އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު

ޤަޟިއްޔާ ނަންބަރު:
2008/SC-A/09
ކޯޓު:
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް:
މަދަނީ
ތާރީޚު:
2009-07-05
ކީވޯޑްސް:
ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) – މަދަނީ – އެއްބަސްވުން ބާޠިލްކުރުން – ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން – ގެއްލުމުގެ ބަދަލު – ރިލަޔަންސް އިންޓްރެސްޓް (reliance interest) – މ.ރިއާއެވެ ކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލްކުރުމުން، އޭގެ ދަށުން ކުރަން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައިވާކަން - އެގްރިމަންޓް ބާޠިލުކުރުމުން އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވެފައިވާކަތީ ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަން - އެގްރިމެންޓުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންދިޔަ ގޯތި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރަންޖެހޭކަން - ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިޔަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި ދަޢުވާލިބޭ ފަރާތުގެ ތަނެއް ދަޢުވާކުރާ ފަރާތުން ބޭނުން ކުރަމުން ދިއުމަކީ ނުޙައްޤުން މަންފާއެއް (unjust enrichmentއެއް) ލިބިގަތުމަށް މަގުފަހިވާ ކަމެއްކަން
