ޕްރެކްޓިސް ޑައިރެކްޝަންސް

SCPD-04/2021

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

މާލެ، ދިވެހިރާއްޖެ

ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ

ފަނޑިޔާރުކަމުން ވަކިވުމާ ގުޅިގެން ނުވަތަ ފަނޑިޔާރުކަމުން ސަސްޕެންޑްކުރުމާ ގުޅިގެން ނުވަތަ ފަނޑިޔާރަކު ނިޔާވުމާގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ސުޕްރީމް ކޯޓުގެ ނަންބަރު 2016/07/SC (ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ) ސަރކިއުލަރގެ ދަށުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަވެފައި ނުވުމުގެ ސަބަބުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަ ދިނުމުގައި ލަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ޙައްލެއް ގެނައުމުގެގޮތުން ތިރީގައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް ހަމަޖައްސައިފީމެވެ.

  1. ޙާކިމްގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ ޖަދުވަލު 1 ގައިވާ "ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ  ހުއްދައަށް އެދި ހުށަހަޅާ ފޯމު" އިންނެވެ.
  2. ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއެކު އަންނަނިވި ލިޔެކިޔުންތައް ހުށަހަޅަންވާނެވެ.
    • 2.1. ކާވެނިކުރަން އެދޭ ދެފަރާތުގެ ބަޔާން ނުވަތަ ޙާކިމުގެ ވަލީއަށް ކާވެނިކުރުމަށް އެދި ކޯޓަށް ހުށަހަޅާފައިވާ ފޯމުގެ ކޮޕީ.
    • 2.2. ކާވެނިކުރަން އެދޭ ދެފަރާތުގެ އައިޑީކާޑު ކޮޕީ.
    • 2.3. ޙާކިމުގެ ވަލީއަށް ކާވެނިކުރަން އެދޭ އަންހެނާގެ އުފަންދުވަހުގެ ސެޓްފިކެޓް ނުވަތަ މިފަދަ ރަސްމީ ލިޔުމެއް.
    • 2.4. ޙާކިމުގެ ވަލީއަށް ކާވެނިކުރަން އެދޭ އަންހެނާ ކުރިން ކާވެންޏެއްކޮށް ވަރިކޮށްފައިވާނަމަ، ވަރީގެ ސެޓްފިކެޓްގެ ކޮޕީ.
  3. ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ތަކެތީގެ އިތުރުން، ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ހުށަހަޅަނީ:
    • 3.1. ނަސަބުގެ ވަލީވެރިޔަކު ނެތް ޙާލަތުގައިކަމަށްވާނަމަ، ކާވެނި ކުރަން އެދޭ އަންހެނާގެ މަންމަ ނުވަތަ ބެލެނިވެރިޔާ އެ ކާވެންޏާ މެދު ދެކޭގޮތުގެ ބަޔާން އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
    • 3.2. ނަސަބުގެގޮތުން ވަލީވެރިޔަކު ދުނިޔޭގައި ނެތް ޙާލަތުގައިކަމަށްވާނަމަ، ވަލީވެރިޔާގެ މަރުސާބިތު ކުރިކަމުގެ ލިޔުން ނުވަތަ އެކަން ދޭހަކޮށްދޭ ރަސްމީ ލިޔުމާއި، ކާވެނި ކުރަން އެދޭ އަންހެނާގެ މަންމަ ނުވަތަ ބެލެނިވެރިޔާ ދުނިޔޭގައި ހުރިނަމަ އެ ފަރާތުން އެ ކާވެންޏާމެދު ދެކޭގޮތާއި ކާވެނި ކުރަން އެދޭ އަންހެނާގެ ވަލީ އަރާ މީހަކު ދުނިޔޭގައި ނެތްކަން ބަޔާންކޮށް ކާވެނިކުރަން އެދޭ އަންހެނާގެ މަންމަ ނުވަތަ ބެލެނިވެރިޔާ ދީފައިވާ ބަޔާން އަދި އެފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
    • 3.3. އަލަށް އިސްލާމްވުމުގެ ސަބަބުން ނަސަބުގެގޮތުން ވަލީދިނުމުގެ ޝަރުޠު ފުރިހަމަވާ މީހަކު ނެތް ޙާލަތުގައިކަމަށްވާނަމަ، 
      • (ހ) ކާވެނި ކުރަން އެދޭ އަންހެނާގެ ޕާސްޕޯޓު ކޮޕީ. 
      • (ށ) އަލަށް އިސްލާމްވިކަން އަންގައިދޭ ރަސްމީ ލިޔުން އަދި ރާއްޖެއިން ބޭރުގައި އިސްލާމް ވެފައިވާނަމަ، އިސްލާމްވިކަމުގެ ލިޔުމާ މެދު ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ދެކޭގޮތުގެ ލިޔުން. 
      • (ނ) ކާވެނިކުރަން އެދޭ ބިދޭސީ އަންހެނާގެ އިމިގްރޭޝަން ސިޓީ. 
      • [(ރ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ އެއް އަހަރު ހަމަނުވާ މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުމާއި މި ޑައިރެކްޝަންގެ ޖަދުވަލު 2 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އެފިޑެވިޓް، ނުވަތަ،]1ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިއަކުރުގައިވަނީ އަންނަނިވިހެންނެވެ: "(ރ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެނާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުން."
      • [(ބ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުމެއް ލިބެން ނެތް ޙާލަތުގައި އެކަން ބަޔާންކޮށް ކާވެނިކުރަން އެދޭ އަންހެންމީހާ ނިސްބަތްވާ ގައުމުގެ ނޯޓަރީ ޕަބްލިކް ނުވަތަ ޖަސްޓިސް އޮފް ޕީސްއެއް ދޫކޮށްފައިވާ މި ޑައިރެކްޝަންގެ ޖަދުވަލު 3 ގައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ އެފިޑެވިޓް.]2ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިއަކުރުގައިވަނީ އަންނަނިވިހެންނެވެ: "(ބ) އަލަށް އިސްލާމްވުމުގެ ސަބަބުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްއަށްއެދި ހުށަހަޅާއިރު ނަންބަރު 2.1 ގެ ދަށުން، ހުށަހަޅާ ބަޔާނުގައި އަލަށް އިސްލާމްވިކަމާއި ނަސަބުގެ ގޮތުން ވަލީވެރިޔަކު ނެތްކަން ބަޔާން ކުރަން ވާނެއެވެ."
      • [(ޅ) އަލަށް އިސްލާމްވުމުގެ ސަބަބުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްއަށްއެދި ހުށަހަޅާއިރު ނަންބަރު 2.1 ގެ ދަށުން، ހުށަހަޅާ ބަޔާނުގައި އަލަށް އިސްލާމްވިކަމާއި ނަސަބުގެ ގޮތުން ވަލީވެރިޔަކު ނެތްކަން ބަޔާން ކުރަން ވާނެއެވެ.]3ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި
    • 3.4. ބައްޔެއްގެ ސަބަބުން ވަލީވެރިޔާ ވަލީދިނުމަށް ނުކުޅެދިއްޖެ ޙާލަތުގައި ކަމަށްވާނަމަ، ވަލީ ނަޤުލުވާނެ އިތުރު ފަރާތެއް ނެތްކަމާއި، ވަލީވެރިޔާގެ ޙާލަތާމެދު ކޯޓުން ދެކޭގޮތް ބަޔާންކުރާ ލިޔުން އަދި ވަލީވެރިޔާއަކީ ބައްޔެއްގެ ސަބަބުން ވަލީދިނުމަށް ނުކުޅެދިފައިވާ ފަރާތެއްކަން ސާބިތުވާ ކަމާބެހޭ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ލިޔުން ހުށަހަޅަންވާނެވެ.
    • 3.5. ވަލީވެރިޔާ ވީތަނެއް ނޭނގުމުގެ ޙާލަތުގައި ކަމަށްވާނަމަ، ވަލީވެރިޔާގެ އެންމެގާތް ތިމާގެ މީހުން ވަލީވެރިޔާ ވީތަނެއް ނޭނގޭކަމަށް ބުނާ ބަޔާން އަދި އެފަރާތްތަކުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
    • 3.6. މަޤުބޫލު ސަބަބެއް ނެތި ވަލީ ވެރިޔާ ވަލީ ދިނުމުމަށް އިންކާރުކުރާ ޙާލަތުގައިކަމަށްވާނަމަ، ވަލީ ވެރިޔާ ވަލީދިނުމަށް އިންކާރުކުރަނީ މަޤުބޫލު އުޒުރެއް އޮވެގެން ނޫންކަމަށް ކަނޑައަޅައި ޙާކިމްގެ ވަލީއަށް ކާވެނިކޮށްދިނުމަށް ޙުކުމްކޮށް ކޯޓުން ނިންމާފައިވާ ޤަޟިއްޔާގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  4. ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ނަންބަރު 3.6 ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ހުށަހަޅާނަމަ ހުށަހަޅަންވާނީ، ވަލީ ހޯދުމަށް އެދި ހުށަހެޅި ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށް ފަހުގައެވެ. މިގޮތުން ހުށަހަޅާއިރު، އެއްވެސް ފަރާތަކުން އެ ޤަޟިއްޔާ އިސްތިއުނާފުކޮށްފައިނުވާކަން ކޯޓުން ބަޔާންކުރަންވާނެއެވެ.
  5. މަޤުބޫލު ސަބަބެއް ނެތި ވަލީ ވެރިޔާ ވަލީދިނުމުމަށް އިންކާރުކުރާ ޙާލަތުގައި ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަ އަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ވަލީވެރިޔާ ނިޔާވެއްޖެނަމަ ކޯޓުން އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެއެވެ. އަދި ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަ ދީފައިވަނިކޮށް، ކާވެނި ޢަޤުދުކުރުމުގެ ކުރިން ވަލީވެރިޔާ ނިޔާވެއްޖެނަމަ، ޙާކިމުގެ ވަލީއަށް ކާވެނިކުރުމަށް ދެވިފައިވާ ހުއްދަ ބާޠިލުވާނެއެވެ.

15  ޝަޢުބާން 1442
28 މާރިޗް 2021

އަޙްމަދު މުޢުތަޞިމް ޢަދުނާން 

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު

ޝަރުޢީ ކޯޓުތައް

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޖަދުވަލު 1

4ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައިވާ ޖަދުވަލެއް


ޖަދުވަލު 2

5ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިތުރުކޮށްފައިވާ ޖަދުވަލެއް


ޖަދުވަލު 3

6ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިތުރުކޮށްފައިވާ ޖަދުވަލެއް

ފުޓްނޯޓްސް
  • 1
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިއަކުރުގައިވަނީ އަންނަނިވިހެންނެވެ: "(ރ) ކާވެނި ކުރަން އެދޭ ބިދޭސީ އަންހެނާ ނިސްބަތްވާ ގައުމުގެ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ މެރިޓަލް ސްޓޭޓަސް އަންގައިދޭ ލިޔުން."
  • 2
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި. އެތާރީޚުގެ ކުރިން މިއަކުރުގައިވަނީ އަންނަނިވިހެންނެވެ: "(ބ) އަލަށް އިސްލާމްވުމުގެ ސަބަބުން ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްއަށްއެދި ހުށަހަޅާއިރު ނަންބަރު 2.1 ގެ ދަށުން، ހުށަހަޅާ ބަޔާނުގައި އަލަށް އިސްލާމްވިކަމާއި ނަސަބުގެ ގޮތުން ވަލީވެރިޔަކު ނެތްކަން ބަޔާން ކުރަން ވާނެއެވެ."
  • 3
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައި
  • 4
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިޞްލާޙުކޮށްފައިވާ ޖަދުވަލެއް
  • 5
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިތުރުކޮށްފައިވާ ޖަދުވަލެއް
  • 6
    ނަންބަރު SCPD-07/2021 ޕްރެކްޓިސް ޑައިރެކްޝަނުން 04 ޖުލައި 2021ގައި އިތުރުކޮށްފައިވާ ޖަދުވަލެއް