ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-04/2022

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން އެކުލަވައިލަންޖެހޭ ގަވާއިދާގުޅޭ

ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)ގެ ދަށުން ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށްޓަކައި ބޭނުންކުރެވިދާނެ ނަމޫނާ ގަވާއިދުގެ ދެލިކޮޕީ މި ޕްރެކްޓިސް ޑައިރެކްޝަންއާއެކު ހިމަނާފައި މިވަނީއެވެ.

ވީމާ، މި ނަމޫނާއަށް ބައްލަވައިގެން ކޮންމެ ކޯޓަކުން އެ ކޯޓެއްގެ އިޖުރާއަތާ ގުޅޭގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ގަވާއިދު ހައްދަވައި ޤާނޫނުގައިވާ ގޮތުގެމަތިން އެ ގަވާއިދު ގެޒެޓްކުރުމަށް ދެންނެވީމެވެ.

07 ޛުލްޤަޢިދާ 1443

06 ޖޫން 2022

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން