ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-07/2021

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަންއަށް ގެނެވޭ 1 ވަނަ އިޞްލާޙް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SCPD-04/2021 ޕްރެކްޓިސް ޑައިރެކްޝަން (28 މާރިޗު 2021) އަންނަނިވި ގޮތަށް އިސްލާޙުކޮށްފީމެވެ.

  1. ސުޕްރީމް ކޯޓުގެ ނަންބަރު SCPD-04/2021 (ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ) ޕްރެކްޓިސް ޑައިރެކްޝަންގެ ނަންބަރު 3.3 ގެ (ރ) އަދި (ބ) އަންނަނިވި ގޮތަށް އިޞްލާޙްކޮށް، ބުނެވިދިޔަ ޑައިރެކްޝަންގެ ނަންބަރު 3.3 ގެ (ބ) އެއީ އެ ޑައިރެކްޝަންގެ ނަންބަރު 3.3 ގެ (ޅ) ކަމުގައި ހަމަޖެއްސުން.
    • (ރ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ އެއް އަހަރު ހަމަނުވާ މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުމާއި މި ޑައިރެކްޝަންގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އެފިޑެވިޓް، ނުވަތަ،
    • (ބ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުމެއް ލިބެން ނެތް ޙާލަތުގައި އެކަން ބަޔާންކޮށް ކާވެނިކުރަން އެދޭ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ނޯޓަރީ ޕަބްލިކް ނުވަތަ ޖަސްޓިސް އޮފް ޕީސްއެއް ދޫކޮށްފައިވާ މި ޑައިރެކްޝަންގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އެފިޑެވިޓް.
  2. ސުޕްރީމް ކޯޓުގެ ނަންބަރު SCPD-04/2021 (ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ) ޕްރެކްޓިސް ޑައިރެކްޝަންގެ ޖަދުވަލު 1 ގައިވާ ފޯމު އިޞްލާޙްކުރުން.

24 ޛުލްޤަޢިދާ 1442

04 ޖުލައި 2021

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޖަދުވަލު 1


ޖަދުވަލު 2


ޖަދުވަލު 3