ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-03/2022

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ހިންގުމާގުޅޭ

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިކަން އިޢުލާނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SCPD-03/2021 ޕްރެކްޓިސް ޑައިރެކްޝަން (23 ފެބުރުވަރީ 2021) "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު" (އިޞްލާޙުތަކާއެކު) އަށް ޢަމަލުކުރުން 13 މާރިޗް 2012 ގައި ވަނީ ނިމުމަކަށް އައިސްފައެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގު ފަހިވެ، ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާތީ، އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.

06 ޝަޢުބާން 1443

15 މާރިޗް 2022

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން