ސުޕްރީމް ކޯޓު

531ނިންމުން
309ޙަވާލާދީފައިވާ ނިންމުން

ފާޠިމަތުމަނިކެ ވ. މުޙައްމަދު މަނިކު 7 ޙަވާލާ no

ޤަޟިއްޔާ ނަންބަރު: 2009/SC-A/14

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2009-09-07

ކީވަރޑްސް: މަދަނީ – މިލްކުވެރިކަން ސާބިތުކުރުން – އަތުގެ ވެރިޔާ – ޝަރީޢަތުން ނުވަތަ ޤާނޫނުން ލިޔުމެއް އޮތުން ލާޒިމުކުރާ ކަމެއްގައި ހެކި ހުށަހެޅުން – ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާ – ހައިކޯޓަށް ހުށަހެޅިފައިނުވާ ނުކުތާ އަދި އެކޯޓުން ގޮތެއް ކަނޑައަޅާފައިނުވާ ނުކުތާއަކަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނޭޅޭނެކަން – މއ.ވައިޓްލިލީ (މއ. ސަތާވަރީގެ) ދަޢުވާލިބޭ ފަރާތަށް ރަޖިސްޓްރީ ކުރުމުގެ ކުރިން ދަޢުވާލިބޭ ފަރާތް ނޫން އެހެން މީހަކަށް އެ ގެ ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް ނުވަތަ ލިޔުމެއް ނެތްކަން – މިނިސްޓްރީ އޮފް ޖަސްޓިސްގެ ޕްރޮޕަޓީ އެންޑް އޯނާރޝިޕް ޑިވިޝަންގެ ނަންބަރު 237/P&OD/72 ޤަޟިއްޔާގައި މއ.ވައިޓްލިލީގައިވާ ޢިމާރާތްތަކާމެދު ދަޢުވާކުރާ ފަރާތެއް ވޭތޯ ބެލުމަށް ކުރެވުނު އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާ ކަން – އަދި މިގޭގައި ދަޢުވާލިބޭ ފަރާތުގެ ބައްޕަ އަދި އެއްބަނޑު އެއްބަފާ މީހުން ވަކި ދުވަސްވަރެއްގައި ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ ޢިލްމު ޙާޞިލްކުރެވޭ ފެންނަންހުރި ޤާނޫނީ ޙުއްޖަތްތަކެއް ބާޠިލްވެގެން ދާނެ ކަމެއް ނޫންކަން

މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2008/HC-A/230 ގެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅުނޫން ކަމަށް ދެކިގެން އެޤަޟިއްޔާގެ ދަޢުވާކުރާ ފަރާތް ކަމަށްވާ މއ. ވައިޓްލިލީ ފާތިމަތު މަނިކެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް …

ޙަސަން ޒަރީރު ވ. އާދަމް ޢީސާ no

ޤަޟިއްޔާ ނަންބަރު: 2008/SC-A/07

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2009-07-23

ކީވަރޑްސް: ކުލީގެ އެއްބަސްވުން – ދެއެގްރީމެންޓެއް ބާޠިލުކުރުމަށްޓަކައި ފައިސާ ދެއްކުން – ދެފަރާތުން އެއްބަސްވެގެން އެގްރިމެންޓް ބާޠިލުކުރާއިރު އެޢިމާރާތުގައި ކުއްޔަށް އުޅުނު ދުވަސްތަކުގެ ކުލިދޭންނުޖެހޭނެކަން އެނގޭފަދަ އެއްބަސްވުމެއް މިދެފަރާތުގެ ދެމެދުގައި ވެވިފައިވާކަން ޝަރީޢަތަށް ސާބިތުނުވުން – މ.ގުލްކޯޒުގޭގައި ކުއްޔަށް ހުރި މުއްދަތަށް ފައިސާ ދައްކާފައިވުން

މައްސަލައިގެ ޚުލާޞާ މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/116 ޤަޟިއްޔާ ނިމިފައިވާގޮތް ޤާނޫނީ އަދި ޝަރުޢީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އެޤަޟިއްޔާ އަލުން ބަލައި ދިނުމަށް އެދިގެން މ.މ.ޚ ދަފްތަރު (މ. ރީމާވެލާ) ޙަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާއަށް …

މޫސާ އަންވަރު ވ. އިލެކްޝަން ކޮމިޝަން no

ޤަޟިއްޔާ ނަންބަރު: 2008/SC-C/04

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: އިންތިޚާބީ

ތާރީޚު: 2008-10-02

ކީވަރޑްސް: ރިޔާސީ އިންތިޚާބާ ގުޅޭ – އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށް – ވައްކަންކުރުމުގެ ކުށް – ޙައްދު ލާޒިމްވާ ވައްކަމުގެ ކުށާއި ތަޢުޒީރީ އަދަބު ލާޒިމްވާ ވަށްކަމުގެ ކުށް – އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވޭތޯ ކަނޑައެޅުން – ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ކ)

މައްސަލައިގެ ޚުލާޞާ މިއީ ގ.ކެނެރީގޭ މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަނުވާ މީހެއްކަމަށާއި، ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ގ.ކެނެރީގޭ މުޙައްމަދު ނަޝީދު ހުށަހެޅި …

މުޙައްމަދު ދާއޫދު ވ. ޢަލީ މުފީދު no

ޤަޟިއްޔާ ނަންބަރު: 2008/SC-A/12

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2009-03-08

ކީވަރޑްސް: ފައިސާ ހޯދުން – ދޯނި ކުއްޔަށްދިނުން – ކުލީގެ ފައިސާ – ކުލިން ޚަރަދު ކެނޑުން – "ބެސްޓް" އެވެ ކިޔާ ދޯނީގެ ކެޕްޓަނެއްގެ ގޮތުގައި ދޯންޏާއި ޙަވާލުވެހުރެ، ހޮލިޑޭ އައިލެންޑް ރިސޯޓުން ދޯނީގެ ކުލީގެ ފައިސާ އިސްތިއުނާފުކުރާފަރާތުން ނަގާފައިވާކަން – ހޮލިޑޭ އައިލެންޑް ރިސޯޓަށް "ބެސްޓް" ދޯނި ކުއްޔަށް ދީފައިއޮތް އިރުދޯނީގެ މިލްކުވެރި ފަރާތަކީ ދަޢުވާލިބޭ ފަރާތްކަމާއި ދޯނި ރަޖިސްޓްރީ ކުރެވިފައިވަނީވެސް އޭނާގެ ނަމުގައި ކަމާއި އަދި ހޮލިޑޭ އައިލެންޑް ރިސޯޓަށް ދޯނި ކުއްޔަށް ދީފައިވަނީވެސް ދަޢުވާލިބޭ ފަރާތްކަން – ކުއްޔަށްހިފި މުއްދަތުގައި ކޮށްފައިވާ ޚަރަދު ކުލީގެ ފައިސާއިން ކެނޑުމުން ބާކީވާ އިސްތިއުނާފުކުރާ ފާރާތުން އިސްތިއުނާފުރައްދުވާ ފަރާތަށް ދޭންޖެހޭކަން ސާބިތުވާ ހެކިތައް ނަފީކުރެވޭ ވަރުގެ ހެކިތަކެއް އެ ފަރާތުން ހުށަހަޅާފައި ނުވާކަން

މައްސަލައިގެ ޚުލާޞާ މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2007/HC-A/189 ޤަޟިއްޔާ އިލްތިމާސް ކުރުމަށް އދ. މާމިގިލި / ވެސްޓްބީޗް މުޙައްމަދު ދާއޫދު ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލި މައްސަލައެކެވެ. ފާހަގަކުރެވުނު ކަންތައްތައް މި މައްސަލައާއި ގުޅިގެން ސުޕްރީމް …

މުޙައްމަދު ނަޝީދު؛ ޙުސްނުއްސުޢޫދު؛ މުޙައްމަދު ނަޝީދު؛ އަދި މުޙައްމަދު އަނިލް ވ. ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއާއި ގުޅޭގޮތުން ހުށަހަޅާފައިވާ ދަޢުވާގެ ޙުކުމް 6 ޙަވާލާ no

ޤަޟިއްޔާ ނަންބަރު: 2009/SC-C/02

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: ދުސްތޫރީ

ތާރީޚު: 2009-01-13

ކީވަރޑްސް: ރައްޔިތުންގެ މަޖިލިސް އިންތިޙާބު – ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުން – ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) (ށ) – ޤާނޫނުއަސާސީގެ 295 ވަނަ މާއްދާގެ (ހ) ގެ 1

މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 296 ވަނަ މާއްދާގެ (ހ) ގައި "މި ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ ފުރަތަމަ އިންތިޚާބު 2009 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ބާއްވަންވާނެކަމަށް" ބަޔާންކޮށްފައިވާހިނދު، …

އިދުހާމް މުޢިއްޒު ޢަދުނާނު ވ. ރައްޔިތުންގެ މަޖިލިސް 3 ޙަވާލާ positive

ޤަޟިއްޔާ ނަންބަރު: 2008/SC-C/01

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: އިންތިޚާބީ

ތާރީޚު: 2008-09-27

ކީވަރޑްސް: ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމުގައި ދިމާވާކަމަކާމެދު ޚިލާފު އުފެދުން – ޤާނޫނު ނުވަތަ ޤާނޫނަކުން ބައެއް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުން - ރައްޔިތުންގެ މަޖިލީހުން އެއްވެސްކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުން – ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) – ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) – ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ ދެ މަރުޙަލާގެ ކޯޓަކަށް އިޚްތިޞާޞް ލިބިގެންވާކަމެއް ފުރަތަމަ ބަލަންޖެހޭނީ ސުޕްރީމްކޯޓުން ނޫންކަން – ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު ރައްޔިތުންގެ މަޖިލީހުން އެއްވެސްކަމެއް ހިނގިގޮތުގެ ސައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލައެއް ހުށަނެޅޭނެކަމަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތުމުން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމަކީ އެ މަޖިލީހަށް ދަޢުވާލިބޭ ގޮތަށް ދަޢުވާކުރެވޭނެކަމެއް ނޫންކަން.

މައްސަލައިގެ ޚުލާޞާ މިއީ ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނު) ގެ ސަބަބުން ތަފާތުކުރުންތަކެއް ކުރިމަތިކުރުވާފައިވާކަމަށް ބުނެ އެތަފާތުކުރުންތައް ނައްތާލާ އެހެން ހުރިހާ ރައްޔިތުންނެކޭ ހަމަހަމަގޮތެއްގައި ރިޔާސީ އިންތިޚާބުގައި ބައިވެރިވުމުގެ …

ސޯޝަލް ލިބަރަލް ޕާޓީ ވ. އިލެކްޝަންސް ކޮމިޝަން 16 ޙަވާލާ no

ޤަޟިއްޔާ ނަންބަރު: 2008/SC-C/02

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: އިންތިޚާބީ

ތާރީޚު: 2008-10-02

ކީވަރޑްސް: ރިޔާސީ އިންތިޚާބާ ގުޅޭ – އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވޭތޯ ކަނޑައެޅުން – ޤާނޫނުއަސާސީގެ 107 ވަނަ މާއްދާގެ (ހ) – ޤާނޫނުއަސާސީއެއްގެ ޢިބާރާތް ތަފުސީރުކުރުމުގައި ގެންގުޅޭ މިންގަނޑުތައް – ލިޔެފައިވާ ޤާނޫނުއަސާސީއެއްގެ ޢިބާރާތް ތަފްސީރުކުރުމުގައި ޝަރުޢީ ކޯޓުތަކުން ގެންގުޅޭ މިންގަނޑުތަކާއި އުޞޫލުތަކަށް ރިޢާޔަތްކުރުމުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ ޤާނޫނުއަސާސީއެއް އެކަށައެޅި ފަރާތުގެ ނިޔަތުގެ މައްޗައްކަން – ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ކުރިއިރު "ރައީސުލްޖުމްހޫރިއްޔާކަމުގެ ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކަށް އަލުން އެ މަޤާމަށް ކުރިމައްޗެއް ނުލެވޭނެކަން" ސާފުބަހުން އޮތް މާއްދާ ބޭއްވުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފައިނުވާތީ ޤާނޫނުއަސާސީގެ 107 ވަނަ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ނިޔަތަކީ، ކުރިން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ފަސް އަހަރުގެ ދެ ދައުރު ފުރިހަމަކޮށްފައިވާ މީހަކު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިނުލެވޭގޮތް ހެދުންކަން ސާބިތުކުރެވެން ނެތްކަން.

މައްސަލައިގެ ޚުލާޞާ މިއީ 20 ސެޕްޓެމްބަރު 2008 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރައްވާފައިވާ މއ.ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް …

ޢަދާލަތު ޕާޓީ ވ. އިލެކްޝަންސް ކޮމިޝަން 1 ޙަވާލާ no

ޤަޟިއްޔާ ނަންބަރު: 2008/SC-C/03

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: އިންތިޚާބީ

ތާރީޚު: 2008-10-02

ކީވަރޑްސް: ރިޔާސީ އިންތިޚާބާ ގުޅޭ – މުސްލިމެއްކަމަށް ވުމާއި ސުންނަތް ޖަމާޢަތުގެ މީހެއްކަމަށްވުން - އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުޠު ފުރިހަމަވޭތޯ ކަނޑައެޅުން – ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ށ) – ރައީސް މައުމޫނު ޢަބްދުލްޤައްޔޫމު އިސްލާމްދީން ދޫކޮށްލާފައިވާ ކަމުގެ ނުވަތަ މައުމޫނު ޢަބްދުލް ޤައްޔޫމަކީ ސުންނަތް ޖަމާޢަތުގެ މީހެއްނޫންކަމަށް ބުނެ އެއްވެސް ދަޢުވާއެއް ކުރެވިފައިވާކަމެއް އަދި އެފަދަ ދަޢުވާއަކާ ގުޅިގެން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ މައްޗަށް އެއްވެސް ޙުކުމެއް ކުރެވިފައިވާ ކަމުގެ ރެކޯޑެއް ނެތްކަން ދަޢުވާލިބޭ ފަރާތަށް މައުމޫނު ޢަބްދުލްޤައްޔޫމު ހުށަހަޅާފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓިވް ސަރވިސްގެ ނަންބަރު A-2/2008/17 (27 ސެޕްޓެމްބަރ 2008) ގެ ލިޔުމުންނާއި ޖިނާއީ ކޯޓުގެ ނަންބަރު 145-A/2008/82 (27 ސެޕްޓެމްބަރ 2008) ގެ ލިޔުމުން އެނގެން އޮތުން – އިސްލާމްދީން ދޫކޮށްލުމާއި ސުންނަތް ޖަމާޢަތުން ބޭރުވެގަތުމަކީ ދިވެހިރާއްޖޭގައި ޖިނާއީ ޝަރީޢަތް ހިންގޭ ބާވަތުގެ ކުށެއްކަމުން – ދަޢުވާގައި ބަޔާންވެފައިވާ ފަދަ މައްސަލައެއް ހިންގޭނީ ޖިނާއީ ކުށުގެ މައްސލަ ހިންގާ އުޞޫލުންކަން – އަދި އެފަދަ ކުށެއް އިސްލާމީ ޝަރީޢަތުގައި އެމީހެއްގެ މައްޗަށް ސާބިތުވާންޖެހޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށްކަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި މި ޙުކުމް ޝާއިޢުކޮށްފައެއް ނެތް.

ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. އެމް.އެމް.އައި ބަންބޫ ޕްރައިވެޓް ލިމިޓެޑް 7 ޙަވާލާ positive

ޤަޟިއްޔާ ނަންބަރު: 2012/SC-A/20

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2016-11-29

ޞަފްޙާ 1 ސަފްޙާ 9 ގެ 1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދިވެހިރާއްޖެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ • ޤަޟިއްޔާ ނަންބަރު: 20/SC - A/2012 ދަޢުވާކުރާ ފަރާތް: ހައިފަލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ދަޢުވާ ލިބޭ ފަރާތް: އެމް.އެމް.އައި ޕްރައިވެޓް ލިމިޓެޑް • …

ޙައްވާ ޙުޒައިމާ ވ. ސްޓޭޓް ބޭންކް އޮފް އިންޑިޔާ 2 ޙަވާލާ positive

ޤަޟިއްޔާ ނަންބަރު: 2014/SC-A/33

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: މަދަނީ

ތާރީޚު: 2017-05-14

ޞަފްޙާ 1 ސަފްޙާ 16 ގެ 1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދިވެހިރާއްޖެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ • ޤަޟިއްޔާ ނަންބަރު: 33/SC - A/2014 0 ދަޢުވާކުރާ ފަރާތް: ޙައްވާ ޙުޒައިމާ، ހ. ސްނޫޕީ / މާލެ ދަޢުވާލިބޭ ފަރާތް: ސްޓޭޓް ބޭންކް އޮފް އިންޑިޔާ ތަދައްޚުލްވި ފަރާތް: …

އެޓަރނީ ޖެނެރަލްގެ އޮފީސް ވ. - 4 ޙަވާލާ positive

ޤަޟިއްޔާ ނަންބަރު: 2017/SC-C/11

ކޯޓު: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ބާވަތް: ދުސްތޫރީ

ތާރީޚު: 2017-05-22

ޞަފްޙާ 1 25 ސަފްޙާ14ގެ1 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދިވެހިރާއްޖެ ، 1454 ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ • ޤަޟިއްޔާ ނަންބަރު: 11/SC-C/2017 ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް • ދަޢުވާލިބޭ ފަރާތް: - • މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ • މައްސަލަ …