ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މަދަނީ
2010-01-14
އުއްތަމަ ފަނޑިޔާރު މުޖުތާޒް ފަހުމީ
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ކީވަރޑްސް: ފައިސާ ހޯދުން – ޙިއްޞާ ވިއްކުމުގެ މުޢާމަލާތް – ޙިއްޞާ ވިއްކުމަށްޓަކައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުން – އެޗް.އެމް.އެސް މޯލްޑިސްވް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުނީގައި އަޙްމަދު ޖަނާޙުގެ %33 ޙިއްސާ ޙަސަން ޢަލި މަނިކަށް ވިއްކުމަށް 8 ފެބްރުއަރީ 2007 ގައި އެއްބަސްވެ އެގްރިމެންޓް ކުރެވިފައިވާކަން – ދައްކަންޖެހޭ ފައިސާގެ ފުރަތަމަ އިންސްޓޯލްމެންޓަށްވާ ފައިސާ ދައްކާފައިވަނީ އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށްވުރެ 2 މަސް ދުވަސް ފަހުންކަން – އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށް ފައިސާ ނުދެއްކިއްޖެނަމަ އިތުރުވާ ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ %15 ދައްކަން ޖެހޭނެކަން އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ %15 ފައިސާ ދައްކަންޖެހޭކަން – އެއްބަސްވެފައިވަނީ ޑޮލަރުން ފައިސާ ދެއްކުމަށްކަން – ދިވެހި ރުފިޔާގެ 2 ޗެކް އިސްތިއުނާފު ރައްދުވާ ފަރާތަށް ދީ، ފަހުން އެ 2 ޗެކު އަނބުރާ ގެނައުމުން ޑޮލަރަށް ބަދަލުކޮށްދޭ ގޮތަށް އެއްބަސްވެފައިވާ ލިޔުމަކީ އަޙްމަދު ޖަނާޙް ބަނދެވޭ ގޮތަށްއޮތް ލިޔުމެއް ނޫންކަމާއި، އެލިޔުމުގައިވަނީ ޙަސަން ޢަލީމަނިކު އަމިއްލަ ނަފްސަށް ޙަސަން ޢަލީމަނިކު ވެފައިވާ ވަޢުދެއްކަމާއި، އެލިޔުމުގެ ސަބަބުން ޙިއްސާ ވިއްކުމަށް އެއްބަސްވި އެގްރީމެންޓުގެ 8 (އަށެއް) ވަނަ މާއްދާއާއި އެއްގޮތަށް އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާއިން ޙަސަން ޢަލީމަނިކު ބަރީޢަނުވާކަން
މިޞަފްޙާއަކީ ތި ޔޫޒަރގެ މެމްބަރޝިޕް ޕެކޭޖުގައި ހިމެނޭ ޞަފްޙާއެއް ނޫނެވެ.
Already a member? Log in here
ޙަވާލާގެ ޗާޓް 6

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމުގައި ޙަވާލާދީފައިވާ ނިންމުންތައް 1

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމަށް ޙަވާލާދީފައިވާ ނިންމުންތައް 6

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ