ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެ ވ. މުޙައްމަދު އިބްރާހީމް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މަދަނީ
2009-09-03
ފަނޑިޔާރު މުޖުތާޒް ފަހުމީ
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ކީވަރޑްސް: ފައިސާ ހޯދުން – ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން – ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12،303،015/35 ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނުން – ވަޒީފާގައި ހުރެ، ވަޒީފާދޭ ފަރާތާއެކު ކޮންޓްރެކްޓުގެ އުޞޫލަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވުން – މިމައްސަލައިގައިވާ ކުދިގަސް ސަޕްލައިކުރުމުގެ މަސައްކަތަކީ އޭނާ އަދާކުރި ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނިނަމަވެސް އެކަން ސާބިތުކުރެވޭނެ ހެކި ހުށަހަޅާފައިނުވުން – ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ – އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ލިޔެފައިވުމުން މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުން – މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަން – މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން – މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗެސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް (offerއެއް)ކަން – އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަން – އިންވޮއިސްއަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެ ޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެ މުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމަންޓަކަށްވެފައި ޞައްޙަ އިންވޮއިސްއެއް އޮތުމަކީ ދެ ފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ޙުއްޖަތެއްކަން (
މިޞަފްޙާއަކީ ތި ޔޫޒަރގެ މެމްބަރޝިޕް ޕެކޭޖުގައި ހިމެނޭ ޞަފްޙާއެއް ނޫނެވެ.
Already a member? Log in here
ޙަވާލާގެ ޗާޓް 2

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމަށް ޙަވާލާދީފައިވާ ނިންމުންތައް 2

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ