އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ޖިނާއީ
2010-02-22
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ކީވަރޑްސް: ޖަމާޢަތް ހަދައިގެން ތަނެއް ހަލާކުކޮށްލައިގެން ސަރުކާރުގެ ދިހަހާސް ރުފިޔާއަށްވުރެ އަގުހުރި މުދަލަކުން ވައްކަންކުރުން – ޖިނާއީކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާއަށް އިންކާރުކުރިނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީ ފަޅާލައިގެން އެތަނުން ވަގަށްނަގާފައިވާ ބައެއްތަކެތި އާދަމް ޝަރީފްގެ ބެލުމުގެ ދަށުގައި ހުއްޓައި ފެނިފައިވާކަން އާދަމް ޝަރީފްގެ އިޢުތިރާފުން އެނގެން އޮތުން – ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، ދަޢުވާކުރާ ފަރާތުން ތަހުޤީޤަށް ދީފައިވާ ބަޔާނުގައި ވައްކަމުގެ ޢަމަލު ހިންގި ގޮތް ބަޔާންކޮށްފައިވާ ގޮތަށާއި، އެފަރާތާއެކު ވައްކަމުގެ ބައިވެރިވި މުޙައްމަދު އަޙްމަދު ދައްކާފައިވާ ވާހަކަތަކުގައި ހުރި ގުޅުންތަކުގެ މައްޗަށާއި، އާދަމް ޝަރީފް ދިރިއުޅުނު ގޭގައި ހުރި ދަބަހުން ވަގަށް ގެންގޮސްފައިވާ ތަކެތި ފެނިފައިވާތީ އާއި މިކަންކަމުގެ މައްޗަށް ލިބިފައިވާ ގުޅިފައިވާ ޤަރީނާތަކާއި ހެކިތަކުގެ މައްޗަށްކަން – ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރެވެމުންދިޔަ ޤާނޫނެއްގެ ދަށުން ލިބިފައިވާ ޙައްޤެއް ނުވަތަ ފުރިހަމަކުރަންޖެހޭ ޒިންމާއެއް ނުވަތަ ދީފައިވާ އަދަބެއް ބާޠިލު ނުވާނޭކަން އެ ޤާނޫނުއަސާސީގެ 270 ވަނަ މާއްދާގެ ޞަރީޙަ ނައްޞުން އެނގޭކަން – ފަސްވަނަކަމަކީ އާދަމް ޝަރީފްގެ ކުށުގެ ރެކޯޑު ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ކުށުގެ ޢަދަދު ގުނުމުގައި ކުށެއް އޮތްކަމަށްބުނި ނަމަވެސް، ކުށެއްގެ ގޮތުގައިއޮތީ ހަމައެކަނި ޤަޟިއްޔާ ނަންބަރު ލިޔުމުގެ ކުށެއްކަމުން އާދަމް ޝަރީފްގެ މައްޗަށް ސާބިތު ވެފައިވާ ވައްކަމުގެ ކުށުގެ ޢަދަދަށް ބަދަލު އައިސްފައި ނުވާތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ އަދަބު އިޞްލާޙު ކުރެވޭނެ ތަނެއް ނެތްކަން
މިޞަފްޙާއަކީ ތި ޔޫޒަރގެ މެމްބަރޝިޕް ޕެކޭޖުގައި ހިމެނޭ ޞަފްޙާއެއް ނޫނެވެ.
Already a member? Log in here
ޙަވާލާގެ ޗާޓް 17

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމުގައި ޙަވާލާދީފައިވާ ނިންމުންތައް 1

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމަށް ޙަވާލާދީފައިވާ ނިންމުންތައް 17

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ