ސުޕްރީމް ކޯޓު
ޤާސިމް އިބްރާހީމް
ވ.
މޯލްޑިވްސް ޕޮލިސް ސަރވިސް
299 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/19
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ޖިނާއީ
ތާރީޚު: 2010-07-01
ކީވަރޑްސް: ހައްޔަރުކުރުމުގެ ނުވަތަ ބަންދުކުރުމުގެ އަމުރު އިސްތިއުނާފުކުރުން – ހައްޔަރުކޮށްފައިވަނީ ދުސްތޫރީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްތޯ ކަނޑައެޅުން – ޕްރީޓްރައިލް ޑިޓެންޝަން - ފުލުހުންގެ ތަޙުޤީޤު މަރުޙަލާ – ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ
އަޙްމަދު ޢާރިފް
ވ.
ޢަބްދުﷲ ޢާރިފް
3 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/05
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2010-03-03
ކީވަރޑްސް: ފައިސާ ހޯދުން – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށާހެޅިދާނެތޯ – -/335,000 ރުފިޔާ އުނިކުރުމަށް އެއްބަސްވިނަމަވެސް އެފައިސާ އުނިނުކޮށް ޖުމްލަ -/1,400,000 ރުފިޔާ ޢަބްދުﷲ ޢާރިފްއަށް ދިނުމަށް މަދަނީކޯޓުގެ ނަންބަރު 2007/MC/47 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކުރައްވައި ހައިކޯޓުގެ ނަންބަރު 2008/HC-A/131 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވުން – އުނިކުރަން އެއްބަސްވި ފައިސާއާ ބެހޭ ނުކުތާއަކީ "ކައުންޓަރ ކްލެއިލް" އެއް ކަމާއި، ސީދާ އެނުކުތާ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިނުވާކަމާއި، އެނުކުތާ އަޙްމަދު ޢާރިފް ނަގާފައިވަނީ ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުގެ ތެރޭގައި ނުސީދާކޮށްކަން – އެއްބަސްވުމުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކަކީ ދެކުންފުންޏަކަށް ކޮށްދީފައިވާ މަސައްކަތަކަށްވާތީ އެދެކުންފުނީގެ އިޒުނައާ ނުލައި އޭގެ ފައިދާގެ ޕަސެންޓެއް ނުދެވޭނެތީ އެފަދަ އެއްބަސްވުމެއް ބާޠިލްވާނެކަމަށް ބުނެ ހުށަހެޅި ނުކުތާއަކީ ކުރިން ދަށުކޯޓެއްގައި ނަގާފައިވާ ނުކުތާއެއް ނޫންކަން – ސުޕްރީމް ކޯޓުގެ ޤަވާޢިދަށާއި އިސްތިއުނާފުކުރުމުގެ ޤާނޫނީ އުޞޫލުތަކަށް ބަލާއިރު ދަށުކޯޓެއްގައި ކުރިން ނަގާފައިނުވާ ޤާނޫނީ ނުކުތާއެއް ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގައި ނެގިކަމަށް ވިޔަސް ނުބެލެވޭނެކަން – އިލްތިމާސްކުރުމަށް އޮންނަ ޤާނޫނީ މުއްދަތުގެ ތެރޭގައި އިލްތިމާސްކުރުމަށް ހުށަނޭޅިއޮތް ޤާނޫނީ ނުކުތާއެއް އަލުން ހުށަހެޅޭނީވެސް އެނުކުތާއެއް ހުށަހެޅުމަށް އޮންނަ ޤާނޫނީ ހަމަތަކުގެ މަތިން ކޯޓުގެ ހުއްދަ ލިބިގެންކަން
އެޓަރނީ ޖެނެރަލްގެ އޮފީސް
ވ.
-
ޤަޟިއްޔާ ނަންބަރު: 2009/SC-L/23
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ދުސްތޫރީ
ތާރީޚު: 2010-03-03
ކީވަރޑްސް: ދުސްތޫރީ މައްސަލަތައް ސުޕްރީމް ކޯޓުގައި ޖުޑިޝަލް ރިވިޔު ކުރުމަށް ހުށަހެޅޭ އުސޫލު – ދެބާރަކުން ނިންމެވި ދެނިންމެވުމަކާގުޅިގެން އުފެދޭ ޤާނޫނީ ޚިލާފެއްގައި ބަންޑާރަނައިބު ޝަރީޢަތަށް މައްސަލަ ހުށަހެޅުއްވުން ފަދަކަންކަމުގައި ހަމައެކަނި އެއްފަރާތެއްގެ ނިންމެވުމުގެ ދިފާޢުގައި ވަކާލާތު ކުރެއްވުމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާއި އަދި އެމާއްދާގެ (ޅ) ގައި ބުނެފައިވާފަދައިން މުޅި ދިވެހި ދައުލަތް ތަމްސީލުނުކުރެއްވޭކަން
އެޓަރނީ ޖެނެރަލްގެ އޮފީސް ވ. - 2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2010/SC-C/23
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ދުސްތޫރީ
ތާރީޚު: 2010-10-28
ކީވަރޑްސް: ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ގެ 171 ވަނަ މާއްދާގެ (ވ) ޤާނޫނުއަސާސީއާ ޚިލާފުވޭތޯ - ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދުން
އާމިނަތު ވަޙީދާ
ވ.
ޒައިދު މުޙައްމަދު
2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2010/SC-A/01
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2010-11-09
ކީވަރޑްސް: ކުލީގެ އެއްބަސްވުން – އެއްބަސްވުން ބާޠިލުކުރުން – މިހާރުގެ މިލްކުވެރިފަރާތުގެ ނުރުހުމުގައި އެއްބަސްވުން ދެމެހެއްޓިދާނެތޯ ކަނޑައެޅުން – އެގްރިމަންޓްގެ މުއްދަތު ހަމަވެ އެގްރިމަންޓް އޭގެ ޒާތުން ނިމުމަކަށް އައިސްފައިވުން
ޙުސައިން އަޝްރަފް
ވ.
ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް
24 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/08
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ޖިނާއީ
ތާރީޚު: 2009-10-25
ކީވަރޑްސް: މަސްތުވާތަކެތި – ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުން – މުޠުލަޤު މަސްއޫލިއްޔަތު – ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) – އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި އޮއްވާ ފުލުހުންނަށް ފެނުނު ޕާރުސަލެއްގައި 6.6 ގްރާމްގެ ހެރޮއިން ހުރުން – މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި މުޠުލަޤް މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އުފުލަންޖެހޭ ކުށެއްކަން – މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ޤާނޫނީ ޤަރީނާއެއްކަން
ޢަލީ ޝަފީޤް
ވ.
އައިމިނަތު ވަހީދާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/15
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ޢާއިލީ
ތާރީޚު: 2009-10-21
ކީވަރޑްސް: ތަރިކަ - ބަންޑާރަ ގޯތި – މަރު ސާބިތުކުރުން – ވާރިސުން ސާބިތުކުރުން – ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާ – ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުގެ 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާ – މަރުޙޫމުގެ ވާރިސުންނާއި ބެހޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ދަށުކޯޓުގައި އެއްވެސް އިޢުތިރާޒެއް ކޮށްފައިވާކަން އެނގެން ނެތްކަން – ދަށުކޯޓުގެ ޙުކުމް ހައިކޯޓަށް އިސްތިއުނާފު ކުރިއިރު ދަށުކޯޓުން ވާރިސުން ސާބިތުކޮށްފައިވާ ގޮތާއި، އަދި ދޮންތުއްތު (ގިރާވަރުދޮހުއްތު) ގެ މަރުސާބިތު ކުރިގޮތް ރަނގަޅު ނޫންކަމަށް ދެކިގެން އެކަންކަން އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގައިވެސް ފާހަގަކޮށްފައިނުވާކަން – ޝަރުއީ ދެމަރުޙަލާއަށް ސާބިތުވެފައިވާ ޙަޤީޤަތް މުގުރާލެވޭވަރުގެ ޙަޤީޤަތެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާކަން
ސުންޖިން އިންޖިނިއަރިންގ (މެލޭޝިޔާ) އެސް.ޑީ.އެން.ބީ.އެޗް.ޑީ
ވ.
އަޙްމަދު ޝާހިދު
4 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/22
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-12-30
ކީވަރޑްސް: ކުންފުނީގެ ރެޕްރެޒެންޓޭޓިވްގެ ހައިސިއްޔަތުން ކޮށްފައިވާ މުޢާމަލާތްތަކުގެ ޒިންމާ ކުންފުނިން އުފުލަން ޖެހުން - ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 94 ވަނަ މާއްދާގެ (ހ) (4)
މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރ
ވ.
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޤަޟިއްޔާ ނަންބަރު: 2009/SC-A/32
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: އިސްތިއުނާފީ
ތާރީޚު: 2010-02-25
ކީވަރޑްސް: ކޮންޓްރެކްޓާ ބެހޭ – ޢަދުލުވެރި ބަދަލު ދިނުން – ޙުކުމް ތަންފީޛުކުރުން - ކ.ބިޔާދޫއަށް ސަރުކާރުން ހުޅުވާލި ބީލަން ކާމިޔާބުކުރުމުގެ ފުރުޞަތު ޔޮޓް ޓުއަރސަށް އޮތްކަން ސާބިތުވުމުން ޢަދުލުވެރި ބަދަލެއް ދިނުމަށް ސަރުކާރުން ނިންމާފައިވުން – ޔޮޓް ޓްއާރސަށް ގެއްލުނު ފުރުޞަތުގެ އަގު (opportunity cost) ފައިސާއިން ދިނުމަށް ދަތިވާތީ ބަދަލުގެ ގޮތުގައި ރިސޯޓެއް ހެދުމަށް ކ. ކުޑަވިލިގިލި ޔޮޓް ޓުއަރސަށް ދިނުމަށް ސަރުކާރުން ހުށަހެޅުމުން އެހުށަހެޅުން ޔޮޓް ޓުއަރސުން ޤަބޫލުކުރުން – އެ ބަދަލަކީ އެކަށީގެންވާ އަދި ދެވިދާނެ ބަދަލެއްކަމަށް މަދަނީ ކޯޓުން ނިންމާފައިވާކަން – ބިޑުގެ އުޞޫލު ނޫންގޮތަކަށް ޓޫރިސްޓް ރިސޯޓެއް ހަދައި ތަރައްޤީކުރުމަށް ރަށެއް ދޫކުރެވޭނީ ސަރުކާރުގެ ޙިއްޞާއެއް އޮންނަގޮތަށްކަމުން، ސަރުކާރުގެ ޙިއްޞާއެއް އޮތުމަކީ އެ ބަދަލު ޢަދުލުވެރި ބަދަލެއްކަމަށް ވުމާއި ނުވުމުގެ މައްޗަށް ބިނާކުރެވޭނެ ކަމެއްނޫން ކަމާއި، އެއީ ރިސޯޓެއް ތަރައްޤީކޮށް އެއިން މަންފާ ޙާޞިލްކޮށް ހެދުމަށް އެއްވެސް މިންވަރެއްގެ ހުރަސްތަކެއް އެޅޭނެ ކަމެއްނޫންކަން – ތަންފީޛުކުރަން ބޭނުންވާ މައްސަލައަށް ޤާނޫނީ ޙައްލެއް ހޯދައިދިނުމަކީ އިސްތިއުނާފު ކޯޓަކަށް ކުރެވިދާނެ ކަމެއްކަން – ކ.ކުޑަވިލިގިލީގައި ޔޮޓް ޓްއާރސްގެ ފަރާތުން ޓޫރިސްޓް ރިސޯޓެއްހެދުމަށް 45 ދުވަހުގެތެރޭގައި ޙަވާލުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒްމް އާރޓްސް އެންޑް ކަލްޗަރއަށް ހައިކޯޓުން އަންގަވާފައިވަނީ ތަންފީޒުކޮށް ދިނުމަށްއެދި ހުށަހެޅި މައްސަލަ ކަމަށްވާ މަދަނީކޯޓުގެ ނަންބަރު 2008/އެމްސީ/451ގެ ޤަޟިއްޔާގެ މަޤްޞަދު ޙާޞިލްކުރުމަށްޓަކައިކަން - ޙުކުމުގެ ބާރު ކެނޑިގެން ނުދާގޮތަކަށް އަދި އެޙުކުމް ތަންފީޒު ކުރެވޭ ގޮތަކަށް އިސްތިއުނާފީ މަރުޙަލާގައި ޙުކުމް ކުރެވިދާނެކަން
ޖަވާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު
ވ.
ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު
1 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/11
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-09-06
ކީވަރޑްސް: ފައިސާ ހޯދުން – މައްސަލަ ބަލައިނުގަތުމަށް ނިންމުން – ހައިކޯޓުގެ ނިންމުން ޤާނޫނާއި ޤަވާޢިދާ އެއްގޮތްތޯ ކަނޑައެޅުން – ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާ – ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވަނީ، ހައިކޯޓުގެ ނަންބަރު 2006/HC-A/27 މައްސަލައިގެ ފޯމު ބާޠިލުކުރެވުނުތާ 60 ދުވަސް ފަހުން މައްސަލަ ދެވަނަ ފަހަރަށް ހުށަހަޅާފައިވާތީ، 07 ސެޕްޓެމްބަރ 2008 ގެ ކުރިން ޢަމަލުކުރަމުން ގެންދިޔަ ހައިކޯޓުގެ ޤަވާޢިދުގެ 11 ވަނަ މާއްދާގެ ދަށުންކަން އެނގެން އޮތުން – ހައިކޯޓުގެ ނަންބަރު 2006/HC-A/27 ޤަޟިއްޔާ ފޯމް ބާޠިލްކޮށްފައިވަނީ، ކޯޓަށް ޙާޟިރުވުމަށް އަންގާ ފޮނުވި ޗިޓު، ދަޢުވާކުރާ ފަރާތަށް ރައްދުނުކުރެވިގެންކަން – ދަޢުވާކުރާ ފަރާތަށް ޗިޓު ރައްދުނުކުރެވުނީ ދަޢުވާކުރާ ފަރާތުން ހައިކޯޓަށް ދީފައިވާ އެޑްރެސް ބަދަލު ކޮށް އެކަން ހައިކޯޓަށް އަންގާފައި ނުވާތީ އާއި ކުންފުންޏާއި ނުވަތަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރއާއި ގުޅޭނެ ފޯނު ނަންބަރެއްވެސް ކުންފުނިން ހަމަޖައްސާފައިވާ ވަކީލަށް ވެސް އެނގިފައި ނުވާތީކަން – 21 ޖެނުއަރީ 2009 ދުވަހު ހައިކޯޓަށް ހުށަހެޅި މައްސަލަ "ދެން ހައިކޯޓުން ބަލައި ދެވޭނެ ތަނެއް ނެތްކަމަށް" ނިންމަވާފައިވާ ނިންމެވުމަކީ ހައިކޯޓުގެ ޤަވާޢިދާ އެއްގޮތަށް ނިންމަވާފައިވާ ޞައްޙަ ނިންމުމެއް ކަން
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑެ
ވ.
މުޙައްމަދު އިބްރާހީމް
2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/13
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-09-03
ކީވަރޑްސް: ފައިސާ ހޯދުން – ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ދެމެދުގައި އޮންނަ ގުޅުން – ރީތިރަށް ރިސޯޓަށް މުޙައްމަދު އިބްރާހިމް ސަޕްލައި ކޮށްފައިވާ ގަސްތަކަށް 12،303،015/35 ރ. (ބާރަ މިލިއަން ތިންސަތޭކަ ތިންހާސް ފަނަރަ ރުފިޔާ ތިރީސްފަސް ލާރި) ދައްކަންޖެހި ނުދެއްކި ވާކަމަށް ބުނުން – ވަޒީފާގައި ހުރެ، ވަޒީފާދޭ ފަރާތާއެކު ކޮންޓްރެކްޓުގެ އުޞޫލަށް މަސައްކަތްކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވުން – މިމައްސަލައިގައިވާ ކުދިގަސް ސަޕްލައިކުރުމުގެ މަސައްކަތަކީ އޭނާ އަދާކުރި ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިން ކުރި މަސައްކަތެއްކަމަށް ރީތިރަށުގެ ފަރާތުން ދަޢުވާގެ ދިފާޢުގައި ބުނިނަމަވެސް އެކަން ސާބިތުކުރެވޭނެ ހެކި ހުށަހަޅާފައިނުވުން – ގަސް ސަޕްލައި ކޮށްފައި ވަނީ ވަޒީފާގެ މައްސޫލިއްޔަތުގެ ތެރެއިންތޯ؟ ނުވަތަ އިންޑިޕެންޑެންޓް ކޮންޓްރެކްޓްގެ ހައިސިއްޔަތުންތޯ؟ – އިސްތިއުނާފު ރައްދުވި ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަކީލު ހުށަހެޅި ބަޔާނެއްކަމަށް ހައިކޯޓުގެ ރިޕޯޓުގައި ލިޔެފައިވުމުން މައްސަލަ ނިންމެވުމުގައި އެބަޔާން ހުށަހެޅި ފަރާތް ނޫން އަނެއް ޚަޞްމުގެ ވާހަކަތަކަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ރިޢާޔަތް ކުރެވިފައި ވާކަމަށް ބެލެވޭކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނުން – މަދަނީ ކޯޓުގެ ޝަރީޢަތުގައި އެޚަޞްމެއްގެ ފަރާތުން ބަޔާންކުރި ކަންކަން ހައިކޯޓުގައިވެސް ހަމައެފަދައިން ބަޔާން ކުރެވިފައިވާ ކަން – މައްސަލައިގެ ޙަޤީޤަތް ނުވަތަ ފެކްޓު ބަޔާން ކުރުމުގެ ގޮތުން ޚަޞްމުން ދައްކާފައި ހުރި ވާހަކަތަކަށް ރިޢާޔަތްކޮށް ހައިކޯޓުގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ނުކުތާތައް ބިނާކުރައްވާފައިވަނީ ދަށުކޯޓުގެ ބަޔާންތަކާއި އެއްގޮތަށްކަން އެނގެންއޮންނާތީ މައްސަލައިގެ ޙަޤީޤަތް ދެނެގަތުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަން – މުދާ ގަންނަފަރާތުން އެމުދާ ސަޕްލައި ކޮށްދޭފަރާތަށް ޕާރޗެސް އޯޑަރ ދޫކުރުމަކީ ވިއްކާފަރާތް އަތުން މުދާ ގަތުމަށް ހުށަހެޅޭ ހުށަހެޅުމެއް (offerއެއް)ކަން – އެހުށަހެޅުން ޤަބޫލުކޮށްފިކަމަށް ޢާއްމުގޮތެއްގައި ބެލެވެނީ ދެފަރާތް ދެމެދުގައި ވެވޭ އެއްބަސްވުމަކުން ނުވަތަ ދެފަރާތް ދެމެދުގައި މުޢާމަލާތް ހިނގި ގޮތެއްގެމަތީން ކަން – އިންވޮއިސްއަކީ ޚިދުމަތެއް ދިން ފަރާތުން ނުވަތަ މުދަލެއް ވިއްކި ފަރާތުން އެ ޚިދުމަތެއް ދިން ފަރާތަށް ނުވަތަ އެ މުދަލެއް ގަތްފަރާތަށް ދޫކުރެވޭ ވިޔަފާރީގެ ޑޮކިޔުމަންޓަކަށްވެފައި ޞައްޙަ އިންވޮއިސްއެއް އޮތުމަކީ ދެ ފަރާތެއްގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތެއް ހިނގާފައިވާކަން ދަލީލުކުރާ ޙުއްޖަތެއްކަން (
ފާޠިމަތު ޢަބްދުﷲ
ވ.
ޙަސީނާ ޢަބްދުﷲ
ޤަޟިއްޔާ ނަންބަރު: 2009/SC-A/19
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-10-08
ކީވަރޑްސް: ހައިކޯޓުގެ ނިންމުން ރިވިއުކުރުން – މަތީ ކޯޓުގެ ޙުކުމް ތަންފީޛްކުރުމަށް ދަށު ކޯޓުން ނެރޭ އަމުރު މަތީ ކޯޓުގައި އިސްތިއުނާފު ކުރުން – ޙުކުމެއް ތަންފީޒް ކުރުމަށް ދަށުކޯޓަކަށް އޮންނަ އިޚްތިޞާޞެއްގެ ދަށުން ނެރޭ އަމުރެއް ހައިކޯޓަށް އިސްތިޢުނާފް ކުރުމަކީ އޭގެ ޒާތުގައި، ކުރިން ހައިކޯޓުން އެ މައްސަލައިގައި މައުޟޫއީ ގޮތުން ނިންމާފައިވާ ނިންމުން އަލުން ބެލުންކަމުގައި ބެލެވެން ނެތްކަން – އިސްތިޢުނާފުކުރެވުނު ޙުކުމް ނުވަތަ އަމުރާމެދު ގޮތެއް ކަނޑައަޅަންދެން އެޙުކުމް ނުވަތަ އަމުރު ތަންފީޛްކުރުން ވަގުތީގޮތުން ފަސްކުރުމަކީ މަތީކޯޓަށް ޤާނޫނީ ގޮތުން ލިބިގެންވާ އިޚްތިޔާރެއްކަން – މަތީ ކޯޓުން ކުރިން ފައިސަލާކޮށް ނިންމާފައިވާ ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި، އެޙުކުމް ތަންފީޒުކުރުމުގެ އިޚްތިޞާޞް އޮތް ކޯޓަކުން ނެރެފައިވާ އަމުރެއް އިސްތިއުނާފުވެފައިވާ މައްސަލައެއް ބަލައިނިންމުމުގައި މަތީ ކޯޓުން ރިޢާޔަތްކުރަންވާ ކަންތައްތަކުގެ ތެރޭގައި، ވީ އެންމެ އަވަހަކަށް އެއަމުރާމެދު ގޮތެއް ކަނޑައަޅައި މަތީ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ތަންފީޒުވުން ލަސްނުވާނެ ގޮތުގެ މައްޗަށް ރިޢާޔަތް ކުރުން ހިމެނެން ވާނެކަން
އާމިނަތު ޒުލްފާ
ވ.
ޢަބްދުލްޙާދީ ޢަބްދުއްރައްޒާޤު؛ ޢަބްދުލްމުހައިމިނު ޢަބްދުއްރައްޒާޤު؛ އިބްރާހީމް ޝަރީފް؛ މުޙައްމަދު ޢަރީފް؛ ޙުސައިން ޢަރީފް؛ ޢާފިޔާ ޢަބްދުއްރައްޒާޤު؛ އަދި ޞާފިޔާ ޢަބްދުއްރައްޒާޤު
3 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/10
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ޢާއިލީ؛ ތަރިކަ
ތާރީޚު: 2009-10-18
ކީވަރޑްސް: ތަރިކަ – ބަންޑާރަ ގޯތި – 600 އަކަފޫޓު – ބަންޑާރަ ގޯތީގައިވާ ޢިމާރާތާއި ނުއުފުލޭ މުދައު ތަރިކައިގެ އުޞޫލުން ބައިކުރުން - ވާރިސުން – ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާ – ނުއުފުލޭ މުދައު ތަރިކައިން ލިބިގެން ބަންޑާރަގޯތީގެ ބިމުން ލިބުމާބެހޭ ޤަވާޢިދުގެ 5 ވަނަ މާއްދާ އާއި 11 ވަނަ މާއްދާ - ދަރަންޏެއް ނުވަތަ ވަޞިއްޔަތެއްގެ ދަޢުވާ – މީހަކު މަރުވާދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުން – ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
ޢަލީ އަޙްމަދު
ވ.
އިސްމާޢީލް ރަޝީދު
ޤަޟިއްޔާ ނަންބަރު: 2009/SC-A/21
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: ޢާއިލީ
ތާރީޚު: 2009-10-12
ކީވަރޑްސް: ތަރިކަ - ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭމުދާ ތަރިކައިން ލިބުން – ޢިމާރާތްހުރި ބަންޑާރަ ބިމުން މުތުލަޤުކޮށް ލިބޭ މީހުންގެ ގިންތި – ތަރިކަ ދޫކުރިމީހާއަށް ޚަރަދުކޮށް ބެލިކަން ސާބިތުކުރުން – ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއިބެހޭ ޤަވާޢިދުގެ 7 އަދި 8 ވަނަ މާއްދާ – އިސްިތިއުނާފުކުރާ ފަރާތަކީ ތަރިކަ ދޫކުރިމީހާގެ ވާރިސެއްނަމަވެސް އޭނާއަކީ އޭރު ޢަމަލުކުރަމުންދިޔަ ތަރިކައިން ލިބުމާއިބެހޭ ޤަވާޢިދުގެ ދަށުން ޢިމާރާތްހުރި ބަންޑާރަ ބިމުން މުޠުލަޤުކޮށް ލިބޭ މީހުންގެ ގިންތީގައި ހިމެނޭ މީހެއް ނޫންކަން – ތަރިކަ ދޫކުރި ފަރާތް މަރުބަލީގައި އެނދުމަތިކޮށްފައި އޮތްއިރު އިސްތިއުނާފުކުރާ ފަރާތުގެ ދަރިން ވެދިން އެހީތެރިކަމެއް ވެދީފައިވަނީ އެކަމުގެ މުޤާބިލުގައި އެއްވެސް އެއްޗެއް އިސްތިއުނާފުކުރާ ފަރާތާށް ލިބުން ޝަރުޠުކޮށް އެއްބަސްވެގެން ނޫންކަމާއި، އެކަންކަމަކީ އޭރު ޢަމަލުކުރަމުން ގެންދިޔަ "ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ބަންޑާރަ ގޯތީގެ ބިމުން ލިބުމާއިބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ބުނެފައިވާ "ތަރިކަ ދޫކުރި މީހާ (މަރުވިމީހާ) އަށް ޚަރަދުކޮށް ބެލި" ކަމުގައި ނުބެލެވޭނެކަން
މުޙައްމަދު މުޞްތަފާ
ވ.
މުޙައްމަދު ޣައްސާން މައުމޫން؛ އަދި އިލެކްޝަންސް ކޮމިޝަން
ޤަޟިއްޔާ ނަންބަރު: 2009/SC-L/04
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: އިންތިޚާބީ؛ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ މައްސަލަ
ތާރީޚު: 2009-06-30
ކީވަރޑްސް: އިންތިޚާބީ ޝަކުވާ – މައްސަލައަކީ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 49 ވަނަ މާއްދާގެ ދަށުން އިލްތިމާސް ކުރުމުގެ ހުއްދަދެވެން އޮތް މައްސަލައެއްތޯ - މިނިވަން ދީމިޤްރާތީ މުޖްތަމަޢުތަކުގައި އިންތިޚާބީ ޝަކުވާގެ ޖުޑިޝަލް ރިވިޔުކުރާގޮތްތައް – ޤާނޫނުއަސާސީގެ 143 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 170 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 171 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 172 ވަނަ މާއްދާ – ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ – ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 62 ވަނަ މާއްދާ - ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 63 ވަނަ މާއްދާ – ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 64 ވަނަ މާއްދާ – ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ އާންމު ޤާނޫނު)ގެ 65 ވަނަ މާއްދާ
މުހައްމަދު ޔޫސުފް
ވ.
ޢަބްދުﷲ މާހިރު
2 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/11
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ؛ ފައިސާ ހޯދުން
ތާރީޚު: 2009-03-23
ކީވަރޑްސް: ފައިސާ ހޯދުން – ކުއްޔަށް ދިނުމުގެ މުޢާމަލާތް – ވިޔަފާރީގެ މުޢާމަލާތް – ޙާލިސް ދަރަނި – މުޢާމަލާތަކީ ކުއްޔަށް ދިނުމުގެ މުޢާމަލާތެއް ނޫންކަމާއި، މިއީ ވިޔަފާރީގެ މުޢާމަލާތެއް ކަން – ދެ ފަރާތުންކުރި ގަނެވިއްކުމުގެ މި މުޢާމަލާތަށް ޢަމަލުކުރެވޭ ގޮތް ނުވުމުން ދެ ފަރާތުގެ ދެމެދުގައި އަލުން އެއްބަސްވުމެއް ވެވިފައިވާކަން – މި މުޢާމަލާތަކީ ޚާލިސް ދަރަންޏެއްގެ މައްޗަށް މަންފާއެއް ޙާޞިލުކުރުމެއް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަން
ޢަބްދުލްޙަކީމް މުޙައްމަދު
ވ.
އިބްރާހީމް ޢުޘްމާން
ޤަޟިއްޔާ ނަންބަރު: 2008/SC-A/06
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-13
ކީވަރޑްސް: ފައިސާ ހޯދުން – ގެއްލުމުގެ ބަދަލުހޯދުން – ފައިސާ ލިބުނު ތާރީޚް ބިލުގައި ނެތުމަކީ އޭގެ ސައްޙަކަން ނަފީކުރެވޭނެ ކަމެއްތޯ - މަސައްކަތް ރަޖިސްޓްރީ ނުކޮށް އޮތުމަކީ ކުރި މަސައްކަތުގެ އުޖޫރަ ނަފީކުރެވޭފަދަ ކަމެއްތޯ – ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ)
އިބްރާހީމް ޤާސިމް
ވ.
-
4 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2009/SC-A/17
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-06
ކީވަރޑްސް: އިދާރީ ނިންމުން ޠަޢުނުކުރުން – ޢުމުރު ސާބިތުކުރުން – އިދާރީ ނިންމުން ޞައްޙަކަމަށް ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް – މި މައްސަލައިގެ ޝަރީޢަތް އެއްވެސް ކޯޓެއްގައި ހިންގިއިރު ދަޢުވާލިބޭ ފާރާތެއް ކަނޑައެޅި އެ ފަރާތް ޤަޟިއްޔާގައި ހިމެނިފައި ނުވާކަން – ދައުލަތުގެ ތަންފީޒީ އިދާރާއަކުން ނިންމާ ނިންމުމެއް ބާޠިލްކުރުމަށް އެދި ކޯޓަށް ހުށަހަޅާ ދަޢުވާއެއްގެ ޝަރީޢަތް ހިންގަންވާނީ ޝަރީޢަތުގެ މަޖިލީހުގައި އެ އިދާރާއެއް ތަމްސީލުކުރާ ފަރާތެއް ކަނޑައެޅި އެ ފަރާތަށް ފުރުޞަތު ދެވިގެންކަން (ޕެރެގްރާފް 5)
އަޙްމަދު ލަޠީފް
ވ.
މުޙައްމަދު ޒާހިރު
12 ޙަވާލާ
ޤަޟިއްޔާ ނަންބަރު: 2008/SC-A/09
ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ބާވަތް: މަދަނީ
ތާރީޚު: 2009-07-05
ކީވަރޑްސް: ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހަޅާ މައްސަލަ – ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ (ރ) – މަދަނީ – އެއްބަސްވުން ބާޠިލްކުރުން – ކުރިން ތިބި ޙާލަތަށް ރުޖޫޢަވުން – ގެއްލުމުގެ ބަދަލު – ރިލަޔަންސް އިންޓްރެސްޓް (reliance interest) – މ.ރިއާއެވެ ކިޔާ ގޯތި ވިއްކުމަށް ކުރެވުނު އެގްރިމެންޓް ބާޠިލްކުރުމުން، އޭގެ ދަށުން ކުރަން އެއްބަސްވި މުޢާމަލާތްތަކަށްވެސް ނިމުމެއް އައިސްފައިވާކަން - އެގްރިމަންޓް ބާޠިލުކުރުމުން އެގްރިމެންޓުގެ ދަށުން އެއްފަރާތުން އަނެއްފަރާތަށް ބަދަލުކުރި ޙައްޤުތައް އޭގެ އަޞްލު ޙާލަތަށް ބަދަލުވެފައިވާކަތީ ގޯތީގެ އަގުގެ ގޮތުގައި އެގްރިމެންޓުގެ ދަށުން ދަޢުވާ ރައްދުވާ ފަރާތަށް ލިބިފައިވާ ފައިސާ ދަޢުވާކުރާ ފަރާތަށް އަނބުރާ ދޭންޖެހޭކަން - އެގްރިމެންޓުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބިގެންދިޔަ ގޯތި ދަޢުވާލިބޭ ފަރާތާ ޙަވާލުކުރަންޖެހޭކަން - ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް އޮތްކަމަށް ވިޔަސް ދެފަރާތް ދެމެދުގައި ވަކިގޮތަކަށް ރުހުންނެތި ދަޢުވާލިބޭ ފަރާތުގެ ތަނެއް ދަޢުވާކުރާ ފަރާތުން ބޭނުން ކުރަމުން ދިއުމަކީ ނުޙައްޤުން މަންފާއެއް (unjust enrichmentއެއް) ލިބިގަތުމަށް މަގުފަހިވާ ކަމެއްކަން
