ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މާލެ، ދިވެހިރާއްޖެ
މަދަނީ މައްސަލަތަކުގައި މުއްދަތު ގުނުމާ ގުޅޭ
- މަދަނީ އިޖުރާއަތުގެ ޤާނޫނު (ޤާނޫނު ނަންބަރު 32/2021) ގެ ދަށުން މުއްދަތު ގުނުމުގައި ޝަރުޢީ ކޯޓުތަކުން އެއް އުޞޫލަކުން ޢަމަލުކުރުމުގެ ގޮތުން އެ ޤާނޫނުގެ 424 ވަނަ މާއްދާގެ ދަށުން މުއްދަތު ގުނާނީ ތިރީގައި މިވާ ގޮތަށެވެ.
- (ހ) ހަތް ދުވަހަށްވުރެ ދިގު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަސް ނުހިމަނައި، އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.
- (ށ) އަދި، ހަތް ދުވަހަށްވުރެ ކުރު މުއްދަތު ގުނާނީ އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހާއި އެ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ.
- ޕެރެގްރާފް 1 ގައި ބުނެފައިވާގޮތަށް މުއްދަތު ގުނާއިރު، ވަކިކަމެއް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާ ނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރީ ކަމުގައި ބެލޭނެއެވެ.
- ވަކިކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަން ބަޔާންކޮށް ކޯޓުން އަންގާ އެންގުންތަކުގައި އެކަމެއް ފުރިހަމަކޮށް ކޯޓަށް ހުށަހަޅަންޖެހޭ ތާރީޚާއި ގަޑި ހިމަނަންވާނެއެވެ.
14 ރަޖަބް 1444
05 ފެބުރުވަރީ 2023
އަޙްމަދު މުޢުތަޞިމް ޢަދުނާން
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު
ޝަރުޢީ ކޯޓުތައް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން