ކުންފުނިން އުފުލަން ޖެހުން - ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) (4)
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 316/އެޗްސީ.އޭ/2008 ގެ ޤަޟިއްޔާ ނިންމަވާފައިވާގޮތް ރަގަޅުނޫންކަމަށް ޤަބޫލުކުރެވޭ ޤާނޫނީ ސަބަބުތަކެއް ހުރިކަމަށް ބުނެ އެކަންކަން ފާހަގަކޮށް ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން. ބީ.އެޗް.ޑީ …
ޤަޟިއްޔާ ނަންބަރު:
2009/SC-A/11
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-09-06
ކީވަރޑްސް:
ފައިސާ ހޯދުން – މައްސަލަ ބަލައިނުގަތުމަށް ނިންމުން – ހައިކޯޓުގެ ނިންމުން ޤާނޫނާއި ޤަވާޢިދާ އެއްގޮތްތޯ ކަނޑައެޅުން – ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާ – ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 2006/HC-A/27 މައްސަލައިގެ ފޯމު ބާޠިލުކުރެވުނުތާ 60 ދުވަސް ފަހުން މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާތީ، 07 ސެޕްޓެމްބަރ 2008 ގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ ދަށުންކަން އެނގެން އޮތުން – ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާ ފޯމް ބާޠިލްކޮށްފައިވަނީ، ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވި ޗިޓު، ދަޢުވާކުރާ ފަރާތަށް ރައްދުނުކުރެވިގެންކަން – ދަޢުވާކުރާ ފަރާތަށް ޗިޓު ރައްދުނުކުރެވުނީ ދަޢުވާކުރާ ފަރާތުން ހައިކޯޓަށް ދީފައިވާ އެޑްރެސް ބަދަލު ކޮށް އެކަން ހައިކޯޓަށް އަންގާފައި ނުވާތީ އާއި ކުންފުންޏާއި ނުވަތަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި ގުޅޭނެ ފޯނު ނަންބަރެއްވެސް ކުންފުނިން ހަމަޖައްސާފައިވާ ވަކީލަށް ވެސް އެނގިފައި ނުވާތީކަން – 21 ޖެނުއަރީ 2009 ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ނިންމަވާފައިވާ ނިންމެވުމަކީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށް ނިންމަވާފައިވާ ޞައްޙަ ނިންމުމެއް ކަން
މައްސަލައިގެ ޚުލާޞާ މިއީ، މަދަނީކޯޓުގެ ނަންބަރު 293/MC/2004 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދެވަނަފަހަރަށް ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި …
ޤަޟިއްޔާ ނަންބަރު:
2008/SC-A/13
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-09-03
ކީވަރޑްސް:
ފައިސާ ހޯދުން – ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން – ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12،303،015/35 ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނުން – ވަޒީފާގައި ހުރެ، ވަޒީފާދޭ ފަރާތާއެކު ކޮންޓްރެކްޓުގެ އުޞޫލަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވުން – މިމައްސަލައިގައިވާ ކުދިގަސް ސަޕްލައިކުރުމުގެ މަސައްކަތަކީ އޭނާ އަދާކުރި ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނިނަމަވެސް އެކަން ސާބިތުކުރެވޭނެ ހެކި ހުށަހަޅާފައިނުވުން – ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ – އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ލިޔެފައިވުމުން މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުން – މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަން – މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން – މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗެސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް (offerއެއް)ކަން – އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަން – އިންވޮއިސްއަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެ ޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެ މުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމަންޓަކަށްވެފައި ޞައްޙަ އިންވޮއިސްއެއް އޮތުމަކީ ދެ ފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ޙުއްޖަތެއްކަން (
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/22 ޤަޟިއްޔާ އިލްތިމާސް ކުރުމަށް ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. ފާހަގަ ކުރެވުނު ނުކުތާތައް މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ …
ޤަޟިއްޔާ ނަންބަރު:
2009/SC-A/19
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-10-08
ކީވަރޑްސް:
ހައިކޯޓުގެ ނިންމުން ރިވިއުކުރުން – މަތީ ކޯޓުގެ ޙުކުމް ތަންފީޛްކުރުމަށް ދަށު ކޯޓުން ނެރޭ އަމުރު މަތީ ކޯޓުގައި އިސްތިއުނާފު ކުރުން – ޙުކުމެއް ތަންފީޒް ކުރުމަށް ދަށުކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިޢުނާފް ކުރުމަކީ އޭގެ ޒާތުގައި، ކުރިން ހައިކޯޓުން އެ މައްސަލައިގައި މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ބެލެވެން ނެތްކަން – އިސްތިޢުނާފުކުރެވުނު ޙުކުމް ނުވަތަ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން އެޙުކުމް ނުވަތަ އަމުރު ތަންފީޛްކުރުން ވަގުތީގޮތުން ފަސްކުރުމަކީ މަތީކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްކަން – މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި، އެޙުކުމް ތަންފީޒުކުރުމުގެ އިޚްތިޞާޞް އޮތް ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި މަތީ ކޯޓުން ރިޢާޔަތްކުރަންވާ ކަންތައްތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް އެއަމުރާމެދު ގޮތެއް ކަނޑައަޅައި މަތީ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުން ހިމެނެން ވާނެކަން
މައްސަަލައިގެ ޚުލާޞާ މިއީ 31 ޑިސެމްބަރ 2008 ގައި މަދަނީ ކޯޓުން ނެރެފައިވާ ނަންބަރު 2/2008/837-MB1B އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހެޅުމާއި ގުޅިގެން އެ އަމުރު ތަންފީޒުކުރުން ފަސްކޮށްދިނުމަށް އިސްތިއުނާފު ކުރިފަރާތް ކަމުގައިވާ މއ.ބޯޅަޖެހިގެ ޙަސީނާ …
ޤަޟިއްޔާ ނަންބަރު:
2008/SC-A/06
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-13
ކީވަރޑްސް:
ފައިސާ ހޯދުން – ގެއްލުމުގެ ބަދަލުހޯދުން – ފައިސާ ލިބުނު ތާރީޚް ބިލުގައި ނެތުމަކީ އޭގެ ސައްޙަކަން ނަފީކުރެވޭނެ ކަމެއްތޯ - މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތުމަކީ ކުރި މަސައްކަތުގެ އުޖޫރަ ނަފީކުރެވޭފަދަ ކަމެއްތޯ – ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މި ޙުކުމް ޝާއިޢުކޮށްފައެއް ނެތް. މައްސަލައިގެ ޚުލާޞާ ދ. ބަނޑިދޫ އޮފީހުން ދޫކުރި ލިޔުމަކީ އެ އޮފީހުގެ ރަސްމީ ލިޔުމެއްކަން ފެންނަން އޮތްކަން. (ޕެރެގްރާފް 2 ގެ (ށ)) ފެންނަން އޮތް އެ ޙަޤީޤަތް ނަފީކުރެވޭފަދަ ހެއްކެއް …
ޤަޟިއްޔާ ނަންބަރު:
2009/SC-A/17
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-06
ކީވަރޑްސް:
އިދާރީ ނިންމުން ޠަޢުނުކުރުން – ޢުމުރު ސާބިތުކުރުން – އިދާރީ ނިންމުން ޞައްޙަކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް – މި މައްސަލައިގެ ޝަރީޢަތް އެއްވެސް ކޯޓެއްގައި ހިންގިއިރު ދަޢުވާލިބޭ ފާރާތެއް ކަނޑައެޅި އެ ފަރާތް ޤަޟިއްޔާގައި ހިމެނިފައި ނުވާކަން – ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާޠިލްކުރުމަށް އެދި ކޯޓަށް ހުށަހަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި އެ އިދާރާއެއް ތަމްސީލުކުރާ ފަރާތެއް ކަނޑައެޅި އެ ފަރާތަށް ފުރުޞަތު ދެވިގެންކަން (ޕެރެގްރާފް 5)
މައްސަލައިގެ ޚުލާޞާ މިމައްސަލައަކީ ހއ. ތަކަންދޫ / ދޫރެސް އިބްރާހިމް ޤާސިމް އޭނާގެ އައިޑީ ކާޑާއި އަދި އުފަންދުވަހުގެ ސެޓްފިކެޓްގައިވާ އޭނާގެ އުފަން ތާރީޚަކީ ރަނގަޅު ނޫން ތާރީޚެއްކަމަށް ބުނެ ޢުމުރު ސާފުކުރުމަށްޓަކައި އޭނާ ހއ. ތަކަންދޫ ކޯޓަށް ހުށަހެޅުމުން …
ޤަޟިއްޔާ ނަންބަރު:
2008/SC-A/09
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-05
ކީވަރޑްސް:
ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) – މަދަނީ – އެއްބަސްވުން ބާޠިލްކުރުން – ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން – ގެއްލުމުގެ ބަދަލު – ރިލަޔަންސް އިންޓްރެސްޓް (reliance interest) – މ.ރިއާއެވެ ކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލްކުރުމުން، އޭގެ ދަށުން ކުރަން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައިވާކަން - އެގްރިމަންޓް ބާޠިލުކުރުމުން އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވެފައިވާކަތީ ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަން - އެގްރިމެންޓުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންދިޔަ ގޯތި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރަންޖެހޭކަން - ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިޔަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި ދަޢުވާލިބޭ ފަރާތުގެ ތަނެއް ދަޢުވާކުރާ ފަރާތުން ބޭނުން ކުރަމުން ދިއުމަކީ ނުޙައްޤުން މަންފާއެއް (unjust enrichmentއެއް) ލިބިގަތުމަށް މަގުފަހިވާ ކަމެއްކަން
މައްސަލައިގެ ޚުލާޞާ މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2000/HC-A/45 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫން ކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ދ ދަފްތަރު ނަންބަރު 1044 (ގ. ނަޔާރޯޝަން) އަޙްމަދު ލަޠީފް …
ޤަޟިއްޔާ ނަންބަރު:
2009/SC-A/14
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-09-07
ކީވަރޑްސް:
މަދަނީ – މިލްކުވެރިކަން ސާބިތުކުރުން – އަތުގެ ވެރިޔާ – ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެކި ހުށަހެޅުން – ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާ އަދި އެކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅޭނެކަން – މއ.ވައިޓްލިލީ (މއ. ސަތާވަރީގެ) ދަޢުވާލިބޭ ފަރާތަށް ރަޖިސްޓްރީ ކުރުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނޫން އެހެން މީހަކަށް އެ ގެ ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ނުވަތަ ލިޔުމެއް ނެތްކަން – މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަންގެ ނަންބަރު 237/P&OD/72 ޤަޟިއްޔާގައި މއ.ވައިޓްލިލީގައިވާ ޢިމާރާތްތަކާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާ ކަން – އަދި މިގޭގައި ދަޢުވާލިބޭ ފަރާތުގެ ބައްޕަ އަދި އެއްބަނޑު އެއްބަފާ މީހުން ވަކި ދުވަސްވަރެއްގައި ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ ޢިލްމު ޙާޞިލްކުރެވޭ ފެންނަންހުރި ޤާނޫނީ ޙުއްޖަތްތަކެއް ބާޠިލްވެގެން ދާނެ ކަމެއް ނޫންކަން
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2008/HC-A/230 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށް ދެކިގެން އެޤަޟިއްޔާގެ ދަޢުވާކުރާ ފަރާތް ކަމަށްވާ މއ. ވައިޓްލިލީ ފާތިމަތު މަނިކެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް …
ޤަޟިއްޔާ ނަންބަރު:
2008/SC-A/07
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-23
ކީވަރޑްސް:
ކުލީގެ އެއްބަސްވުން – ދެއެގްރީމެންޓެއް ބާޠިލުކުރުމަށްޓަކައި ފައިސާ ދެއްކުން – ދެފަރާތުން އެއްބަސްވެގެން އެގްރިމެންޓް ބާޠިލުކުރާއިރު އެޢިމާރާތުގައި ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިދޭންނުޖެހޭނެކަން އެނގޭފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވުން – މ.ގުލްކޯޒުގޭގައި ކުއްޔަށް ހުރި މުއްދަތަށް ފައިސާ ދައްކާފައިވުން
މައްސަލައިގެ ޚުލާޞާ މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ޚ ދަފްތަރު (މ. ރީމާވެލާ) ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާއަށް …
ޤަޟިއްޔާ ނަންބަރު:
2008/SC-A/12
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-03-08
ކީވަރޑްސް:
ފައިސާ ހޯދުން – ދޯނި ކުއްޔަށްދިނުން – ކުލީގެ ފައިސާ – ކުލިން ޚަރަދު ކެނޑުން – "ބެސްޓް" އެވެ ކިޔާ ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި ދޯންޏާއި ޙަވާލުވެހުރެ، ހޮލިޑޭ އައިލެންޑް ރިސޯޓުން ދޯނީގެ ކުލީގެ ފައިސާ އިސްތިއުނާފުކުރާފަރާތުން ނަގާފައިވާކަން – ހޮލިޑޭ އައިލެންޑް ރިސޯޓަށް "ބެސްޓް" ދޯނި ކުއްޔަށް ދީފައިއޮތް އިރުދޯނީގެ މިލްކުވެރި ފަރާތަކީ ދަޢުވާލިބޭ ފަރާތްކަމާއި ދޯނި ރަޖިސްޓްރީ ކުރެވިފައިވަނީވެސް އޭނާގެ ނަމުގައި ކަމާއި އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް ދޯނި ކުއްޔަށް ދީފައިވަނީވެސް ދަޢުވާލިބޭ ފަރާތްކަން – ކުއްޔަށްހިފި މުއްދަތުގައި ކޮށްފައިވާ ޚަރަދު ކުލީގެ ފައިސާއިން ކެނޑުމުން ބާކީވާ އިސްތިއުނާފުކުރާ ފާރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދޭންޖެހޭކަން ސާބިތުވާ ހެކިތައް ނަފީކުރެވޭ ވަރުގެ ހެކިތަކެއް އެ ފަރާތުން ހުށަހަޅާފައި ނުވާކަން
މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/189 ޤަޟިއްޔާ އިލްތިމާސް ކުރުމަށް އދ. މާމިގިލި / ވެސްޓްބީޗް މުޙައްމަދު ދާއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. ފާހަގަކުރެވުނު ކަންތައްތައް މި މައްސަލައާއި ގުޅިގެން ސުޕްރީމް …