މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ ވ. ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އިސްތިއުނާފީ
2010-02-25
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ޢަރީފް
ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ކީވަރޑްސް: ކޮންޓްރެކްޓާ ބެހޭ – ޢަދުލުވެރި ބަދަލު ދިނުން – ޙުކުމް ތަންފީޛުކުރުން - ކ.ބިޔާދޫއަށް ސަރުކާރުން ހުޅުވާލި ބީލަން ކާމިޔާބުކުރުމުގެ ފުރުޞަތު ޔޮޓް ޓުއަރސަށް އޮތްކަން ސާބިތުވުމުން ޢަދުލުވެރި ބަދަލެއް ދިނުމަށް ސަރުކާރުން ނިންމާފައިވުން – ޔޮޓް ޓްއާރސަށް ގެއްލުނު ފުރުޞަތުގެ އަގު (opportunity cost) ފައިސާއިން ދިނުމަށް ދަތިވާތީ ބަދަލުގެ ގޮތުގައި ރިސޯޓެއް ހެދުމަށް ކ. ކުޑަވިލިގިލި ޔޮޓް ޓުއަރސަށް ދިނުމަށް ސަރުކާރުން ހުށަހެޅުމުން އެހުށަހެޅުން ޔޮޓް ޓުއަރސުން ޤަބޫލުކުރުން – އެ ބަދަލަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް މަދަނީ ކޯޓުން ނިންމާފައިވާކަން – ބިޑުގެ އުޞޫލު ނޫންގޮތަކަށް ޓޫރިސްޓް ރިސޯޓެއް ހަދައި ތަރައްޤީކުރުމަށް ރަށެއް ދޫކުރެވޭނީ ސަރުކާރުގެ ޙިއްޞާއެއް އޮންނަގޮތަށްކަމުން، ސަރުކާރުގެ ޙިއްޞާއެއް އޮތުމަކީ އެ ބަދަލު ޢަދުލުވެރި ބަދަލެއްކަމަށް ވުމާއި ނުވުމުގެ މައްޗަށް ބިނާކުރެވޭނެ ކަމެއްނޫން ކަމާއި، އެއީ ރިސޯޓެއް ތަރައްޤީކޮށް އެއިން މަންފާ ޙާޞިލްކޮށް ހެދުމަށް އެއްވެސް މިންވަރެއްގެ ހުރަސްތަކެއް އެޅޭނެ ކަމެއްނޫންކަން – ތަންފީޛުކުރަން ބޭނުންވާ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދައިދިނުމަކީ އިސްތިއުނާފު ކޯޓަކަށް ކުރެވިދާނެ ކަމެއްކަން – ކ.ކުޑަވިލިގިލީގައި ޔޮޓް ޓްއާރސްގެ ފަރާތުން ޓޫރިސްޓް ރިސޯޓެއްހެދުމަށް 45 ދުވަހުގެތެރޭގައި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒްމް އާރޓްސް އެންޑް ކަލްޗަރއަށް ހައިކޯޓުން އަންގަވާފައިވަނީ ތަންފީޒުކޮށް ދިނުމަށްއެދި ހުށަހެޅި މައްސަލަ ކަމަށްވާ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451ގެ ޤަޟިއްޔާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައިކަން - ޙުކުމުގެ ބާރު ކެނޑިގެން ނުދާގޮތަކަށް އަދި އެޙުކުމް ތަންފީޒު ކުރެވޭ ގޮތަކަށް އިސްތިއުނާފީ މަރުޙަލާގައި ޙުކުމް ކުރެވިދާނެކަން
މިޞަފްޙާއަކީ ތި ޔޫޒަރގެ މެމްބަރޝިޕް ޕެކޭޖުގައި ހިމެނޭ ޞަފްޙާއެއް ނޫނެވެ.
Already a member? Log in here
ޙަވާލާގެ ޗާޓް 0

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ

މި ނިންމުމުގައި ޙަވާލާދީފައިވާ ނިންމުންތައް 1

ނިންމުންތައް ބެލުމަށް ލޮގިން ކުރައްވާ