ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެ ވ. މުޙައްމަދު އިބްރާހީމްno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2008/SC-A/13


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2009-09-03


ކީވޯޑްސް:

ފައިސާ ހޯދުން – ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން – ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12،303،015/35 ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނުން – ވަޒީފާގައި ހުރެ، ވަޒީފާދޭ ފަރާތާއެކު ކޮންޓްރެކްޓުގެ އުޞޫލަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވުން – މިމައްސަލައިގައިވާ ކުދިގަސް ސަޕްލައިކުރުމުގެ މަސައްކަތަކީ އޭނާ އަދާކުރި ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނިނަމަވެސް އެކަން ސާބިތުކުރެވޭނެ ހެކި ހުށަހަޅާފައިނުވުން – ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ – އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ލިޔެފައިވުމުން މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުން – މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަން – މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން – މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗެސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް (offerއެއް)ކަން – އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަން – އިންވޮއިސްއަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެ ޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެ މުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމަންޓަކަށްވެފައި ޞައްޙަ އިންވޮއިސްއެއް އޮތުމަކީ ދެ ފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ޙުއްޖަތެއްކަން (


ފާޠިމަތު ޢަބްދުﷲ ވ. ޙަސީނާ ޢަބްދުﷲno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/19


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2009-10-08


ކީވޯޑްސް:

ހައިކޯޓުގެ ނިންމުން ރިވިއުކުރުން – މަތީ ކޯޓުގެ ޙުކުމް ތަންފީޛްކުރުމަށް ދަށު ކޯޓުން ނެރޭ އަމުރު މަތީ ކޯޓުގައި އިސްތިއުނާފު ކުރުން – ޙުކުމެއް ތަންފީޒް ކުރުމަށް ދަށުކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިޢުނާފް ކުރުމަކީ އޭގެ ޒާތުގައި، ކުރިން ހައިކޯޓުން އެ މައްސަލައިގައި މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ބެލެވެން ނެތްކަން – އިސްތިޢުނާފުކުރެވުނު ޙުކުމް ނުވަތަ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން އެޙުކުމް ނުވަތަ އަމުރު ތަންފީޛްކުރުން ވަގުތީގޮތުން ފަސްކުރުމަކީ މަތީކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްކަން – މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި، އެޙުކުމް ތަންފީޒުކުރުމުގެ އިޚްތިޞާޞް އޮތް ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި މަތީ ކޯޓުން ރިޢާޔަތްކުރަންވާ ކަންތައްތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް އެއަމުރާމެދު ގޮތެއް ކަނޑައަޅައި މަތީ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުން ހިމެނެން ވާނެކަން


މުޙައްމަދު ފިރާޤް ވ. މުޙައްމަދު ރިޔާޟްno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2008/SC-A/05


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2009-11-09


ކީވޯޑްސް:

ފައިސާ ހޯދުން – މަދަނީ ކޯޓުންނާއި ހައިކޯޓުން އިނަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޙިއްސާއަށްވާ މިންވަރު ކަނޑައެޅިއިރު ހަމައެކަނި ކުންފުނީގެ އެސެޓުތަކަށް ރިޢާޔަތްކޮށްފައިވުން – ކުންފުނީގެ ޙިއްސާއަށްވާ މިންވަރު ކަނޑައަޅާއިރު ކުންފުނީގެ އެސެޓްސް(assets)ގެ އިތުުރުން ލަޔަބިލިޓީޒަށް(liabilitiesއަށް)ވެސް ބަލަންޖެހޭނެކަން


ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ ވ. އަޙްމަދު ޝާހިދުpositive judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/22


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2009-12-30


ކީވޯޑްސް:

ކުންފުނީގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތްތަކުގެ ޒިންމާ ކުންފުނިން އުފުލަން ޖެހުން - ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) (4)


އަޙްމަދު ޝާހިދު ވ. ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/03


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2010-02-04


ކީވޯޑްސް:

ހައިކޯޓުގެ ނިންމުން ރިވިއުކުރުން – އަމުރު އިލްތިމާސްކުރުން – ޙުކުމް ތަންފީޛުކުރުން ފަސްކޮށްދިނުން – ހައިކޯޓުގެ ނަންބަރު HC-B1/2009/01 އަމުރުން، މަދަނީ ކޯޓުގެ ނަންބަރު 776/MC/2008 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް އަމުރުކޮށްފައިވާކަން – މަދަނީ ކޯޓުގެ ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް އަމުރުކޮށްފައިވަނީ ދަޢުވާލިބޭ ފަރާތުން ހައިކޯޓަށް އިސްތިޢުނާފުކޮށްފައިވާ އެ ކޯޓުގެ 2008/HC-A/316 ޤަޟިއްޔާއާމެދު ހައިކޯޓުން ވަކިގޮތެއް ކަނޑަޅަންދެންކަން – ހައިކޯޓުގެ ނަންބަރު 2008/HC-A/316 ޤަޟިއްޔާގައި ފައިޞަލާކުރަނިވި ޙުކުމެއް ކޮށްފައިވާތީ، އެ އަމުރު ނިމުމަކަށް އައިސްފައިވާކަން - ސުޕްރީމް ކޯޓަށް އިލްތިމާސްކޮށްފައިވާ މައްސަލާގައި އިތުރު ނިންމުމެއް ނިންމާނެ ތަނެއް ނެތް ކަން


ޙަސަން ޢަލީމަނިކު ވ. އަޙްމަދު ޖަނާޙުno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/20


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2010-01-14


ކީވޯޑްސް:

ފައިސާ ހޯދުން – ޙިއްޞާ ވިއްކުމުގެ މުޢާމަލާތް – ޙިއްޞާ ވިއްކުމަށްޓަކައި ވެވޭ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދެއްކުން – އެޗް.އެމް.އެސް މޯލްޑިސްވް ޕްރައިވެޓް ލިމިޓެޑް އެވެ ކިޔާ ކުންފުނީގައި އަޙްމަދު ޖަނާޙުގެ %33 ޙިއްސާ ޙަސަން ޢަލި މަނިކަށް ވިއްކުމަށް 8 ފެބްރުއަރީ 2007 ގައި އެއްބަސްވެ އެގްރިމެންޓް ކުރެވިފައިވާކަން – ދައްކަންޖެހޭ ފައިސާގެ ފުރަތަމަ އިންސްޓޯލްމެންޓަށްވާ ފައިސާ ދައްކާފައިވަނީ އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށްވުރެ 2 މަސް ދުވަސް ފަހުންކަން – އެގްރިމެންޓްގެ 8 ވަނަ މާއްދާގައިވާ މުއްދަތަށް ފައިސާ ނުދެއްކިއްޖެނަމަ އިތުރުވާ ކޮންމެ މަހަކަށް އިންސްޓޯލްމަންޓުގެ %15 ދައްކަން ޖެހޭނެކަން އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ %15 ފައިސާ ދައްކަންޖެހޭކަން – އެއްބަސްވެފައިވަނީ ޑޮލަރުން ފައިސާ ދެއްކުމަށްކަން – ދިވެހި ރުފިޔާގެ 2 ޗެކް އިސްތިއުނާފު ރައްދުވާ ފަރާތަށް ދީ، ފަހުން އެ 2 ޗެކު އަނބުރާ ގެނައުމުން ޑޮލަރަށް ބަދަލުކޮށްދޭ ގޮތަށް އެއްބަސްވެފައިވާ ލިޔުމަކީ އަޙްމަދު ޖަނާޙް ބަނދެވޭ ގޮތަށްއޮތް ލިޔުމެއް ނޫންކަމާއި، އެލިޔުމުގައިވަނީ ޙަސަން ޢަލީމަނިކު އަމިއްލަ ނަފްސަށް ޙަސަން ޢަލީމަނިކު ވެފައިވާ ވަޢުދެއްކަމާއި، އެލިޔުމުގެ ސަބަބުން ޙިއްސާ ވިއްކުމަށް އެއްބަސްވި އެގްރީމެންޓުގެ 8 (އަށެއް) ވަނަ މާއްދާއާއި އެއްގޮތަށް އަޙްމަދު ޖަނާޙަށް ޙަސަން ޢަލީމަނިކު ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޒިންމާއިން ޙަސަން ޢަލީމަނިކު ބަރީޢަނުވާކަން


އަޙްމަދު ޢާރިފް ވ. ޢަބްދުﷲ ޢާރިފްpositive judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/05


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2010-03-03


ކީވޯޑްސް:

ފައިސާ ހޯދުން – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށާހެޅިދާނެތޯ – -/335,000 ރުފިޔާ އުނިކުރުމަށް އެއްބަސްވިނަމަވެސް އެފައިސާ އުނިނުކޮށް ޖުމްލަ -/1,400,000 ރުފިޔާ ޢަބްދުﷲ ޢާރިފްއަށް ދިނުމަށް މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކުރައްވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވުން – އުނިކުރަން އެއްބަސްވި ފައިސާއާ ބެހޭ ނުކުތާއަކީ "ކައުންޓަރ ކްލެއިލް" އެއް ކަމާއި، ސީދާ އެނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާކަމާއި، އެނުކުތާ އަޙްމަދު ޢާރިފް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި ނުސީދާކޮށްކަން – އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ދެކުންފުންޏަކަށް ކޮށްދީފައިވާ މަސައްކަތަކަށްވާތީ އެދެކުންފުނީގެ އިޒުނައާ ނުލައި އޭގެ ފައިދާގެ ޕަސެންޓެއް ނުދެވޭނެތީ އެފަދަ އެއްބަސްވުމެއް ބާޠިލްވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ކުރިން ދަށުކޯޓެއްގައި ނަގާފައިވާ ނުކުތާއެއް ނޫންކަން – ސުޕްރީމް ކޯޓުގެ ޤަވާޢިދަށާއި އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ދަށުކޯޓެއްގައި ކުރިން ނަގާފައިނުވާ ޤާނޫނީ ނުކުތާއެއް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިކަމަށް ވިޔަސް ނުބެލެވޭނެކަން – އިލްތިމާސްކުރުމަށް އޮންނަ ޤާނޫނީ މުއްދަތުގެ ތެރޭގައި އިލްތިމާސްކުރުމަށް ހުށަނޭޅިއޮތް ޤާނޫނީ ނުކުތާއެއް އަލުން ހުށަހެޅޭނީވެސް އެނުކުތާއެއް ހުށަހެޅުމަށް އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން ކޯޓުގެ ހުއްދަ ލިބިގެންކަން


އާދަމް ޝަރީފް ވ. ބޭންކް އޮފް މޯލްޑިވްސް ޕލކno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/23


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2010-01-24


ކީވޯޑްސް:

ކޮންޓްރެކްޓާބެހޭ – ކްރެޑިޓް ކާޑުގެ މުޢާމަލާތް – ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) - ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 17


އާމިނަތު ވަޙީދާ ވ. ޒައިދު މުޙައްމަދުno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2010/SC-A/01


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2010-11-09


ކީވޯޑްސް:

ކުލީގެ އެއްބަސްވުން – އެއްބަސްވުން ބާޠިލުކުރުން – މިހާރުގެ މިލްކުވެރިފަރާތުގެ ނުރުހުމުގައި އެއްބަސްވުން ދެމެހެއްޓިދާނެތޯ ކަނޑައެޅުން – އެގްރިމަންޓްގެ މުއްދަތު ހަމަވެ އެގްރިމަންޓް އޭގެ ޒާތުން ނިމުމަކަށް އައިސްފައިވުން


ޔޫސުފް ޢަބްދުﷲ ވ. މުޙައްމަދު ޒާހިރު

ޤަޟިއްޔާ ނަންބަރު:

2010/SC-A/05


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-03-09


ކީވޯޑްސް:

އެއްބަސްވުމާއި ޚިލާފުވެފައިވާތީ – މުވާޞަލާތީ ޚިދުމަތް – އެއްބަސްވުމުގެ އުޞޫލުތައް – ޤާނޫނު ނަންބަރު 4/96 (ޢާއްމު ބޭނުންތަކުގެ ޚިދުމަތާބެހޭ ޤާނޫނު) ގެ 05 ވަނަ މާއްދާ ގެ (ށ)


ޙަސަން ޙަލީމް ވ. ހަރންގް ތްޔޭ ހެންގް ޕްރައިވެޓް ލިމިޓެޑްpositive judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/30


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-03-16


ކީވޯޑްސް:

ކޮންޓްރެކްޓާބެހޭ – ޟިމްނީ ކޮންޓްރެކްޓް – ރިޟާއީ (consensual) ކޮންޓްރެކްޓް – ރަނގަޅު ނިޔަތުގައި ތަންފީޒުކުރުން – good faith


ޢަބްދުއްސައްތާރު މުޙައްމަދު ވ. ޝަފީޤާ އިބްރާހީމް

ޤަޟިއްޔާ ނަންބަރު:

2010/SC-A/09


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-03-23


ކީވޯޑްސް:

ޝަރުޢީ ބަދަލު ހޯދުން – އަގު ކޮމިޓީގެ ނިންމުން


ރީތިރަށް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް ވ. މައުރޫފް ޒާކިރުpositive judicial treatment

ޤަޟިއްޔާ ނަންބަރު:

2010/SC-A/11


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-05-25


ކީވޯޑްސް:

ހައިކޯޓުގެ ނިންމުން ރިވިއުކުރުން – އިސްތިއުނާފީ މުއްދަތު - ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ)


ގދ. ރަތަފަންދޫ/ކަރަންކާގެސަޢުދުﷲ އަޙްމަދު ވ. ބާސް އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ޤަޟިއްޔާ ނަންބަރު:

2010/SC-A/15


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-04-13


ކީވޯޑްސް:

ފައިސާ ހޯދުން – އެއްބަސްވުމުގެ ދަށުން ޝަކުވާ ހުށަހެޅުމަށް ލިބިފައިވާ ޙައްޤު


މ.މ.ޚ.ދަފްތަރު ނަންބަރު 1578ޒާހިރު އާދަމް ވ. އެޓަރނީ ޖެނެރަލްގެ އޮފީސްno significant judicial treatment

ޤަޟިއްޔާ ނަންބަރު:

2010/SC-A/22


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-06-02


ކީވޯޑްސް:

އެގްރިމެންޓާ ގުޅޭ – ބިން ކުށްޔަށް ދެވިފައިވާ މުއްދަތު – ބިމުގެ މަންފާ ލިބިގަތުމުގެ ޙައްޤު


ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް. އެން. ބީ.އެޗް.،ޑީ އިންހްވަންގ ޖައި ވޫ ވ. ޖުކް- ޖިއޯން

ޤަޟިއްޔާ ނަންބަރު:

2010/SC-A/12


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-06-09


ކީވޯޑްސް:

ވަޒީފާގެ އެއްބަސްވުމަކާއި ވޯރކްވިޒާއެއް އޮތުމުން ކުންފުނި ތަމްސީލުކުރުމުގެ ހައިސިއްޔަތު ލިބިގެންވޭތޯ –ވަޒީފާއިން ވަކިކުރުން - ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤަވާޢިދާ އެއްގޮތަށްތޯ - ރާއްޖެއިން ބޭރުގެ ކުންފުނި ރާއްޖޭގައި ރީ ރަޖިސްޓްރީކުރުން - ދިވެހިރާއްޖޭގައި ކުރާ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ ޚުޞޫމަތްތަކުގައި ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުންފުންޏަކާމެދު ފިޔަވަޅު އެޅޭނެ - ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) (4)


އިޒްމީރު އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ވ. މާސްއެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް

ޤަޟިއްޔާ ނަންބަރު:

2010/SC-A/30


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-06-23


ކީވޯޑްސް:

ފައިސާހޯދުން – ލިޔެކިޔުމަކާ ނުލައި އަނބުރާ ދައްކާގޮތަށް ފައިސާ ދިނުން


އަޙްމަދު ނާޝިދު ވ. މުޙައްމަދު މުސްޠަފާmixed judicial treatment

ޤަޟިއްޔާ ނަންބަރު:

2010/SC-A/02


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-07-06


ކީވޯޑްސް:

ފައިސާ ހޯދުން – މަދަނީ މައްސަލަތައް ޡާބިތުކުރުން – ދަފްޢު (plea) ޡާބިތުކުރުން – އަލް ބައްޔިނާ – ކިތާބީ ދަލީލު (Documentary Evidence) – ކިތާބީ މުސްތަނަދު (Written Instrument) – މަދަނީ ޚުޞޫމަތްތަކުގައި ހެކި ހުށަހެޅުމުގެ ހައްޤު – ހެކި ނުވަތަ ދަލީލު ނަޤުޟުކޮށް އިދިކޮޅު ޡާބިތުކުރުމުގެ ޙައްޤު – މަދަނީ މައްސަލަތަކުގައި ހުވާކުރުން


.މެރިންވިޔު/މާލެ އަޙްމަދު ޝަމީމް ވ. މ.އިފާއު / މާލެ، މުޙައްމަދު ރަޝީދު

ޤަޟިއްޔާ ނަންބަރު:

2010/SC-A/03


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-08-16


ކީވޯޑްސް:

ފައިސާ ހޯދުން – އެގްރީމަންޓާ ޚިލާފުވުން – މުއްދަތަށް މަސައްކަތް ނުނިންމުން - ޖޫރިމަނާ ކުރުން


ޢާއިޝަތު ލިޔުޝާ ވ. މުޙައްމަދު ވަޙީދު

ޤަޟިއްޔާ ނަންބަރު:

2009/SC-A/33


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-07-07


ކީވޯޑްސް:

ވިޔަފާރި – އަމިއްލަ ބިން ވިއްކުން – ގޯތީގެ ވެރިފަރާތުގެ ބަލަންޖެހިފައި ތިބި މީހުން ތިބިތޯ އާއި އެމީހުން ދިރިއުޅޭނެ ތަނެއް ހަމަޖެހިފައި އޮތްތޯ ބެލުން - ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)


ނިކަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ވ. ގ.ފަނަސް ޢަބްދުﷲ ރަޝީދު މޫސާ

ޤަޟިއްޔާ ނަންބަރު:

2011/SC-A/02


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-09-20


ކީވޯޑްސް:

ފައިސާ ހޯދުން – މިލްކުވެރިކަން – ޢައިނީ ޙައްޤު (In Rem) – ޝަޚްޞީ ޙައްޤު (In Personam)، ޤާނޫނު ނަންބަރު 3/94 (ޓޫރިސްޓް ރިޒޯޓް ހެދުމަށް ފަޅުރަށް ދޫކުރުމާ ބެހޭ ޤާނޫނު) ގެ 5، 6 ވަނަ މާއްދާ


މުޙައްމަދު ރަމީޒު ޢަލީ ވ. ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް)

ޤަޟިއްޔާ ނަންބަރު:

2009/SC-A/01


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-09-21


ކީވޯޑްސް:

ކުލީގެ އެގްރީމެންޓް – ވަރުވާއަށް ދިނުން - ވަރުވާއަށް ލިޔެދެވޭ ފަރާތް ނިޔާވުން - ޤާނޫނު ނަންބަރު 29/79 (ދިވެހިރާއްޖޭގެ ރަށްރަށުގައި ރުއްގަސް އިންދުމާއި، ރުއްގަސް ކެނޑުމާއި، ފަޅުރަށްރަށާއި ގޮއިފާލައްބަ ފަދަ ތަންތަނުގެ ޤާނޫނު)


ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސްmixed judicial treatment

ޤަޟިއްޔާ ނަންބަރު:

2009/SC-A/24


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-10-06


ކީވޯޑްސް:

އިހުމާލު – އިހުމާލުން އިންސާނެއްގެ ފުރާނަ ނެތިގެން ދިއުން - ޖިނާއީ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުން – ޖިނާއީ ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޙައްޤު އޮތް ފަރާތް - ޝަރުޢީ ކޯޓެއްގައި ޖިނާއީ ދަޢުވާކުރުމުގެ މަޞްލަޙަތު އޮތް ފަރާތް


އިބްރާހިމް ޝިޔާރު ވ. ޢަބްދުﷲ ވަޙީދުpositive judicial treatment

ޤަޟިއްޔާ ނަންބަރު:

2010/SC-A/17


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2011-10-05


ކީވޯޑްސް:

މިލްކުވެރިކަން ސާބިތުކުރުން – ޝަފަހީ ހެއްކާއި ކިތާބީ ހެކީގެ ބުރަދަން - ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ


ކ.ދިއްފުށި /ވައިމަތީގެ މުޙައްމަދު ސަޢީދު ވ. ކ.ދިއްފުށި / ޖަނބުރޯލުމާގެ ޢަބްދުﷲ ޙަމީދު

ޤަޟިއްޔާ ނަންބަރު:

2011/SC-A/37


ކޯޓު:

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު


ބާވަތް:

މަދަނީ


ތާރީޚު:

2012-02-15


ކީވޯޑްސް:

ފައިސާ ހޯދުން - އަމިއްލަ ލިޔުމަކީ ޚުޞޫމަތްތެރި ދަޢުވާއެއް ސާބިތުކުރެވިދާފަދަ ހަރުދަނާ ހެއްކެއްތޯ