މަދަނީ މައްސަލަ
272 ނިންމުން
ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ވ. އަޙްމަދު ޝާހިދު 4 ޙަވާލާ
ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު
ވ.
ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު
1 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/11
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-09-06
ކީވަރޑްސް: ފައިސާ ހޯދުން – މައްސަލަ ބަލައިނުގަތުމަށް ނިންމުން – ހައިކޯޓުގެ ނިންމުން ޤާނޫނާއި ޤަވާޢިދާ އެއްގޮތްތޯ ކަނޑައެޅުން – ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާ – ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 2006/HC-A/27 މައްސަލައިގެ ފޯމު ބާޠިލުކުރެވުނުތާ 60 ދުވަސް ފަހުން މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާތީ، 07 ސެޕްޓެމްބަރ 2008 ގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ ދަށުންކަން އެނގެން އޮތުން – ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާ ފޯމް ބާޠިލްކޮށްފައިވަނީ، ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވި ޗިޓު، ދަޢުވާކުރާ ފަރާތަށް ރައްދުނުކުރެވިގެންކަން – ދަޢުވާކުރާ ފަރާތަށް ޗިޓު ރައްދުނުކުރެވުނީ ދަޢުވާކުރާ ފަރާތުން ހައިކޯޓަށް ދީފައިވާ އެޑްރެސް ބަދަލު ކޮށް އެކަން ހައިކޯޓަށް އަންގާފައި ނުވާތީ އާއި ކުންފުންޏާއި ނުވަތަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި ގުޅޭނެ ފޯނު ނަންބަރެއްވެސް ކުންފުނިން ހަމަޖައްސާފައިވާ ވަކީލަށް ވެސް އެނގިފައި ނުވާތީކަން – 21 ޖެނުއަރީ 2009 ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ނިންމަވާފައިވާ ނިންމެވުމަކީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށް ނިންމަވާފައިވާ ޞައްޙަ ނިންމުމެއް ކަން
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެ
ވ.
މުޙައްމަދު އިބްރާހީމް
2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/13
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-09-03
ކީވަރޑްސް: ފައިސާ ހޯދުން – ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން – ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12،303،015/35 ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނުން – ވަޒީފާގައި ހުރެ، ވަޒީފާދޭ ފަރާތާއެކު ކޮންޓްރެކްޓުގެ އުޞޫލަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވުން – މިމައްސަލައިގައިވާ ކުދިގަސް ސަޕްލައިކުރުމުގެ މަސައްކަތަކީ އޭނާ އަދާކުރި ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނިނަމަވެސް އެކަން ސާބިތުކުރެވޭނެ ހެކި ހުށަހަޅާފައިނުވުން – ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ – އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ލިޔެފައިވުމުން މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުން – މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަން – މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން – މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗެސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް (offerއެއް)ކަން – އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަން – އިންވޮއިސްއަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެ ޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެ މުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމަންޓަކަށްވެފައި ޞައްޙަ އިންވޮއިސްއެއް އޮތުމަކީ ދެ ފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ޙުއްޖަތެއްކަން (
ފާޠިމަތު ޢަބްދުﷲ
ވ.
ޙަސީނާ ޢަބްދުﷲ
ޤަޟިއްޔާ ނަންބަރު: 2009/SC-A/19
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-10-08
ކީވަރޑްސް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން – މަތީ ކޯޓުގެ ޙުކުމް ތަންފީޛްކުރުމަށް ދަށު ކޯޓުން ނެރޭ އަމުރު މަތީ ކޯޓުގައި އިސްތިއުނާފު ކުރުން – ޙުކުމެއް ތަންފީޒް ކުރުމަށް ދަށުކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިޢުނާފް ކުރުމަކީ އޭގެ ޒާތުގައި، ކުރިން ހައިކޯޓުން އެ މައްސަލައިގައި މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ބެލެވެން ނެތްކަން – އިސްތިޢުނާފުކުރެވުނު ޙުކުމް ނުވަތަ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން އެޙުކުމް ނުވަތަ އަމުރު ތަންފީޛްކުރުން ވަގުތީގޮތުން ފަސްކުރުމަކީ މަތީކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްކަން – މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި، އެޙުކުމް ތަންފީޒުކުރުމުގެ އިޚްތިޞާޞް އޮތް ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި މަތީ ކޯޓުން ރިޢާޔަތްކުރަންވާ ކަންތައްތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް އެއަމުރާމެދު ގޮތެއް ކަނޑައަޅައި މަތީ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުން ހިމެނެން ވާނެކަން
ޢަބްދުލްޙަކީމް މުޙައްމަދު
ވ.
އިބްރާހީމް ޢުޘްމާން
ޤަޟިއްޔާ ނަންބަރު: 2008/SC-A/06
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-13
ކީވަރޑްސް: ފައިސާ ހޯދުން – ގެއްލުމުގެ ބަދަލުހޯދުން – ފައިސާ ލިބުނު ތާރީޚް ބިލުގައި ނެތުމަކީ އޭގެ ސައްޙަކަން ނަފީކުރެވޭނެ ކަމެއްތޯ - މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތުމަކީ ކުރި މަސައްކަތުގެ އުޖޫރަ ނަފީކުރެވޭފަދަ ކަމެއްތޯ – ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
އިބްރާހީމް ޤާސިމް
ވ.
-
4 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/17
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-06
ކީވަރޑްސް: އިދާރީ ނިންމުން ޠަޢުނުކުރުން – ޢުމުރު ސާބިތުކުރުން – އިދާރީ ނިންމުން ޞައްޙަކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް – މި މައްސަލައިގެ ޝަރީޢަތް އެއްވެސް ކޯޓެއްގައި ހިންގިއިރު ދަޢުވާލިބޭ ފާރާތެއް ކަނޑައެޅި އެ ފަރާތް ޤަޟިއްޔާގައި ހިމެނިފައި ނުވާކަން – ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާޠިލްކުރުމަށް އެދި ކޯޓަށް ހުށަހަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި އެ އިދާރާއެއް ތަމްސީލުކުރާ ފަރާތެއް ކަނޑައެޅި އެ ފަރާތަށް ފުރުޞަތު ދެވިގެންކަން (ޕެރެގްރާފް 5)
އަޙްމަދު ލަޠީފް
ވ.
މުޙައްމަދު ޒާހިރު
12 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/09
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-05
ކީވަރޑްސް: ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) – މަދަނީ – އެއްބަސްވުން ބާޠިލްކުރުން – ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން – ގެއްލުމުގެ ބަދަލު – ރިލަޔަންސް އިންޓްރެސްޓް (reliance interest) – މ.ރިއާއެވެ ކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލްކުރުމުން، އޭގެ ދަށުން ކުރަން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައިވާކަން - އެގްރިމަންޓް ބާޠިލުކުރުމުން އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވެފައިވާކަތީ ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަން - އެގްރިމެންޓުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންދިޔަ ގޯތި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރަންޖެހޭކަން - ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިޔަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި ދަޢުވާލިބޭ ފަރާތުގެ ތަނެއް ދަޢުވާކުރާ ފަރާތުން ބޭނުން ކުރަމުން ދިއުމަކީ ނުޙައްޤުން މަންފާއެއް (unjust enrichmentއެއް) ލިބިގަތުމަށް މަގުފަހިވާ ކަމެއްކަން
ފާޠިމަތުމަނިކެ
ވ.
މުޙައްމަދު މަނިކު
7 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/14
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-09-07
ކީވަރޑްސް: މަދަނީ – މިލްކުވެރިކަން ސާބިތުކުރުން – އަތުގެ ވެރިޔާ – ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެކި ހުށަހެޅުން – ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާ އަދި އެކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅޭނެކަން – މއ.ވައިޓްލިލީ (މއ. ސަތާވަރީގެ) ދަޢުވާލިބޭ ފަރާތަށް ރަޖިސްޓްރީ ކުރުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނޫން އެހެން މީހަކަށް އެ ގެ ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ނުވަތަ ލިޔުމެއް ނެތްކަން – މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަންގެ ނަންބަރު 237/P&OD/72 ޤަޟިއްޔާގައި މއ.ވައިޓްލިލީގައިވާ ޢިމާރާތްތަކާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާ ކަން – އަދި މިގޭގައި ދަޢުވާލިބޭ ފަރާތުގެ ބައްޕަ އަދި އެއްބަނޑު އެއްބަފާ މީހުން ވަކި ދުވަސްވަރެއްގައި ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ ޢިލްމު ޙާޞިލްކުރެވޭ ފެންނަންހުރި ޤާނޫނީ ޙުއްޖަތްތަކެއް ބާޠިލްވެގެން ދާނެ ކަމެއް ނޫންކަން
ޙަސަން ޒަރީރު
ވ.
އާދަމް ޢީސާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/07
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-23
ކީވަރޑްސް: ކުލީގެ އެއްބަސްވުން – ދެއެގްރީމެންޓެއް ބާޠިލުކުރުމަށްޓަކައި ފައިސާ ދެއްކުން – ދެފަރާތުން އެއްބަސްވެގެން އެގްރިމެންޓް ބާޠިލުކުރާއިރު އެޢިމާރާތުގައި ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިދޭންނުޖެހޭނެކަން އެނގޭފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވުން – މ.ގުލްކޯޒުގޭގައި ކުއްޔަށް ހުރި މުއްދަތަށް ފައިސާ ދައްކާފައިވުން
މުޙައްމަދު ދާއޫދު
ވ.
ޢަލީ މުފީދު
ޤަޟިއްޔާ ނަންބަރު: 2008/SC-A/12
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-03-08
ކީވަރޑްސް: ފައިސާ ހޯދުން – ދޯނި ކުއްޔަށްދިނުން – ކުލީގެ ފައިސާ – ކުލިން ޚަރަދު ކެނޑުން – "ބެސްޓް" އެވެ ކިޔާ ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި ދޯންޏާއި ޙަވާލުވެހުރެ، ހޮލިޑޭ އައިލެންޑް ރިސޯޓުން ދޯނީގެ ކުލީގެ ފައިސާ އިސްތިއުނާފުކުރާފަރާތުން ނަގާފައިވާކަން – ހޮލިޑޭ އައިލެންޑް ރިސޯޓަށް "ބެސްޓް" ދޯނި ކުއްޔަށް ދީފައިއޮތް އިރުދޯނީގެ މިލްކުވެރި ފަރާތަކީ ދަޢުވާލިބޭ ފަރާތްކަމާއި ދޯނި ރަޖިސްޓްރީ ކުރެވިފައިވަނީވެސް އޭނާގެ ނަމުގައި ކަމާއި އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް ދޯނި ކުއްޔަށް ދީފައިވަނީވެސް ދަޢުވާލިބޭ ފަރާތްކަން – ކުއްޔަށްހިފި މުއްދަތުގައި ކޮށްފައިވާ ޚަރަދު ކުލީގެ ފައިސާއިން ކެނޑުމުން ބާކީވާ އިސްތިއުނާފުކުރާ ފާރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދޭންޖެހޭކަން ސާބިތުވާ ހެކިތައް ނަފީކުރެވޭ ވަރުގެ ހެކިތަކެއް އެ ފަރާތުން ހުށަހަޅާފައި ނުވާކަން
ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
ވ.
އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް
7 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/20
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2016-11-29
ޙައްވާ ޙުޒައިމާ
ވ.
ސްޓޭޓް ބޭންކް އޮފް އިންޑިޔާ
2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2014/SC-A/33
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2017-05-14
